އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ 2019 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ރައީސް އޮފީހުގައި ފޮޓޯފުޅަކަށް ހުއްޓިވަޑައިގެން. ދެބޭފުޅުން މިއަދު ފޯނުން ގުޅުއްވައި މަޝްވަރާތަކެއް ކުރެއްވި---ފޮޓޯ: ނިޝާން އަލީ/މިހާރު
14 ޖުލައި 2021 - 15:27
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، އިންޑިއާގެ ބޮޑުވަޒީރު ނަަރެންދުރަ މޯދީ މިއަދު ގުޅުއްވައި މުހިއްމު ބައެއް ކަންތައްތަކާ މަޝްވަރާ ކުރައްވައިފި އެވެ.
ރައީސަށް ގުޅުއްވުމަށް ފަހު މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެ އަށް އިންޑިއާ އިން އެހީތެރިވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ވާނެ ކަމަށެވެ. އަދި ދެ ގައުމު ގުޅިގެން ހިންގާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް މޯދީ ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިހާބުވެފައިވާތީ މަރުހަބާ ދެންނެވި ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.
މޯދީގެ އެ ޓްވީޓަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ދެ ގައުމުގެ މަސްލަހަތު އޮތް މުހިއްމު ގިނަ ކަންތައްތަކަކާ ބެހޭ ގޮތުން މޯދީއާ މަޝްވަރާ ކުރެއްވި ކަމަށެވެ. ކޮވިޑްގެ ބަލިމަޑުކަމުން ދިފާއުވުމަށް ކުރާ މަސައްކަތާއި އެ ބަލިމަޑުކަމަށް ފަހު އިގްތިސާދީ ގޮތުން އަލުން ބިނާކުރުމަށް ކުރާ މަސައްކަަތްތައް އޭގެ ތެރޭގައި ހިމެނޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
It was a pleasure to catch up on the phone this afternoon with my good friend PM @narendramodi. During our conversation we discussed on a host of important issues of concern to both Maldives and India from Covid19 response to cooperation in our post pandemic economic recovery. https://t.co/iYE6xEdyp0
— Ibrahim Mohamed Solih (@ibusolih) July 14, 2021
މޯދީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގުޅުއްވީ އިންޑިއާގެ އެހީގައި ހިންގާ ބޮޑު މަޝްރޫއެއް ކަމަށްވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކޮށް އަލުން ބިނާކުރުމާ ގުޅޭ މުހިއްމު މަޝްވަރާތަކެއް، ހަނިމާދޫ ރައްޔިތުންނާ އެކު ސަރުކާރުން ބާއްވަން ތައްޔާރުވެފައިވާ ވަގުތެއްގަ އެވެ. މި ހަފުތާގެ ބަންދުގައި ރައީސް އުތުރުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ހަނިމާދު އަށް ވަޑައިގަންނަވާނެ އެވެ.
ހަނިމާދު އަށް ރައީސް ވަޑައިގަންނަވާއިރު،، އެ ރަށުގެ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށްޓަކައި ނަގާ ބިންތަކުގެ ތެރޭގައި، ގޯތި ދޭން ކަނޑައަޅާފައިވާ ސަރަހައްދު ހިމެނޭތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއާޕޯޓް ތަރައްގީ ކުރުމުގައި ސަރުކާރުން ކޮށްދޭން އެދޭ ކަންތައްތަކެއް ހިމެނޭ ޕެޓިޝަނެއް ވެސް ވަނީ ރައީސް އޮފީހަށް ހުށަހަޅައިފަ އެވެ. އެ ޕެޓިޝަނުގައި 800 އަށް ވުރެ ގިނަ މީހުން ސޮއިކުރި އެވެ.
