ޕީޕީއެމްގެ ރައީސް މައުމޫން: ކައުންސިލްތަކުގެ އިންތިހާބުގެ ރީ-ރެޖިސްޓްރޭޝަން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައި ވަނިކޮށް، މިނިވަން ފަނޑިޔާރުގެއެއް މުހިއްމު ކަމަށް ވިދާޅުވެ މައުމޫން ވަނީ ޓުވީޓް ކުރައްވާފައި.---ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
21 ނޮވެމްބަރ 2016 - 15:06
ޑިމޮކްރެޓިކް ނިޒާމެއްގެ އެންމެ މުހިއްމު އެއް އަސާސަކީ މިނިވަން މުސްތަގިއްލު ފަނޑިޔާރު ގެއެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައި މިވަނީ، ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވަގުތީ އަމުރެއް ނެރެދީފައި ވަނިކޮށެވެ. އެ އަމުރުގައި، އެ މައްސަލާގައި ގޮތެއް ނިމެންދެން ވަކި މުއްދަތެއް ނެތް ގޮތަށް ރީ-ރެޖިސްޓްރޭޝަން ފަސްކުރަން އިލެކްޝަންސް ކޮމިޝަނަށް ވަނީ އަންގައިފަ އެވެ. އަމުރާ އެކު، އިންތިހާބުގެ ރީ-ރެޖިސްޓްރޭޝަން ވަކި މުއްދަތެއް ނެތް ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އަލުން ހުޅުވާލައިފަ އެވެ.
Democratic nizaameh ge emme muhimmu eh asaasakee minivan musthaqillu fan'diyaaru ge eh. Emme furathama qawmu.
— Maumoon Abdul Gayoom (@maumoonagayoom) November 21, 2016
މައުމޫން ކުރެއްވި ޓުވީޓް.
މިނިވަން ފަނޑިޔާރުގެއެއް މުހިއްމު ކަމަށް ވިދާޅުވެ މައުމޫން ޓުވީޓްކުރެއްވިއިރު، ޕީޕީއެމްގައި އެމަނިކުފާނު އަދާކުރައްވާ ޒިންމާތައް، ޕާޓީގެ މުސްތަޝާރު ރައީސް ޔާމީނާ ސިވިލް ކޯޓުން ހަވާލުކުރިި ނަމަވެސް އެއީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ. އަދި ޑިމޮކްރެޓިކް ނިޒާމުގައި ބާރުތައް ވަކިވެފައި އޮންނަން ޖެހުނު ނަމަވެސް ހުރިހާ ބާރުތަކެއް އެއްވެ، ހުރިހާ ބާރުތަކެއްގައި ވެސް ހިނގަނީ އެއް ބޭފުޅެއްގެ ނުފޫޒު ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ، ޕީޕީއެމް ހިންގަން ކުރިމަތިވެފައިވާ ހުރަސްތައް ގިރާކުރުމަށް ފަހު އިންތިހާބަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނެތުމުގެ އިތުރުން ޕާޓީގެ ޑޭޓާ ބޭސް އާއި އާއްމު މެމްބަރުންގެ ދަފްތަރު ވެސް ނެތުމާއި އަދި އެހެން ވެސް މުހިއްމު ލިޔެކިޔުންތަކެއް ޕާޓީގައި ނެތް ކަމަށް އެ ޕާޓީން ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވާ ކަމަށެވެ. މި ހާލަތުގައި އިންތިހާބު ބާއްވައިފި ނަމަ އެ ޕާޓީ އަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމަށް ވެސް މައްސަލައިގައި ބަޔާންކޮށްފައިވާ ކަމަށް ބުންޏެވެ. އެ ހާލަަތަށް ރިއާޔަތްކުރާއިރު "ހާލަތު ޟުރޫރަތެއް" ކުރިމަތިވެފައިވާ ކަމަށް ސިވިލް ކޯޓުގެ ވަގުތީ އަމުރުގައިވެ އެވެ. އަދި ޕީޕީއެމުން ހުށަހެޅި މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ރީ-ރެޖިސްޓްރޭޝަންގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ތާރީހަށް އަމަލުކުރުން ފަސްކުރަން ކޯޓުން ވަނީ އަމުރު ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
22 November 2016
ހިނިގަނޑުގެ ަމުގައި ލިޔުއްވި ބޭފުޅާއަށް ދަންނަވާލަން އޮތީ އޭރުގެ ގާނޫ އަސާސީއާއި މިހާރުގެ ގާނުއަސާސީއާއި އުޑަބިމާހައި ތަފާތުކަން
މުހަންމަދު
23 November 2016
އިބޫގެނަމުގައި ލިއުއްވަވާ ބޭފުޅާކުރެން އަހާލާހިތްވަނީ، އެއިރު ޤާނޫނުހަދާ މަޖިލީހުގައި، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރުއްވަވާ ކިތައް މެންބަރުން ހިމެނޭތޯއާއި، އެކިމިންވަރަށް މެންބަރުން ފިއްތައިގެން ރައީސް މައުމޫނު ޤާނޫނު ހެދުމުގެމައްޗަށް ކިހާވަރަކަށް ބާރުފޯރުވަމުން ގެންދެވިތޯއާއި، ކަންކުރުއްވަމުންގެންދެވީ ކިހިނެތްތޯއާއި، ފަނޑިޔާރުން ޢައްޔަނުކުރުމުގެބާރު އޮތީ ކާކުގެ ކޮންއަތެއްގައިތޯއެވެ؟ ހިނިގަނޑު އެއުފެއްދެވި ސުވާލު އެއިރުވެސް ކުރެވެމުންދިޔައެވެ. ކަންހިނގަމުންދިޔަގޮތް އޮޅުވާނުލައްވަވާށެވެ! އެދުވަސް ދުށީމެވެ. ތަޖުރިބާކުރީމެވެ!
