މެމްބަރު އީސަ: އޭނާއަށް ކުރާ ދައުވާއަށް އޭނާ ވަނީ އިންކާރު ކުރައްވާފައި --- ފޮޓޯ/މިހާރު
21 ސެޕްޓެމްބަރ 2021 - 15:00
ރައްޔިިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އޭނާގެ އަނބިކަނބަލުންނަށް އަނިޔާކުރި ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާއަށް އިންކާރު ކުރައްވައިފި އެވެ.
އަނިޔާއެއް ދިނުމުގެ ދައުވާ އީސަގެ މައްޗަށް ދައުލަތުން ކުރަނީ މިދިޔަ މެއި މަހު އަނބިކަނބަލުން އަސްރާ ނަސީމަށް އަނިޔާކުރި ކަމަށް ބުނެ އެވެ. އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން އިއްޔެ ފެށިޔަސް، ދައުލަތުން އެދިގެން އެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.
އެނގިފައިވާ ގޮތުގައި އިއްޔެ އަޑުއެހުމުގައި ދައުވާ އިއްވުމުން އީސަ ވަނީ އެ ދައުވާއަށް އިންކާރު ކުރައްވައިފަ އެވެ. އަދި އީސައާ ދެކޮޅަށް ދައުލަތުން ހެކި ހުށަހެޅިއިރު، އީސަގެ ފަރާތުން ދިފާއުގައި ހެކި ހުށަހަޅަން ފުރުސަތު ދީފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.
މީގެ އިތުރުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމަށް ދެ ފަރާތަށް އިއްޔެ ވަނީ ފުރުސަތު ދީފަ އެވެ.
އީސަގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވިޔަސް، އޭނާއަށް އަންނާނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް އަޔަސް، އޭނާގެ މެމްބަރު ކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. މެމްބަރު ކަމުގެ ގޮނޑި ގެއްލެނީ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައުމުންނެވެ.
އެ މައްސަލާގައި އީސަ ހައްޔަރު ކުރުމުގެ އަމުރަކަށް ވެސް ކުރިން ފުލުހުން އެދުނެވެ. އެކަމަކު ކްރިމިނަލް ކޯޓުން އޭރު ނިންމީ އަމުރު ނެެރެނުދިނުމަށެވެ. އަދި އެ މައްސަލަ ދައުލަތުން އިސްތިއުނާފެއް ނުކުރެ އެވެ.
އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ ކަމަށް އަސްރާގެ ފަރާތުން ފަހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުދުހޭ
21 September 2021
ދެން މިކަން ދާނީ އެކަހަލަ ގޮތަކަށްތާ؟!!!! ހެހެހެ
ޖިމް
21 September 2021
އެހެންވީމަ އީސަ މި ބުނަނީ އޭނަގެ އަންހެނުން މި ހަދަނީ ހުސް ދޮގޭ ދޯ؟ ކާކު ބާ މިތަނުން ދޮގު މި ހަދަނީ
ޢުންސުތު
21 September 2021
ﷲ އިރާދަފުޅުން މައްސަލަ ވަރަށް ސާފު ބުނާނީ އިރާދަފުޅުން ސާބިތެއް ނުވޮޔޭ
ޒާހިދު34
21 September 2021
ﷲ އިރާދަފުޅުން ކިޔާފަ ކޮންމެ ނުބައި ކަމެއް ކޮށްފަވެސް މަތި އޮމާންކޮށްލަނީ. އެއީ މި ގައުމުގައި ކަން ހިނގާ ގޮތް. އަލީ ވަހީދުވެސް ރޭގަ ބުނީ އޭނަ ދެނަ ހުރި ކަމެއްވެސް ނޫނޭ.