ކާފިއު ވަގުތު ފުލުހުންނާއި ސިފައިން މަގުމަތީގައި ހަރަކާތްތެރިވަނީ-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް
13 މެއި 2021 - 01:26
ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ އެންގުންތަކާ ހިލާފުވި 319 މީހަކު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖޫރިމަނާ ކޮށްފައިވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.ެ
އެ އިދާރާގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 136 މީހަކު މާސްކް ނާޅަައި ބޭރަށް ދިޔަ މައްސަލައިގައި ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ކާފިއު ވަގުތު ބޭރުގައި އުޅުނު 160 މީހަކު ޖޫރިމަނާ ކޮށްފައިވާއިރު އުޅަނދު ދުއްވުން މަނާ ވަގުތުގައި އެކަން ކުރި 23 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމަށް މާލޭ ސަރަހައްދުގައި ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާއިރު، އެޗްޕީއޭ އިން ވަނީ އިއްޔެ އިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ފަތިހު 4 އަށް މާލޭ ސަރަހައްދުގައި ކާފިއު ހިންގަން ފަށައިފަ އެވެ. އެ ވަގުތު ބޭރުގައި އުޅުމާއި ވެހިކަލް ދުއްވުން ވެސް މަނާވާނެ އެވެ. މާސްކް އެޅުން ވެސް މަޖުބޫރުކޮށްފައި އޮންނަތާ އެތައް ދުވަހެއް ވެފައިވީ ނަމަވެސް ބައެއް މީހުން މާސްކް ނާޅައި ވެސް އުޅެ އެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ފުލުހުންނާއި ސިފައިން މާލެ ސަރަހައްދުގެ މަގުތަކަށް ނުކުމެ، އެޗްޕީއޭގެ އެންގުންތައް ތަންފީޒުކުރުމަށް މަސައްކަތް ކުރާއިރު އާންމުންގެ އެހީތެރިކަން ވެސް ބޭނުންވާނެ ކަމަށެވެ. މަނާ ވަގުތުގައި މުހިއްމު ކަމެއްގައި ބޭރަށް ދާން ޖެހިއްޖެ ނަމަ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ކެފޭ/ ރެސްޓޯރަންޓުތަކުން ގައިޑްލައިންތަކާ ހިލާފުވާ ނަމަ އެ ތަންތަނާ މެދު ފިޔަވަޅު އަޅާނެ އެވެ. އެގޮތުން 24 ގަޑިއިރަށް އެ ފަދަ ތަންތަން ބަންދުކުރާނެ އެވެ. އަދި ފިހާރަތަކަށް ވަންނަން އޮންނަ މިންވަރަށް ވުރެ އިތުރަށް މީހުން ވަދެ ތިބޭތޯ ވެސް ފުލުހުން ބަލާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
މާލޭ ސަރަހައްދުގެ ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އެޗްޕީއޭގެ އެންގުންތައް ތަންފީޒު ކުރުމަށް ފުލުހުންނާއި ސިފައިން ގުޅިގެން ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް އަންގަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓެކކްކްސްވިތްފައިން
13 May 2021
އެއަރ އެމްބިއުލަންސް ޓްރާންސްފާ އާ ޖަރުމަނުގެ އެންމެފުރިހަމަ ސިއްހީ ހިދުމަތް ސްޕޮންސަރ ގަ ތިވެސް ޕަސެންޓެއް.
ހަމައަހާލީ
13 May 2021
ޖޫރިމަނާ ކުރިމީހުންގެ ތެރޭގައި ރާއްޖޭގައި "ހިމާޔަތްކުރެވިފައިވާ" އެއްވެސް ބޭރުމީހަކު ހިމެނުނުތަ؟
ބަރުބާދު
13 May 2021
ނޫން ނޫން، ހިމާޔަތް ކުރެވިފައިވާ އެއްވެސް ވައްތަރަކާ ނުބެހި، ޖޫރިމަނާ ފައިސާ ދައްކާނެކަން ޔަގީންވާ އެއްވެސް ހިމާޔަތެއްނެތް ދިވެހިން ޖޫރިމަނާކުރާނީ؟.
ބަރުބާދު
13 May 2021
ނޫން ނޫން .... މާސްކު ކަކުލުހުޅާ ހަމައިގަހުއްޓަސް ހިމާޔަތްކުރެވިފައިވާ އެއްވެސް ބަންގާޅީއަކާ ސުވާލެއްނުކުރަން، އޮޅިގެން ސުވާލުކުރެވުނަސް ނަސޭހަތަކުން ނިންމާލަނީ!!!