ފޭން
22 November 2016
އަދި ކިރިޔާތޯ މަނިކުފާނަށް ރޭކާލީ.. ހަމަ ހިނި އަންނަނީ :)
ވިލޭއަލި
22 November 2016
ކެލާއަތަރު ސައިބޯނިކަމަށް
ދޮޅުގަޑި ބައި
22 November 2016
އުނދުނުން ގަނޑުއަޅި ގަނޑެއް ނަގައިގެން ހޭކިޔަކަސް އެއީ ކެލާއަތަރު ސައިބޯންޏަކަށްނުވާނެ ދޯ.
ފަނޑިޔާރު
22 November 2016
މިކަމެއްނޫންތޯ އެންމެން ބޭނުންވެގެން ތިޔަ މަރުދެނީ. މަނިކުފާނުވެސް، ދެން ވެރިަކަނަ ކުރި މީހާވެސް ވެރިކަން ދޫވެގެން ދިޔައީ ފަނޑިޔާރަކާ އަޅައިގަނެގެންއްނޫންތޯ؟ އޭނަޔަށް އިންޒާރުދީ ބިރުދައްކާ ގޭގަ ހުއްޓާ ލަފުގަ ހިފައިގެން ގެންގޮސް ދޫނިދޫގަ ބަހައްޓާ އޭނައަށް އަނިޔާކޮށް އޭނައަށް ހުށަހެޅި ކަންކަން ކުރަން ގަބޫލުނުވުމުގެ ނަތީޖާއެއްނޫންތޯ ނުވިތާކަށް ފަނޑިޔާރުގެ ތަޅުލީވެސް ފަނޑިޔާރުގެއަށް ގޮށްމުށުގެ ބާރު ހިންގަން އުޅެންވެގެންނޫންތޯ؟ ސަހަލަު މީހަކު އެބަހުރިތޯ؟ ކޮންކަމަކާތޯ ދެން ތިވާހަކައެއް ތިޔަ ދައްކަވަނީ. މިހާރު އެބޭބޭފުޅުން ހިތްޕުލުގައި ކަރުބުޑުގައި ލަގޮނޑީގައި ހިތިރަހަ ލާވަރު ތަދުވާވަރު އެނގޭނެ ހިތަށް އަރާނެ ސަހަރޯއޭ މަށަށްވެސް މިދުވަސް ދައްކަވައިފިތާއޭ. ދެންވެސް ދުރަށް ދާކަށް ނޫޅުއްވައޭ އެއްވެސް ބޭފުޅަކު، އަދިވެސް މައިންމަގަށް ލައްގަޅޭ ކިޔާލަކިޔާލަ ތިޔަ ތިއްބަވަނީ.
ހުސޭނުބެ
22 November 2016
އެންމެ މުހިންމީ ގޭގައި އަނގަމަޑުން ލައިގެން ހުރުމެވެ!!
