މީހުން / ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020

ދިގުރަށުން ހޮވާފައި މިހުރީ ގަދަ ކައުންސިލަރެއް!

އޭނާ މަހަށް ވެސް ހިނގައިދާނެ. ގޯތީގައި ހައްދާފައިވާ ދަނޑުގައި ނެތް ބާވަތެއް ނެތް. ރަށުގައި ބޯކޮށާ މީހަކު ނެތިގެން އެކަން ކޮށްދެނީ ވެސް އޭނާ. އެންމެ މަތިން ވޯޓު ހޯދައިގެން ކައުންސިލަށް ވެސް މިފަހަރު ހޮވުނީ އޭނާ.

އޭނާގެ އެކިއެކި ހިދުމަތްތަކާއި އިސްނެގުން އަބަދުވެސް ފޭސްބުކުން ފެނެއެވެ. އަންހެނުންގެ ކޮމިޓީގެ ކޮންމެވެސް ހަރަކާތެކެވެ. ދަނޑުވެރިކަން ކުރާ ފޮޓޯތަކެވެ. އަދި މަހަށް ގޮސް ނަގާފައި ހުންނަ ފޮޓޯތަކާއި ކުޅިވަރު ކުރިއެރުވުމަށް ކުރާ މަސައްކަތްތަކެވެ.

އެހެންވެ، ޚުދު އޭނާ ވެސް ގަބޫލުކުރަނީ ރައްޔިތުން އޭނާ އަށް ކައުންސިލްގެ ގޮނޑިއަކަށް ހޮވައިދޭނެ ކަމަށެވެ. އޭގެ ސަބަބުތައް ވެސް ސާރަތު އާދަމް (ސާރާ) ކިޔައިދިނެވެ.

"މި ރަށުގެ ރައްޔިތުންނަށް ހިންގާ އެއްވެސް ހަރަކާތެއް ނުހުންނާނެ އަޅުގަނޑު ބައިވެރިނުވާ ކަމެއް. އަޅުގަނޑަކީ ރަށުގައި ފިރިހެނުންނެކޭ އެއްގޮތަށް ކަންކަމުގައި އިސްނަގައިގެން މަސައްކަތް ކުރާ މީހެއް. އަދި ކުރަން ނިންމާ ކަމެއް އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް ކޮށް ނިންމުން އެއީ އަޅުގަނޑުގެ އަމާޒެއް،" 47 އަހަރުގެ ސާރާ ބުންޏެވެ.

ރަށުގައި ބޭއްވި އިޖުތިމާއީ ހަރަކާތެއްގައި ސާރާ

ނިމިގެންދިޔަ ލޯކަލް ކައުންސިލްގެ އިންތިހާބުގައި އދ. ދިގުރަށުން 10 މީހުންނާ ވާދަކޮށް ސާރާ ގޮނޑި ހޯދީ އެންމެ މަތިން ވޯޓު ހޯދައިގެންނެވެ. އެ ނަތީޖާއާ އެކު އޭނާއަށް އިހުސާސް ކުރެވުނީ ރަށުގެ ރައްޔިތުން އޭނާގެ ހިދުމަތް "އެއްފަހަރުން ބަލައިގެންފި" ކަމަށެވެ.

"ވަރަށް ބޮޑު އުފަލެއް ލިބިއްޖެ. ވަރަށް ބޮޑަތި ގޮންޖެހުންތަކާ އެކު ވެސް ގޮނޑި ކާމިޔާބު ކުރެވުނީތީ، އަދި އެންމެ މަތިން ވޯޓު ލިބުނީމާ މާބޮޑަށް ވެސް އުފާވެއްޖެ،" ދެ ކުދިންގެ މަންމަ ބުންޏެވެ.

ސާރާއަކީ ރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ވެސް މެންބަރެކެވެ.

"އަޅުގަނޑު މި ކޮމެޓީގައި 20 އަހަރު ވެއްޖެ ހިލޭ ސާބަހަށް މަސައްކަތް ކުރާތާ. މި ކޮމެޓީގެ ރައީސާކަން ކުރާތާ މިއީ 15 ވަނަ އަހަރު. އެހެންކަމުން ރަށު ކައުންސިލްގެ ގޮނޑިއަކީ އަޅުގަނޑަށް ހައްގު ގޮނޑިއެއް ކަމަށް އަޅުގަނޑު އަބަދުވެސް ގަބޫލުކުރަން،" އޭނާ ކިޔައިދިނެވެ.

