"އަޅުގަނޑު ގަބޫލުކުރަނީ ރައީސް އަޅުގަނޑުމެން ގަބޫލުކުރާ އިސްލާމް ދީނުގެ މެދުމިނަށް އަނބުރާ ވަޑައިގެން، ދީނީ ހަރުކަށި ފިކުރުގެ މީހުން ރުއްސަން އުޅުން ހުއްޓާލުން"
ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަލާމް ކުރައްވަނީ: ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީ ބައިބައި ނުވާނެ ކަމަށް --
21 ޖުލައި 2021 - 14:24
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މެދު އުޅެނީ ފިކުރީ ގޮތުން ހިޔާލު ތަފާތުވުމެއް ކަމަށާއި ހަރުކަށި ފިކުރުގެ މީހުން ރުއްސަން މަސައްކަތްކުރެްވުން ރައީސް ހުއްޓާލަންޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަފްރަތުގެ ބިލުގެ މައްސަލައިގައި އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތައް ބޮޑުވެ ނަޝީދު ވަނީ ސިޔާސީ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްބާރުލުން ދެއްވުން ހުއްޓާލަން ނިންމަވާފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. މި މައްސަލަގަނޑުގެ ތެރޭގައި ނަޝީދު ވަނީ ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ބުނާ ގޮތަށް ރައީސް ކަންތައް ކުރައްވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
ނަޝީދު އަވަހަރާކޮށްލަން މެއި ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދަވަން މިހާރު އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދު އިންޑިއާގެ "ވިއޯން" ޓިވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅޭ ގޮތުން އޮތީ ފިކުރީ ހިޔާލު ތަފާތުވުމެއް ކަމަށާއި އެމްޑީޕީގެ އެއްބައިވަންތަކަން ގެއްލިގެން ނުދާނެ ކަމަށެވެ. އަދި ރައީސާ ވެސް އެހާ ބޮޑަށް ގުޅުން ގޯސްވާނެ ކަމަށް ގަބޫލުފުޅު ނުުކުރެއްވޭ ކަަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕާޓީ އޮންނާނީ އެއްބައިވަންތަކަމުގައި. އަޅުގަނޑަކަށް ނުފެނޭ ރައީސާ ވެސް އެހާ ބޮޑަށް ގުޅުން ގޯސްވާނެ ކަމަކަށް،" ނަޝީދު ވިދާޅުވި އެވެ.
އެ އިންޓަވިއުގައި ނަޝީދު ވިދާޅުވީ، ދީނީ ހަރުކަށި ފިކުރުގެ މީހުންގެ ރުހުން ހޯއްދަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތްޕުޅު ކުރައްވާ ކަމަށެވެ. އެކަން ހުއްޓާލައްވަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މި ހުރީ ފިކުރީގޮތުން ހިޔާލް ތަފާތުވުމެއް. އެކަމަކު އަޅުގަނޑު ގަބޫލުކުރަނީ ރައީސް އަޅުގަނޑުމެން ގަބޫލުކުރާ އިސްލާމް ދީނުގެ މެދުމިނަށް އަނބުރާ ވަޑައިގެން ދީނީ ހަރުކަށި ފިކުރުގެ މީހުން ރުއްސަން އުޅުން ހުއްޓާލުން،" ނަޝީދު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުން ބަލިވީ ވެސް އެމްޑީޕީގެ އުސޫލުތަކާ ދުރަށް ގޮސް، އެ މައިނޯރިޓީގެ ތާއީދު ހޯދަން ސަރުކާރުން މަސައްކަތް ކުރުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތަށް ސަރުކާރުން އަމަލު ކުރުމުން، ޕާޓީގެ ލީޑާޝިޕަށް މެސެޖެއް ދިނުމުގެ ގޮތުން، އެމްޑީޕީގެ ސަޕޯޓަރުން ވޯޓުލާން ނުނިކުތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިންތިހާބުން ބަލިވީ، އެމްޑީޕީގެ ވޯޓަރުން، އަޅުގަނޑުމެންގެ ވޯޓަރުން ވޯޓުލާން ނުދިޔުމުން. އެ މީހުންނަށް ގަބޫލު ކުރެވުނީ، މައިގަނޑު ގަބޫލުކުރުންތަކާއި ހިޔާލުތަކަށް އަޅާނުލައި، މައިނޯރިޓީއެއްގެ ރުހުން ހޯދަން ސަރުކާރުން މަސައްކަތްކުރި ކަމަށް. އެކަމާ އެ މީހުން ހިތްހަމައެއް ނުޖެހޭ. އެ މީހުން ބޭނުންވީ ލީޑާޝިޕަށް މެސެޖެއް ދޭން، ހާއްސަކޮށް، މާލޭގައި،" ނަޝީދު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު މަޝްވަރާ ކުރައްވަނީ -- ފޮޓޯ: މިހާރު
ރައީސަށް ސިޔާސީ ގޮތުން އެއްބާރުލުން ދެއްވުން ހުއްޓައިލެއްވުމަށް ފަހު، އިދިކޮޅު ޕީޕީއެމާ އެކު ކޯލިޝަން ހަދައިގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ނަޝީދު ވަނީ ފާޅުކުރައްވައިފަ އެވެ.
