މެކްގްރެގާ.
14 މެއި 2021 - 10:13
އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެތުލީޓް ނުވަތަ ކުޅިވަރު ޝަހުސިއްޔަތުންނާ އެކު މި އަހަރު ފޯބްސް އިން އެކުލަވާލި ލިސްޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލައިނަލް މެސީ ފަދަ ފުޓްބޯޅަ ތަރިން ފަހަތަށް ޖައްސާލައި އަޔަލެންޑް މާޝަލް އާޓްސް ތަރި ކޮނާ މެކްގްރެގާ ލިސްޓްގެ އެއް ވަނަ މަގާމުން ޖާގަ ހޯދައިފި އެވެ.
ފޯބްސް އިން ބުނެފައިވާ ގޮތުގައި ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި އޭނާ އަށް އާމްދަނީގެ ގޮތުގައި 180 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިއީ ކޮނާ އަށް އެ މަގާމު ލިބުނު ފުރަތަމަ ފަހަރު ވެސް މެ އެވެ. ކުރިން އޭނާ އަށް ލިބުނީ 2018 ގައި 99 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު ހަތް ވަނަ މަގާމު ލިބުނެވެ.
އުމުރުން 32 އަހަރުގެ ކޮނާ އަކީ ފެދަވެއިޓާއި ލައިޓްވެއިޓް ޑަބަލްފައި ޔޫއެފްސީގެ ޗެމްޕިއަނެކެވެ. އޭނާ މިކްސްޑް މާޝަލް އާޓްސް (އެމްއެމްއޭ) ގެ ތެރެއިން ބޮކްސިން އަށް ވަނީ އުމުރުން އެންމެ 12 އަހަރުގަ އެވެ.
The world's highest-paid athletes revealed: https://t.co/dldZtIYd4H pic.twitter.com/WyQS16UIh1
— Forbes (@Forbes) May 13, 2021
މިހާރު ކުޅިވަރުގެ ދާއިރާ އިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެތުލީޓްގެ މަގާމު ކޮނާ އަށް ލިބުނު އިރު އޭނާ އަކީ ވިޔަފާވެރިއެއް ވެސް މެ އެވެ.
ފޯބްސްގެ ލިސްޓްގައިވާ ގޮތުން ކޮނާގެ ފަހަތުން ގަދަ 10 ގެ ލިސްޓްގެ ދެވަނަގައި އޮތީ ބާސެލޯނާ އަށް ކުޅޭ އާޖެންޓީނާގެ ތަރި މެސީ (130 މިލިއަން ޑޮލަރު) އެވެ. އަދި ތިން ވަނައިގައި ޔުވެންޓަސް އަށް ކުޅޭ ޕޯޗްގަލްގެ މެސީ އޮތީ 120 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކީގަ އެވެ.
ގަދަ 10 ގައި ދެން ހިމެނެނީ ޑަލަސް ކައުބޯއިޒް އަށް ކުޅޭ ފުޓްބޯޅަ ކްއާޓަބެކް ތަރި ޑޭކް ޕްރެޒްކޮޓް (107.5 މިލިއަން ޑޮލަރު)، އެމެރިކާގެ ލޮސް އެންޖެލިސް ލޭކޭޒް އަށް ކުޅޭ ބާސްކެޓް ތަރި ލެބްރޯން ޖޭމްސް (96.5 މިލިއަން ޑޮލަރު)، ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ (95 މިލިއަން ޑޮލަރު)، އޮސްޓްރޭލިއާގެ ޓެނިސް ތަރި ރޮޖާ ފެޑެރާ (90 މިލިއަން ޑޮލަރު)، ކާރު ރޭސް އެފް1 ގެ ތަރި ލުވިސް ހެމިލްޓަން (82 މިލިއަން ޑޮލަރު)، އެމެރިކާގެ ފުޓްބޯޅަ ކްއާޓަބެކް ތަރި ޓޮމް ބްރޭޑީ (76 މިލިއަން ޑޯލަރު) އަދި އެމެރިކާގެ ބާސްކެޓް ތަރި ކެވިން ޑުރަންޓް (75 މިލިއަން ޑޯލަރު) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސްޓޭކް
18 May 2021
ކޮބާ ރާއްޖޭގެ ނޭމާ؟
އޭރިއަލް ހަލްވާނީ
15 May 2021
ޑަބަލްފައި ޔޫއެފްސީގެ؟ ޑަބަލް ޗެމްޕް ނުވަތަ ޑަބަލް ޑިވިޝަން ޗެމްޕިއަން. މި މީހުންނަށް އެޑިޓު ކޮށް މޮޑަރޭޓު ކުރެވެނީ މީހުން ކުރާ ކޮމެންޓ ދޯ
ބަޑީ
14 May 2021
ހާދަހާ ކުށްގިނައޭ!! ޕޯރޗްގަލްގެ މެސީ، އޮސްޓްރޭލިއާގެ ރޮޖަރފެޑެރަރ...
މޯޑުސ
14 May 2021
ފަށަންވީދޯ ——-
އަލީ އަލީ
14 May 2021
ކޮބާ އަހަރުމެންގެ އުސްމާން!