އޭނާ ބުނާގޮތުން ފައިސާގެ ދަތިކަމާހުރެ އަންހެނުންގެ ކޮމިޓީ އަށް އެހާ ގިނަ ހަރަކާތްތައް ހިންގަން ވަރަށް ދަތިވެއެވެ.

ސާރާ އޭނާގެ ގޭގައި ހައްދާފައިވާ ބައެއް ތަކެތި

"އެކަމަކު އެކި ފަރާތްތަކުގެ އެހީތެރިކަމާ އެކު ހުންނާނެ ކަންކަން ކޮށްފައި. މިހާރު ވެސް ރަށުގެ ބަނދަރު ސަރަހައްދުގައި މައިޒާނެއް ހެދުމުގެ މަސައްކަތް ވަނީ ފަށައިފައި. އަދި މަސްކަނޑާ ތަނެއް ހެދުމަށް ކައުންސިލުން ބިން ހޯދައި ފަންޑު ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން."

ސާރާ އަކީ ވަރަށް މަސައްކަތްތެރި އަންހެނެކެވެ. ދޯނި ފަހަރުގައި އެހެން މީހުންނާ އެކު މަސްވެރިކަމު ދެއެވެ. ގޮނޑުދޮށަށް ގޮސް ކުޑައިރުން ފެށިގެން މަސްވެރިކަން ކުރެއެވެ. ބޯ ކޮށައި ދެއެވެ. އޭނާ ބުނާގޮތުން ވަރަށް ގިނަ މަސައްކަތްތައް އަމިއްލަ އަށް ކުރަން އެނގެއެވެ.

"ބޯކޮށުމަކީ ވަރަށް ކުރީންސުރެ ވެސް ކުރަމުން އައި ކަމެއް. އެކަމު ރަށުގައި ސެލޫނެއް ހުޅުވުމުން ފަހުން އެހާ ބޮޑަކަށް ނުކުރަން. ފަހުން އެ ސެލޫން ބަންދުކުރުމާ ގުޅިގެން ރަށުގެ ވަރަށް ގިނަ ސްކޫލް ކުދިންގެ ބޯކޮށައިދެން މިހާރު ވެސް،" އޭނާ ބުންޏެވެ.

ސާރާ (ކ-3): ރަށުގައި ބާއްވާ ހުރިހާ ކަމެއްގައި ބައިވެރިވޭ

"ގޭގައި ހުންނަ ތަކެއްޗަށް ދިމާވާ ކަރަންޓުގެ ކުދިކުދި ކަންކަން ވެސް އަމިއްލަ އަށް ކޮށްލަން."

އޭނާ ގޯތީގައި ދަނޑުވެރިކަން ކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. އެ ދަނޑުގައި މިހާތަނަށް އެތައް ބާވަތެއް ހައްދައިފި އެވެ. މޭވާ އާއި ތަރުކާރީ އާއި ތަފާތު ވައްތަރުގެ މާގަސްތައް މިހާރު ވެސް ހުރެއެވެ.

"ކޮވިޑާ ގުޅިގެން ބޮޑަށް މި މަސައްކަތް ކުރިއަށް މި ގެންދަނީ. ދަނޑުވެރިކަމުގެ ބާވަތްތަކާއި މާގަސް ހެއްދުން އަދި މަސްވެރިކަމު ދިއުމަކީ އަޅުގަނޑުގެ ހޮބީއެއް. އެކަމަކު ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ވެސް ލިބޭ."

ސާރާ ކައުންސިލަށް ކުރިމަތިލި މިއީ ދެވަނަ ފަހަރެވެ. ކުރިން ފަހަރު އޭނާ ތަމްސީލުކުރާ ޖުމްހޫރީ ޕާޓީގެ އެހެން މެންބަރަކަށް ފުރުސަތު ދިނުމުގެ ގޮތުން ނަން އަނބުރާ ނެގީ އެވެ. މިފަހަރު މި ވާދަކުރީ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑިއަށެވެ.

