ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އޭނާ މިއަދު ވިދާޅުވީ ހިޔާނާތް ބަލަން މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންކުރާތަން ނުފެންނަ ކަަމަށް.---ފޮޓޯ: މަޖިލިސް
26 އެޕްރީލް 2021 - 13:58
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ އަށް ލިބިފައި އޮތް ބޮޑު އަޣުލަބިއްޔަތުގެ ބޭނުންކުރާ ތަން ފެނިވަޑައިނުގަންނަވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތް ފުރަތަމަ ބަހުސްގެ ތެރެއަށް އެމްއެމްޕީއާރުސީގެ ވާހަކަ އައުމުން އެ ވާހަކައިގައި ބައިވެރިވެވަޑައިގެން އީވާ ވިދާޅުވީ، އެކިއެކި ބޭފުޅުންނަށް ފާޑުފާޑުގެ ތުހުމަތު ކުރަމުން ދިއުމަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލަން މުހިއްމުވާ ސަބަބެއް ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފް (އައްޑޫ ޝަރީފް) އަށް ކުރާ ތުހުމަތެވެ.
"މަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވަނީ އަބަދު ތިމަންނާއާ ދިމާލަށް އެމްއެމްޕީއާރުސީ ވަގޭ، އެމްއެމްޕީއާރުސީ ވަގޭ އެބަ ގޮވައޭ. އެހެން ތިމަންނަގެ ހައްގަކަށް އަރައެއް ނުގަނެވޭނެއޭ،" އީވާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މީހުންނަށް ތުހުމަތު ކުރަން ޖެހޭނީ ތަހުގީގީ މުއައްސަސާތަކުން އެ މައްސަލަ ރަނގަޅަށް ބެލުމަށް ފަހު ކަމަށެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުސް އޮފީހާއި ރިޔާސީ ކޮމިޝަނަކީ އީވާ ވިދާޅުވި ގޮތުހައި އެ މައްސަލަ ތަހުގީގުކުރުމުގެ މަސައްކަތް ކުރަން ޖެހޭ ތަންތަނެވެ.
ހަސަން ލަތީފު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި އެދިވަޑައިގެންފައި އޮތީ ދައުލަތުގެ މަގާމުތަަކުގައި މިހާރު ތިއްބެވި ބޭފުޅުންނާއި ހިޔާނާތް ހިނގި އިރު މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައްސަލަ ވަކިން ބެލުމަށެވެ.
"އިއްޒަތްތެރި ރައީސް ހިތާމައާއެކު ދަންނަވަން ޖެހެނީ އަޅުގަނޑަކަށް، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ވެސް މިކަން ބަލަން ބޭނުންކުރާ ތަނެއް ނުފެނެއޭ. ބުނެވޭކަށް ނެތް، ރައްޔިތުންގެ މަޖިލީހުން ވެސް ފުރިހަމަ އެެއްބާރުލުން ދީފިއޭ އެމްއެމްޕީއާރުސީ މައްސަލަ ބަލާކަށް،" މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން އެމްއެމްޕީއާރުސީގެ މައްސަލަ އަށް އިސްކަން ނުދޭތީ ކަންބޮޑުވުމާއެކު އީވާ ވިދާޅުވި އެވެ.
ނަމަވެސް މަޖިލީހުން އެކަން ނުބެލިގެން އުޅެނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމާ ނޫޅުއްވައިގެން ނޫން ކަމަށް އީވާ ވިދާޅުވި އެވެ. އެކަމުގައި އެ މަނިކުފާނަށް ކުރެއްވެން އޮތް ހުރިހާ މަސަައްކަތްޕުޅެއް ކުރައްވާފައިވާ ކަމަށާއި އެކަމަކު، މަޖިލީހުގެ ކޮމިޓީތަކާއި ތަޅުމާ ހިސާބުގައި ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ހުއްޓޭކަން އެއީ މިހާރު އޮޅުވައިލެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރު ހަސަން ލަތީފު، ދެ ހަފުތާ ތިން ހަފުތާ ވަނީ މިހާރު މިކަމެއް މިތަނަށްް ލައިގެން ނުހިނގައިގެން އުޅޭތާ،" އޭނާ ވިދާޅުވި އެވެ.
