މޯލްޑިވް ގޭސްގެ އަހަރީ ދުވަސް ފާހަގަކުރުމަށް މީގެ ކުރިން ބޭއްވި ހަފްލާގައި އެ ކުންފުނީގެ އެމްޑީ ޝަޒާއިލް ވާހަކަ ދައްކަވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
22 އެޕްރީލް 2021 - 12:29
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ފުލުހުން ބެލި މައްސަލައިން މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ސަލާމަތްވި ނަމަވެސް އޭނާ އަދި ވެސް ހުންނެވީ ސަސްޕެންޝަނުގައި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޝަޒައިލް ސަސްޕެންޝަނާ މެދު އަދި އިތުރު ގޮތެއް ނުނިންމާ ކަމަށެވެ. އިތުރު ތަފްސީލެއް އަދި ނުދެއްވަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް ސްލޮޓުގައި އެމްޑީކަމަށް އައްޔަންކުރެއްވި ޝަޒައިލް މުސާރަ ނުލިބޭގޮތަށް ސަސްޕެންޑުކުރީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަން ރައީސް އޮފީހުން ގާއިމްކޮށްފައިވާ ޕޯޓަލް އަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން އޮކްޓޯބަރު 15، 2019 ގަ އެވެ. އެއަށް ފަހު، ޝަޒައިލަށް ތުހުމަތުކުރާ ދެ މައްސަލައެއް އޭސީސީ އަދި ފުލުހުން ބެލި އެވެ.
އޭނާއާ ދެކޮޅަށް އޭސީސީއަށް ކުރިން ހުށަހެޅި ރިޝްވަތުގެ މައްސަލަ ސާބިތުނުވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވް ގޭސް އަށް ގެންނަ ގޭސް ސިލިންޑަރުތަކުން ޝަޒައިލް ރިޝްވަތު ނަގާކަމަށް ބުނެ އޭސީސީން އެ މައްސަލަ ބަލަނިކޮށް މަނީ ލޯންޑަރިންގެ މައްސަލައެއް ފާހަގަކުރެވިގެން އެކަން ބަލައިދިނުމަށް ފުލުހުންނަށް ހުށަހެޅީ ވެސް އެ ކޮމިޝަނުންނެވެ.
ނަމަވެސް މާޗު 10 ގައި ފުލުހުން ޝަޒައިލަށް ފޮނުވި ލިޔުމުގައި ބުނީ، މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭ އަމަލެއް އޭނާގެ ފަރާތުން މިހާތަށް ފެނިފައިނުވާތީ މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެލޯ
22 April 2021
ފެނަކައިގެ އެތައް މައްސަލައެއް ތިޔަ ޕޯޓަލް ރިޕޯޓްކުރި ރޯމާދުވާލު އެއްމެން ލޮލައް ފެންނަކަންކަން. ސަސްޕެންޝަނެއް ނެތް.
ބަަަރާބަރު ބޯޓް
22 April 2021
މި ސަރުކާރުން ތި މައްސަލަ އަލުން ބަލަންޖެހޭ.. ނުހައްގުން ބޮޑެތި މުއްސަދިކަން ޙޯދި ގޮތް އޮޅުން ފިލުވަންޖެހޭ
މަލީހު
22 April 2021
ތިބެފުޅުންގެ މިސަރުކާރުގެ އޯގާތެރިކަން ދެއްތޯ؟!؟
ބިލް ކުލިންޓަން
22 April 2021
ފައިސާތަކެއް ގެއްލުނަސް ފައިސާތަކެއް "ދޮވެވުނަސް" ޒިންމާވާނެމީހަކު ނުހުރޭ. އެހެންތާ ވާނީ ފައިސާއަކީ ހިނގާބިނފާވެއުޅޭ އެއްޗެއްކަން އެންމެންވެސް ދަނޭވިއްޔަ.