ޚަބަރު / އެމްއެމްޕީއާރްސީގެ ކޮރަޕްޝަން

ރެހެންދި ފްލެޓުގެ ފުޓޭޖް ނަގާފައި އޮތީ 2015 ގައި، ރައީސްގެ ވީޑިއޯއެއް ނުދެކެން: ޕޮލިސް ކޮމިޝަނަރު

"އެ ފާހަގަކުރައްވާ ތަނެއްގައި ހަރުކުރެވިފައިވާ ކެމެރާއެއްގައި ރެކޯޑު ކުރެވިފައި ހުރި ފުޓޭޖް އޭރު ހުންނާނީ ނަގާފައި. 2018 ވަނަ އަހަރު ތަހުގީގު ކުރަން އެ ފުޓޭޖެއް ނުހުންނާނެ"

އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާއަރައި ރެހެންދި ފްލެޓް ފަދަ އިމާރާތްތަކުގެ ފުޓޭޖް ފުލުހުން ނަގާފައި އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ގައި ކަމަށާއި ރެހެންދި ފްލެޓުން "ކަޅު ދަބަސް" އުފުލި ފުޓޭޖް ހުރި ނަމަ އެކަމެއް އޮންނަން ވާނީ ތަހުގީގު ކޮށްފައި ކަމަށް ގަބޫލުކުރައްވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޖިންސީ ގޯނާގެ މައްސަލައިގައި ޝަރީއަތް ހިނގަނިކޮށް ކޯޓުތަކަށް ފިއްލަވައިގެން ބޭރުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިދިކޮޅު ފަރާތްތަކުން ކުރިން ކޮށްފައިވާ ތުހުމަތު ތަކުރާރު ކުރައްވައިފަ އެވެ.

އޭނާ ފްރޭމްކުރީ ކަމަށް ވިދާޅުވެ ދިފާއުގައި އެކި ބޭފުޅުންނަށް ތުހުމަތުގެ އިނގިލި ދިއްކުރައްވަމުން ވިދާޅުވީ ހިޔާނާތުން އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނަށް މަންފާވި ކަމަށެވެ. މި ވާހަކަ ތަފްސީލު ކޮށްދެއްވަމުން ފަހުން ތުހުމަތު ކުރެއްވި ގޮތުގައި މާލޭގެ ރެހެންދި ފްލެޓުން "ކަޅު ދަބަސް" އުފުއްލެވި ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އޭގެ ވީޑިއޯ ފުލުހުންގެ މުއައްސަސާގައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.

ރައީސަށް 35 މިލިއަން ރުފިޔާ ލިބުނު ކަމަަށް އަލީ ވަހީދުގެ ތުހުމަތާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން ޕޮލިސް ކޮމިޝަނަރު މިއަދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުން ހުރި ފުޓޭޖް ފުލުހުންގެ މުއައްސަސާ އިން ނެގީ 2015 ގައި ކަމަށެވެ. މި ތަހުގީގަކީ ގުޅިގެން ހިންގާ ތަހުގީގަކަށް ވާތީ ހެއްކާއި ގަރީނާ ހޯދައި ކަންކަން ބެލުމުގެ އިހްތިސާސް ވެސް އޮންނާނެ ކަމަށް ވިދާޅުވި އެވެ.

އެފަދަ ތުހުމަތެއް ކުރިން އަމާޒު ކުރުމުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ތަހުގީގު ކުރި ކަން ކޮމިޝަނާ ފާހަގަކުރެއްވި އެވެ.

އޭސީސީން އެ މައްސަލަ ނިންމައި އާއްމުކުރި ރިޕޯޓުގައި ބުނެފައި ވަނީ ޕީޕީއެމްގެ އިސް ބޭފުޅުންތަކެއް އެ ވާހަކަ ދެއްކެވީ ހެއްކެއް ހުރެގެން ނޫން ކަަމަށާއި ސިޔާސީ ގޮތުން ކަމަށް ތަހުގީގުގައި ސުވާލުކުރުމުން ވިދާޅުވެފައިވާ ކަމަށެވެ.

ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި އަލީ ވަހީދު ތުހުމަތު ކުރެއްވި ފަދަ ވީޑިއޯއެއް ހިޔާނާތުގެ ތަހުގީގައި މިހާތަނަށް ފެނިވަޑައިގެންފައެއް ނުވެ އެވެ.

