މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

10 ސެޕްޓެމްބަރ 2021 - 08:46

ރީތި ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ކުނާލް ދޭޝްމުކްގެ އާ ފިލްމު "ޝިއްދަތު" އަންނަ މަހުގެ 1 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ނިންމައި، އޭގެ ސްޓިލް/މޯޝަން ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

މި އަހަރު "މިމީ" އާއި "ރޫހީ" ގެނެސްދިން ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކްސް ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ހަދާފައިވާ ލޯބީގެ ފިލްމު "ޝިއްދަތު" ގެ ތަރިންނަކީ ވިކީ ކޯޝަލްގެ ކޮއްކޮ ސަނީ ކޯޝަލް އާއި ރާދިކާ މަދަން އާއި ޑަޔާނާ ޕެންޓީގެ އިތުރުން މޯހިތު ރައިނާ އެވެ.

ފިލްމުގެ ޓްރެއިލާ މި މަހުގެ 13 ގައި އާންމުކުރާނެ އެވެ.

"ޝިއްދަތު" ގެ ޑައިރެކްޓަރު ކުރިން ގެނެސްދިން ފިލްމުތަކުގައި މުޅިން ވެސް ހިމެނެނީ އިމްރާޝް ހާޝިމީ ކުޅުނު ފިލްމުތަކެވެ. އެއީ "ޖަންނަތު" ގެ ދެ ފިލްމާއި "ތުމް މިލޭ" އަދި "ރާޖާ ނަޓްވަރްލާލް" އެވެ.

ކާތިކް "ޝެހެޒާދާ" އަށް ތައްޔާރު ވަނީ

އެކްޓަރު ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަނާ އެކު، ކާތިކް އާރިޔަން މަސައްކަތްކުރަން ހަމަޖެހިފައިވާ ފިލްމު "ޝެހެޒާދާ" އަށް ތައްޔާރުވާން ފަށައިފި އެވެ.

ކާތިކް ވަނީ އިންސްޓަގްރާމްގައި ރޯހިތާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް ޕޯސްޓްކޮށްފަ އެވެ. "ޝެހެޒާދާ" އަކީ މިދިޔަ އަހަރު ރިލީޒްކުރި އައްލޫ އަރުޖުންގެ ތެލެގޫ ފިލްމު "އާލާ ވައިކުންތަޕުއްރަމުލޫ" ގެ ރިމޭކެކެވެ. އެކްތާ ކަޕޫރް ޕްރޮޑިއުސްކުރާ ހިންދީ ރިމޭކްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ އިރު މީގެ ކާސްޓްގައި ކްރިތީ ސެނަން އާއި މަނީޝާ ކޮއިރަލާ ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"ޝެހެޒާދާ" އަކީ ރޯހިތުގެ ތިން ވަނަ ފިލްމެވެ. އޭނާ ކުރިން ގެނެސްދިން ފިލްމުތަކަކީ "ޑިޝޫމް" އާއި "ދޭސީ ބޯއިޒް" އެވެ.

ވިދުޔަތުގެ ފިލްމެއް އަރުޖުން

މިދިޔަ ޖުލައި މަހުގެ ތެރޭގައި އެކްޓަރު ވިދުޔަތު ޖަމްވަލް ލޯންޗްކުރި އަމިއްލަ ފިލްމު ކުންފުނި އެކްޝަން ހީރޯ ފިލްމްސްގެ ފިލްމަކަށް އަރުޖުން ރާމްޕާލް ސޮއިކޮށްފި އެވެ.

މީޑިއާތަކުން ބުނީ މިއީ ވަރުގަދަ އެކްޝަން ފިލްމެއް ކަމަށާއި ދެ ތަރިން އެކީގައި ފިލްމުން ފެންނާނެ ކަމަށެވެ. އެކަމަކު އަންނަ ނޮވެމްބަރުގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ. އެކްޝަން ހީރޯ ފިލްމްސް ލޯންޗްކުރި އިރު، "އައިބީ 71" ކިޔާ ފިލްމެއް ހަދާނެކަން އިއުލާންކުރި އެވެ. އެކަމަކު އަރުޖުން އާއި ވިދުޔަތު އެކީގައި ފެންނާނެ ފިލްމަކީ އެ ފިލްމު ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

ދާދި ފަހުން ކަންގަނާ ރަނާވަތުގެ "ދާކަޅް" ގެ ޝޫޓިން ނިންމައިލި އަރުޖުންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދަ ރޭޕިސްޓް" އާއި "ދަ ބެޓްލް އޮފް ބީމާ" ހިމެނެ އެވެ.

ރެނޫކާ "ކްރައިމް ޕެޓްރޯލް" އަށް

"ހަމް އާޕް ކޭ ހޯ ކޯން" ގައި ބަތަލާ މަދޫރީ ޑިކްސިޓްގެ ދައްތަގެ ރޯލު ކުޅުނު ބަތަލާ ރެނޫކާ ސަހާނޭ ސޮނީ ޓީވީގެ "ކްރައިމް ޕެޓްރޯލް" ހޯސްޓްކުރުމާ ހަވާލުވެއްޖެ އެވެ.

އޭނާއާ އެކު ޝޯގެ އެޕިސޯޑްތައް ގެނެސްދޭން ފަށާނީ މި މަހުގެ 13 އިން ފެށިގެންނެވެ. ޝޯގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ވީޑިއޯކޮޅަކާ އެކު އެ ވާހަކަ ރެނޫކާ އިންސްޓަގްރާމްގައި ވެސް ބުންޏެވެ. "ކްރައިމް ޕެޓްރޯލް" އަކީ އިންޑިއާގެ ކުށުގެވެށި ދައްކުވައިދޭ ޝޯއެކެވެ. މީގެ ކުރިން ވެސް އެކިއެކި ފަންނާނުން މި ޝޯ ހޯސްޓްކޮށްފައިވެ އެވެ.

އާންމުކޮށް ފިލްމުތަކުގެ ނެގަޓިލް ރޯލްތަކުން ފެންނަ އަޝުތޯޝް ރާނާގެ އަންހެނުން ރެނޫކާ މިހާރު ޑައިރެކްޓްޝަނަށް ވެސް ނުކުމެފައިވާ އިރު އޭނާގެ ފުރަތަމަ ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި "ތުރިބާންގާ" އެވެ. އޭގެ ކާސްޓުންނަކީ ކާޖޮލް އާއި ތަންވީ އަޒްމީ އަދި މިތިލާ ޕަލްކަރެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454