ދަގަނޑޭގެ ތާއީދު މުއިއްޒަށް އޮތްކަން، މުއިއްޒާއެކު ނެގި ފޮޓޯއަކުން ހާމަކުރަނީ.
05 އެޕްރީލް 2021 - 19:10
އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒާ މެދު ގިނަ ބައެއްގެ އިތުބާރު ބޮޑުވަމުން އަންނަ ކަމަށާއި އެ މީހުންގެ އުންމީދު ހުރީ ވަރަށް "އުހުގައި" ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ނުކުންނަވާފައިވާ، ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު މިހެން ވިދާޅުވީ، ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒާއި އެތައް ބައެއްގެ ލޯބި ހޯދާފައިވާ، ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ފަދަ "ހަރުކުލައިގެ" އެތައް ބައެއްގެ ތާއީދު އިތުރު ވާތީ އެވެ. އަލީ ރަމީޒާއި ދަގަނޑޭގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ކޮންސްޓްރަކްޝަން މިނިސްޓަރު އުމަރު ޒާހިރާއި އެ ސަރުކާރުގެ ފަހު ދުވަސްވަރު ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. އަލީ ހައިދަރުގެ ތާއީދު ވެސް މުއިއްޒަށް އޮތް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
މުއިއްޒު ވިދާޅުވީ އެ ފަދަ މަޝްހޫރު ޝަހުސިއްޔަތުންތަކެއް އޭނާ އަށް ތާއީދު ކުރެއްވުމުން އެކަމަށް ޝުކުރު އަދާ ކުރައް ކަމަށެވެ. އެއީ، މާލޭގެ މޭޔަރުކަމަށް އެންމެ ގާބިލް ބޭފުޅަކީ މުއިއްޒުކަން ގަބޫލުކުރާ ކަމުގެ ހެެއްކެއް ކަމަށް ވިދާޅުވި އެވެ.
"އެ ބޭފުޅުން ބޭނުންވާ ނަތީޖާ އަޅުގަނޑަށް ނެރެވިދާނެކަން އެއިން އެނގެނީ. މިއީ ވަރަށް ބޮޑު ހިތްވަރެއް. ދުވަހެއް ދުވަހަކަށް ތާއީދު އަންނަނީ އިތުރުވަމުން،" މާލޭގައި "ދޮރުންދޮރަށް" ކެމްޕެއިންގައި އުޅުއްވަމުން މުއިއްޒު ވިދާޅުވި އެވެ.
މަޝްހޫރު ބައެއް ޝަހުސިއްޔަތުތަކުގެ އިތުރުން މާލޭގެ އާންމުންގެ އެތައް ބައެއްގެ ވާހަކަ ވެސް އައްސަވަމުން ގެންދަވާ ކަމަށާއި ކުރިއަށް ވުރެ ބޮޑު ތާއީދެއް އެބައޮތް ކަަމަށް މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމު ގަބޫލުކުރާ އެ ފަދަ ޝަހުސިއްޔަތުންގެ އިތުބާރު ދެއްވުމަކީ، އެކަމާ މެދު ރައްޔިތުން ވިސްނާނެ ކަމެއް ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ މުއިއްޒު ވިދާޅުވާ ގޮތުން، ސިޔާސީ ބައިބައިވުމުގެ ތެރޭގައި މާލޭގެ ރައްޔިތުން ނިކަމެތިވާން ދޫކޮށް ނުލައްވާނެ އެވެ. އަދި ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވިގޮތުގައި ކައުންސިލަށް އެހެން ޕާޓީތަކުގެ ކެންޑިޑޭޓުން ހޮވުނަސް މަސައްކަތް ކުރައްވާނީ ޓީމް ވޯކް އިސްކުރައްވައިގެން ހުރިހާ ކައުންސިލަރުން ވެސް ގޮވައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން
