ޚަބަރު / ކޮވިޑް-19

ކޮވިޑް ވެކްސިންގެ 700،000 ޑޯޒު ލިބޭނެ ތާރީޚެއް ނޭނގޭ

ވެކްސިންތައް ލިބުން ލަސްވުމުން ރާއްޖެ އިން ފަހުން ވަނީ 300،000 ޑޯޒް ގަންނަން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާއެކު ސޮއިކޮށްފައި. އެ އެއްބަސްވުމުގައި ސޮއިކުރިތާ މާ ގިނަ ދުވަހެއް ނުވެ 100،000 ޑޯޒް ލިބިފައިވޭ.

އެސްޓްރަޒެނެކާ ވެކްސިން. --ފޮޓޯ:އޭއެފްޕީ

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖެ އިން ގަންނަން ސޮއިކޮށްފައިވާ ވެކްސިންގެ 700،000 ޑޯޒް ލިބޭނެ ތާރީޚެއް އަދިވެސް ނޭނގޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

އެސްޓްރާޒެނެކާ އަދި އޮކްސްފޯޑު ޔުނިވާސިޓީ ގުޅިގެން އުފައްދާފައިވާ ވެކްސިން ގަންނަން ސަރުކާރުން ވަނީ މި އަހަރުގެ ކުރީކޮޅު، އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ، އެލްޓީޑީއީއާއެކު ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން 700،000 ޑޯޒް ގަންނާނެ އެވެ. ނަމަވެސް ތިން މަސް ވިއިރު ވެސް އެސްޓްރާޒެނެކާ ވެކްސިނެއް ރާއްޖެއަކަށް އަދި ނުލިބެ އެވެ.

އެކަމާ ގުޅިގެން އެޗްއީއޯސީގެ ކޮމިއުނިކޭޝަން އޮފިޝަލަކު ވިދާޅުވީ އެސްޓްރާޒެނެކާގެ ސިންގަޕޫރު ކުންފުންޏާއެކު ވަރަށް ރަނގަޅަށް މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ.

"އެ މީހުންނާ ވަރަށް ރަނގަޅަށް ކޮމިއުނިކޭޓް ކުރަމުން މި އަންނަނީ. އެކަމަކު ވެކްސިން ލިބޭނެ ސީދާ ތާރީހެއް ނުބުނެވެނީ ގްލޯބަލް ޝޯޓޭޖެއް އުޅޭތީ ކަމަށް ވެދާނެ،" އޭނާ ވިދާޅުވި އެވެ.

ވެކްސިންތައް ލިބުން ލަސްވުމުން ރާއްޖެ އިން ފަހުން ވަނީ 300،000 ޑޯޒް ގަންނަން، ކޮވިޝީލްޑް އުފައްދާ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާއެކު ސޮއިކޮށްފަ އެވެ. އެއްބަސްވުމުގައި ސޮއިކުރިތާ މާ ގިނަ ދުވަހެއް ނުވެ 100،000 ޑޯޒް ލިބިފައި ވެ އެވެ.

ކޮވިޑް ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހަން މިދިޔަ ހޮނިހިރު ދުވަހު ފަށާފައި ވަނީ އެ ޑޯޒުތަކުންނެވެ. މިހާތަނަށް 3،737 މީހުންނަށް ވެކްސިންގެ ދެ ވަނަ ޑޯޒު ދީފައި ވެ އެވެ.

މުޅި ދުނިޔޭގައި ވެސް ކޮވިޑް ވެކްސިނަށް އޮތް ޑިމާންޑާ އެއްވަރަށް އެ ނުއުފެއްދޭތީ ބައެއް ގައުމުތަކުން ވެކްސިން އެކްސްޕޯޓު ކުރުމުން މަނާކޮށްފައި ވެ އެވެ. އެތައް ގައުމެއްގައި ބޭނުންކުރާ ކޮވިޝީލްޑް ވެކްސިން ބޭރުކުރުން ވެސް އިންޑިއާ އިން މަނާކޮށްފައި ވެ އެވެ. އެކަމަކު ރާއްޖެ އިން މިދިޔަ މަހުގެ ފަހުކޮޅު 100،000 ޑޯޒު ލިބުނީ ހާއްސަ ފުރުސަތެއްގެ ދަށުންނެވެ.

ޔޫރަޕްގެ ގައުމުތަކަށް ބޭނުންވާ ވަރަށް ވެކްސިން ނުއުފެއްދުމުން ވެސް އެ ހިސާބުތަކުން، ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ވެކްސިން އެކްސްޕޯޓުކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައި ވެ އެވެ.

12 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 25%
icon angry icon angry 58%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުދުބެއްޔާ

05 April 2021

މާތްމީހާއަށް ވަރަށް ސަލާމަށްފަހު ދަންނަވަމެވެ. ތިޔަ އެގްރީމެންޓްގައި ވެކްޝިން ޑެލިވަރ ކޮށްދޭން އެއްބަސް ވެފައިވާ ދުވަސްތަކާ އަދަދު ލިޔެވިފަ އިންތޯ ނުވަތަ ޑެލިވަރ ކޮށްދެން ޖެހޭކަމަށް ލިޔެފަ އިންތޯ ރަގަޅަށް ޗެކްކޮށްލާށެވެ.

The name is already taken The name is available. Register?