ސާރާ: އޭނާ އަށް ކުރިމަތިވި ގޮންޖެހުންތައް ގިނަ

ސާރާ ބުނިގޮތުގައި މިފަހަރުގެ ކެމްޕޭނުގައި އޭނާ އަށް އެންމެ ބޮޑު ޗެލެންޖަކަށްވީ އޭނާ ތަމްސީލްކުރާ ޖުމްހޫރީ ޕާޓީގެ ތެރެއިން އިސްކޮށް ތިބި ބައެއް މީހުން އޭނާ އާ ދެކޮޅަށް މަސައްކަތް ކުރުމެވެ. މިއީ މިހެން ދިމާވެދާނެ ކަމެއް ކަން އޭނާ ފަހަރެއްގައި ވެސް ހިޔެއް ނުކުރެ އެވެ.

"އޭގެ ސަބަބުން ޕާޓީގެ ކެމްޕެއިން ރަނގަޅަށް ނުވެސް ކުރެވުނު. ވޯޓު ލައި ނިމެންދެން ވެސް އުޅެންޖެހުނީ އެކަމުން ސަލާމަތް ނުވެގެން."

ނަމަވެސް އެ ހުރިހާ ގޮންޖެހުންތަކުން ސަލާމަތް ކުރުމަށް އޭނާގެ އަތުގައި ހިފީ ފިރިމީހާ އަހުމަދު ފާއިޒެވެ.

"އަޅުގަނޑުގެ ފިރިމީހާ އަކީ އިންތިހާބުތަކުގެ ކެމްޕެއިންގައި ވަރަށް ބޮޑަށް އުޅެ އެކަމަށް ފަރިތަ މީހެއް. އެހެންވެ އޭނާ ޕްލޭން ކުރި ގޮތަށް ކެމްޕެއިން ކުރިއަށް ދިއައީ. އަދި ހާއްސަކޮށް ފިރިމީހާގެ އާއިލާ އާއި އަޅުގަނޑުގެ އާއިލާ އިން ވެސް ވަރަށް އެހީތެރިވި،" އޭނާ ބުންޏެވެ.

"އެންމެ އުފާވީ ރަށުގެ ހުރިހާ ފިކުރެއްގެ ރައްޔިތުން ވެސް އަޅުގަނޑަށް ވޯޓު ދިނީމަ. އެކަމަށް ޓަކައި އެ އެންމެންނަށް އަޅުގަނޑު އަބަދު ވެސް ޝުކުރު އަދާކުރާނަން."

19 ކޮމެންޓް, 44 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 5%
icon angry icon angry 7%
icon wow icon wow 5%
icon inlove icon inlove 59%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖަމީލު

18 April 2021

ތިޔައީ ފިސާރި ކަނބަލެއް. ކާމިޔާބަށް އެދެން.

The name is already taken The name is available. Register?

ސަންޕަދަރި

18 April 2021

ތިޔަކަހަލަ އައިންބެއް މަވެސް ބޭނުން. އޭރުން މަހައްވެސް ދާނީ ދެމީހުން އެއްކޮށް.. ދަނޑައްވެސް ދާނީ ދެމީހުން އެއްކޮށް.. ރަށް ކުރިއަރުވާނީވެސް ދެމީހުން އެއްކޮށް..

The name is already taken The name is available. Register?

ށަވިޔަނި

18 April 2021

ވަރަށް ބޮޑަށް ތަހުނިޔާ. އިތުރު ހިތްވަރާއެކު ކުރިއަށް ދާށެވެ. ރަށްރަށުގެ ހުރިހާ އަންހެނުން ސާރާއަށް ވެއްޖެނަމަ ރަށްތަކުގެ ސިފަ ބަދަލުވީހެވެ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

18 April 2021

މުޅި ދުނިޔޭގަ ވެސް އޮންނާނީ 02 ލޯންގް އައިލެންޑް.އެއީ އެމެރިކާގެ ނިއުޔޯކްގަ އޮންނަ ''ލޯންގް އައިލެންޑް'' އަދި ދިވެހިރާއްޖޭގެ ''ލޯންގްއައިލެންޑް''. ޔައުނީ އދ.ދިގުރަށް. ހެހެހެހެހެ

The name is already taken The name is available. Register?