06 April 2021
ކޮންތާކުން ހޯދި ލާރިތަކެއްތަ ތި ކެމްޕެއިނަށް ތި ތަޅާ ބާލަނީ؟
ޖަބަލްޖަމަލު
06 April 2021
ދެންވެސް ކަޓެއް ންގާލާ ޕާޓީ އޮފީސް ކުދިންގެ މުސާރަ ދައްކާލާ ހެދެން އޮތީ ސަރުކާރު ތެރެއަށް ވަދެގެންދޯ
އަބްޑޫޅް
06 April 2021
الدولة الإسلامية އިސްލާމިކް ސްޓޭޓް ގެ ރަސްމީ ސެލިޔުޓް ނަގައިގެން ހުރި މީހެއްތަ ވައަތް ފަރާތުގާ އެހުރީ؟
ނީރާ
06 April 2021
މުއިއްޒުގެ ކެމްޕޭން މެނޭޖަރަކީ ދިވެހިރާއްޖެއިން ފުޓްބޯޅައިގެ ރޫޙޫ މުޅިން ފުހެލި ބައްސާމު ދެއްތޯ؟
ބަލްގިސްރަނިން
06 April 2021
7 އަހަރުން މުއީޒު ވަނީ ދަސްވެފަ މުއީޒު ވާނީ ހަމަ މުއީޒަށް އޭނަ ކުރާ މަސައްކަތްތަށްވެސް ގިނަފަހަރު އޮންނާނީ މުއިއްޒުވެފަ
ހީރޯ
06 April 2021
ނިންމުން ވަރަށް ރަނގަޅު.
ހެހެހެ
06 April 2021
ސަރުކާރާ އިދިކޮޅު ޕާޓީއެއްގެ ކެނޑިޑޭޓަށް މާލެ ސިޓީގެ މޭޔަރ ކަންދީ މިއޮއް ހުރިހާ ދުވަހު އުޅުނީމާ ވީ ގޮތް އިގުނު! ސަރުކާރުން އެނާގެ ބާރު އޮތީ ކަނޑުވާލާފައި! މުއިއްޒު ހޮވުނަސް މުއިއްޒުއަށްވެސް ޖެހޭނީ ހަމަ އެހާލު. އެހެންވީމާ މިފަހަރު ބަލާލަން ބޭނުންވަނީ ސަރުކާރުގެ ކެނޑިޑޭޓަށް މޭޔަރ ކަން ދީގެން ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ މޭޔަރެއް ހޮވަން!
ހުތްއާދަނު
06 April 2021
މިއޮށްހުރިހާ ދުވަހު ހުރީ އެމްޑީޕީ މޭޔަރެއް ނޫންތަ ؟ ކޮންކަމެއް ވީ ؟
ގަބޭ
06 April 2021
މިފަހަރު ވޯޓުގަ މުއިއްޒުގެ ސައިޒް ދައްކާލާނަން.
ޒިންދަގީ
05 April 2021
މުއިއްޒުވެސް އަދި މޑޕވެސް ދަންނަންވީ ކަމަކީ، މިހާރު މިއުޅެނީކީ ކުއްލިއަކަށް މުއިއްޒުއަށް އިތުބާރު ބޮޑުވެގެންނޫންކަން. މިހާރު މިއުޅެނީ މޑޕގެ އިތުބާރު ގެއްލިގެންކަން.. އަދި މުޅި ޖުމްލަކޮށް ސިޔާސީ މީހުންނަށާއި ޕާޓީތަކުގެ އަގެއް ނެތިގެންކަން.
ޙަބީބު
05 April 2021
ޔަގީންއަޅުގަނޑު ހަމަގައިމުވެސް މަނިކުފާނައް ތާއީދު ރޯދަޔައް ސަލްމާނު މިސްކިތް ހުޅުވާ ނުލެވުނު ސަރުކާރެއްމީ އެމީހުން ބުނަނީ ނަމާދު ކުރާނީ ކުރަންހުރި ކަންތައް ކޮއްނިންމާފަ އޭގެ ފަހުގަ ކަމައް ވީމާ މިފަސްއަހަރު އެމީހުންގެ މަސަތްކަތް ނުނިމޭނެ މަސަތްކަތް ހުސްވޭބާ
ކަޓޭ
06 April 2021
ތީ ނަމާދުކުރާ މީހުންއުޅޭ ވައްތަރެއްނޫން.