ބިދޭސީއަކު މާލޭ މަގުމަތީގައި ބައިސްކަލެއްގައި: އެޗްއީއޯސީއިން ބުނާ ގޮތުގައި ރާއްޖެއިން ވަނީ ޔޫކޭ ވޭރިއަންޓާއި އިންޑިއާ ވޭރިއަންޓު ފެނިފައި -- މިހާރު ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
15 ޖޫން 2021 - 18:09
ރާއްޖޭގައި ބޮޑަށް ފެތުރިފައި ވަނީ އިންޑިއާގައި ފެތުރުނު ކޮވިޑް-19 ވޭރިއަންޓް "ޑެލްޓާ" ކަމަށް އެޗްއީއޯސީން ބުނެފި އެވެ.
ރާއްޖޭގައި ފެތުރޭ ކޮވިޑް ވޭރިއަންޓްތައް ބަލަން ރާއްޖެއިން ސީކުއެންސިން ހަދަން ބޭރަށް ފޮނުވި ސާމްޕަލްތަކުގެ ނަތީޖާ މިހާރު ލިބފިައިވާއިރު އެ ނަތީޖާތައް އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަކޮށްފަ އެވެ. ރާއްޖެއިން ބޭރަށް 30 ސާމްޕަލްގެ ތިން ބެޗު ފޮނުވާފައިވެ އެވެ.
އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ރާއްޖެއިން ފޮނުވި ސާމްޕަލްތަކުގެ ތެރެއިން 20 ޕަސެންޓަކީ ޔޫކޭއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެނުނު އަލްފާ ވޭރިއަންޓް ކަމަށެވެ. އަދި 27 ޕަސެންޓު ސާމްޕަލުން އިންޑިއާ އިން ފެނުނު ޑެލްޓާ ވޭރިއަންޓު ފެނިފައިވެ އެވެ.
ރާއްޖެއިން ބޭރަށް ފޮނުވި ސާމްޕަލްތަކުން ފެނުނު ކޮވިޑް ވޭރިއަންޓުތަކުގެ ޕަސެންޓޭޖު --
"(ޑެލްޓާ ވޭރިއަންޓް) އެއީ އިންޑިއާގައި މި ފެތުރުނު ވޭރިއަންޓް އެންމެ ހަލުވި ކަމާއެކު ފެތުރޭ ކަމަށް ފާހަގަ ކުރެވުނު ވޭރިއެންޓް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
މީގެ ކުރިން އެންމެ ގިނައިން ރާއްޖެއިން ފެނުނު ޖީ ވޭރިއަންޓް މިހާރު ހުރީ ނެގި ސާމްޕަލްތަކުގެ 20 ޕަސެންޓުގަ އެވެ.
ކުރިއަށް އޮތްތަނުގައި ވެސް ސީކުއެންސިން ހެދުމަށް ސާމްޕަލްތައް ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އަދި ދެން ފޮނުވާއިރު ކުރިއަށް ވުރެ ގިނައިން ސާމްޕަލް ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ވަގުތު ރާއްޖޭގައި 8،000 އަށް ވުރެ ގިނަ މީހުން ކޮވިޑް ޖެހިފައި އެބަ ތިއްބެވެ. ނަމަވެސް، މި ދުވަސްވަރު ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ދަށަށް ދާން ފަށައިފަ އެވެ. އިއްޔެ މާލެއިން ޕޮޒިޓިވްވެފައި ވަނީ 125 މީހުންނެވެ.
ރާއްޖޭގެ ކޮވިޑް ކޭސްތަކުގެ އަދަދު 70،000 އިން މައްޗަށް ގޮސްފައިވާއިރު، މިހާތަނަށް ބަލީގައި މަރުވެފައި ވަނީ 198 މީހުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮހުއްތު ބެ
16 June 2021
އިންޑިއާ ވޭރިއަނންޓެއް ނޫނޭ! ބަނގްލަދޭޝް ވޭރިއަންޓް..
