މީހަކު އޮފީހެއްގައި.
18 މެއި 2021 - 08:42
އާންމުކޮށް ދުވާލެއްގެ މައްޗަށް މަސައްކަތްކުރަން އޮންނަ ވަގުތަށް ވުރެ ގިނައިން މަސައްކަތްކުރުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކުގައި އަހަރަކު 745،000 މީހުން މަރުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.
އެތަނުން މުޅިން އަލަށް މިކަމާ ބެހޭ ގޮތުން ހަދާފައިވާ ދިރާސާގައި ބުނެފައިވާ ގޮތުގައި ގިނަ ވަގުތު މަސައްކަތްކުރަން ޖެހުމުން ސްޓްރޯކާއި ހިތުގެ އެ ނޫން ވެސް މައްސަލަތަކާ ހެދި 2016 ގައި އެކަނި ވެސް 745،000 މީހުން މަރުވެފައިވެ އެވެ. އަދި މި މައްސަލަ އެންމެ ބޮޑީ އިރުމަތީ ދެކުނު އޭޝިއާ އާއި ހުޅަނގު ޕެސިފިކް ސަރަހައްދުތަކުގެ ގައުމުތަކުގައި ކަމަށް ބުންޏެވެ.
ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި އާންމުކޮށް ދުވާލަކު އިންސާނަކު މަސައްކަތްކުރަން ޖެހޭ ވަގުތަކީ ގިނަވެގެން އަށް ގަޑިއިރު ކަމަށް ވިޔަސް، މިދިޔަ އަހަރަކީ ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ ހެދި ގިނަ ބަޔަކަށް ދުވާލެއްގެ އެތައް ވަގުތެއް މަސައްކަތުގައި އުޅެން މަޖުބޫރުކުރުވި އަހަރެކެވެ.
ދިރާސާގައި ބުނެފައިވާ ގޮތުގައި ހަފުތާއަކު 55 ގަޑިއިރު ނުވަތަ އެއަށް ވުރެ ގިނަ ވަގުތު މަސައްކަތްކުރާ ނަމަ ސްޓްރޯކް ޖެހުމުގެ ފުރުސަތު 35 ޕަސަންޓަށް އިތުރުކޮށްދެ އެވެ. އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ހަފުތާ އަކު 35-40 ގަޑިއިރަށް މަސައްކަތްކުރާ ނަމަ ހިތުގެ މައްސަލަތަކުގައި މަރުވުމުގެ ފުރުސަތު 17 ޕަސެންޓަށް އިތުރުވެ އެވެ.
🆕 WHO & @ilo analysis shows that working 55 hours or more per week impacts #WorkersHealth & increases risk of cardiovascular diseases.
— World Health Organization (WHO) (@WHO) May 17, 2021
Long working hours led to 745 000 deaths from #stroke & ischemic heart disease in 2016, a 2⃣9⃣% rise ↗️ since 2000.
👉 https://t.co/T3nuPX3nH7 pic.twitter.com/UW5XxbjWqo
ގިނަ ވަގުތު މަސައްކަތުގައި އުޅެން ޖެހުމަކީ ސިއްހީ އެތައް މައްސަލައެއް ކުރިމަތިވާ ކަމެކެވެ. އެގޮތުން ރަނގަޅަށް ނުކެވުމާއި ހަމަނިދި ނުލިބުމާއި ބޮލާއި ލޮލުގައި ރިއްސުމާ އެކު ހާސްކަމާއި ފިކުރާއި ކަންބޮޑުވުން އިތުރުވެ، ނަފުސާނީ އުނދަގޫތައް ވެސް ކުރިމަތިވުން ހިމެނެ އެވެ.
ދުނިޔޭގެ މަސައްކަތްތެރިންގެ ޖަމިއްޔާ އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޝަން (އައިއެލްއޯ) އިން ހަދާފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުގެ ސަބަބުން މަރުވާ މީހުންގެ ތިންބައިކުޅަ އެއް ބަޔަކީ މެދުއުމުރުގެ ނުވަތަ ނުވަތަ އުމުރުން ދުވަސްވީ މީހުންނެވެ.