ހިނިގަނޑު
22 November 2016
ތިބޭފުޅާގެ ވެރިކަމުގާ ފަނޑިޔާރުގެ މިނިވަންތޯ؟
ގޮޓްއަވޭ
22 November 2016
ކޮބާތޯ މިނިވަން ފަނޑިޔާރުގެ އެއް ރާއްޖޭގައި ނެތިފައި. މިނިވަން ފަނޑިޔާރުގެ އެއް ރާއްޖޭގައި ހުންނަނީ. ރާއްޖޭގެ ރައީސް އޮފީހުން ހިންގާ ތަނެއް ނޫން ފަނޑިޔާރުގެ ތަކަކީ. ފަނޑިޔާރުގެ ތައް ހިނގަނީ ވަރަށް މިނިވަން ކޮށް. ދެން މިކަމުގައި މައްސަލަ އެއް އުޅޭ ބަޔަކު ތިބި ނަމަ ދަ ހޭގް އަށް މައްސަލަ ހުށައަޅައިގެން ކުރިއަށް ގެންދަވާ. އެއިރުން އެކަން އެ ނިމުނީ. ޔޮ ގޮޓް އަވޭ ފްރޮމް އަސް ނޮޓް އަސް.
ދޮންދީނި
21 November 2016
މި ޤައުމު ކޮއްކޯފުޅުގެ ކިބައިން ސަލާމަތްކޮށްދެއްވާ!....އެ ކަހަލަ އިކޮނޮމިސްޓެއް ބޭނުމެއްނޫން..
އަލިކަތީބު
21 November 2016
ވަރަށް ދެރަވެ މިކަހަލަ ވާހކައެއް ދަންނަވަން. އެހެން ނަމަވެސް ހަގީގަތް ވާނީ ހަމަ ހަގީގަތަށް، ފަނޑިޔާރުގެ ގޯސްވެގެން މަނިކުފާނު އެވާހަކަ ދެއްކެވީމަ ދަންނަވާލަން ޖެހެނީ، ފަނޑިޔާރުގެ މިހާލަތަށް ގޯސްވުމުގެ ޒިންމާ އެންމެ ބޮޑަށް އުފުއްލަވަން ޖެހެނީ ހަމަ މަނިކުފާނޭ. އަދި ރާއްޖޭގައި މިހާރު މި ހިނގާ ކޮރަޕްޝަން ވެސް އުފެދިގެން އައީ މަނިކުފާނު ވެރިކަން ކުރެއްވި 30 އަހަރު ދުވަހުގެ ތެރެއިންނެވެ. އޭރު ހިނގީ ކުދިކުދި ކަންކަން ނަމަވެސް ސަރުކާރުގެ ހުރިހާ އިދާރާއެއްގަވެސް ހެސްކިޔާފަ ކޮރަޕްޝަން އޮތް. ސަރުކާރުގެ އެއްވެސް މުއައްޒަފެއް ނުހުންނާނެ މުސާރައިގެ ދެގުނަ ގެޔަށް ނުގެންދާ. އޭރު އޮންނަނީ ވަރަށޤ ފަސޭހަ ގޮތެއް. މުސާރަ ވަރަށް ކުޑަ، އެކަމަކު ބޭނުން ވަރަކަށް އޯވަޓައިމް ޖަހާލައިގެން ލާރި ނަގަނީ އިތުރު ގަޑީގަ މަސައްކަތެއް ކޮށްގެނެއްނޫން. މީ ވެސް ކަން ހިގާފަ ހުރިގޮތް. ކޮރަޕްޝަން ދިވެހިންގެ އަށަގަންނަންފެށި ހިސާބު.
ފޯދުނު ފަނޑިޔާރުގެ
21 November 2016
މިހާރުގެ ފަނޑިޔާރުގެއަކީ މައުމޫން އިންދި އޮށުން ފެޅި ގަސް ނަޝީދު ފެންދީ ބޮޑުކޮށް ޔާމިނާ ހަމައިން އަދި މިފޯދުނީ. ހުރިހާ މޭވަޔެއް ޔާމިނަށް
ޕައްލަންބެ
22 November 2016
ނަޝީދު ފެންދީ ބޮޑުކުރީމަތަ ޝަރުއީ ބަޤާވާތް ކުރީ ...
ދޮންދީނި
22 November 2016
ނަޝީދު ކުއްވެރިނުކުރައްވާ!...ތި ފަނޑިޔާރުގެ "ސާފު" ކުރަން ނަޝީދުނޫން އެހެން ރައީސެއް މަސައްކަތް ނުކުރާކަން އިންސާފަށް ލޯބިކުރާކޮންމެ މީހަކު އެއްބަސްވާނެ....ނަޝީދު "ކުއްވެރި" ވީވެސް ތި ތަން "ސާފު" ކުރަންމަސައްކަތްކުރީމައެންނު..މިއަދު މައުމޫނު ތި މޭރުމުން ވާހަކަ ދެއްކެވީމަ ލަދުގަނޭ...މިހުރިހާ ކަމެއް ފެށުނީ އެބޭފުޅާގެ ރަން 30 އަހަރުގެ ތެރޭގައި...