ތާލިބާންގެ ސްޕެޝަލް ފޯސްގެ ފަތަހް ފައުޖުގެ ހަނގުރާމަވެރިންގެ ބަޔަކު، ވެރިރަށް ކާބުލްގެ މަގެއްގައި ސަލާމަތީ ކަންތައް ބަލަހައްޓަނީ: ރާއްޖެއަށް އަފްގާނިސްތާނުން ކުރިމަތިވެދާނެ ނުރައްކަލަކަށް ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން ތިބީ ސަމާލުވެ ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވި. --ފޮޓޯ:އޭއެފްޕީ
27 ސެޕްޓެމްބަރ 2021 - 10:54
ބައެއް ގައުމުތަކުން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާފައިވާ ތާލިބާނުން އަފްގާނިސްތާނުގައި އުފެއްދި ސަރުކާރާ އެކު ހައްދުފަހަނައެޅި ފިކުރު ފުޅާވެ ރާއްޖެ އަށް ވެސް ނުރައްކާވެދާނެ ކަމުގެ ބިރު އޮތުމާ އެކު ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.
އަފްގާނިސްތާނުގެ ސަރުކާރު މިދިޔަ އޮގަސްޓު 15 ގައި ވެއްޓުނީ އެ ގައުމުގައި ތިބި އެމެރިކާގެ ސިފައިން ފޭބުމުން ތާލިބާނުންގެ ބާރުގަދަކުރުމުންނެވެ.
އެ ގައުމަށް އެމެރިކާ ސިފައިން އެރީ ސެޕްޓެމްބަރު 2001 ގައި އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ހަމަލާ އަށް ފަހު ޓެރަރިޒަމާ ދެކޮޅަށް އެމެެރިކާ އިން ހަނގުރާމަ އިއުލާން ކުރުމާއެކުގަ އެވެ.
އެމެރިކާގެ ސިފައިން އަފްގާނިސްތާނަށް އެރުމާ އެކު އޭރު އޮތް ތާލިބާނުންގެ ވެރިކަން ވެއްޓުނަސް 20 އަހަރު ވަންދެން ކުރި މަސައްކަތުން ވެސް ތާލިބާނުން އެއްކޮށް ބަލިކޮށްލެވިފައެއް ނުވެ އެވެ. އެހެންވެ، އެ ގައުމުން އެމެރިކާ ސިފައިން ފޭބީ ތާލިބާނުންނާ އެކު ހެދި ސުލްހައިގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު"އަށް ވިދާޅުވީ އަފްގާނިސްތާނަށް އައި ބަދަލާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެ ގައުމުގައި ހިނގަމުންދާ ކަންކަން ވަރަށް ގާތުން ފުލުހުން ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެކަންޏެއް ނޫން. ގައުމީި ސަލާމަތާ ބެހޭ ހުރިހާ ދާއިރާއަކުން ވެސް އެކަން ކުރިއަށް އެބަގެންދަވާ،" ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.
"އެކަމާ ގުޅިގެން ދުރާލައި އަޅަން ޖެހޭ ފިޔަވަޅުތައް ގައުމީ ލެވެލްއެއްގައި އަޅަން މަޝްވަރާތައް ކުރިއަށް އެބަދޭ."
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު"އާ ވާހަކަ ދައްކަަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިިހާރު
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އަށް ކުރިމަތިވެދާނެ ނުރައްކާތެރި ހާލަތަށް ބަލައި އަޅަން ޖެހޭ ފިޔަވަޅުތަކުގެ ލަފާ ވެސް ފުލުހުން އަރުވާނެ އެވެ.
އަފްގާނިސްތާނުގެ ވެރިކަން ވެއްޓުނުއިރު ދިވެހި އާއިލާއެއް އެ ގައުމުގެ ޖަލުގައި ތިއްބެވެ. އެ މީހުން މިނިވަންވެ ރާއްޖެ އައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކޮމިޝަނަރު ފާހަގަކުރެއްވި ގޮތުގައި އަފްގާނިސްތާނާއި ޕާކިސްތާނަކީ ސީރިއާ އާއި އިރާގުގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް ވުރެން ކުރިން ވެސް ދިވެހިންގެ ބަޔަކާ ގާތް ގުޅުމެއް އޮތް ދެ ގައުމެވެ. އެހެންވެ 2000 ވަނަ އަހަރުގެ ކުރީކޮޅާއި 2012 އާ ހަމައަށް ވަރަށް ގިނަ ދިވެހިން އެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ޓެރަރިސްޓް ޖަމާއަތްތަކާ ބައެއް ދިވެހިންނާ ޒަމާންވީ ގުޅުމެއް އޮންނާނެ ކަމަށް ބެލެވޭތީ އާއި ސީރިއާ އާއި އިރާގަށް ވުރެން އަފްގާނިސްތާނަކީ މާ ބޮޑަށް ވެސް ރާއްޖެއާ ކައިރީގައި އޮންނަ ތަނަކަށް ވާތީ އިތުރަށް ސަމާލުވާން ޖެހޭ ކަމަށެވެ.
