މޫސުން ގޯސްވެ، މެދުން ބިންދައިގެން ދިޔަ "މޯހިރި" ދޯނި.
03 ޖުލައި 2021 - 10:14
މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ މެދުން މިއަދު ބިންދައިގެން ހިނގައްޖެ އެވެ.
އައްޑޫ ހިތަދޫ "މޯހިރި" ދޯނި ދުއްވަމުން ދަނިކޮށް، ދޯނީގެ މެދުން ކުއްލި ގޮތަކަށް ބިންދައިގެން ދިޔައިރު އޭގައި 25 ފަޅުވެރިއަކު ތިބި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވެ، ދޯނި މެދުން ބިންދައިގެން ދިޔަ ހާދިސާ ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 7:11 ގައި ކަމަށެވެ. ގއ. ދެއްވަދޫގެ އުތުރުން 8.9 ނޮޓިކަލް މޭލު ދުރުން ދަތުރުކުރަމުން ދަނިކޮށް، ދޯނީގެ މެދުން ބިންދައިގެން ދިޔަ ކަމުގެ ރިޕޯޓް ލިބުމާ އެކު ސިފައިންގެ ސަދަން އޭރިއާގެ ކޯސްޓް ގާޑުން ހަރަކާތްތެރިވާން ފެށި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މޫސުން ގޯސްވެ، މެދުން ބިންދައިގެން ދިޔަ "މޯހިރި" ދޯނި.
މި ދޯނީގެ ފަޅުވެރިއަކު "މިހާރު" އަށް ބުނީ މި ހާދިސާ ހިނގީ، އެންދަމައި ނިންމައިގެން ކައިރީގައި އޮތް ރަށަކަށް ދަނިކޮށް، ހެނދުނު ހަތެއް ޖަހާކަންހާއިރު ކަމަށެވެ. ދޯނި ބިންދައިގެން ދިޔައީ މޫސުން ވަރަށް ބޮޑަށް ގޯސްވެ، ނެގި ބޮޑު ރާޅެއް ދޯނި މައްޗަށް ބީއްސާލި ފަހުން ކަމަށް އޭނާ ބުންޏެވެ.
"އެމްއެންޑީއެފުން އައީ ދެންމެ. މީގެ 20 މިނެޓް ކުރިން. ފަންސަވީސް ފަޅުވެރިން ސަލާމަތްކުރަން އައީ ކުޑަކުޑަ ގޯސްޓް ގާޑް ލޯންޗެއް. އޭގެ ކުރިން މިތާ ކައިރީގައި އުޅުނު އެހެން ދޯނިތައް އައިސް އެހީވާން ފަށައިފި،" އެ ފަޅުވެރިޔާ ބުންޏެވެ.
މޫސުން ގޯސްވެ، މެދުން ބިންދައިގެން ދިޔަ "މޯހިރި" ދޯނި.
އޭނާ ބުނިގޮތުގައި، "މޯހިރި" ދޯނި ކައިރި އަށް އެންމެ ފުރަތަމަ ދިޔައީ ގއ .ކޫއްޑޫގެ "ޑެއިޒީ ވިއު" ދޯންޏެވެ. އެކަމަކު، ފަހުން އިތުރު ދޯންޏެއް ވެސް ގޮސް، ކަފު ޖަހައިގެން "މޯހިރި" ދޯނީގެ ދެ ބައި ގެންދަން މިހާރު ތައްޔާރުވަމުން އަންނަ ކަމަށް ފަޅުވެރިޔާ ބުންޏެވެ.
އާންމުވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި މި ފައިބަރު ދޯނީގެ ގެގަނޑު އިންނަ ހިސާބުން ވަނީ ދޯނި ދެބުރި ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާހ
04 July 2021
ޏ
ޙިނި
04 July 2021
މިގޮތައް ދެބައި ވަކިކުރެވޭ އަދި ފަހުން ގުޅުވާލެވޭކަހަލަ ދޯންޏެއްބަންނަން ވެއްޖެ. މިގޮތައް ޓްރެއިލާ ޓްރަކް ގޮތައް ދޯނިބަނީމަ ބައިވަރު އެޑްވާންޓޭޖް ތައް އެބަހުރި
މޯހިރި
04 July 2021
ކައްޕިއަށް ރޭކާލީކަމަށް ވަނީ ދޯނީގެ ފަހަތުކޮޅު މާކުރިއަށް އަރައިގެން ދާތަން ފެނިގެން
ފައިބަރ
03 July 2021
ބޭރައް މަންޒަރެއް ދައްކާފަ އޮޑިބަންނަނީ ސަރުކާރުން މިކަމަށް ވެސް ގަވާއިދެއް ހަދާ މިފަދަ އަގުބޮޑުކޮއް އެއްޗެ ބަންނަ އިރު ބަންނަ ބަޔަކުވެސް ޒިންމާ ކުރުވެން ވާނެ
ރަދީފް އަންއޮފިސަލް
03 July 2021
ޖުލައި ކޮމެޓީ އުފައްދައި ފިން
މޭމމޭމމމމމ މޭޔަރ 2023
03 July 2021
ކޮންމެ މީހަކީ ދޯނި ބަންނަ މީހަކައް ވީމަ ވާނީ ތިޔަހެން
ާއަލިފުށީ ސޭޓް
03 July 2021
މައްސަޔައަކީ ޖެނެރަލް ރެސިނުން ބަންނާޔަތީ. ކައެމެން އަގުހެޔޮ ކުރަން ވެގެން އަގުހެޔޮ ރެސިން ބޭނުންކުރަނީ! މެރައިން ރެސިން ޔޫސް ކޮއްބަޔާ!
މާވަޑީޔާ
03 July 2021
ހުރިހާ ދޯންޏެއް ވެސް ބިންދައިގެން ގޮސްފައިވަނީ އެއް ދިމާލަކުން ކަން ފާހަގަވޭ. ޔަޢުނީ ދޯނީގެ އެން ވަތް ހުން ސަރަހައްދުން ބިންދައިގެން ދަނީ.
އަލީ1
03 July 2021
މަސްދޯނިފަހަރު ދިގުކޮށް ހަަދަންޏާހަދަންވީ ލަކުޑިން. އޭރުން ނުބިނދޭނެ.
ސަލްމާ މުނީރު
03 July 2021
އޮޑިދޯނި ބަނުމުގެ ފިސިކްސްގަ ދިވެހިން ބަލިވާނެ..ކިޔަވާ ދަސްކުރަންޖެހޭ..