ޚަބަރު / އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް

18 އަހަރު ނުވަނީސް ކޮށްފައިވާ ޖޫރިމަނާތަކަށް ލުޔެއް ހޯދައިދޭން މަޖިލީހަށް މައްސަލައެއް

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ. ޓްރެފިކް ގަވައިދާ ހިލާފުވެގެން ޖޫރިމަނާވެފައިވާ ޒުވާނުންނަށް ލުޔެއް ހޯދައިދޭން މަޖިލީހަށް އޭނާ މައްސަލައެއް ހުށަހެޅުއްވި --- ފޮޓޯ: މިހާރު

އުމުރުން 18 އަހަރު ވުމުގެ ކުރިން ޓްރެފިކް ގަވައިދާ ހިލާފުވެގެން ޖޫރިމަނާވެފައިވާ ޒުވާނުންނާއި ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވުމުގެ ސަބަބުން ޖޫރިމަނާވެފައިވާ ފަރާތްތަކަށް ލުޔެއް ހޯދައިދޭން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރު ހަސަން ލަތީފް މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި ހަސަން ހުށަހެޅުއްވި މައްސަލައިގައި ސަރުކާރަށް ގޮވައިލެއްވީ ޖޫރިމަނާވެފައިވާ ފަރާތްތަކަށް ލުއި ހޯދައިދޭން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހަތަރު ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން އެކުލަވައިލަން ޖެހޭ ގަވައިދުތައް ހެދުމަށެވެ. އެ ގާނޫނު ފާސްކުރީ މިދިޔަ އަހަރު އެވެ.

ޓްރެފިކް ގަވައިދާ ހިލާފުވެގެން ކުރާ ޖޫރިމަނާއަށް ލުއިދެވޭނެ ގޮތްތައް އެ ގާނޫނުގައި އޮވެ އެވެ.

ހަސަން ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ އުމުރުން 18 އަހަރު ވުމުގެ ކުރިން ކޮށްފައިވާ ޖޫރިމަނާތަކުގެ ސަބަބުން ޑްރައިވިން ލައިސަންސް ނުނެގި ތިބި އެތައް ޒުވާނުންނަކާއި ލައިސަންސް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ޖޫރިމަނާ ނުދެއްކިގެން ފުލުހުން ލައިސަންސްް ހިފަހައްޓާފައިވާ ގިނަ ފަރާތްތަކެއް ވެސް އެބަ ތިބި ކަމަށެވެ.

"...އެ ފަރާތްތަކަށް ހައްލެއް ހޯދައިނުދެވި ގިނަ ދުވަސް ފާއިތުވަަމުންދާ ދިއުމަކީ އޭގެ ސަބަބުން އެ ފަރާތްތަކަށް ގިނަގުނަ މާލީ ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަމެކެވެ،" މައްސަލައިގައި ބުނެފައިވެ އެވެ.

އޭގައި ހިމަނާފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން 2019 ވަނަ އަހަރު 2،365 ފަރާތް އަދި މިދިޔަ އަހަރު 2،658 މީހުން ޓްރެފިކް ގަވައިދާ ހިލާފުވެގެން ޖޫރިމަނާކުރި އެވެ. އޭގެ ތެރެއިން އެތައް ބަޔަކީ، ހަސަން ވިދާޅުވި ގޮތުގައި، އެއް ފަހަރަށް ވުރެ ގިނަ ފަހަރު ޖޫރިމަނާއާ ކުރިމަތިވި މީހުންނެވެ. އެގޮތަށް ޖޫރިމަނާވުމުގެ ސަބަބުން ދައްކަން ޖެހޭ ފައިސާގެ އަދަދު އެތައް ހާހަކަށް އަރަ އެވެ.