ޕީޕީއެމާއެކު މަސައްކަތްޕުޅު ކުރައްވާނަންތޯ، އިންޓަވިއުގައި ސުވާލު ދެންނެވުމުން ނަޝީދު ވިދާޅުވީ، އެ ކަމަށް ވެސް ތައްޔާރު ކަމަށާއި ނަމަވެސް އޭގެ މާނަ އަކީ ޕީޕީއެމްގެ ސީދާ ވަކި މީހަކާ އެކު މަސައްކަތްޕުޅު ކުރެއްވުން ނޫން ކަމަށެވެ. ބޭނުންފުޅު ވަނީ ގައުމާ މެދު އެއް ވިސްނުމެއް ތިބި މީހުންނާ އެކު މަސައްކަތްޕުޅު ކުރެއްވުން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ހުށަހަޅަނީ، ގައުމު ގެންދަން ބޭނުންވާ މިސްރާބާ މެދު އެއް ވިސްނުމެއް ގެންގުޅޭ މީހުންނާ އެކު މަސައްކަތް ކުރަން. އަޅުގަނޑުމެން ބޭނުމެއް ނޫން ރާއްޖެ އަނެއް އަފްޣާނިސްތާނަށް ވާކަށް، ފެއިލް ވާކަށް،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، އެމްޑީޕީ އާއި ޕީޕީއެމުން ވެސް މީގެ ކުރިން، ހައްދުފަހަނައަޅާފައިވާ މީހުން ރުއްސައިގެން އިންތިހާބުތައް ކާމިޔާބު ކޮށްފައިވެ އެވެ. މީގެ ކުރިން ނަޝީދު ވެސް ރައީސް އަބްދުﷲ ޔާމީން ވެސް ވެރިކަމަށް ވަޑައިގަނެވުނީ ދީނީ ހަރުކަށި ފިކުރުގެ މީހުން ރުއްސައިގެން އެ މީހުންގެ ތާއީދާ އެކު ކަމަށް ވިދާޅުވި އެވެ.
ނަމަވެސް، އެކަމަކު އޭގެ ނަތީޖާއަކަށް ވަނީ ދީނީ ހަރުކަށި ފިކުރު ގައުމުގައި ފެތުރުން ކަމަށް ވިދާޅުވި އެވެ. އެއީ އެމްޑީޕީ ވެސް ޕީޕީއެމްގެ ސަޕޯޓަރުން ވެސް އެދޭނެ ގޮތެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދަށް ދިން ހަމަލާ އަށް ފަހު ފުރަތަމަ ދެއްވި ވީޑިއޯ އިންޓަވިއުގައި ވިދާޅުވީ ހަމަލާ ދިންކަން އެނގޭ ވަރަށް ކެމެރާއަށް ފެންނަން ތިބި މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އެކަމަކު ހަމަލާ ދޭން ހިތްވަރު ދީ އެކަމަށް ހަރަދުކުރި މީހުން ތަހުގީގަށް ހޯދިފައި ނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިޗާ
27 July 2021
އަންނި ހުންނަށް އެބަޖެހޭ ޤާނޫނުގެ އިމުގެ ތެރޭގައި. ޤާނޫނު އަސާސީގެ 10 ވަނަ މާއްދާ ބުނާ ގޮތުގައި ރާއްޖޭގެ ދީނަކީ އިސްލާމް ދީން. އެކަމު ޤާނޫނުން މަތީގަހުރެ ދީނަށް ފުރައްސާކޮށް، ހަރުކަށި މީހުންނޭ ގޮވިޔަކަސް ނުވާނެ. ރާއްޖޭގެ ޤަވާއިދު ތަކަށް އަންނިވެސް ބޯލަބަން ޖެހޭނެ. ޤާނޫނަށް ބޯލެބުމަކީ ހަމައެކަނި ބާރެއްނެތް ޢާއްމު ރައްޔިތުންނަށް އޮންނަން ޖެހޭ ކަމެއްނޫން
ޖާނޭ
23 July 2021
އިބޫއަށް ވިލާތުގެ ތާއީދު ލިބިދާނެތީ މިހާރު އިބޫގެ ބޮލުގަ އެޖްސްޓްރީމުސްޓް ޓެގު ފައްތަން އެއުޅެނީ. ވަރަށް ހަޑި ގޮތަކަށް ތިއުޅެނީ
ގުއިއްޒު
22 July 2021
ރައީސް އެހުންނެވީ ނިކުންނާނެ ގޮތެއް ނޭނގި ފިތިފަ. ހަރުކަށި މޫތައް އެވަނީ ވަކި ހިއްޕާލާފަ. އެމީހުންނޭ ކިޔައިގެން ރއަީސަށް ބުނެވޭނެ އެއްޗެއް މިހާރަކު ނެތް. އެމީހުން ރަނގަޅަށް ރައީސްގެ ބޮލަށް ޗިޕް ޖސހައިފި. އޭގެ މިސާލަކީ ކޮމިޝަންތަކުން މިހާތަނަށް ވީކަމެއް ނެތުން.
