އިދިކޮޅު ކޯލިޝަނުން އިއްޔެ ރޭވި މުޒާހަރާގައި ހައްޔަރު ކުރި 30 މީހަކު މިހާރު ވަނީ ދޫކޮށްލާފައި. ތިން މީހަކު ފިޔަވާ އެހެން އެންމެން އެޗްޕީއޭގެ އުސޫލާ އެއްގޮތަށް އަމަލުކުރުމުން ޖޫރިމަނާކުރި.
ޕީޕީއެމް/ ޕީއެންސީން އިއްޔެ ބޭއްވި މުޒާހަރައިގައި ބައިވެރިވި މީހަކު "ކޮބާ މަގޭ ފުލެޓް" ޖަހާފައި ހުރި ޓީޝާޓެއް ލައިގެން: އެޗްޕީއޭގެ ގަވާއިދާ ހިލާފުވި 27 މީހަކު ޖޫރިމަނާކޮށްފައިވޭ -- ފޮޓޯ:އަހުމަދު އަވްޝަން/މިހާރު
27 ފެބުރުއަރީ 2021 - 10:59
ޕީޕީއެމް/ޕީއެންސީ އިން އިއްޔެ ބޭއްވި މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި އެވެ.
ހަލުވިކަމާ އެކު މި ދުވަސްވަރު ކޮވިޑް-19 ފެތުރެމުން ދާތީ އެޗުޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް އެއްވެސް ކަހަލަ އެއްވުމެއް ބާއްވަން ފުރުސަތު ނުދޭނެކަމަށް ފުލުހުން އިންޒާރު ދީފައި އޮއްވާ ކުރިއަށް ގެންދިޔަ މުޒާހަރާ އިން ޖުމްލަ 30 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ތިން މީހަކު ފިޔަވައި އެހެން އެންމެން ވަނީ، އެޗުޕީއޭގެ އުސޫލުތަކާ ހިލާފުވުމުން 1،000 ރުފިޔާ އިން ޖޫރިމަނާ ވެސް ކޮށްފަ އެވެ. އެ ތިން މީހުން ޖޫރިމަނާނުކުރީ، އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މުޒާހަރާ ފެށުމުގެ ކުރިން ކަމަށް ވާތީ ކަމަށް، އޭނާ ވިދާޅުވި އެވެ.
މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި ޑީއާރްޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ހިމެނެ އެވެ. އޭގެ އިތުރުން ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫނާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
އިދިކޮޅު ކޯލިޝަންގެ މުޒާހަރާ ހުއްޓުވަން ރަޔަޓު ގިޔަރުގައި ނުކުތް ފުލުހުން ޕީޕީއެމްގެ އޮފީސް ވެސް "ބަންދުކޮށް" ވަކި އިރެއް ވަންދެން އެތަނުގެ ބޭރުގައި ތިއްބެވެ.
މިއީ މި ސަރުކާރު ވެރިކަމަށް އަައި ފަހުން މުޒާހަރާއެއް ހުއްޓުވަން އެންމެ ހަރުކަށިކޮށް އަމަލުކުރި ފަހަރެވެ.
އިދިކޮޅުން އަޑުއުފުލާ ކަންކަމުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމާއި އެމަނިކުފާނުގެ ވެރިކަމުގައި ހިންގި ހިޔާ މަޝްރޫއުގައި ފްލެޓް ލިބޭ މީހުންގެ ލިސްޓުން، ބޭއިންސާފުން އެތައް ބަޔަކު އުނިކުރުން ހިމެނެ އެވެ.
ޕީޕީއެމް/ޕީއެންސީން ބުނާ ގޮތުގައި ކޮވިޑުން ރައްކާތެެރިވާން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ނާޖައިޒު ފައިދާ ސަރުކާރުން ގެންދަނީ ނަގަމުންނެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ކެމްޕެއިން ކުރުމުގެ ފުރުސަތެއް އިދިކޮޅަށް ނުދޭން ވެސް ކަންކަން ކުރަމުން ކަމަށް އިދިކޮޅުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުތަ
27 February 2021
ހައެއްކަ މީހުން މުޒާހަރާއަށް ނުކުތީމަ ބިރުން ތެޅިފޮޅޭ ވާހަކަ ކިޔާތީ އަޑުއިވެނީ، އެކަމަކު އޭގެ ތެރޭން ހައްޔަރުކުރި މީހުންގެ އަދަދު 30 އަށް އަރަޔޯ، ކީކޭތަ މިކިއަނީ، ތިމީހުން ދޫކުރާނެ ކަމެއް ނެތޭ ހައްޔަރު ކޮށްފަ ބައިތިއްބާ.............
އިބްރ
27 February 2021
ހައެއްކަ ކެނައިން ހުއްޓުވަން ހާދަ ފުލުހުންނެކޭ އަތުރާލާފަ އެތިބީ. އަނެއްކާ ކީތްތަވާންމިއުޅެނީ. ނަޝީދު ދިޔަމަގުން ދާންތޯ އިބޫއެއުޅެނީ!