ހުށަހެޅި ހައްލު

ޓްރެފިކް ޖޫރިމަނާގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހިފައިވާ ފަރާތްތަކަށް ލުޔެއް ދޭން އޭނާ ހުށަހެޅުއްވީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހަތަރު ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި ބުނެފައިވާ ފިޔަވަޅެވެ. އެއީ ޖޫރިމަނާގެ ބަދަލުގައި މުޖުތަމައަށް ހިދުމަތެއް ކުރުވުމެވެ. އެފަދަ މަސައްކަތެއް ކުރުވާ ގޮތަށް ޖޫރިމަނާ މައާފްކުރެވޭނީ އެ ގާނޫނުގައިވާ ގޮތުން، ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު 10،000 އަށް ވުރެ މަތިވެފައިވާ މީހުންނަށެވެ. އެމީހުންގެ ޖޫރިމަނާ ކޮމިއުނިޓީ ސާވިސްއަށް ބަދަލުކުރަން ކޯޓަށް ހުށަހަޅަން ޖެހޭނީ މޯލްޑިވްސްް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިންނެވެ.

ގާނޫނުގައިވާ އެ ލުއި، އެއްވެސް މީހަކަށް އަދި ނުދީ އޮތީ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދު ނުހަދާ އޮތުމުންނެވެ. އެ ގަވައިދު ހެދުމަށާއި، ގަވައިދު ހަދާ އިރު ވަކި ކަންތައްތަކެއް ހިމަނަން ވެސް ހަސަން ހުށަހެޅުއްވި އެވެ.

އެގޮތުން ކޮމިއުނިޓީ ސާވިސްއަށް ޖޫރިމަނާ ބަދަލުކުރެވޭނެ ހާލަތްތަކާއި އެގޮތުން މަަސައްކަތް ކުރުވޭނެ ތަންތަނާއި ކުރުވޭނެ މަސައްކަތްތައް ހިމެނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮމިޔުނިޓީ ސާވިސްގައި ކުރާ މަސައްކަތުން ލިބޭ އުޖޫރައިން ޖޫރިމަނާއަށް ފައިސާ ނެގޭނެ އުސޫލުތައް ވެސް ގަވައިދުގައި ހިމެނިދާނެ އެވެ.

މައްސަލަ ހުށަހަޅުއްވަމުން ހަސަން ވިދާޅުވީ ގާނޫނު ތަސްދީގުކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި އެ ގަވާއިދު ހަދަން ޖެހޭ ކަމަށެވެ. އެހެންކަމުން ޒުވާނުންނަށް އަދިވެސް ލުޔެއް ލިބިފައި ނުވަނީ އެ ގަވައިދު ނުހަދައި އޮތުމުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން އަދި މިތިބީ އެ ހިސާބުން ވެސް އަދި ދޫކޮށްލާ ގޮތަަކަށް ނޫން،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރު ލައްވައި އެ ގަވައިދު ވެސް ހައްދުވާނީ އެމްޑީޕީން ކަމަށެވެ.

ހަސަން ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފަހު ކުރި ބަހުސްގައި ވާހަކަދެއްކެވި ގިނަ މެމްބަރުން އެކަމަށް ތާއީދުކުރެއްވި އެވެ.

19 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 0%
icon angry icon angry 94%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިޓީވީ ބިއްލޫރި ތަޅާ

30 March 2021

އިންތިހާބެއް ބޯމަތިވެފައި އޮތީމަ ވޯޓު ލިބޭތޯ ހެޔޮވެގެން ކޮއްދީފަ ނުކޮއްދޭނެ ކަމެއް ނޭންގިގެން ތެޅެނީ.

The name is already taken The name is available. Register?

ހަހާހިހީހުހޫހެހޭހޮހޯހް!!؟

30 March 2021

ޖޫރިމަނާ ނުކޮށް ކޮމިއުނިޓީ ސާވިސް ކުރާގޮތަށް ބަދަލުކުރަންވީނުތޯ؟

The name is already taken The name is available. Register?

އަލި

30 March 2021

ބެނެވެރިން ތިބޭނެ. ވޯޓަށް މާގިނަ މަކަރު ނުހަދާ.

The name is already taken The name is available. Register?

އަޒްކާރޓް

30 March 2021

ޓްރެފިކް ޖުރިމަނާތަކަށް ލުއި ހޯދަދޭން ގެނަ ސަރުކާރަށް އެކަން ނުވެ 3 އަހަރު ނިމެނީ މިއޮށް

The name is already taken The name is available. Register?

