ޑރ. މުއިއްޒު ވިދާޅުވީ، އޭނާއާ ދެކޮޅަށް އެމްޑީޕީން ކުރި އެންޓި ކެމްޕެއިނާ ގުޅޭ ގޮތުން ސަޕޯޓަރުން ސުވާލު ނުކުރާ ކަމަށް. އަދި އެކަމާ ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވި.
ޑރ. މުއިއްޒުގެ މިނިސްޓަރުކަމުގައި ހިންގި މަޝްރޫއެއްގެ މަސައްކަތް ކައިރިން ބައްލަވައި އިރުޝާދު ދެއްވަނީ.
09 އެޕްރީލް 2021 - 12:14
އޭނާއާ ދެކޮޅަށް ކިތަންމެ ވަރަކަށް އެންޓި ކެމްޕޭން ކުރިޔަސް އެކަމުން ،މާބޮޑު އަސަރެއް ނުކުރާ ކަމަށާއި މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރައްްޔިތުން ނިންމާނީ ރަނގަޅަށް ކަަމަށް އުއްމީދު ކުރައްވާ ކަަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ނުކުންނަވާފައިވާ ޑރ. މުއިއްޒު އެހެން ވިދާޅުވިއިރު، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން އެ މަގާމަށް ވާދަކުރައްވާ އަނަސް އަބްދުއްސައްތާރުގެ ޓީމުން ގެންދަނީ ޑރ. މުއިއްޒުއާ ދެކޮޅަށް ވަރަށް ގަދައަށް އެންޓި ކެމްޕެއިން ކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރޭގަ އާއި އެހެނިހެން ޕްލެޓްފޯމުތަކުގައި ވެސް އެމްޑީޕީގެ މެމްބަރުން މައިގަނޑު ގޮތެއްގައި ކުރާ އެއް ކަމަކީ ޑރ. މުއިއްޒުއާ ދެކޮޅަށް އެންޓި ކެމްޕެއިން ކުރުމެވެ. ބައެއް ދުވަސް ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް އެމްޑީޕީގެ ބައެއް މެމްބަރުންގެ އަމާޒަކަށް ވަނީ ޑރ. މުއިއްޒު ހައްދަވައިފަ އެވެ.
ޑރ. މުއިއްޒު "މިހާރު" އާ ވާހަކަ ދައްކަވަނީ: ރައްޔިތުންގެ ނިންމުން ގޯހެއް ނުވާނެ ކަމަށް ވިދާޅުވި.
އެކަމާ ގުޅޭ ގޮތުން ޑރ. މުއިއްޒު "މިހާރު" އަށް ވިދާޅުވީ އެންޓި ކެމްޕޭން ކުރުމުގެ ގޮތުން އޭނާގެ ވާދަވެރިން ދައްކާ ވާހަކަތަކުގެ ހަގީގަތް އޭނާ ގެންދަވަނީ ހާމަކުރަ،އްވަމުން ކަމަށާއި ހަގީގަތާ ހިލާފު އެ ވާހަކަތައް ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށެވެ. އިންތިހާބަށް ކެމްޕޭންް ކުރެއްްވުމުގެ ގޮތުން ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލު ކުރައްވާފައިވާއިރު، ރައްޔިތުން، އެ ސުވާލު ކުރޭތޯ ދެންނެވުމުން އޭނާ ވިދާޅުވީ އެ ކަހަލަ ސުވާލުތައް ކުަރިމަތިވެވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑު ރައްޔިތުންނާ ބައްދަލުކޮށް ދައްކަނީ މާލެއާ މެދު އަޅުގަނޑުގެ އޮތް ތަސައްވުރުގެ ވާހަކަ. އެ ރައްޔިތުންނަށްޓަކައި އަޅުގަނޑު ކޮށްދޭން އޮތް ހިދުމަތުގެ ވާހަކަ. ބަޔަކު އެންޓި ކެމްޕޭން ކުރުން އެއީ އަޅުގަނޑު އެކަމާ ކަންބޮޑުވާ ކަމެއް ނޫން،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި މާލޭގެ ތަރައްގީ އަދި ޖުމުލަކޮށް މުޅި ރާއްޖޭގައި އެންމެ ގިނަ މަޝްރޫއު ހިންގެވި ޑރ. މުއިއްޒު ވިދާޅުވި އެވެ.
