ޚަބަރު / ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ކޮވިޑް-19: އަލުން ބަލިޖެހެނީ އާންމުކޮށް ނުވަ މަސް ފަހުން

މިހާތަނަށް 208 މީހަކަށް މި ބަލި ދެ ވަނަ ފަހަރަށް ޖެހިފައިވޭ. އޭގެ ތެރޭގައި ގިނައީ ފިރިހެނުން. އަދި އުމުރުފުރާގެ ގޮތުން ގިނައީ 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުން.

ކޮވިޑް ބަލިން ފަސޭހަވާ މީހުންނަށް، ދެ ވަނަ ފަހަރަށް އެންމެ އާންމުކޮށް އެ ބަލި ޖެހިފައި ވަނީ ނުވަ މަސް ފަހުން ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ތަނުގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވަނީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން މިއަދާ ހަމައަށް މި ބަލި ދެ ވަނަ ފަހަރަށް ޖެހިފައިވާ މީހުންނާ ގުޅޭ ތަފާސްހިސާބުތައް އާންމު ކުރައްވައިފަ އެވެ.

ރާއްޖެ އިން މިހާތަނަށް 208 މީހަކަށް ކޮވިޑް ބަލި ދެ ވަނަ ފަހަރަށް ޖެހިފައިވެ އެވެ.

ޑރ. އަފްޒަލް ވިދާޅުވީ ދެ ވަނަ ފަހަރަށް ކޮވިޑް ޖެހެނީ، އެ ބަލިން ފަސޭހަވާތާ ތިން މަސް ފަހުން ކަމަށް އެހެން ގައުމުތަކުގެ ދިރާސާތަކުން ދައްކާ ކަމަށެވެ. އެކަމަކު ރާއްޖޭގައި ދެ ވަނަ ފަހަރަށް މި ބަލި ޖެހިގެން މީހަކު އަލަށް ރިޕޯޓްކޮށްފައި ވަނީ 17 ވަނަ ހަފުތާ (ހަތަރު މަސް) ފަހުންނެވެ. އެއީ މިދިޔަ އަހަރު އެވެ.

"އަޅުގަނޑުމެންނަށް އެބަ އެނގޭ ބަލި ޖެހުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެގެން ނުވަތަ އެ އަށް ހޭނިގެން ދާން ގާތްގަނޑަކަށް ތިން މަސް ދުވަސް ހޭދަވާކަން. އެހެންކަމުން ތިން މަސް ފަހުން އަލުން ބަލިޖެހުމަކީ އެހާ އާދަޔާ ހިލާފުކަމެއް ނޫން،" ބަލި ޖެހުމަށް ފަހު ތިން މަސް ފަހުން، ބަލިން ދިފާއުވުމުގެ ގާބިލްކަން ކުޑަވާކަން ފާހަގަކުރައްވަމުން ޑރ. އަފްޒަލް ވިދާޅުވި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.އިބްރާހިމް އަފްޒަލް ވާހަކަދައްކަވަނީ.-- ފޮޓޯ: އެޗްއީއޯސީ

ރާއްޖޭގައި މިދިޔަ އަހަރު ކޮވިޑްގެ ކޭސްތައް ދެ ވަނަ ފަހަރަށް މައްޗަށް ދިޔައިރު، ކޮންމެ ހަފުތާއަކު 40 މީހުންނަށް އަލުން މި ބަލިޖެހިފައިވެ އެވެ. އެކަމަކު އަހަރުގެ ފަހުކޮޅަށް ދިޔައިރު ކޭސްތައް ވަރަށް ބޮޑަށް މަދުވި އެވެ. އަދި މި އަހަރު ފެށުނު ފަހުން އެވްރެޖްކޮށް ހަފުތާއަކު ފަސް މީހުންނަށް މި ބަލި ދެ ވަނަ ފަހަރަށް ޖެހޭ ކަމަށް ދައްކަ އެވެ.

އަލުން ބަލިޖެހޭ މުއްދަތުތަކުގައި ތަފާތުތަކެއް

ދެ ވަނަ ފަހަރަށް ކޮވިޑް ޖެހިގެން އެންމެ އާންމުކޮށް ނުވަ މަސް ފަހުން ފެނިފައި ވިޔަސް، ހަތަރު މަސް ފަހުންނާއި 13 މަސް ފަހުން ވެސް ބަލިޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށް މި ތަފާސްހިސާބުތަކުން ހާމަވެ އެވެ.