ވަތަން ގެ ދަރި
16 June 2021
ރާއްޖެއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިންޑިއާ، ވޭރިއަންޓައް ވިޔަސް ނުވިޔަސް.
ރަދީފްއޮފިޝިއަލް
15 June 2021
އިންޑިޔާގެ ވޭރިއަންޓް ނެތް ތަނެއް ނެތް.ސ.ހިތަދޫ ބެދި ސަރަހައްދު އަދި ފެންމުލީގަ ވެސް އޮތީ އިންޑިޔާ ވޭރިއަންޓް.
ގުދުގުދާބެއްޔާ
15 June 2021
ތިޔަައިންޑިޔާ ވޭރިއަންޓްކަން މާކުރިންވެސް އިގޭ! އިންޑިޔާއިން ގަލްފުގެ ގައުމުގަކަށް ކަރަންޓީނުވާ މަންޒިލަކަށް މޯދީ ބުނެގެން މިސަރުކާރުން ހެދީމަ ވީގޮތް. އިމިގްރޭޝަންގެ ތަފާސްހިސާބު ދައްކާ ގޮތުން ޖެނުއަރީގައި 40ހާސް އިންޑިޔާމީހުން ރާއްޖެއައި، ފެބްރުއަރީގައި 55ހާސް،، މާރޗްގައި 60ހާސް، ދެން މީހުންމިކަމާ ހަޅޭއްލަވަންފެށީމާ މަދުކޮއްލީ!ދިވެހިންގެ ފުރާނަ މިގުރުބާން ކުރީ އިންޑިޔާމީހުންގެ ހައްޤުގައި.
ގެރިގުއި
15 June 2021
އިންޑިއާގެ ސިޓީތަކާއި އިންޑިއާގެ އަވަށްތަކުގައިހަލުވިކޮށް ފެތުރެނީ
ބޮޑުބޭބޭފުޅު
15 June 2021
އިންޑިއާ ވޭރިއަންޓް ނުކިޔާށޭ. ބޮޑުބޭބެ ރުޅި އަންނާނެ.
ބައި
15 June 2021
އަނގައޮޅިގެން ނަމަވެސް ބަންގާޅީ ވޭރިއަންޓޭ ނުބުނިކަން ނަސީބެއްނުން؟
އޮނަރަބްލް އަފީފު ދީދީ
15 June 2021
ސިއްޙީދާއިރާގެ ބޭފުޅުންނާއި ރައްޔިތުންއިތުބާރުކުރާ މަޤުބޫލު މީޑިއާ ތަކުންވެސް މިފަދަކަންކަމުގައި ޑަބްލިއު އެޗް އޯ ފަދަ ކަމާއިގުޅުންހުރި ފަރާތްތަކުންދެއްވާ ލަފައާއި އިރުޝާދަށް އިޙްތިރާމްކުރާންވާނެ. # ޢިންޑިޔާ ވެރިއަންޓް، ޔޫކޭ ވެރިއަންޓާއި ސިންގަޕޯރ ވޭރިއަންޓް ފަދަ ނަންނަމުން އާދެ ވެރިއަންޓްގެ ކުރިއަށް ޤައުމުތަކުގެ ނަން އިތުރުކޮށްގެން ވެރިއަންޓަށް ނަންދީގެން ނުކިއުމަށް ވަނީ ލަފާ ދެއްވާފަ. ޑރ ނަޒުލާ ރަފީޤް އަށް މިކަން ރަނގަޅަށް އެގިވަޑައިގަންނަވާނެ.
ސަފީ
15 June 2021
ކޮވިޑަށް ދެ އަހަރުވާންދާއިރު ރާއްޖެތެރޭގަ ކޮވިޑް ޓެސްޓް ހަދާލެވެ ވަރުނުކުރެވޭ. ކޮ ބާތަ ބޭރުގެއެހީތައް؟
ގެރި މޯދީ
15 June 2021
ޢިންޑިއާ ވޭރިއެންޓް، ޢިންޑިއާ ވޭރިއެންޓް،ޢިންޑިއާ ވޭރިއެންޓް ޢިންޑިއާ ވޭރިއެންޓް،