ފުރޯޒަން މިނީ ކިޗަން ސެޓް
22 July 2021
ހަމަ ސެކިއުލާ ހަރުކަށި ފިކުރުގެ ބައްޕަ. އެކި ގައުމު ތަކުގަ އިސްލާމްދީން ފަލީހަތް ކުރަމުން ދުވަނީ. ވެރިކަމައް ނާދެވިގެން ހޭބަލިވަނީ. މިހާރު ތިފެންނަނީ ބާރުގެ ބޭނުމުގަ ދުވަސްވީ ރަހުމެއްތެރިޔާވެސް ފުރޭމް ކޮށް އެއްފަރާތް ކޮއްލާތަން.
އިޙްސާސް
22 July 2021
އެންމެ ހަރުކަށި ފިކުރު ގެންގުޅެނީ ނަޝީދު ނޫންތޯ..
ޝިޔާމް
22 July 2021
ބޮޑުވަޒީރުކަން ނުލިބިގެން ތެޅޭވަރެއް ދޯ؟
ފާތިނ
22 July 2021
އަޅުގަޑަށް ވިސްނެނީ މީހެއްގެ ޙަޤީޤީ ސިފަ ފެންނަން މެދުވެރިވީ ސަބަބުތަކާއި މެދު. 100 އިންސައްތަ މުސްލިމް ގައުމެއްގަ ތަންފީޒް ކުރަން ހުށަހެޅި، ނަފްރަތުގެ ބިލަކީ މާ މުހިއްމު ބިލަކަށް ގިނަ ރައްޔިތުން ނުދެކުނު ހިނދު، މިކަމާ މާވަރަކުން ހަމަ އެންމެ މީހަކު، ސިޔާސީ ހަރުކަށި ފިކުރުގައި، ޞައްޙަޢަޤީދާއާއި މެދު ނަފްރަތުވެގެން އުޅޭ އުޅުމުން މާބޮޑަށް ފިތުނަ ފަސާދަ އާއި ނަފްރަތު އެބަ އުފެދޭ. މަރުންސަލާމަތް ކުރެއްވިﷲގެދީނުގެ ޞައްޙަޢަޤީދާ ދަސްކުރިއްޔާ މާރަގަޅެއްނު
ށިއުނާ
21 July 2021
މިއީ ކޮން ކަހަލަ މީހެއް
ވާނުވާގައި
21 July 2021
ރައީސުލްޖުމްހޫރިއްޔާ އެކަން ހުއްޓަވާލައްވައިފި. ރައީސް އެކަން ހުއްޓަވާލެއްވީމާ ރާއްޖޭގައި ހުރި އެންމެ ހަރުކަށި އެންމެ ޚުދުމުޚުތާރު މީހާއަށް އެކަން ބަލައިނުގަނެވިގެން ކުރި ތާއީދުވެސް ވަނީ އަބުރާ ގެންދަވާފައި.
ސަންޕަދަރި
21 July 2021
ތިޔައީ ހަރުކަށިމީހަކީ އިބޫ އެހަދަނީ ރަނގަޅަށް, ހަރުކަށި މީހުނަށް ތާއީދު ކުރުން ހުއްޓާލީ, މިގައުމުގަ ހުރި ހަމައެކަނި ހަރުކަށި ފިކުރުގެ މީހަކީ ކެނެރީގޭ ނަސީދު, މިގައުމުގެ ހަލާކު,