ޑރފަލަޑޭ

18 April 2021

ކަލޭ ހާދަ މަޖަލޭ

The name is already taken The name is available. Register?

ލީން

18 April 2021

ރަދީފު ގުޅޭންވީ މިހާރާ. ރަދީފުގެ ކޮންމެ ކޮމެންޓަކީވެސް ހަމަ ހަބަރެއް.

The name is already taken The name is available. Register?

ރަގީބު

20 April 2021

ނުބައި އެކޮޔައް ނޭގުނަސް އަދި އެބަހުރި ލޯންގް އައިލެންޑްސް ގއ ގަވެސް އޮވޭ ލޯންގް އައިލެންޑް އެއް..

The name is already taken The name is available. Register?

ޝުޖާޢު

21 April 2021

ގއ. އަތޮޅުގައި ވެސް އޮންނާނެ ދިގުރަށް ކިޔާ ރަށެއް. މިހާރު އެއީ ރިސޯޓެއް

The name is already taken The name is available. Register?

ކާފަގެރި

18 April 2021

ޖުމްހޫރީ ޕާޓީ ކަޑައޭ، ޕީޕީ އެމް ނޫނީ އެމްޑީޕީ ބޭނުން ފިކުރެއް އިހްތިޔާރު ކުރޭ ނޫނީ އަދި ތިއުޅެވެނީ ހަމަ ލައިނަށް ނޭރި ކޮންމެވެސް ބައެއްގެ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރަން

The name is already taken The name is available. Register?

ސަނީނާ

18 April 2021

ހުރިހާ ފިކުރުތައްވެސް ކަޑަ.

The name is already taken The name is available. Register?

ޑރފަލަޑޭ

18 April 2021

ގަދަ ވަނީ ތިހެން ހުރިހާކަމަކަށް އަތްބާނައިގެނެއްނޫނޭ. ތިހާ ކަންކަމަށް މޮޅިއްޔާ ތިކަންކަމަށް ރަށުން މީހުން ޓްރެއިން ކޮށްބަލަ

The name is already taken The name is available. Register?

،ބުރޯ

18 April 2021

ތިބޭފުޅާ އެނދުގަ އޮވެގެން ރޯދަ ހިފާ މީހަކައް ނޭނގިދާނެ ގަދަވާގޮތް

The name is already taken The name is available. Register?

އިއްބެމުހައްދު

18 April 2021

ތި ކަހަލަ ދަރިން ހޮވުމަކީ ރައްޔަތުންނައްލިބޭއުފަލެއް ކޮންމެހެންކަޕޫރަކައްވާކައްނުޖެހޭ ތިޔައީ ހިންގުތެރިނައްފުރުސަތުދޭ ބަޔަކުދިރިއުޅޭ ތަނައް ސުކުރިއްޔާ ދިގުރަށުހުރިހާރައްޔަތުންނައް

The name is already taken The name is available. Register?

ސީޒަން ޖެކްޝަން

18 April 2021

މީނޫންތޯ އެބުނާ ފިސާރިއަންހެނުންނަކީ.

The name is already taken The name is available. Register?

ބާބޫ

18 April 2021

އިންސާފާއި ހަމަ ހަމަ ކަމާއިއެކު ޚިދުމަތްކުރާނަމަ ރައްޔިތުން ބަލައިގަންނާނެ....................ރަށުގަ ހުރި އެންމެ ބޮޑު މިދިލި ގަސް ކަނޑާލަންވީމަ ކައުންސިލަރު މޮޔަގެން ދިހަ މީހުންނަށް ވެސް މައިތިރި ނުވޭ، އޭނާ ކައިރީ މުޅި ރައްޔިތުން. ހޭއެރި އިރު ފެމިލީ މީހުން މިދިލި ގަސް ކަޓުވާލައިފި........މިއީ ވެސް ވެފަ ހުރި ކަންކަން..............

The name is already taken The name is available. Register?

ޖުމްހޫރު

18 April 2021

ޖްމްހޫރީ ޕާޓީ އަކީ ހާދަ ފޭކް ޕާރޓީއެކޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454