ކ. ރަސްފަރީ ފަރަށް އުރުނު އާގުބޯޓު: އެ ބޯޓު ފުން ކުރުމަށް ޓަގްބޯޓެއް ގެނައުމަށް ވަނީ ހަމަޖެހިފައި -- ފޮޓޯ: އެމްއެންޑީއެފް
21 އޯގަސްޓް 2021 - 13:44
ކ. ރަސްފަރީ ފަރަށް އުރުނު އާގުބޯޓު ފުންކުރަން ސްރީ ލަންކާ އިން ޓަގްބޯޓެއް ގެންނަން ނިންމައިފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު ރަސްފަރީ ފަރަށް އުރުނު ބޯޓުގެ ދިވެހި އެޖެންޓަކަށް އެންޓާކް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، އެ ބޯޓު ފުންކުރުމަށްޓަކައި ލަންކާގެ ޓަގް ބޯޓެއް އަންނަ ހޯމަ ދުވަހު މާލެ އަންނާނެ ކަމަށެވެ.
"ސެލްވޭޖް މަސައްކަތް ކުރިއަށް ގެންދާނީ ކޯސްޓްގާޑާ މަޝްވަރާ ކުރުމަށް ފަހު،" އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނެފައި ވަނީ ޕެނަމާގައި ރަޖިސްޓަރީކޮށް، ގްރީކަށް ނިސްބަތްވާ އެ އާގުބޯޓު އުރުނީ އިންޑިއާ އިން ފުރައިގެން ސައުތު އެފްރިކާ އަަށް ދަތުރުކުރަނިކޮށް އިންޖީނު ހުއްޓިގެން ކަމަށެވެ. ބޯޓުގައި އޭރު ތިބީ ފިލިޕީންސްގެ 19 މީހެކެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި ދިގުމިނުގައި 623 ފޫޓު ހުންނަ އެ ބޯޓު ފުންކުރުމުގެ މަސައްކަތް ކުރާނީ ބޯޓުގެ ވެރިފަރާތާއި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަަކާ ގުޅިގެންނެވެ.
ރަސްފަރި ފަރަށް އެރި އާގު ބޯޓު --- ފޮޓޯ: އެމްއެންޑީއެފް
"ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ އެ ބޯޓަކީ 32،415 ޓަނުގެ ބަލްކް ކެރިއާ އެކެވެ. ބަލްކް ކެެރިއާ އަކީ އެތެރެއަށް މުދާ އޮއްސައިގެން އުފުލާ ބާވަތުގެ އާގުބޯޓު ފަހަރެވެ.
ބޯޓުގައި ގިނައިން ތެޔޮ ހުރެފައި، ތެޔޮޓޭންކް ފޫދިއުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ، ބޯޓު އުރުނު ސަރަހައްދުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވުމުގެ ނުރައްކާ އޮންނާނެ އެވެ. އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ބޯޓު އުރިފައި އޮތީ ފަރުގެ ވަރަށް ތިލަ ހިސާބަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުހައިލް
21 August 2021
މިވަރުވެސް މިރާއްޖޭގައި ނެތީތޯވާން؟؟؟؟
އަހުމަދުއަލޯ
21 August 2021
ޓަަގް ބްރޯ ގެނައީމަ ރަނގަޅުވާނެ. ކޮބާތަ މަހާޖައްރާފު؟
ބަބު
21 August 2021
ލަންކާ އައުޓް.
އަހަރެން އަކީ
21 August 2021
މިހެން ފަރަށް އަރާ ނުވަތަ ކާރިސާ ތަކުގަ އެހީތެރިކަމަށް ބޭނުން ވާނެ ތިފަދަ އާލާތްތަށް ރާއްޖޭގެ ވިޔަފާރި ކުންފުނި އަކުން ލިބެން ނުހުންނަނީބާ!.
އުމަރުބެ
21 August 2021
ސައުތު އެފްރިކާޔަށްދާން ކިއްކުރަން މާލެއަތޮޅަށް ވަންނަނީ.
ސާބަހޭޭ
21 August 2021
އީޕީއޭ ތަންކޮޅެއް އެކްޓިވް ވާން ވެއްޖެ ނޫންތޯ؟ ޒިންމާ ކޮބައިތޯ؟
ބަބޫ
21 August 2021
އިޕީއޭއިންތަ އެ އާގުބޯޓު ދުއްވީ. ވާނުވާ ނުވެބަލަ