ހުޅުމާލޭ މެޑިކަލް ފެސިލިޓީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
23 މެއި 2021 - 14:46
ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، އެޑްމިޓް ކުރަން ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަށް ގެންދަނިކޮށް ފިލި ދެ މީހުން އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ފިލި އެ ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބައެކެވެ. އެކަމަކު ކޮވިޑަށް ޕޮޒިޓިވްވުމުން، އެ މީހުން ބަންދުން ދޫކޮށްލައި، އެޗްޕީއޭގެ ބެލުމުގެ ދަށުން ކޮވިޑް ފެސިލިޓީ އަށް ގެންދަނިކޮށް ފިލީ އެވެ.
އެ މީހުން ފިލީ ކިހިނެއް، ކޮން ހިސާބަކުންކަން ފުލުހުން ނުބުންޏަސް، ހޯދުމުގެ މަަސައްކަތް ދަނީ ކުރަމުންނެވެ. އެއީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ބަޔަކަށް ވާއިރު، އެ ދެ މީހުންގެ ފަރާތުން އެހެން ބަޔަކަށް އެ ބަލި ޖެހުމުގެ ފުރުސަތު އޮތް ނަމަވސް، އެ ދެ މީހުންގެ ފޮޓޯއެއް ވެސް ފުލުހުން އާންމެއް ނުކުރެ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީގެ ކުރިން ވެސް ބައެއް މީހުން ފިލައިގެން އުޅުނު މައްސަލަތައް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ. އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކޮށްފައިވެ އެވެ.
ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާއިރު ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އާންމުން ތަންފީޒުކުރަމުންދޭތޯ ބެލުމަށް މިހާރު އޮޕަރޭޝަން ހިންގަނީ ސިފައިންނާއި ފުލުހުން ގުޅިގެންނެވެ. އެގޮތުން މާލެ ސަރަހައްދުގައި ކާފިއު ހިންގާފައި އޮންނަ ވަގުތުތަކުގައި މާލެތެރެ ބެލެހެއްޓުމާއި މަގުމަތީގައި އުޅޭ މީހުން ހުއްޓުވައި ސުވާލު ކުރުމުގައި ސިފައިންނާއި ފުލުހުން ވެސް ހަރަކާތްތެރިވެ އެވެ.
މިހާރު ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޮސްވެފައި މިވަނީ މީގެ ކުރިން ކޮވިޑްގެ އެއްވެސް ރާޅެއްގައި ގޯސް ނުވާ މިންވަރަށެވެ. ހާއްސަކޮށް، މިހާރުގެ އެއް ކަންބޮޑުވުމަކީ އެ ބަލީގައި މަރުވާ މީހުންގެ އަދަދު ގިނަވުމެވެ. މި މަހުގެ މިހާތަނަށް އެކަނި ވެސް 50 އަށް ވުރެ ގިނަ މީހުން ވަނީ ނިޔާވެފަ އެވެ. ކޮވިޑް ބަލީގައި މިހާތަނަށް އެންމެ ގިނަ މީހުން ނިޔާވީ ވެސް މި މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުޓޯ
23 May 2021
ފުލުހުން ކީއްވެތަ އެމީހުން ފުޓޯ ނުދަށްކަނި. ކުށްވެރިން ފުޓޯ ދަށްކާ. ކޮވިޑް ފަތުރަމުން ރަށުތެރޭ އުޅޭ އިރު އެމީހުން ފެނުނީމަ ދޯ އިގޭނި ފޮޒިޓިވް ބައެއްކަން ފުޓޯ ދަށްކާ
މޯޑް
23 May 2021
ހާދަ ނާގަބިލު ބަޔެކޭ
ނިރު
23 May 2021
ޤާނޫނީ ގޮތުން ޒިންމާ ހަވާލުވެ ތިބިބަޔަކު ފިލި ދެމީހުން ނުހޯދޭކަމަށް ބުނުމަކީ ލަދުގަންގެހޭނެ ކަމެއް... އެމީހުންގެ ވަނަވަރާ އެއްކޮން ހޯދަން ރައްޔެތުންނާ ހަވާލުކުރޭ .. ލަހެއް ފަހެއް ނުވެ ހޯދާ ފުލުހުންނާ ހަވާލު ކުރާނެކަން ޔަގީން.. އެދެމީހުންނަކީ މުޖުތަމަޔަށް ވަރަށް ނުރައްކާތެރިބައެއް އެދެމީހުންގެ ފަރާތުން އެތަށްބަޔަކަށް ބަލިޖެހި ބަޔަކު މަރުވެދާނެކަމާމެދު ވިސްނާލިންބާ
ރަދީފްއޮފިޝިއަލް
23 May 2021
ނުފެންނާނެ.ނުވެސް ހޯދޭނެ.މާލޭގެ މަގުމައްޗަށް ގެއްލޭ ސައިކަލެއް ނުހޯދޭ ބަޔަކަށް ޖާނުގަ ވަރުހުރި ބޮޑު ސިންގާ 02 އާދަމުގެ ދަރިން ހޯދިދާނެ ކަމާއިމެދު މަމެންނަށް ޝައްކު.ތިހާ ވަރުން ހޯދަން އުޅޭ ނަމަ އެމީހުންގެ ފޮޓޯ ވެސް އާއްމު ކުރާނެ ތާ؟ އެކަހަލަ ކަމެއް ވެސް ނުކުރެއެއްނު.އެހެންވީމަ މިމީހުންގެ ނެތޭ އެއްވެސް ކަހަލަ އިހްލާސްތެރިކަމެއް.މަސް ނިމުނީމަ އެކައުންޓަށް އެނގުންވާނަމަ އެމީހުންނަށް އޯކޭ.އެއްޗެއް މަދުވެއްޖެތަ ، އުޅޭނެ މޮޔަވެގެން އުޅޭ ގިތެލެއްހެން.
ގެދާނޯމޮސް
23 May 2021
އެމީހުންނަށް ބަލިނޫންކަން އެނގޭތީ ފިލީކަމަށް ވެދާނެ ނޫންތޯއެވެ.