މި ބަލި އަލުން ޖެހޭ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. ޑރ. އަފްޒަލް ވިދާޅުވިގޮތުގައި، ރާއްޖޭގައި އެންމެ ގިނައިން ކޮވިޑް ޖެހެނީ ވެސް ފިރިހެނުންނަށް ކަމަށް ވާތީ، މި ހިސާބުތަކުން އާދަޔާ ޚިލާފު ކަމެއް ފާހަގައެއް ނުވެ އެވެ. އަދި އަލުން ބަލިވާ މީހުންގެ ތެރޭގައި ގިނައީ 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނެވެ.

އަލުން ޖެހޭ ބައްޔެއް ކަމަށް ކްލިނިކަލް ގޮތުން މިހާރު ބަލާ!

ކޮވިޑަކީ ދެ ވަނަ ފަހަރަށް ޖެހުމުގެ ފުރުސަތު އޮންނަ ބައްޔެއް ކަމަށް ކްލިނިކަލް ގޮތުން ވެސް ރާއްޖޭގައި މިހާރު އަންނަނީ ބަލަމުންނެވެ.

ކޮވިޑް-19 އާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އަބަދު ވެސް މައުލޫމާތު ދެއްވާ އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ މި މަހުގެ 24 ގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޮވިޑަކީ އެއްފަހަރަށް ވުރެ ގިނައިން ޖެހޭ ބައްޔެއްގެ ގޮތުގައި މި ބަލީގެ "ކްލިނިކަލް ސްޕެކްޓްރަމް" އަށް އިތުރުކޮށްފައި ވާނެ ކަމަށެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.މުހައްމަދު އަލީ ވާހަކަދައްކަވަނީ.-- ފޮޓޯ: އެޗްއީއޯސީ

އޭނާ ލިޔުއްވާފައިވާ ގޮތުގައި ކޮވިޑް ޖެހި ރަނގަޅު ވުމަށް ފަހު ވެސް ބަލީގެ އަލާމާތްތައް އަލުން ފެންނަން ފަށައި، އެހެން ދިމާވާ އިތުރު ސަބަބެއް ނޭނގޭ ނަމަ ކޮވިޑަށް ޓެސްޓުކުރަން ވާނެ އެވެ.

Covid akee thakuraarukoh jehidhaane bayyeh kamah mihaaru balaa

Covid akee thakuraarukoh jehidhaane bayyeh kamah mihaaru balaa

The most trusted news source in the Maldives

Mihaaru

ކޮވިޑަކީ ދެ ވަނަ ފަހަރަށް ޖެހުމުގެ ފުރުސަތު އޮންނަ ބައްޔެއް ކަމަށް ކްލިނިކަލް ގޮތުން ވެސް ރާއްޖޭގައި މިހާރު އަންނަނީ ބަލަމުން.

މި ޓްވީޓާ ގުޅިގެން މީހަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި ޑޮކްޓަރު ވިދާޅުވެފައި ވަނީ ކޮވިޑް ޖެހި ރަނގަޅުވުމަށް ފަހު ބައްޔަށް ޕޮޒިޓިވް ކަމަށް ދެއްކިޔަސް، އެ މީހެއްގެ ކިބައިން ބަލީގެ އަލާމާތްތައް ނުފެންނަ ނަމަ އަދި ރިކަވަރީގައި ހުންނަ އިރު އެ މީހެއްގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތެއް ނޯވެ އެވެ.

ކޮވިޑުން ރަނގަޅުވެފައިވާ މީހުންނަށް ވެސް އަލުން އެ ބަލި ޖެހޭކަން މިހާރު އެނގުނަސް، ޑޮކްޓަރުން ޔަގީންކަން ދެއްވާ ގޮތުގައި ބަލިން ރައްކާތެރިވާން ވެކްސިން ޖަހާފައިވާ ނަމަ ބަލި ޖެހުމުގެ ފުރުސަތު ވެސް އަދި ބަލީގައި ފުރާނަ އަށް ނުރައްކާވާ ހިސާބަށް ދިއުމުގެ ފުރުސަތު ވެސް އެތައް ގުނައަކަށް ކުޑަކޮށްދެ އެވެ. ޑރ. އަފްޒަލް ވެސް އެ ވާހަކަ ތަކުރާރުކުރެއްވި އެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ކޮންމެ ދުވަހެއްގެ ކޭސްތައް 1،000 އިން މަތީގައި ހުރުމަށް ފަހު، އިއްޔެ ވަނީ 900 އަށް ވެއްޓިފަ އެވެ. ކޭސްތައް މަދުވާން ފަށާފައިވާއިރު، ބަލި ކޮންޓްރޯލްކުރުމަށްޓަކައި ސަރުކާރުން މިހާރު ވަނީ މާލެ އާއި ރަށްރަށުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ.

