ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މީގެ ކުރިން މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވަނީ. ކޮވިޑް ފެތުރުމުން ޅ. އަތޮޅަށް ލިބުނު ގެއްލުމުގެ ބަދަލު ސަރުކާރުން ދޭން އޭނާ މިއަދު ގޮވައިލެއްވި.
05 އެޕްރީލް 2021 - 11:59
ޅ. އަތޮޅުގައި ހަލުވިިކަމާ އެކު ކޮވިޑް-19 ފެތުރެން ފެށީ ސަރުކާރުގެ އިހުމާލުން ކަމަށް ތުހުމަތުކުރައްވައި، އެކަމުގެ ބަދަލުދޭން ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް މިއަދު ގޮވާލައްވައިފި އެވެެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ޝިޔާމް ތުހުމަތުކުރެއްވީ ޅ. އަތޮޅަށް ކޮވިޑް ފެތުރުމުގައި ސަރުކާރުގެ އިހުމާލު ދެ ގޮތަކުން އެބަ އޮތް ކަމަށެވެ. އޭނާގެ ފުރަތަމަ ތުހުމަތަކީ ސިނާއީ ރަށް ފެލިވަރުން ކޮވިޑްގެ ކޭސްްތަކެއް ފެނުމުން އެތަނުގެ މެނޭޖްމަންޓުް އެކަން ސިއްރު ކުރި ކަމުގެ ތުހުމަތެވެ. ދެވަނަ ކަމަކީ ހާއްސަ ހުއްދައިގެ ދަށުން މާލެ އިން ފެލިވަރަށް ދަތުރުކުރި ޓީމެއް އަތޮޅުގެ އެހެން ރަށްތަކަށް ދަތުރުކުރުމެވެ.
ކުއްލި މައްސަލައިފައި ޝިޔާމް ވިދާޅުވީ އަތޮޅަށް ބަލި ފެތުރުނީ އެ ދަތުރުތަކުގެ ސަަބަބުން ކަމަށް ބުނެ ދާއިރާގެ ރައްޔިތުން ޝަކުވާކުރަމުންދާ ކަމަށެވެ. ކޮވިޑް ފެތުރި ނައިފަރާއި ކުރެންދޫ، އޮޅުވެލިފުށި އަދި ފެލިވަރުވެސް މޮނިޓަރިންއަށް ލާފައި އޮތުމުން ރައްްޔިތުންގެ މެދުގައި ވަރަށް ބޮޑު ހާސްކަމަކާއި ބިރުވެރިކަމެއް އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޅ. އަތޮޅުގައި ކޮވިޑް ފެތުރުމުން އެ ބަލި ކޮންޓްރޯލް ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަަވަޅުތަކާ މެދުގައި ވެސް ޝިޔާމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ ނައިފަރު ފަދަ ތޮއްޖެހިފައިވާ އާބާދީއެއްގައި ގިނަ އަދަދެއްގެ ގެތައް މޮނިޓަރިން އަށް ލުމުން އެތައް ބައެއްގެ އާމްދަނީ ހުއްޓިފައިވާ ކަމަށާއި އެޗްޕީއޭގެ ގައިޑްލައިނަކީ ނައިފަރު ކަހަލަ ތޮއްޖެހިފައިވާ އާބާދީއަކަށް އެކަށީގެންވާ ގައިޑްލައިނެއް ނޫން ކަަމަށެވެ. ފިޔަވަޅުތަކުގެ ސަބަބުން އެތައް ބަޔަކު ގެތަކުން ނުނިކުމެ ތިބެން ޖެހުމުގެ ސަބަބުން މާލީ ގޮތުން ލިބެމުންދާ ގެއްލުމަކީ ސަރުކާރުގެ އިހުމާލުން ލިބެމުންދާ ގެއްލުން ކަމަށް ކުއްލި މައްސަލައިގައި ޝިޔާމް ސިފަކުރެއްވި އެވެ.