މާދަމާގެ އިންތިހާބާ މެދުގައި އޮތީ ކިހާވަރެއްގެ ޔަގީންކަމެއްތޯ، ކިހާވަރެއްގެ ނަތީޖާއެއް ހާސިލުކުރެއްވޭނެ ކަމަށް ދެކެވަޑައިގަންނަވަންތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެކަން ނިންމަވާނީ ރައްޔިތުން ކަމަށެވެ. ވިދާޅުވީ ރައްޔިތުން ނިންމާނީ ރަނގަޅަށް ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވިގޮތުގައި، މާލޭގެ މޭޔަރުކަމަށް ކުރިިމަތިލެއްވުމުގެ ކުރިން ވެސް މާލޭގެ ހާލަތު ވަރަށް ރަނގަށް އޭނާ އަށް އެނގިވަޑައިގަންނަވަ އެވެ. އެކަމަކު. ރައްޔިތުންގެ ގާތަށް ވަޑަައިގެން ވާހަަކަ ދެއްކެވުމުން ކުރިއަށް ވުރެ ބޮޑަށް ހާލަތު އެނގިވަޑައިގަންނަވައިފި ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މާލޭގެ މޭޔަރުކަމަށް ހޮވައިފި ނަމަ، ސަރުކާރާ ގުޅިގެން މަސައްކަތް ކުރިޔަސް މާލޭގެ ރައްޔިތުން އެދޭ ކަންކަމަށް އަބަދުވެސް އިސްކަން ދެއްވާނެ ކަމަަށެވެ. އަދި ރައްޔިތުންނާ ގާތުން މަޝްވަރާ ކުރައްވައި، އެ ކަންކަން ސަރުކާރުގެ ތެރެއިން ހައްލު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
"އަޅުގަނޑަށް އަބަދުވެސް އިސްވާނީ މާލޭގެ ރައްޔިތުން. އެ މީހުން ނުރުހޭ ގޮތަކަށް އަޅުގަނޑު ކަމެއް ނުކުރާނަން،" އޭނާ ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ އޭނާ މޭޔަރުކަމަށް ހޮވައިފި ނަމަ، ހުވާ ކުރެއްވުމަށް ފަހު ފުރަތަމަ ވެސް ބައްދަލު ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ކަމަށެވެ. އޭގެ ފަހުން ސަރުކާރުން ބޭނުންވާ ކަންކަން ހޯއްދަވައި، ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކު، އަދި އެހެން ކައުންސިލަރުންނާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މި އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް ޑރ. މުއިއްޒު އިންތިޚާބުކުރަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ދެ މިނިސްޓަރެއް ކަމަށްވާ އުމަރު ޒާހިރާއި ޑރ. އަލީ ހައިދަރާއި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އަދި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު ވެސް ވަނީ ތާއީދު ކުރައްވައިފަ އެވެ.
ރާއްޖޭގައި މާދަމާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާ އިރު، އެ އިންތިހާބަކީ ހަގީގަތުގައި މިދިތަ އަހަރުގެ އޭޕްރިލްމަހު ބާއްވަން ޖެހޭ އިންތިހާބެކެވެ. އިންތިހާބު ލަސްކުރީ ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރޭތީ އެ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަަޅަން ޖެހުމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަރީފު
10 April 2021
މި ވޯޓަކީ ތި ބޭފުޅާ ގެ މިލްކެއް
އުމަރުބެ
09 April 2021
މާދަން ބުނާނެ ރައްޔިތުން ވޯޓްދިނީ މަށަށޭ، އެކަމަކު އަނަސް ހޮވުނީ އިލެކްޝަނުން ވޯޓް އޮޅުވާލައިގެންނޭ.
ހަޤީޤީ މޭވާ
09 April 2021
ޑރ. މުއިއްޒު އަކީ ތަރައްޤިގެ ކުޅަދާނަ މޭސްތެރީ އެކެވެ. ނަތީޖާ ދައްކަވާފައިވާ ބޭފުޅެކެވެ. ކަންކަން ލޮލުން ދެކި އަތުން ހިފާ ކޮންމެ މީހަކު މި ޙަޤީޤަތް ޤަބޫލު ކުރާނެ އެވެ.
އެދުރޭ
09 April 2021
ޑރ. މުއިއްޒުގެ ސާބިތުކަމާމެދު ފަޚުރުވެރި ވުން ޙައްޤެވެ. ތިޔަ ގޮތުގައި ހުންނަވާށެވެ. ﷲގެ ހެޔޮ ރަޚުމަތާއެކު މުއިއްޒުއަސް ފުރިހަމަ ކާބިޔާބީ އެއް ލިބޭނެ އެވެ.