"އެހާ އުނދަގުލެއް ނުވާނެ އެތަނަށް ވަންނާކަށެއް ވެސް. އެހެންވެ އެކަމަށް ވަރަށް ބޮޑަށް ސަމާލުވެގެން މި ތިބީ."
އަފްގާނިސްތާނުގެ ސަރުކާރުގެ ބަދަލު ބަލައިގަންނާނެކަން ނުވަތަ ނޫންކަން ރާއްޖޭން ރަސްމީކޮށް މިހާތަނަށް ހާމައެއް ނުކުރެ އެވެ.
އެކަމަކު އދ.ގެ އާއްމު ޖަލްސާގައި މިދިޔަ ހަފުތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ދެކުނު އޭޝިއާގެ އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން އަފްޣާނިސްތާނުގެ މިއަދުގެ ހާލަތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެ ގައުމުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރަން ރާއްޖޭން ބޭނުންވާ ކަމަށާއި އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކާއި، ސަލާމަތާއި ހިމާޔަތް އެ ގައުމުގައި އޮންނަން ރާއްޖޭން އެދޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ ގައުމުގައި އިންތިހާބުކޮށްފައިވާ ސަރުކާރެއް އޮތުން މުހިއްމު ކަމަށާއި އެއީ އަފްގާނިސްތާނަކީ އެ ގައުމުގެ ރައްޔިތުންނަށް ރައްކާތެރި އަދި ދުނިޔޭގެ ގައުމުތަކާ ގުޅުން ބަދަހި ގައުމަކަަށް ވުމަށްޓަކައި ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖެއަށް އަފްގާނިސްތާނުގެ ނުރައްކާ އޮތް ކަމަށް ސަލާމަތީ ހިދުމަތްތަކުން ދެކޭ އިރު، ހަރުކަށި ފިކުރުގައި މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާތައް ރާވައި ހިންގުމާއި އެ ފިކުރަށް މީހުން ވެއްދުމުގެ ސެލްތަކެއް ރާއްޖޭގައި ހިންގާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އަދި ހަރުކަށި ފިކުރުގެ ބަޔަކު ދޫވެފައިވާ އިރު އެ މީހުން ރަނގަޅަށް މޮނިޓާކުރެވޭނެ ނިޒާމެއް ނެތުމަކީ ވެސް ސަލާމަތީ ހިދުމަތްތަކުގެ ކަންބޮޑުވުން އޮތް ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާ.
28 September 2021
ދިވެހި ރައްޔި ތުންގެ ހައްގު ހޯދައިނުދެވިގެން އުޅޭއިރު އެހެން މީހުންގެ ކަންކަމާ މިވެރިން މި ކަންބޮޑުވަނީ؟ މިވެސް ވެރިންނޯ. އެމީހުން އުޅެނީ އެމީހުންގެ ރައްޔިތުންނަށް ދެދުނިޔެއަށް މަގުފަހި ކުރަން. މިމީހުންނަށްް ރައްޔިތުންނަށް އެއް ދުނިޔެއެއްވެސް ހޯދައިދޭން އެއްކަމެއްް ވަނީއެއްނޫން. އަމިއްލަ މީހުންގެ ޖީބު ފުރުން ނޫނީ.
2234
28 September 2021
އަޣްނާން މީހުން އެއުޅެނީ ކުރާނެ ކަމެއް ނެތިގެންތަ؟ އިސްލާމީ ގައުމެކޭ.މިތަނަކީ ބުނަން ލަދުގަންނަ ހިސާބަށް މިދަނީ.
ވާނުވާ.
28 September 2021
ޑުރަގް ވިއްކާ ގޭންގު ތަކުގެ ނުރައްކަލުން މި މާލެ ފުރަތަމަ ސަލާމަތް ކޮއްބަލަ...ކަލޭމެންގެ ކެމެރާތައް ކުރިމަތީގަ ތިބެގެން އެޔޮއް ހަކުރު ވިއްކާ ނަގަނީ!...ހަމީދޫ ކަލެޔައް ހަމަ ނުފެންނަނީތަ؟މި ގޭންގުތައް ނުފެތޭދޯ ޓެރެރިޒަމް އަކައް ވެސް....މުޅި މަގު ހިފައިގެން އެމީހުން ސައިކަލު މަތީ އޮށޯވެތިބޭ އިރުވެސް ހަމަ އޯކޭދޯ ޕޮލިސް؟ މުޅި މާލޭގަ މިގަނޑު ގަންނައިރު ތާލިބާނޭ ދޯ ކިޔަންވީ.. ކަލޭ ހިތުން ދެން ވަރައް މޮޅު ވާހަކައެއް ދޯ ތިބުނީ.؟
ކޮވިޑް 2030
28 September 2021
ކޮން ނުރައްކަލެއް. ލާދީނީ ގުރޫޕްގެ ނުރައްކާ މާބޮޑު ވެފަ ބިރުވެރި މިގައުމަށް..