18 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 17%
icon angry icon angry 17%
icon wow icon wow 17%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުލޭ

30 May 2021

3 ފަހަރަށް ޕޮސިޓިވްވި ބަކުރު ކޮބާ؟ އެއް އަހަރު ތެރޭ 3 ފަހަރު.

The name is already taken The name is available. Register?

އަލިބޭބެ

30 May 2021

ޕީ.ސީ.އާރ ޓެސްޓުގެ އެކިއުރަސީ ރޭޓަކީ އެމެރިކާގެ ސީޑީސީ އިން ބުނާގޮތުންނަމަ98.9% ސްޕެސިފިސިޓީ އޭ އަލާމާތްތައް ފެންނަ މީހުންގެ އަދި 98.5% އަލާމްތައް ނުހުންނަ މީހުންގެ މާނައަކީ ރާއްޖޭގައި ޕޮޒިޓިވް ވި 62906 މީހުންގެ ތެރޭން 691 މީހުންގެ ނަތީޖާ ރަގަޅު ނޫންކަމަށް ވެދާނެކަމެެވެ. 208 މީހުންނަށް މިބަލި ދެވަަނަ ފަހަރަށް ޖެހިއްޖޭ އެބުނަނީ ކޮން އަސާސެއްގެ މައްޗަށްބާ. ދެވަނަ ފަހަރަށް ޕޮޒިޓިވް ވި މީހުންނަކީ ފުރަތަމަ ފަހަރު ފޯލްސް ޕޮޒިޓިވްއެއް ކަމަށް ވެދާނެބާ.

The name is already taken The name is available. Register?

މަޒް

30 May 2021

ކިހާ ދެރަކަމެއްހޭ.. މަގޭ ދެވަނަ ޑޯޒް ކޮބާހޭ.. އަދި ކޮވިޝީލް ގެ ދެވަނަ ޑޯޒް ނުޖެހިފައި ތިބި އެންމެންގެ ދެވަނަ ޑޯޒް ކޮބައިހޭ.. ވެކްސިން ޖަހާށޭ ކިޔާ ވާހަކަ ދައްކާއިރު އަޅެ މިކަން ދެނަހުރިކަަމަށްވެސް ނުހަދާ..

The name is already taken The name is available. Register?

ހީހީ

30 May 2021

ކަލޯ ތީ ރިކޯޑެއް ދެމަހުން ދެމަހުން ކާ ބޭސް ވެސް ހުރޭވިއްޔާ ދޯ.

The name is already taken The name is available. Register?

ލާޑިމިއާ ޕުޓިން

29 May 2021

ކޮވިޑް ނަވާރައިން ދިފާޢުވުމަށް އޮތް ހަމަ އެކަނި ހައްލަކީ ކޮވިޝިލްޑް ވެކްސިން ނޫން އެހެން ވެކްސިނެއް ޖެހުން. ކޮވިޝިލްޑް ޖަހާހުރިހާ ގައުމުތަކުގެ ހާލަތަށް ވިސްނާލާނެ ކަމަށް އުންމީދު

The name is already taken The name is available. Register?

ބޮޑުމީހާ

29 May 2021

މިދިޔަ އަހަރު މިގޭ ކުއްޖަކަށް 1 މަސްތެރޭ ދެފަހަރަށް ކޮވިޑް ޖެހުނު. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާއެޗްޕީއޭއިން ރަގަޅަށް ހިސާބުވެސް ނުބަލަހައްޓަނީތަ!

The name is already taken The name is available. Register?

ކުޑަމީހާ

30 May 2021

ާދެން މައިތިރި ވެގެން ހުރެގަ ދެންވެސް.

The name is already taken The name is available. Register?

ކުޑަމީހާ 2

24 June 2021

އެއް މަސް ތެރޭ ދެފަހަރު ޓެސްޓް ކުރީ ކީއްވެ ތޯ؟ ކޮވިޑް ޖެހިފަ 3 މަސް ތެރޭ ސާމްޕަލް ނުނަގަނީ ރިޒަލްޓް ޕޮޒިޓިވް ވާނެ ކަމުގެ ޗާންސް ބޮޑު ވީމަ އެއް ނޫންތޯ؟ އެއަކަށް ނުކިޔާނެ އަލުން ކޮވިށް ޖެހުނީ އެކޭ.