ޑަބްލިއުއެޗްއޯ އިން ބުނި ގޮތުގައި މަސައްކަތްކުރަން ޖެހޭ ވަގުތު މިހާރު އިތުރުވުމަކީ ރިމޯޓްކޮށް މަސައްކަތްކުރަން ޖެހުމާއި އޭގެ ސަބަބުން ކުރިމަތިވެފައިވާ އިގުތިސާދީ ދުވެލި މަޑުވުމާ އެކު އިތުރު މައްސަލަތަކެއް ވެސް ކުރިމަތިވެދާނެ ކަމެކެވެ.
Let's protect #WorkersHealth!
— World Health Organization (WHO) (@WHO) May 17, 2021
Governments can introduce laws & policies that:
⌛️ensure maximum limits on working time
✅promote decent working conditions
Employers & workers can arrange healthy working time using:
🔄shift work
🔀flexi-time arrangementshttps://t.co/8gsm7nWDTE pic.twitter.com/qCr497WAJm
"މިހާތަނަށް އަހަރެމެންނަށް ފާހަގަ ވެފައި އެބަހުރި ލޮކްޑައުން އަށް ގައުމުތައް ދިއުމުން ކުރިން މަސައްކަތްކުރަން ޖެހޭ ވަގުތަށް ވުރެ ދިހަ ޕަސެންޓް އިތުރަށް މަސައްކަތްކުރަން ދިމާވެފައި ހުރިކަން ވެސް." ޑަބްލިއުއެޗްއޯގެ ޓެކްނިކަލް އޮފިސަރު ފްރޭންކް ޕެގާ ވިދާޅުވި އެވެ.
އެހެންވެ އޭނާ ވިދާޅުވި ގޮތުގައި މިކަމަކީ ވަޒީފާދޭ ފަރާތްތަކުން ވެސް ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެކެވެ. އެގޮތުން މުވައްޒަފުންގެ އޮކިއުޕޭޝަނަލް ހެލްތު ރިސްކާ މެދު މިހާރަށް ވުރެ ބޮޑަށް ފަރުވާތެރިވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ މިކަމަށް ހައްލެއް ހޯދަން ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ މީހުންނާ ދެމެދު ވާހަކަ ދައްކައިގެން ގޮތްތަކެއް ހަމަޖެއްސުމަކީ އުފެއްދުންތެރިކަން ވެސް ރަނގަޅުވާނެ ކަމެއް." ފްރޭންކް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރުމޯލް
19 May 2021
ތިމާލޭގައި އުޅޭ ގިނަމީހުން ކުރިއަތް އޮތްތާގައި ސްޓރޯކާއި ހިތުގެ ބަލީގައި ދުވަސްދާތަން ދާދި އަވަހަށް ފެންނާނެ ، ދެމެފެރިންވެގެން ހޭބޯނާރާ މަސައްކަތުގެ ރެޔާއި ދުވާލު ހޭދަކުރަނީ ،
އެލެކުސް އޮބި
18 May 2021
ރާއްޖޭގަ މިކަމާ ގުޅޭ ގޮތުން ދިރާސާއެއްކުރެވިފަ ނެތަސް ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަކީ ނިސްބަތުން ގިނައިރު މަސަކަތްކުރާ އަދި އެއްވެސް ވަރަކަށް އަމިއްލަ ސިއްހަތަށް ނުބަލާ ބައެެއްކަން ފާހަގަކުރެވޭ. ގާނޫނުގަ 8 ލިޔެފަ އޮތަސް ޕުރައިވެޓް ސެކުޓަރ ހާއްސަކޮށް ރިޒޯރޓުތަކުގަ 10 ގަޑިއިރަށް ވުރެއް ގިނައިން މުއައްޒަފުގެ ނުގަބޫލުގަ މަސައްކަތް ކުރުވާ ލާރި ނުދޭކަން ފާހަގަ ކުރަން. މިހާރު ނޫހުން މިކަމާ ބެހޭ ތަހުގީގީ ރިޕޯރޓެއް ހަދާލަބަލަ ޕލސ
އެމްސް
18 May 2021
ބަންގަލަދޭޝް ލޭބަރުން ރާއްޖެ އަންނަން ފެށިފަހުން، ދިވެހި މުވައްޒަފުންނަށްވެސް ދުވާލަކު 12 ގަޑިއިރު މަސައްކަތްކުރަން ވަޒީފާދޭފަރާތުން މަޖްބޫރުކުރޭ! ޤާނޫނު ހިންގާ ތަންފީޒްކުރާނެ ބަޔަކު ނެތް!