06 ޖޫން 2021 - 06:42
ބުރުގާ އެޅި މުސްލިމު މޮޑެލްއަކަށްވާތީ ކުރިއަށްދާން ހުރި ހުރަސްތަކާ ހެދި، މޮޑެލް ކުރުން ހުއްޓައިލިކަން މިދިޔަ އަހަރު އިއުލާނުކުރި ހަލީމާ އޭޑެން އަލުން މޮޑެލްކުރަން ނުކުމެއްޖެ އެވެ.
ކެންޔާ އަށް އުފަން އެކަމަކު އެމެރިކާގައި ދިރިއުޅޭ 23 އަހަރުގެ ހަލީމާ އަލުން އަލުން ފެޝަންގެ ދުނިޔެ އަށް ނުކުތް ވާހަކަ އިއުލާންކުރީ މަޝްހޫރު ފެޝަން ޑިނައިނަރު ޓޮމީ ހިލްފިގާއާ އެކު ނަގާފައިވާ ފޮޓޯއެއް މިދިޔަ މަހުގެ 24 ގައި އިންސްޓަގްރާމްގައި ޕޯސްޓްކޮށެވެ. އޭގައި އޭނާ ބުނީ އެންމެ ފެވަރިޓް ޑިޒައިނަރާ އެކު ވަަރަށް ހާއްސަ ޝޫޓަކަށް ތައްޔާރު ކަމަށެވެ.
ބުރުގާ އެޅި ފުރަތަމަ ސުޕަމޮޑެލްގެ ޝަރަފު ހޯދި ހަލީމާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މޮޑެލްކުރުން ހުއްޓައިލަން ނިންމިކަން އިއުލާންކުރުމާ އެކު ވަރަށް ގިނަ ބަޔަކު އެ ނިންމުމަށް ތާއީދުކޮށް، ހިތްވަރު ވެސް ދީފައިވެ އެވެ. އޭގެ ތެރޭގައި މަޝްހޫރު މޮޑެލުން ކަމަށްވާ ބެލާ ހަޑީޑް އާއި ދައްތަ ޖިޖީ ހަޑީޑްގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ ހިމެނެ އެވެ.
އަލުން ފެޝަނުގެ ދުނިޔޭގައި މޮޑެލްކުރަން ނުކުތް ނަމަވެސް ކެރިއަރު ދެން ބައްޓަންކުރާނެ ގޮތަކާއި ވިސްނުން ހުރި ގޮތުގެ އިތުރު އެއްވެސް ވާހަކައެއް ހަލީމާ އަދި ކިޔައިދީފައެއް ނުވެ އެވެ.
ނަމަވެސް މިކަން ވާނީ އެ ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ މުސްލިމު ޒުވާން އަންހެނުންނަށް ލިބޭނެ ހިތްވަރަކަށެވެ. ހަލީމާ ބުނެފައިވާ ގޮތުގައި އޭނާ އަބަދު ވެސް އެދެނީ މުސްލިމަކަށްވީތީ ނުވަތަ ބުރުގާ އެޅި މޮޑެލްއަކަށްވާތީ ތަފާތު ކުރުން ނުގެންގުޅެ، އޭނާގެ ގޮތުގައި ބަލައިގަނެ ކުރިއަށް ދާން ފެޝަން އިންސްޑަސްޓްރީގެ ތެރެއިން ފުރުސަތުތައް ފަހިކޮށް ދިނުމެވެ.
ހަލީމާ ކިޔައި ދީފައިވާ ގޮތުގައި އެންމެ އުނދަގޫވާ ކަމަކީ އޭނާގެ ބުރުގާ އަކީ މައްސަލައެއްގެ ގޮތުގައި ނަގާތީ އެވެ. އެހެންވެ ދުނިޔޭގެ އެންމެ ބޮޑު އެއް މޮޑެލިން ކުންފުނި އައިއެމްޖީގެ ކޮންޓްރެކްޓްގައި 2017 ގައި ސޮއިކުރި އިރު ވެސް މައިގަނޑު އެއް ޝަރުތަކީ އޭނާގެ އެއްވެސް ހަރަކާތެއްގައި ބުރުގާ ބޭލުމާ މެދު ވާހަކަ ނުދެއްކުމެވެ.
ކޮވިޑް-19 އާ ވެސް ހެދި މިދިޔަ އަހަރު އެއްކޮށްހެން މޮޑެލިންއާ ވަރަށް ދުރުގައި އުޅެން ޖެހުމާއި އެ ދާއިރާ ދޫކޮށްލަން ނިންމުންވެގެން ދިޔައީ ހަލީމާ އަށް އާއިލާ އާއި މުޖުތަމައުގެ އެހެން ކަންކަމާ ދޭތެރޭ ވެސް ވިސްނައިލަން ލިބުނު ކަމަކަށެވެ.
އެހެންވެ މިދިޔަ އަހަރު އޭނާ ކުރި އެންމެ ހާއްސަ އެއް މަސައްކަތަކީ ކޮވިޑް ބަލިމަޑުކަމާ ދެކޮޅަށް އިސް ސަފުގައި މަސައްކަތްކުރާ ބުރުގާ އެޅި މުސްލިމުންނަށް ހާއްސަކޮށްގެން މާކްސް އުފެއްދުމެވެ. އޭގެ ވާހަކަ އޭނާ އިންސްޓަގްރާމްގައި ވެސް ކިޔައި ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮހިތު
09 June 2021
ހަލީމާ މުސްލިމް އަންހެނުން ކުރިއަރުވަން އުޅޭވަރަށް މި ޝޭހުންވެސް އުޅޭނަމަ..!
ހަސަންބޭބެ
09 June 2021
ޝެއިހުންނާއި ޝެއިޙާއިން ތިޔައްވުރެ ގަދަޔަށް މަސައްކައިކުރޭ. ކުރިއަރާނީ ހެޔޮއެއްޗެހި އަޑުއަހާ އެޔަށް އަމަލު ކުރި ބަޔަކަށް ކުރިއެރުން ލިބޭނީ.
ޅަބޭ
07 June 2021
ތީ ދިވެހި އަންހެން ކުދިންގެވެސް ހާލު. ވަރައް ވަރުދައްކާފަ ހައްގުތައް ހޯދަން ޓުވީޓާގަޔާ މަގުމަތީ އުޅޭނެ. އަނެއްދުވަހު އިންނާނެ ހައްގުތައް އަތުލި މީހާ ގާތު އިއްތާލައިގެން.
ކަކުނިބޯ
06 June 2021
ޥަށަފަރު މީހުން ނޫނަސް އުބަށްޖަހާކަން މިއޮތީ އެގޭކަށްނު މިފަހަރު މިއޮތީ ކެންޔާ ހަލީމާ އުބައްޖަހާފަ
ގުލްޒާރު
06 June 2021
ހަލީމާއަށް ކެތްނުވީ.