"ދެހާސް ފަނަރަ ވަނަ އަހަރު ފެށި އެ ތަހުގީގާ ގުޅުން ހުރި އެކި އިމާރާތްތަކުގެ ސީސީޓީވީ ފުޓޭޖްއާ އެއްޗެހި ނަގާފައި ވާނީ. އެހެންވެއްޖިއްޔާ އެ ފާހަގަކުރައްވާ ތަނެއްގައި ހަރުކުރެވިފައިވާ ކެމެރާއެއްގައި ރެކޯޑު ކުރެވިފައި ހުރި ފުޓޭޖް އޭރު ހުންނާނީ ނަގާފައި. 2018 ވަނަ އަހަރު ތަހުގީގު ކުރަން އެ ފުޓޭޖެއް ނުހުންނާނެ ހަމަގައިމު ވެސް،" ހަމީދު ވިދާޅުވި އެވެ.

"އޭރު ނަގާފައި ހުރި އެއްޗެހީގެ މައްޗަށް އޭރު ތަހުގީގު ކޮށްފައޭ ހުންނާނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި. ހާއްސަކޮށް އެ ވިދާޅުވާ ފަދަ ބޭބޭފުޅުންގެ މަންފާ އަށް ފޮށިތަކެއް ހިފައިގެން ހަރަކާތްތެރިވާ ފަދަ މަންޒަރެއް އޭރުގެ ފުލުހުންގެ ހިދުމަތުގެ ލީޑަޝިޕަށް ފެންނަން ހުރި ނަމަ ތަހުގީގު ހިންގާފައި ވާނީ."

ހަމީދު ވިދާޅުވި ގޮތުގައި ހިޔާނާތުގެ ތަހުގީގަކީ މުއައްސަސާތައް ގުޅިގެން ހިންގާ ތަހުގީގަށް ވާތީ އެއާ ގުޅުން ހުރި ހުރިހާ ކަމެއް ބެލުމުގެ އިހުތިސާސް ކޮންމެ މުއައްސަސާއަކަށް ވެސް އޮވެ އެވެ. އެކަމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

އަލީ ވަހީދުގެ ތުހުމަތުތައް ސަރުކާރުން ވެސް ވަނީ ދޮގުކޮށްފަ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އޭނާ ދެއްކެވި ވާހަކައަކީ ހަގީގަތެއް ނެތް ތޯތޯ ވާހަކައެކެވެ.

41 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 41%
icon sad icon sad 0%
icon angry icon angry 59%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮކި ޙަސަނު

24 September 2021

ތިޒާތުގެ ވާހަކަ އަނދިރީގަ އޮންނަވައިގެން ދައްކަވާ މަސްކިރާ ބޯޓުގެ ލޭޝިޔަރަކަށް އުޅުނު ހިސާބުން ފަށައިގެން މިރަށު މީހުން ވަރަށް ރަނގަޅަށް އިބުރާހީމް ފުޅު ދަނޭ

The name is already taken The name is available. Register?

ޙަހަަހަަ

23 September 2021

ސީޕީ އިނގިރޭސި ފުލުހަކާއި ވައްތަރީ ..

The name is already taken The name is available. Register?

ބަލަންޑޯ

22 September 2021

އަދީބުވެސް ޔާމީނުވެސް އމއމޕރސ ފައިސާއެއް ނުނަގާ ހުރިހާ ޖަރީމާއެއް ހިންގީ އިބޫ ހިންގާފަ އަދީބާ ޔާމީނު ބޮލުގައަޅުވަނީ

The name is already taken The name is available. Register?

ނުބަލަންޑޯ

22 September 2021

ޔާމީންގެ އެކައުންޓްގައި ހުރި ފައިސާއެއްވިއްޔާ ފެންނަން އެ ހުރީ. ދެން ތި އުޅޭ އަނެއް ބައިގަނޑު ފައިސާ ގެންގުޅެނީ އެކައުންޓްތަކުން ނުފެންނާނެ ގޮތަށް. ފައިސާ ފޮރުވައިގެން ކަންކަން ކުރަން އުޅުނުނަމަ ޔާމީނަށްވެސް އެކަންކުރެވުނީސް.

The name is already taken The name is available. Register?

ބަރާބަރު

23 September 2021

ރަގަޅު ވާހަކައެށްތީ ކަން ނުކުރާމީހުން ތިބީ ބަންދުގައި ކަންކުރި މީހުން ފިޔަޖަހަނީ

The name is already taken The name is available. Register?