ހަސަން ލަތީފު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި އެދިވަޑައިގެންފައި އޮތީ ދައުލަތުގެ މަގާމުތަަކުގައި މިހާރު ތިއްބެވި ބޭފުޅުންނާއި ހިޔާނާތް ހިނގި އިރު މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައްސަލަ ވަކިން ބެލުމަށެވެ.
އީވާ ވިދާޅުވީ އެކަމަށް ތާއީދުކުރައްވާ ކަމަށާއި އެެއީ ރައްޔިތުންގެ މަންދޫބުންނާއި އެ މީހުންގެ މައްޗަށް ވެރިކަންކުރަން ތިބި މީހުން ހިޔާނާތްތެރިވެފައި ވޭތޯ ބެލުމަކީ ރައްޔިތުން ހާއްސަ ސަމާލުކަމެއްދޭ ކަމަކަށް ވާތީ ކަމަށެވެ.
"އިއްޒަތްތެރި ރައީސް އަޅުގަނޑު މި ދަންނަވަނީކީ އެއްކަލަ އެމްއެމްޕީއާރުސީ ވައްކަމުގައި ވައްކަންކުރި ވިޔަފާރިވެެރިންނާއި އެ މީހުންތަކުގެ މައްސަލަ ނުބަލާށެކޭ ނޫން. ބަލަންޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ މައްސަލަ ބެލުމުގައި މަޖިލީހުގެ މެމްބަރުންގެ އިހުލާސްތެރިކަން ހުރިކަން ދެން ދެއްކޭނެ ގޮތަކީ މަޖިލީހަށް އޮތް ބާރުތައް އެކަމުގައި ބޭނުންކޮށްގެން ކަމަށް އީވާ ވިދާޅުވި އެވެ. އެގޮތުން، މަޖިލީހަށް ހޯދެން އޮތް މައުލޫމާތެއް ހޯދައިގެން ހާމަކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރު ހަސަން ލަތީފު، ދެ ހަފުތާ ތިން ހަފުތާ ވަނީ މިހާރު މިކަމެއް މިތަނަށްް ލައިގެން ނުހިނގައިގެން އުޅޭތާ،" --- އީވާ
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލަ ބެލޭނެ ކަމަށާއި އެކަމުގައި ބައެއް މެމްބަރުންގެ ގޮނޑިވެސް ގެއްލިދާނެކަމަށެވެ،
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު ޝަރީފު، އޭނާއަށް އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތުތައް ކުރައްވާ ކަމަށް ވިދާޅުވެ، އެކަމުގައި ނަޝީދަށް ރައްދު ދެއްވުމުން، އުފެދުނު ދެބަސްވުމެއްގައި އެ މަނިކުފާނު ވިދާޅުވީ މަޖިލީހުގެ ރިޔާސަަތުގައި އިންނަވާ ކަމަށް ވަންޏާ އެމްއެމްޕީއާރުސީ މައްސަލަ ނުބަލައި ދޫކޮށްލިޔަ ނުދެއްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
27 April 2021
ކަމަނާއަށް ރަނގަޅަށް އެގިވަޑައިގަންނަވާނެ "އެމްއެމްޕީއާރުސީ ވައްކަމުގެ ބައިވެރިންގެ ތެރެއިން ގިނަބަޔަކު" ތިޔަ ގޭގެ ހިމާޔަތުގައި ތިއްބެވިކަން. # ޔާމީން ވެރިކަމުން ވައްޓާލާ ސޯލިޙް ވެރިކަމަށްގެނައުމަށާއި ޤާނޫނުހަދާ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް ދިނުމަށްޓަކާ ރައްޔިތުން ވޯޓް ދީފައިވާ އެންމެ މުހިންމު ސަބަބަކީ "ދައުލަތުގެ ޙަޒާނާ ކަޅާކޮށްލި މީހުނާއި ރައްޔިތުންގެ ތެރެއިން ބަޔަކު ތުތިމަހަށް ކޮށ އުކާލު މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުން" ކަން.