ޢަހު
28 September 2021
ކަލޯ އަފްޣާނިސްތާނުން މިގައުމަށް އެއްވެސް ނުފޫޒެއް ފޯރުވާތަ؟ މިގައުމުގެ މިނިވަން ކަމޢި އިސްލާމްދީނޫގެ ސިޔާސަތުތަކާ ބެހުނުތަ؟ ކަލޭގެ ގަމާރު ފިކުރުގެ ސަބަބުން މިގައުމަށް ވާނީ ގެއްލުން
ޙިނި
28 September 2021
ދިވެހިންގެ ސަޕޯޓު އޮތީ ތާލިބާނައް، ރާއްޖެއައްވެސް ތާލިބާނު ސަރުކާރެއް ގެންނަންވީ
ބޮޑުމީހާ
28 September 2021
ދިވެހި ރައްޔިތުންނަށް ނުރައްކާ އޮތީ އަފްގާނިސްތާނުން ތޯ ނޫނީ ސިޔާސީ ދާއިރާއިންތޯ ސުވާލުކުރަން އެބަޖެހޭ. މިވީހާތަނަށް އަފްގާނިސްތާނުގެ ސަބަބުން ލިބުނު ގެއްލުމެއް ފެންނާކަށް ނެތް. ނަމަވެސް 2012 ގަ ގާނޫނީ ސަރުކާރެއް ވައްޓާލައިފި، 8 ފެބްރުއަރީގަ ގައުމުގެ އެތައް ތަނެެއްގަ ހުޅުޖަހައިފި، 4 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ވައްކަންކޮށްފި، ރައްޔިތުން ބިކަކޮށް ސިޔާސީންގެ މުސާރަ އަދި އިނާޔަތް އިންތިހާގަ
މަހައްދާ
27 September 2021
ދައުލަތިން ވަރަށް ބޮޑު ހޭދައެއް ކުރާތަނެއް ފުލުސްގެއަކީ އެކަމަކު ފެންނަނީ ވަރަށް ދައްފެންވަރެއްގައި ހާއްސަކޮށް ރަށްރަށުގައި ހަދައިފަ ހުންނަ ޕޮލިސްސްޓޭޝަންތަކުގައި އުޅޭމީހުންގެ މަސައްކަތަކީ ފުޓުސަލްކުޅުމާ މަސްބޭނުމާ ޑިގް ކުޅުމާ ބާބަކިއުހެދުން ޗެލެންޖްކޮޢްފަ މިބުނީ އަހަރެން ނިސްބަތްވާ ރަށުގަ ތަކުރާރުކޮށް ކުރާ ކުއްތަކުގެ 1 އިން ސައްތަވެސް ޕޮލިހުންނަށް ނުބެލޭނެ
ވާނުވާ
27 September 2021
މިޤައުމުގައި ސިޔާސީ ހައްދުފަހަނަ އެޅުމުގެ ސަބަބުން ޤައުމުގެ އަމިއްލަ ފަރުދުންނަށާއި ޤައުމަށް ލިބެމުންދާ ނުރައްކާ މާބޮޑު. ދީނީގޮތުން ރަނގަޅު ކަންކަން ސިޔާސީގޮތުން ދައްކަނީ ހައްދުފަހަނަ އެޅުން ކަމުގައި. މީތޯ އަޅުގަނޑުމެން މިނަންޖެހޭގޮތަކީ.
އަލީބެ
27 September 2021
ދިވެހިފުލުހުންގެ މިސާލަކީ ތިމާގެ އަމިއްލަ ފައިބުޑު ނުފެންނަ މީހާގެ މިސާލު. ވީއިރު މާދުރުއޮތް އަފްއާނިސްތާން ބަލަން ނޫޅެތިބިއްޔާ ރަނގަޅުވާނީ. ތިހެން ތައްޔާރުވެ ތިއްބާ ފުލުހުންގެ ކިތައް ލޯންޗު ރޯކޮށްލައިފި. ހޯދުނު މީހެއް ވީގޮތެއް ނޭނގުނު. ހައިސެކިއުރިޓީދީގެން ބެލެހެއްޓި ރައީސް އެއޮތީ ގޮއްވާލާފަ. އަނެއްފަހަރު ބުނާނެ ދިވެހިރާއްޖެއިން ފުރަންއުޅުނު ފުލައިޓެއް ހައިޖެކްކުރަން ބަޔަކު އުޅުނުމައުލޫމާތު އެކުވެރި ގައުމަކުން ދީފިއޭ. ބަލަންވީޓޯކިޔޯ.