ފަޒޫ.

05 April 2021

ހެލްތް މިނިސްޓަރު ވަރަށް ފޮނިކެނޑި ދެއްތޯ މާޗް އޭކިޔައިގެން...

The name is already taken The name is available. Register?

ޒަރީރު

05 April 2021

ކިތައް ޑޯޒު ވެކްސިންތަ ރާއްޖެއަށް މުޅިއެކު ބޭނުންވަނީ؟ ހިލޭ އެހީގެ ގޮތުގައި ކިތައް ޑޯޒު ލިބިއްޖެ؟ އަދި އިތުރަށް ބޭނުންވަނީ ކިހާވަރެއް؟ މިހެން މިއަހަނީ،. 700،000 ޑޯޒު ގަންނަން ސިންގަޕޫރު ކުންފުންޏަކަށް އޯޑަރު ދީގެން އަދިވެސް ނުލިބޭ ވާހަކަ އޮތީމާ. މިހާރު 246896 މީހުންގެ ގަޔަށް ހިލޭ ލިބުނު ފުރަތަމަ ޑޯޒު ޖަހައިފިޔޭ އެޗް.ޕީ.އޭ އިން ބުނޭ.

The name is already taken The name is available. Register?

ޑަބިޔާ

05 April 2021

ކިހާ ފަައިސާއެއް އެޑްވާންސްކޮއް ދީގެންތޯ ވެކްސިން ކޮޅު ނައިސްގެން އުޅެނީ. މިސަރުކާރުގެ ލާރި ދައްކާ އެއްޗެއް ނާދޭ މިހާރު

The name is already taken The name is available. Register?

ނާޑް

05 April 2021

ހުނ! ސޭމް އޯލްޑް ވެންޓިލޭޓަރ ސްޓޯރީ ބެކް ކަންނޭގެ!

The name is already taken The name is available. Register?

ބޮޑުމީހާ

05 April 2021

މިނޫނީ ނޫޅޭނެ ގަންނަ އެއްޗެއް ނުލިބެނީސް ލާރި ދައްކާ ބަޔަކު!

The name is already taken The name is available. Register?

މާލޭގައިވެސްހައްދުންނެއްޓިއްޖެއޭ

05 April 2021

ތިޔާ 7 ލައްކަ ވެކްސިން ޑޯޒް ނުލިބޭނެއޭ ރާއްޖެ އަށް ދުވަހަކު ވެސް ތިޔާއީ ދައުލަތުގެ ޚަޒާނާއިން ފައިސާ ތަކެއް ނަގާ ނަމުގައި އިންޑިއާގެ ސީރިއަމް ކުންފުންނަށް ދިން ފައިސާ ތަކެއް ހަގީގަތުގައި ތިޔާ ފައިސާ އަކީ ވެރިކަން ކުރާ އެމްޑީޕީ އަށް ކެމްޕެއިނަށް ދައުލަތުގެ ޚަޒާނާއިން ވަގަށް ނެގި ފައިސާއޭ ތިޔާ 7 ލައްކަ ވެކްސިނަށް ވާ ފައިސާ ވެކްސިން އުފައްދާ އިންޑިއާ ކުންފުންނަށް ނުދީ އޮންނާނީ މިހާރުވެސް ބަލާ މިކަން މިގޮތަށް ހިނގާނީ އެމްޑީޕީގެ ވެރިކަމުގައި ވައްކަން

The name is already taken The name is available. Register?

ހުސޭނުބެ21

05 April 2021

ބަލަ އިންޑިއާ ޖުންފުންޔަކާއެއް ނޫނޭ އެއްވަސްވުމެއް ހެދީ، ސިންގަޕޫރު ކުންފުންޔަކާ 7 ލައްކަޑޯޒު ގަންނަން ހަވާލުކުރީ.

The name is already taken The name is available. Register?

ޖުލައި2021

05 April 2021

ތީ ހަމަ ވެންޓިލޭޓަރު ކަންތަށް ކަހަލަ ކަމެއް. ތިލާރިވެސް ދެން ތި ދިޔައީ. ތިކަން ތަހްގީގު ކޮށް އަވަހަށް ފިޔަވަޅު އަޅާނެބާ. މިފަހަރު ތިބީ ހުސް މައިޕާޓީގެ ވަޒީރުން

The name is already taken The name is available. Register?

ކަންބަޅިލީ

05 April 2021

މިފަހަރު އޯކޭވާނެ. ޕާޓީކުފިންނެއްނުން. ކަންބަޅިއެއްނެތެއްނުން މިފަހަރު

The name is already taken The name is available. Register?

ޑިސްއޮނަރަބަލް ޑީޑީ

05 April 2021

ނަސީމްބެއާ އަމީރު އިސްތިއުފާ!

The name is already taken The name is available. Register?

ނައު77

05 April 2021

ސަލްމާން މިސްކިތް (ރޯދަ މަހު) = މިހާރު ނިމޭނެ ދުވަހެއް ނޭނގެ ހިޔާ ފްލެޓް ( މިދިޔަމަހު 31) = މިހާރު ނިމޭނެ ދުވަހެއް ނޭނގެ. ޥެކްސިން ޑީލް = ލިބޭނެ ދުވަހެއް ނޭނގެ. ތިމީހުންނައް އެނގޭ ކަމެއް އެބައޮތްތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454