ޝަފީރު
13 May 2021
ތިޔަކުރާ ޖުރިމަނައެއް ކުރީމާ އެބަޔަކު ގޭންބަރަށް ނުނިކުމެ ތިބޭނެކަމަށް ހިކުރުމަކީ ބޯގަޅި ކަމުގެ އިންތިހާގެ ކަމެއް. މީހުން ފެލަން ކުރާކަމެއްނަމަ ވަރަށް ކާމިޔާބު ކަމެއް. ބޭރަށް ނުކުތުން ހުއްޓުވުމަށް ކުރާ ކަމެއްނަމަ ޓެގް އަޅުވާފައި ގޭބަންދުކޮށްބަލަ އޭރުން ގެއިން ބޭރަށް ނުގޮސްތިބެދާނެ. ޢެއްގޮތަކަށްވެސް ކަމެއް ހުއްޓުވުމަށްވުރެ ބޮޑަށް ފައިސާހޯދަން ކުރާ ކަމަކަށް ވެއްޖެ.
ކަންއޮތްގޮތް
13 May 2021
ތިކަހަލަ ޖޫރިމަނާކުރުމަށް ދިވެހިންމިތިބީ އާދަވެފަ. ތިޖޫރިމަނާވާނީ ޒުވާނުން ލައިސަންސުނެތި ސައިކަލުދުއްވުމުންކުރާ ޖޫރިމަނާއަށްވާގޮތް. ޖޫރިމަނާއަރާނީ ފޮތަށް. ވަގުތުން ދައްކާކަށް ނުޖެހޭނެ. އިންތިޚާބެއް ކުރިމަތިވެއްޖެނަމަ، މަޢާފުވާނެކަން އެންމެނަށްވެސް އެނގޭ. ތިކަހަލަ ޖޫރިމަނާއެއް ދައްކާމީހަކުނުއުޅޭނެ. ވަގުދުން ޖޫރިމަނާ ދެއްކީމަނޫނީ ދޫނުކޮށް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރާނަމަ، ތިކަމަށް ޙައްލެއް އަތުވެދާނެ. އެހެންނޫނީ ޖެހޭނީ ކޮށްކޮށް ތިބެން!
ސޯބެ
13 May 2021
ސޯލިހޫ ، ސާބާސް ! ދައުލަތަށް ލާރިވައްދަން ތިޔަނޫން ސިނާއަތެއް ނެތް ، މެ ކުހަށް ޖަހާ ، ޓުވަރިޒަމް އެއޮތީ ފުޑިފަ ، މަސްވެރި ކަން އެއޮތީ އެހާލުގައި ، ސާބާސް
ށަވިޔަނި
13 May 2021
ފިހާރަތަށް އޮންނަނީ ތޮއްޖެހިފަ. އިއްޔެ ވެސް ފިހާރައަ ކަށް ގޮސްފަ މީހުން ގިނަ ކަމުން ދުރުގަ ހުރެފަ ދެ ފަހަރުވެސް އެނބުރި އައީ.
ފޑބއ
13 May 2021
ހަމަ އަދަދު ތަކެއް ޖަހާލާފަ އެއްޗެކޭ ކިޔަނީ ، މުޅި ގައުމު ދަވާލާފަ ، ކިހާދެރަކަމެއް ތީ ، ތިޔަނޫން ގޮތަކައް ގައުމު ހިންގަން ނޭގުނީ ތޯ
ޢަސްލުމީހާ
13 May 2021
ކާފިއު ހިންގައިގެން ބަޖެޓް ސަޕޯޓް ހޯއްދަވަނީތޯ.؟ އާންމު ރައްޔިތުންނަށް ބަލާލައިގެން އުޅުމަށް ފުލުހުންނަށް ގޮވާލަން.. މި ނިކަމެތި ދަނޑިވަޅުގައި ނިކަމެތި ރައްޔިތު މީހާ ޖޫރިމަނާ ކުރުން އެއީ ހައްލުކަމަށް ނުހައްދަވާ..! ޖޫރިމަނާ އަކީ ހަމަމަގަށް އެޅުވުމަށް މަގުފަހި ކުރުވުމަށް ކުރާނެކަމަށް ބުނާ އެއްޗެއް. އެނޫންގޮތެއް ނެތް މީހާ ޖޫރިމަނާ ކުރަންވާނެ. އެކަމަކު ޒަރޫރީ ބޭނުމެއް ފުއްދާލަން ކޮންމެހެން ބޭރުގައި އުޅެން ޖެހިގެން އުޅޭ މީހާ ޖޫރިމަނާކުރީމައި އޭތިކަނޑަ
ގެދާނޯމޮސް
13 May 2021
ކަފުނާ ޖެހެންދެން މުސީބާތަކަށް ފަހު މުސީބާތެއް ޖެހިފަވާ ޤައުމުކެވެ.