އެނގިފައިވާ ގޮތުގައި، ހަނިމާދޫގެ ރައްޔިތުންގެ އެ ކަންބޮޑުވުންތަކާ މެދު ރައީސްގެ ދަތުރުފުޅުގައި މަޝްވަރާ ކުރައްވާނެ އެވެ. މި ސަރުކާރުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ކުރިއަށް ވުރެ ގާތްވެފައިވާއިރު، އެކި ގޮތްގޮތުން ބޮޑެތި އެހީތައް ވެސް އެ ގައުމުން އަންނަނީ ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުޙުއްމާ
15 July 2021
މޯދީ މިހާރު ތިގުޅީ ރައީސް ހަނިމާދޫ އަށް ވަޑައިގަންނަވާކަނޤ އެގިގެން އެއަރޕޯރޓް ބޮޑުކުރުމުގެ ނަމުގައި އިންޑިއާ ސިފައިންނަށް ކަނޑަންއުޅޭ ބިމާއި ބެހޭގޮތުން މަޝްވަރާކުރަންކަން ޔަޤީން. އިންޑިއާ ވެރިންނަކީ ހާދަ މަކަރުވެރި ބަޔެކޭ. އަޅުގަނޑު އިބުރާޙިމް މުޙައްމަދު ސޯލިޙް އަށް ދަންނަވަން ރައްޔިތުންގެ ފަޅިޔަށް އަރާވަޑައިގަންނަވާށޭ މޯދީއަށް ހެއްލިވަޑައިނުގަންނަވާށޭ.
ކަޅުއޮއްފުންމި
15 July 2021
އިންޑިއަން މިލިޓަރީ އައުޓު!
މިވަރެއްނެތް
14 July 2021
އަންނިގެ ކޯޅުމުގައި މިސަރުކާރާއި އެމްޑީޕީގެ ރޫހާނީ ލީޑަރު މޯޑީއާއި ބޮޑަށްކާރީ ތިމަންނާކަން "ރައީސު ރަސްމީ ބަންދު އިބޫ" ދައްކާލަނީދޯ؟
ފޫހި
14 July 2021
މިދެން ކޮންކަމެއް.
ކޮންކަހަލަ
14 July 2021
ޝާހިދު އިންތިޚާބުވީމަ އިބޫ މޯދީއަށް މަރްހަބާކިޔަންޖެހޭނީ.
ބޮޑުމީހާ
14 July 2021
އިބޫ މީ ކޮންކަހަލަ ވެރިކަމެއް ކުރާ މީހެއް! މައުމޫން ގާސިމް އިމްރާންގެ އަވައިގަ ޖެހިގެން އެތެރޭގަ ހިޔާނާތާއި ކޮރަޕްޝަން ބެލެނީކީ ނޫން، ނުވިތާކަށް އިންޑިއާގެ ސްޓޭޓަކަށް ގައުމު ހަދާފި
ދެނީ
14 July 2021
އިބޫ ހަނިމާދޫއަށް ގޮސް ދައްކަންވީ ވާހަކަ އެ ބުނެދިނީ. ހަނިމާދޫ ހިސާބު މާ ހޮޓްވެދާނެތީ ރައީސް މީހާ ކޮންމެހެން އެ ދަނީވެސް.
ދިވެސް
14 July 2021
މޮޅުކޮށްލަން އިންޑިއާގެ އެހީގައޭ ލިޔާނެ ކަމެއްނެތް. ބީއެމްއެލް ލޯނު ނަގައިގެން ގެއެއް ހަދާނަމަ ބީއެމްއެލްގެ އެހީގައި ހަދާ ތަނެކޭ ކިޔާތަ؟ ތީލޯނުން ހަދާ ތަންތަން. ކޮންމެހެން އިންޑިއާއަށް ކްރެޑިޓް ދޭންޖެހޭ ކަންކަމެއް ނޫން. ވަސީލަތް ހުރިއްޔާ ލޯނު ވެސް ނަގަންވީ. އެކަމަކު އެއް ގައުމަށް ބަރޯސާވުން ވަރަށް ގޯސް. ޚާއްޞަކޮށް މިލިޓްރީ ޕްރެސެންސަށް އެއްބަސްވާގޮތާށް ނަގާ ލޯނުތައް ގޯސް. އިންޑިއާ އައުޓް ގޮވެނީ މިހެންވެ.
މަޑަވެލި
14 July 2021
ރާއްޖޭގަ އިންޑިޔާ މީހުން ވަޒީފާތަކުގަ ގިނަވަނީ އިންޑިޔާ ބާރުގަދަވަނީ ދިވެހިން ދެވަނަ ތަރަޖާގެ ބަޔަކައްވަނީ
އެމެރިކާ
14 July 2021
މީކިހާބޮޑު އުދަގުލެއްތަ ކަލޭމެންނަ ވެރިކަން ދިނީ ރައްޖެ ބައެއްގެ ދަށުވެގެން ސަރުކާރު ހިންގަންތަ.