ސ. ހިތަދޫ ބަނދަރު ހެދުމަށް އެގްރީމެންޓްގައި ސޮއި ކުރުމުގެ ރަސްމިއްޔާތު
01 އެޕްރީލް 2021 - 14:48
ޑިޒައިން އެންޑް ބިލްޑް އުސޫލުން އައްޑޫ ހިތަދޫ ކުރީގެ ބަނދަރު ތަރައްގީ ކުުރަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި ވަނީ މިކަމާ ގުޅޭ ރަސްމީ ލިޔުންތަކުގައި ސޮއިކޮށްފަ އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަހުމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރީ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.
މި ޕްރޮޖެކްޓަށް 54 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ހިތަދޫގެ ކުރީގެ ބަނދަރު އަލުން ތަރައްގީ ކުރަން އެމްޓީސީސީ އަށް ދިނީ އެއް އަހަރު ދުވަހަށެވެ.
މި މަޝްރޫއުގެ ދަށުން 800 މީޓަރުގެ ސޭންޑް ބްރޭކްވޯޓާ އަކާއި 284 މީޓަރުގެ އެއްގަމު ތޮށީގެ އިތުރުން 57 މޫރިން ރިންގްގެ އިތުރުން 14 ބަނދަރު ބައްތި ހަރުކުރާނެ އެވެ. މީގެ އިތުރުން ބަނދަރު ސަރަހައްދުގައި ޕޭމެންޓެއްގެ އިތުރުން ނެރު ބައްތި ޖެހުމަށް ވެސް ހަމަޖެހިފައިވެ އެވެ.
މި ޕްރޮޖެކްޓްގެ ދަށުން ބަނދަރުތެރެ 3.5 މީޓަރަށް ފުން ކުރާނެ އެވެ. އަދި ނެރު ސަރަހައްދު ހަތަރު މީޓަރަށް ފުން ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
01 April 2021
ސޯލިޙް ވެރިކަމަށްގެނައުމަށާއި އެމްޑީޕީއަށް ޤާނޫނުހަދާ މަޖިލީހުގެ ސުޕަރމެޖޯރިޓީ ހޯދާދޭން މިސިޓީގެ ރައްޔިތުން މަސައްކަތްކުރީ ފަޅުތެރެއިން ވެލިބަސްތާއެއްނަގައިގެންއައިސް ގޮނޑުދޮށުގައި ބޭއްވުމަކަށްނޫން. # ސަރުކާރު ބަޖޭޓް ފާސްކުރާއިރު ނިސްބަތުން އަހަރުމެނަށް ޙައްޤު މިންވަރު ސިޓީ ކައުންސިލްގެ ބަޖެޓަށްދީ. އަދި ޤާނޫނުއަސާސީގައި ބުނެ އަމުރުކޮށްފައިވާ "ލާމަރުކަޒީ އުސޫލުން" ދައުލަތް ހިންގުމަށް ހުރަސްނާޅާ އަހަރުމެންގެ ކަންކަން ނިންމާން އަހަރުމެނަށް ދޫކުރޭ.
ހަސަންކަލޯ.
01 April 2021
ބޭކާރު ވާހަކަ ނުދައްކާ. އައްޑޫ މީހުނަކީ ވެލިފަކީރާ އެއް އަޅީދިނީމަ ވޮޓް ދޭނެ ބައެއް. އެމްޑީޕީ ވެރިކަމަށް އައިސްގެން ކޮށްދޭންބުނި އެއްވެސް ކަމެއް މިހާތަނަށް ކޮށްދީފައި ނުވޭ. ހިތަދޫ ހުޅުމީދޫ ބްރިޖްގެ ބަދަލުގައި މެނިފެސްޓޯގައި ނުވެސްނެތް ކ.އަތޮޅު މާލޭގައި 800މ ޑޮލަރުގެ ބްރިޖެއް އެދަނީ އަޅަމުން. އަދިވެސް ކަލޭމެން ހޭއަރާކަށްނުވޭތަ ؟
ސީސީ ޓީ އެމްއެމް
01 April 2021
މިހާރު ހަދަން ފަށާފަ ހުރި ބަނދަރުތައް ނިންމަބަލަ ފުރަތަމަ. ނުފޯރާ ފަތިން ފޫގަޅަން ނޫޅޭ
ރަދީފްއޮފިޝިއަލް
01 April 2021
ސާބަހޭ.ސަރުކާރުން ކުރިއަށް ގެންދާކަމަށް ދައުވާކުރާ 1200 ބިޔަ ފުޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން ފުރޭނިގެން އައިސް މަމެންގެ ރަށުގެ ބަނދަރު ހެދޭނަމަ އެއީ މަމެން އުފާކޮށް ސަރުކާރަށް ޝުކުރުއަދާކުރާނެ ކަމެކޭ.އަދި މިއީ ފުޅާ ބިޔަ ޕްރޮޖެކްޓެކޭ ބުނަން ވެސް މަމެން ބޭނުން.މަމެންގެ އުއްމީދަކީ މިމަސައްކަތް އަވަަހަށް ނިމި ރައްޔަތުންނަށް މިކަމުން ލާބަ އާއި ފައިދާ ލިބިގެންދިޔުން.ސޮއި ކުރާއިރު 02 މެމްބަރުން ތިބެން ޖެހޭ ބާ؟؟ ވ.ވެދުން
އަލިފުތާ
01 April 2021
އެއީ ބަރުލަމާނީ ނިޒާމުގައި އޮންނަގޮތް. ދާއިރާގެ މެންބަރުން ތިބެންވާނެ. ހުރިހާ ކަމެއް ކުރާއިރު ވެސް އެބޭފުޅުން ނެތިއްޔާ އެނުވާނެ ވައުދޔފުއްދީ ކަމަކަށް.