ރައުފް.
08 އޯގަސްޓް 2021 - 07:33
ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި މެލޭޝިއާގައި ނޮކިއާގެ ކުންފުނީގެ ވިޔަފާރި އާއި އޮޕަރޭޝަންސްގެ ވެރިއަކަށް ބޭފުޅަކު ހަމަޖައްސައިފި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެ ތިން ގައުމުގައި ނޮކިއާގެ މަސައްކަތްތަކާ ގުޅޭ ކަންކަމުގެ މަސްއޫލިއްޔަތު މި މަހުގެ 1 އިން ފެށިގެން އަދާކުރައްވާނީ އާ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރައުފު ނާސިރު ކަމަށެވެ. އެއީ މެލޭޝިއާ ބޭފުޅެކެވެ.
ނޮކިއާ އިން ބުނީ ރައުފަކީ މެލޭޝިއާގެ ޓެލެކޮމިއުނިކޭޝަނާއި އިންޓަނެޓް ޓެލްނޮލޮޖީ (އައިޓީ) ދާއިރާގެ 30 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށާއި އޭނާގެ މައިގަނޑު މަސައްކަތަކަށް ވާނީ ގައުމުތަކުގައި 5ޖީ ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތް ކަމަށެވެ.
Mohd Rauf Nasir will oversee @nokia's business & operations for Malaysia, Maldives and Sri Lanka https://t.co/9tJJA0ue1P
— Digital News Asia (@DNewsAsia) August 2, 2021
މިހާރު 5ޖީ ނެޓްވޯކް ދުނިޔޭގެ އެކި ހިސާބުތަކުގައި ގާއިމުކުރުމުގެ މަސައްކަތުގައި ވަރަށް ބޮޑު ރޯލެއް އަދާކުރާ ފިންލޭންޑްގެ ނޮކިއާގެ އާ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައޫފު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ގައުމުތަކުގެ ސްޓޭކްހޯލްޑަރުންނާ ވަރަށް ގާތުން މަސައްކަތްކުރައްވައި "ހޮލިސްޓިކް ޑިޖިޓަލް ޓްރާންސްފޮމޭޝަން" އަކަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
"އޮޕަރޭޓަރުންނާއި ސަރުކާރުތަކާ ގުޅިގެން އަހަރެމެން ގައުމުތަކުގައި މަސައްކަތްކުރާނީ،" އޭނާ ވިދާޅުވި އެވެ.
ނޮކިއާއާ ގުޅިވަޑައިގަތުމުގެ ކުރިން ރައުފް އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި މޮޓޮރޯލާ ސޮލިއުޝަންސް މެލޭޝިއާގެ ކަންޓްރީ ޕްރެޒިޑެންޓްގެ މަގާމާއި އައިބީއެމްގެ ކޮމިއުނިކޭޝަން ސެކްޓަރުގެ ޖެނެރެލް މެނޭޖަރުގެ މަގާމު ހިމެނެ އެވެ. އޭނާ އެންމެ ފަހުން މަސައްކަތްކުރެއްވީ އައިބީއެމްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަންވަ
08 August 2021
ނޮކިއާ އަކީ އެއްޒަމާނެއްގައި ފޯން މާކެޓަގެ ރަސްގެފާނު ނަމަވެސް މިއަދު ތަހުތު ގެއްލި މަރިޔަނބު ގެއްލި ދަނޑުވެސް ވަނީ ގެއްލިފައި