ގުދުގުދާބެއްޔާ
09 April 2021
މުއިޒް މާލޭ ރައްޔިތުންގާތައް ވޯޓް ހޯދަން އައުމުގެ ކުރިން އެބަޖެހޭ މިކަންތައް ސާފުކޮއްދެން 1. ހުޅުމާލެ ދެވަނަފޭސްގައި 25 ބުރީގެ ޓަވަރ އަޅާ ލާމަރުކަޒީ ގާނޫނާ ޚިލާފައް ރާއްޖޭގެ އެންމެންނަށް ބެހީ ކީއްވެހޭ؟ 2. ހުޅުމާލެ ދެވަނަ ފޭސްގެ ޓަވަރ ތަކުން ފ.ނިލަންދޫ 1000 މީހުންނަށް ލާމަރުކަޒީ ގާނޫނާ ޚިލާފައް ފުލެޓް ލިބޭނެ ކަމުގެ ލިއުންދިނީ ކީއްވެހޭ؟ ތިޔަހާ މާލޭ ރައްޔިތުންނަށް ހެޔޮއެދެންޏާ މިސުވާލުތަކަށް ޖަވާބު ދީބަލަ!
ނިލަންދޫ މާލިމު
09 April 2021
ފުރަތަމަ ސުވާލުގައި ބުނީ ރާއްޖޭގެ އެންމެން ބެހިވާޖަކަ، ދެވަނަ ސުވާލުގައި ބުނީ ފ. ނިލަންދޫ މީހުނަށް 1،000 ފްލެޓް ބެހިވާހަކަ؟ ތިޔަ ދެސުވާލު ވަރަށް ބޮޑަށް ފުށު އަރައެވެ. ޒާތީވީމާ ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭނގެ އެވެ. ތިޔަ ސުވާލުތަކަށް ދޭން ޖެހެނީ ޒީރޯ މާރކްސް އެވެ.
ރާއްޖެތެރޭ މީހާ
10 April 2021
ހުޅުމާލެ 2 ވަނަ ފޭސް ހެދީ މާލޭ މީހުންގެ ޖީބުން ލާރި ހަރަދުކޮށްގެންތަ؟ ދައުލަތުން ކުރާ ޚަރަދުން ދައުލަތުގެ ވަކި ބަޔަކަށް ނަފާ ވުމަކީ ހަމަޖެހޭ ގޮތެއް ނޫން.
ދީޑީ
09 April 2021
މި ސަރުކާރުގަ މުއިއްޒު އައިސްގެން ވަކިކީކުރަާނީ... ސޮޜީ މުއިއްޒު
ދޮންތުއްތު
09 April 2021
ޑރ.މުޢިއްޒުގެ މޭސްތިރިކަމުގެ ދަށުން ކޮށްފައިވާ މަސައްކަތްތައް ރަނގަޅަށް ލޯ ހުޅުވައިގެން ބަލާބަޔަށް މިރާއްޖޭގެ ކޮންމެ ދިމާއަކުންވެސް ފެންނާނެ. ހަމަހޭގައި ތިބި ބަޔަކަށް އެ ޙަޤީޤަތެއް އޮޅުވައެއް ނުލެވޭނެ. ރޭގަނޑު އެއީ ދުވާލޭ ބުނީމާ، އެނޫން މީހުން ޤަބޫލުވެސް ކޮށްފާނެ ތޯއްޗެއް
ހަސަންބެ.
09 April 2021
މުއީޒް އަކީ ކޮންފަދަ ރީތި އަހުލާގެއްގެ ބޭފުޅެއް. މިއޮތް ބޮޑު ކެންޕޭން ނިމިގެން ދިޔައިރުވެސް އެއްވެސް ޕްލެޓް ފޯމެއްގައި މީހަކަ ބަދުބަހެއް އަދި ރައްދެއްވެސް ދީފައި ނެތް.
ކޮތަރުގެ އަސަރު
09 April 2021
ތިޔަހެން ވިދާޅުވެ އިންތިޚާބުން ބަލިވީމައި ކުރީފަހަރުވެސް ވަޑައިގަތީ ކޯޓަށް ނޫންތޯއެވެ. އާރާއި ބާރުގައި ހުންނެވި ދުވަހު މުއިއްޒުއަކީ ރައްޔިތުންގެ ވިންދު އަދި ފިކުރާ ދިމާއިދިކޮޅަށް އަދި މާލޭގެ ރައްޔިތުން ހޮވާފައި އޮތް ސިޓީ ކައުންސިލް އޮޔާ ދުއްވާލި އެއްމޭސްތިރިއެވެ. ވަޒީފާ ގެއްލުނީމައި ވަޒީފަގެ ބޭނުމުގައި މަކަރުވެރި ވާހަކަ ދައްކަވަނީއެވެ.
ހމނ
09 April 2021
ތިވިދާޅުވަނީ ރަނގަޅަށެވެ. އެކަމަކު ކަންވަނީ ތިހިނެއްނޫނެވެ. ވޯޓުނުލިބި ބަލިވެއްޖެނަމަ، ބުނާއެއްޗަކީ ވޯޓުއޮޅުވާލިކަމުގައެވެ.