"... ސަރުކާރުގެ އިހުމާލުން ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށާއި ރައްްޔިތުންގެ ލޯނުތަކަށް ދައްކަން ޖެހޭ ފައިސާ މަޑުޖައްސައިދިނުމަށާއި ކަރަންޓު ބިލްތަކަށް ލުޔެއް ހަމަޖައްސައިދެއްވުމާއި ޅ. އަތޮޅުގެ ރަށްތަކަށް ކުރިމަތިވެފައިވާ މި ދަތި ހާލަތުން އަރައިގަތުމަށް ޓަކައި ވީ އެންމެ އަވަހަކަށް ފިޔަވަޅު އެޅުމަށް ގޮވާލައި،" ކުއްލި މައްސަލައިގައި އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ މަޖިލީހަށް ބަލައިގެން ކުރިއަށް ގެންދިޔަ ބަހުސްގައި ޝިޔާމް ވިދާޅުވީ އަަތޮޅަށް ބަލި ފެތުރެން މެދުވެރިވި ސަބަބަކީ ކުންފުނިތަކުގެ އިސް ފަރާތްތައް ފެލިވަރަށް ދަތުރުކޮށް، ސިޔާސީ އެކި ބޭނުންތަކުގައި އަތޮޅުގެ އެހެން ރަށްރަށަށް ދަތުރުކުރުން ކަަމަށެވެ. ފެލިވަރު އެއީ ހަބަކަށް ހަދައިގެން ކުންފުނިތަކުގެ އިސްފަރާތްތައް އަތޮޅުގެ އެހެން ރަށްރަށަށް ކެމްޕޭން ދަތުރުތައް ކުރި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"މި ކޭސްގައި މިއީ ހަގީގަތަކީ. ޅ. އަތޮޅު ރައްޔިތުން މިއަދު ތަހައްމަލުކުރަމުން މިދާ އުނދަގޫ، ހުރިހާ ގޮތަކުން ވެސް، އިގުތިސާދީ ގޮތުން ވެސް އަދި ދިރިއުުޅުމުގައި ވެސް މިއަދު ތަހައްމަލުކުރަމުންދާ އެ އުނދަގޫ، އަޅުގަނޑުމެން އެބަ ޖެހޭ މިއީ ކިހިނެއް ކިހިނެއް ވީ ކަމެއްތޯ ރަނގަޅަށް ތަހުގީގުކުރަން،" އޭނާ ވިދާޅުވި އެވެ.
މި ހާލަތުގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ޅ. އަތޮޅުގައި ހަމަޖެހިފައި ނެތުމުން އެކަމަށް ވެސް އޭނާ ފާޑުވިދާޅުވި އެވެ.
އޭނާ މައްސަލަ ހުށަހެޅުއްވި އިރު ޅ. އަތޮޅުގެ އާބާދީ އެންމެ ބޮޑު ރަށް، އަދި އޭނާގެ އިންތިހާބީ ދާއިރާ ނަައިފަރުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށެވެ. އެރަށުން 120 އަށް ވުރެ ގިނަ ކޭސް ފެނިފައި ވާއިރު، މާލެ ފިޔަވައި އެ ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ރަށަކީ ވެސް މިހާރު އެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
05 April 2021
ސިއްޚީ މާހިރުން އެވަރަށް ގޮވަގޮވަ އޮއްވާ ކޮންމެ ދުވަހަކު މާލޭގެ މަގުތަކަށް ނުކުތުމަކީ ކޮވިޑް އިތުރަށް ފެތުރެން ދިމާވާ ކަމެއް!
ބައިރޯ
05 April 2021
ތެދެއް ޗައިނާގެ އިހުމާލުން
ބަރޯ
05 April 2021
އެބުނާހެން
އަލިބޭ
05 April 2021
ގުރޭޓާ މާލޭ ސަރަހައްދައް ކޮވިޑު ފެތު ރީ ސީދާ ކަލޭ ކޮންމެ ދުވަހަކު 20 މީހުން ގޮވައިގެން މަގުތަކައްނުކުމެ ދުއްވާ މީހުނައް ނޮހޮރުއްޕާން ޖައްސައިގެން
ފިރާ
05 April 2021
ދޮގެއްވާނ ނޫ ން....
ސީޒަން ޖެކްޝަން
05 April 2021
ޝިޔާމު އިސްތިއުފާދީފާ ދޭބަލަ ޅ. އަތޮޅު ރަނގަޅުކުރާން. އެއީ ވަކިމީހަކު ކުރަންޖެހޭކަމެއްނޫނޭ. އެންމެން އަތުގުޅައިގެން ކުރަންޖެހޭކަމެކޭ.
ނައިފަރު
05 April 2021
އޭގައި ތިބޭފުޅާގެ އިހްމާލުވެސް ވަރަށްބޮޑު. އިދިކޮޅުވެގެންގޮސް، އެންމެ ނުރައްކާތެރި ވަގުތުގައިވެސް މީހުން އެއްކޮށް، އެކަމަށް ހިތްވަރުދީ، އެކަމުގައި ބައިވެރިވެގެން ތިބީ މަގުމަތީގައި. ސިއްހީ ޚިދުމަތްތެރިންނަށާއި އެކަން ރާވައި ހިންގަންތިބި މީހުންނަށް ފާޑުކިޔައި ހަޖޫޖެހީ. ނުވިތާކަށް ވެކްސިނަށްއޮތް އިތުބާރު ގެއްލުވާލަންވެސް މަސައްކަތްކުރި. ދެން މިކަމާއި ގުޅިގެން ކިޔާނެ އިތުރު އެއްޗެއް އޮންނާނެކަމަށް ނުބެލެވޭ. ވ.ސަލާމް
އޮއްބޮޑި ޕާރސަން
05 April 2021
ކޮންމެހުކުރުދުވަހަކު ސިޔާމްމެންގެ ބަލާވެރިކަމާއި ހެދި މާލެގެ މަގުތައް ބަންދުކޯށް ހަވީރު މާލޭގެއެއްތަނުން އަނެއްތަނަށްދާނ ދަތިވަނީ ކލާމެން ކީއްކުރާތީތަ؟ މާރިއްޗެއްނޫން ވާޙަކ ދައްކާކަށް.