އަރުތަ
27 February 2021
ވެރިކަމަށް އަންނަން ބޭނުމިއްޔާ ހަމަ އެކަނި އޮތްގޮތަކީ ބަޣާވާތްކޮށްގެން ކަމަށް ވަންޏާ އެކަން ކޮސްގެންއ ނަމަވެސް ވެރިކަމަށް އަންނަން ޖެހޭނެތާ، ވެރިކަމުގެ ފޮނި މީރުކަން ފަސްއަހަރުތެރޭ ހުންނާނީ ފިސާރި ކޮށްފަ، އެހެންވީމަ ކޮންމެ ގޮތަކުންވެސް ވެރިކަމަށް އެބަޖެހޭ އަންނަން.
ތުއްތޮންބެ
27 February 2021
ދައުލަތައް އާމްދަނީހޯދޭނެ އިތުރުވަސީލަތެއް.
ސަމްސާ
27 February 2021
ހަމަހަމަކަމަކީ އެންމެ މުހިންމު ކަންތައްތައް. މުޒާހަރާ ކުރި މީހުން ޖޫރިމަނާ ކުރި ރައިސާއާއި މަޖިލީހުގެ ރައީސް ބައިވެރިވެގެންވެސް 10 މީހުންނަށް ވުރެ ގިނައިން މީހުން އެއްކޮށްގެން ޖަލްސާއެއް ބޭއްވި އެއްވެސް ފިޔަވަޅެއް އެޅިފައި ނުވޭ. ނުވީތާކަށް މިނިވަން ނޫސްވެރިކަމެއް ކުރާ ކަމަށް ބުނާ މިހާރު ނޫހަށްވެސް ރިޕޯރޓެއް ލިޔެލަން ނުކުރުނު.
ްަްއަލީ2
27 February 2021
އެމީހުންގެ ޕީސީއާރު ޓެސްޓް ހަދާފަތޯ ދޫކޮށްލީ؟!
ސަމަސުންނިސާ
27 February 2021
ޕާޓޭކުދިން މުޒާހަރާތަކުގާ އުޅޭތީ މަގާތަށް އެންމެރުޅިއަންނަނީ. އެމީހުންނާނުލާ ގައުމު ހިނގާކަމަކަށްނުވޭވިއްޔަ.
ހަސަންބެ.
27 February 2021
ކިހިނެތް ތިހެދީ. ކޮންމެވެސް ގާނޫނެއްބުނޭފާ އެގާނޫނޫނުގެ ދަށުން ދައުވާކިޔާނޭ ކިޔާފައި ތި ކޮށްލެވުނީ ޖުރިމައިނާއެއް. ހަމަ ވެރިކަން ވެއްޓިދާނެތީ ރައިޔަތުން ނަށް ބިރުދެއްކީދޯ. މުޅިރާއްޖެއިން ފުލުހުންގެނެސް ތިޔަ އަރުވާލި ވަރުގައިވެސް ޕީޕީއެމް އޮފީސް ދޮރުމަތީގައި ގައުމުގައި ތިބި ހުރިހައި ފުލުހުން ބައިތިއްބައިގެން ތިއްބާ އެއްބަޔަކު މާލޭގެ މަގުތަކުގައި މުޒާހިރާވެސްކުރި . އަދި އެމީހުން މުލިޔާގޭ ގޭޓާއި ހަމަ އަށްވެސްދިޔަ. ފުލުހުންތިތިބީ ފެއިލްވެފައި.
ބައިރޯ
27 February 2021
އެޗް. ޕީ. އޭގެ ގަވާއިދާ ޙިލާފަތް އެއްވެސް ބަޔަކަށް އުޅެވިގެން ނުވާނެ
އަހުމަދުބޭ
27 February 2021
މިހުންނަނީި ގާނޫނުތަކުގައި ހުންނަ ތާކުން ތާކުނުޖެހޭ ކަންކަން، ނިކަން ދެން މުޒާހަރާ ކުރަން ނުކެރޭވަރަށް ޖޫރިމަނާކޮށް އަދި އެޖޫރިމަނާ ނުދައްކަނީސް ސަރުކާރުން ޚިދުމަތެއް ނުދެވޭގޮތް ހަދާބަލަ، އޭރުން ދޯ ތިޔަކުރާ ޖޫރިމަނާ އަދަބަކަށްވާނީ، ބަލި ކޮންޓްރޯލުން ނެއްޓިނީއޭ ކިޔަކިޔައި ތިއްބާ ރައްޔިތުން ބޮލަށް ޗިބްޖަހައިގެން މިދުވަސް ވަރު ކޮންސަކަރާތެއް ގަންނާކަށް، އަސްލަކީ ރައްޔިތުންވެސް އެބަޖެހޭ މިކަމާވިސްނާ މިސިޔާސީ ވެރިންނާ ދުރައް ފެޔަށްޖެހެން،
ސަލްމާ ހައެކް
27 February 2021
އަނެއްކާ މިއަންނަ ހުކުރުދުވަހު ނުކުންނާނެ. ވޯޓުނިމެންދެން މިސިލްސިލާ މިގޮތަށް ކުރިއަށްދާނެ.