ހަސަނު1

30 March 2021

ހޫން ތިދެން މިހާރު އެނގޭކަމެއްނު.. އެމީހަކު ހިތު ހުރިގޮތަކަށް ޓްރެފިކް ކަންތައް ކުރަންވީ.، އެބަ އިނގޭ އިލެކްޝަނެއް އައީމައި ރީސެޓް ވާނެކަން. މީގެ ދެން އަނގަ ސަކަރާތްވެފަ ހުންނަން މިޖެހެނީ ގަވައިދުން ޕާކުކޮށް ގާވާއިދުން އުޅުނު މީހުން.

The name is already taken The name is available. Register?

2222

30 March 2021

ކުށެއްކޮއްފިނަމަ އަދަބު ލިބެން ޖެހޭނެ. ލައިސަންސް ނެތި ސައިކަލް ދުއްވަނީ އޮޅިގެނެއް ނޫން. މަނާކަމެއްކަން އެނގިތިބެ ފުލުހުންގެ އަތްދަށު ނުވާނެކަމަށް ހީކޮށް. އެނގިތިބެ ޖެހިލުމެއް ނެތި ގަސްތުގައި ކުރާކުށައް އަދަބު ލިބެން ޖެހޭނެ. އަދި މާފު ދޭނަމަ އެއްވެސް މީހަކަށް ލާޒިމެއް ނޫން ލައިސަންސް ނަގާކަށް. ހަމަ އެންމެންވެސް ދުންވަންވީ. އިލެކްޝަނާއި ދިމާކޮށް ވޯޓް ހޯދަން ތިޖަހާ ސަކަރާތާ ދެކޮޅު.

The name is already taken The name is available. Register?

ކޮރަލް

30 March 2021

ކުދި އަދިމެދު ފަންތީގެ ވިޔަފާރި ތައް ހަލާކު ވެއްޖެ އެވެ. މީރާ އިން ޖޫރިމަނާ މާފް ކޮށްދީ ބަލާށެވެ. ސަރުކާރައް ދައްކަން ޖެހޭ ފައިސާ ނެގި ދާނެ އެވެ. އެކަމުޖޫރިމަނާ ތައް މައާފް ކޮށްދީބަލާށެވެ. މިހާރު ކްލިއަރެންސް ބަޔާން ވެސްނުނެގެ އެވެ. ބިޑަކަށް ނުދެ ވެ އެވެ.

The name is already taken The name is available. Register?

ޖުހާސޮރު

30 March 2021

މިއީ ބޮޑު ޖޯކެއް. ކުށަށް އަރައިގަންނަން ދެވޭ ހިތްވަރެއް. ވިސްނުމެއްނެތި ކޮށްފި ކަމަކުން އެއްމެފަހަރަކު ދޭހުގާ، ގިސްލަމުން ހިތި ކަރުނަ އޮއްސަން ޖެހިދެޔޭ އުމުރަށް މުޅިން!

The name is already taken The name is available. Register?

އަޙްމަދު ޒަކީ

30 March 2021

މަސްތުވާތަކެތީގެ މައްސަލަތަކުގައި ބޮޑެތި އަދަދުން ޖޫރިމަނާ ކުރިމީހުން އަދިވެސް އެފައިސާ ދައުލަތަކަށް ނުދައްކާ. އެވަރު ކަންކަން ތަންފީޒުނުކުރެވޭއިރު، ތިކަން ތަންފީޒުކުރާނީ ކިހެނެއް. ދިވެހިންނަށް އެގެނީ ތަންފީޒު ނުކުރެވޭނެހާ ޤާނޫނުތަކާއި، ޤަވައިދު ހަދަން. ކޮބާ އަދި މަގުމަތީގައި ސިގިރޭޓް ބުއިމަކީވެސް މަނާކަމެއް އެކަމަކު އެކަން ތަންފީޒު ކުރެވޭތަ؟

The name is already taken The name is available. Register?

1828

30 March 2021

ޖޫރިމަނާގެ ބަދަލުގައި މުޖުތަމައުއަށް ޚިދުމަތް ކުރަން އޮތް އޮތުން ރަނގަޅު. އެކަމަކު ޚިދުމަތްވާންވާނީ ދެވަނަ ފަހަރަށް ކުރަން ބޭނުންނުވާ ފަދަ ބުރަ ޚިދުމަތަކަށް. އެހެންނޫނީ މިއުޅޭ ޅަ ކުދިންނަކަށް އިހްސާސެއް ނުކުރޭވެނެ އެކުރި ކުށުގެ ބޮޑުމިނެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454