The name is already taken The name is available. Register?

އަކަސަކަ

29 May 2021

ދެން ކީއްވެތަ ރަނގަޅުވާތަނާ ރަށަށް ދާއިރު ކަރަންޓީނުވާން ޖެހެނީ؟

The name is already taken The name is available. Register?

ކޮވިޑް އޮފީސް

29 May 2021

ކޮން ދޮގެއް ހަދާކަށް. ކާކަށް އޮޅުވާލަން ތިއުޅެނީ. މަށާ މަގޭ ޢާއިލާއަކީ ކަލޭމެން ބުނިހާގޮތަކަށް ކަންކުރި މީހުން. އަހަރެމެން ކޮންމެ 2 މަހަކުން ޕޮޒިޓިވްވޭ. ކޮން ދޮގެއް ހަދާކަން. ކިތައް 9 މަސް ގޮސްފި ތަ ތިބުނާ ކޮވިޑް އައިފަހުން؟ އަހަރެމެން ގެ އޮފީހުގަ އެބަތިބި ތިން ހަތަރު ފަހަރަށް ޕޮޒިޓިވްވެފަ ތިބި މީހުން

The name is already taken The name is available. Register?

1235

29 May 2021

ދޮގު ހަދަނި ކާކުކަން އެނގޭނެ ތިޔަކޮމެންޓް ކިޔާ ކުޑަކައްޖަކަށްވެސް.

The name is already taken The name is available. Register?

ޢަހު

29 May 2021

ތިޖާ އަވަހަށް ޕޮޒިޓިވް ވާނަމަ ސަރުކަރުންވެސް ފިޔަވަޅު އަޅާނެ ދޯ

The name is already taken The name is available. Register?

އެދޮގު

29 May 2021

އަހަރެން ނުދެކެން ތިޔަށްވުރެ ބޮޑު ދޮގެެއް ހަދާފައިއިން ކޮމެންޓެއް.

The name is already taken The name is available. Register?

ވާސިރ

30 May 2021

ތި އެހެން އެއްޗަކަށް ޕޮޒިޓިވް ތިވަނީ

The name is already taken The name is available. Register?

ދަސް ކުރޭ

30 May 2021

ޕީސީއާރް ޕޮޒިޓިވް ވެދާނެ ޖެހިފަ ރަނގަޅު ވާތާ 3 މަސް ތެރޭގައ. އެކަމަކު ބަލީގެ އަލާމާތް ނެތް ނަމަ އެއީ މައްސަލަ އެއް ނޫން. ނޭނގެންޏާ ކިޔާލާ https://www.cdc.gov/coronavirus/2019-ncov/hcp/duration-isolation.html

The name is already taken The name is available. Register?

މުނާޖަ

30 May 2021

ތި ޕޮޒިޓިވްވަނީ ވަޅޯމަހަށްތަ؟

The name is already taken The name is available. Register?

ޙާމާން

30 May 2021

މިފަދަ ދޮގުހަދާ މިހުން މުޅި މިގައުމު ފަސާދަ ކޮއްފި. އަންނަ ދައުރައް ޕާލިމަންޓް އަށް ކުރިމަތި ލާތި، ޝަރުރުތު ހަމަވާހެން ހީވަނީ.

The name is already taken The name is available. Register?

ކޮވިޑްއާއިލ

30 May 2021

އެވަރަށް ޕޮޒިޓިވްވަންޏާ އަވަހަށް ޓެސްޓްކުރުން ހުއްޓާލާ. އޭރުން އެއްފަހަރުން ހައްލުވީ ތިކަން. ނޫނީ އެމެރިކާގެ ފައުޗީއަށް އަންގާ އަބަދު ޕޮޒިޓިވްވާތީ. ކޮވިޑްގެ ހޯދުންތަކަށް ކުރިއެރުން ހޯދަން ވަރަށް ބޭނުންތެރިވާނެ ތިޔަ ކަހަލަ އާދަޔާ ޚިލާފް މީހުން. މާ ގިނައިން ޕޮޒިޓިވްވެ އެކަން ކޮންޓްރޯލްނުވާނަމަ ކޮވިޑްގެ އާ ވޭރިއަންޓް އުފައްދާ ފެކްޓަރީއަކަށްވެސް ވެދާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454