މުންޑުބުރި
27 April 2021
މީނާ ގަލޮޅުގެ ތަރައްގީއަށް ކޮށްދިން ކަމެއް ނޯންނާނެ. މިހާރު ތިން ހަތަރު ދައުރު ގޮނޑި ހޫނުކުރަން ބޭންދިއްޖެ. ރައްޔިތުންނަށް ވީ ކަމެއް ހަރާން. ފުރަތަމަ ބަލަންވީ މީނާ އެކައުންޓެއް ނުގެންގުޅޭ މައްސަލަ.
ސިއްތި
26 April 2021
ތިޔަ ނަޖިސް ނުހޭކޭ އެކަކުވެސް ތިޔަ މަޖްލިހަކި އޭރުވެސް މިހާރަކުވެސް ނެތް. ކޮން ޑްރާމާއެއް ތި ކުޅެނީ ޢާއިލާގެ އެންމެން ވެގެން؟ ޢާއިލާއަށް ވެރިކަން ދީފައި، ހުރިހާ މްޖަލިހަކާއި، ޖުޑިޝަރީ ދިނީމާވެސް އެއްކަެއްވެސް ނުކޮށް ތިބެ ކޮން ހަޑިޔެއް ތިހާވަނީ؟ ކިތަންމެ ވަރަކަށް ޑްރާމާ ކުޅުނަސް ތިޔަ ޑްރާމާއަކުން އަހަރުމެންގެ ވިސްނުމަކަށް ބަދަލެއް ނާންނާނެ. ތާއީދެއް ނުލިބޭނެ.
ޒިންދަގީ
26 April 2021
ތިޔަބުނާ ޚިޔާނާތަކާއި ބަރުލަމާނީއެއްގަ ދުވަސްތައް ދުއްވާލާ.. ވެރިކަމަށްއެރިފަހުން އަބަދުވެސް އަމިއްލަ ޕާޓީ މީހުންނާ އަރައިރުންވުން ނޫންކަމެއްނެތް..
ކުލް
26 April 2021
އީވައްތަމެން ދެބޯގެެރިދުއްވަނީ. ދެން ލަލަލާ.
ޑްރާމާ
26 April 2021
ހަމަ ޑްރާމާ..
ނެކްސްޓް
26 April 2021
ޙުސް އެއްބަޔެކޭތީ ފައިސާހޯދަން ކުޅޭ ޑުރާމާހުސް. ކޮބާތަ ފަނި އެޅުވިމީހާ އޭނާ ހައްޔަރު ކޮށްގެން ނޫނީ މިމައްސަލަ ނިބެލޭނެ. ޢެފައިސާ މިފައިސާގައި ޖެހިފަ އެންމެންވެސް ތިބީ
ޖަމަލު
26 April 2021
ތިބުނީ ނަޝީދު އެޅުވި ފަނީގެ މިޝަންގެ ވާހަކަ ތަ؟
ކޮރަލް
26 April 2021
އަމިއްލަ އަށް ވިސްނާލަ ބަލާށެވެ. މަޖްލީހުން މުސާރަ އަށް އެތައް މިލިއަނެއް ލިބިއްޖެ އެވެ. 3 ދައުރު ހަމަވާއިރު ދާއިރާ އަށް ކޮށްދެވުނު އެއްކަމެއްވެސް ފެންނާކަށް ނެތެވެ. އެކަމު ގަލޮޅު ކަންމަތި އެމްޑީޕީ އާހެދި މޮޔަވަނީ އެވެ . އެބުނާ ފުޓް ސެލް ވެސް ގޭންގް ތަކަށް ލިބިއްޖެ އެވެ. ތިޔަ ދައްކާ ވާހަކަ ގޯހެއް ނޫނެވެ. ބޮޑުވަޒީރު ކަމަށް އެއްބަސް ނުވާނަމަ އެމީހެއް ކަންކަން ބެލޭނެ އެވެ
ޖުހާބެ
26 April 2021
ބަލަ މަޖިލިސް ރައީސްއަކީ އީވާގެ ކަޒިން. ގައުމުގެ ރައީހަކީ އީވާގެ ކަޒިން. އުޕްސް. ފެމެލީ ވެެރިކަން