އުނބުށޭމު

22 September 2021

މީސްމީހުންގެ ބޮލުގައި އެވަރުގެ ބޮޑެތި ތުހުމަތު އަޅުވާފައި ސިޔާސީ ގޮތުން ދެއްކި ވާހަކައެކޭ ބުނީމާ ސަލާމަތްވެވޭ ހެއްޔެވެ. މިފަދަ މީހުންގެ ވާހަކަ ރެކޯޑުތަކުން ސާބިތުކުރެވެން ހުންނާނެކަމަށް ފެނެއެވެ. އެހެންވިއްޔާ އަބުރުގެ ދައުވާ ނުކުރެވެންވީ ކީއްވެހެއްޔެވެ.

The name is already taken The name is available. Register?

ކަލްބީ

22 September 2021

2015ވަނަ އަހަރު ނެގި ފޫޓޭޖެއް 2018ގައި ނެތުން އެއީ ވަރަށް ބޮޑު މައްސަލައެއް. ޝަރީއަތެއް ނިމިގެން ދިޔަޔަސް، ހެއްކާއި ގަރީނާ ފައިލް ކުރެވިގެންދާނެ. ނައްތާއެއް ނުލާނެ. ސިޔާސީ މީހުންނަކީ ދޮގު ހަދާ ބައެއް. އެކަމަކު ޖުޑިޝަރީ ކޮރޮޕްޓް ވެއްޖެއާމުން ގައުމު އެހިސާބުން އެ ހަލާކުވީ.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

22 September 2021

ދިވެހިން ބޯގަޅި ވިޔަސް ފުކެއް ބޮޑުވަރު. 30 މިލިޔަން ރުފިޔާ އުފުލޭނީ ހާދަ ގިނަ ދަބަހުގައޭ! 30 މިލިޔަނޭ ބުނާއިރު ފައިސާ 6 ފޫޓް 6 ފޫޓް ގެ ތަނެއްގައި އަތުރައިފިނަމަ 4 ފޫޓް އުސްވާނޭ!

The name is already taken The name is available. Register?

ހޫމް

23 September 2021

އަދި ތިއުޅެނީ ހަމިލިއަނަށްވާ ރުފިޔާއަށްވާ ޑޮލަރު ގެންދާނެގޮތް ނޭންގިގެން. ކުޑަ ސިކުޑީގެ ވެރިން އުޅޭތީ ގައުމު މިހާލަށް ގޮއްސަ މިއޮތީ. ގުގުދާ ވިސްނަން ދަސް ކުރާ ކުލާހެއްހޯދާ އަވަހަށް، އެއްޗެހި ވިސްނޭތޯ ބަލަން އެބަޖެހޭދޯ؟

The name is already taken The name is available. Register?

ބަނޑޭރިކަލޭފާނު

22 September 2021

ތިއީ ހުސްދޮގު.... ފުޓޭޖެއް ނުނަގާ! ފުޓޭޖް ނެގިނަމަ އެތަނަށް ޒިޔާރަތްކުރި ޕޮލިހުންނަށް އިދާރީ ފިޔަވަޅު އެޅީސް.... ހެކި ނެތީމަ އެތިބީ އަދިވެސް މަޤާމުތަކުގަ

The name is already taken The name is available. Register?

ނަސީ

22 September 2021

އަޑެއްނުގޮވާ ރެދެއްނާޅާނެ ، ތިކަމުގައި ހަމައެބައުޅޭ ވަގައް ލާރި ހިފުން

The name is already taken The name is available. Register?

ޏޖބގ

22 September 2021

އަދީބްވެސް ރައީސްވެސް ކަމެއްނުކުރޭ. މމޕރސ އޭކިޔައިގެން ދައްކަނީ މުޅިން ފީކަޅާ ވާހަކައެެއް.

The name is already taken The name is available. Register?

1828

21 September 2021

އިރެއްގައި ސޯޝަލް މީޑިއާގައި ބަޔަކު މީހުން ޕާޓީ މާލަމެއްގައި 'ފާޑެއްގެ' ދިޔާއެއްޗެއް އެޅި ތަށިތަކެއް އަތުން ހިފައިންގެން ތިއްބައި ނަގާފައިވާ ވީޑިއޯއެއްގައި އެމްސީ ހަމީދާއި ހާދަ ވައްތަރު މީހަކު ހުއްޓައި ދެކުނީމޭ. އެއީ އަނެއްކާ އެމްސީ ހަމީދެއް ނޫންތަ؟ ވައްތަރުކަމުން ހަމަ އަހާލީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454