ހައިވޭގައި ސައިކަލެއް ކަހާލައި މިއަދު ހިނގި އިންސިޑެންޓް.-- ފޮޓޯ: ފާތިމަތު ރިފާތު
08 އޮކްޓޯބަރ 2021 - 20:30
ސިނަމާލެ ބްރިޖުގެ ހައިވޭގައި މިރޭ ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައި، އެ ސައިކަލު ދުއްވަން އިން މީހާ ވެއްޓި އޭނާ އަށް އަނިޔާ ވެއްޖެ އެވެ.
ފުލުހުން ބުނީ، އެ ސައިކަލް ކަހައިލީ މާލެ އިން ހުޅުމާލެ އަށް ދުއްވާފައި ދަނިކޮށް، ހައިވޭގެ ހަތަރު ލޭން ހިމެނޭ ހިސާބުން ކަމަށެވެ.
އަނިޔާވި، އުމުރުން 27 އަހަރުގެ ފިރިހެންމީހާ އަށް މިހާރު ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏަސް އަދި ތަފުސީލެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
09 October 2021
ކަހާލީ މަގުގަ އޮތް އެއްޗެކަށް އެރިފަކަމަށްވެސް ވެދާނެ. ނުވަތަ ޓައިރު މާބޮޑަށް ބާވެފަހުރުމުން ކަމަށްވެސް ވެދާނެ. ބާރަށް ދާ ސައިކަލެއް މިކަހަލަކަމެއްނެތި ކަހާލުން ވަރަށް ނާދިރު. ސައިކަލު ބާރަށްދާއިރު މަގުގައި ހިފާފަހުންނަވަރު ގަދަވާނެ. އަރިއެޅިއަސް އިތުރުކަމެއް މެދުވެރިނުވެ ކަހާނުލާނެ. މަޑުންދާއިރު ކަހާލުމުގެ ފުރުސަތުބޮޑުވާނެ. ރޭސްޖަހާމީހުން ނުދެކެންތަ؟ އެމީހާއަށް އަވަސް ޝިފާއަށް އެދެން.
ހަސަނު1
09 October 2021
ރޭސްޖަހާ މީހުން ދެކެން. އެމީހުން ކަހާލަނީކީ ވަކިވަރަށް ނޫންދޯ؟ ބާރައްދުއްވާވަރަކަށް ކޮންޓްރޯލުން ނެއްޓުން ބޮޑުވާނެ. ކަމާނުބެހޭ މީހެއްގެ ފުރާނަ ދިޔުން ގާތްވާނެ
ރަދީފްއޮފިޝިއަލް
08 October 2021
ގެޓްވެލް ސޫން.
އޮނަރަބްލް އަފީފު ދީދީ
08 October 2021
ޓްރެފިކް ޖެކެޓް ލައިގެން 2 ޖީބަށް އަތްޖަހައިގެން ކަމާއިނުބެހޭމީހަކު ފަހަތުގައި ހުއްޓިހުރިތަން ފޮޓޯއިން އެބަފެނޭ.
ޑިސްއޮނަރަބަލް ޑީޑީ
09 October 2021
ކަމާ ބެހޭ އެއްވެސް މައުލޫމާތެއް ނެތީސް ފިތުނަ ނުއުފައްދަބަލަ.
ނުދީ ދީ
09 October 2021
ހުރިހާ ކަމަކާ ބެހިވަޑައިގަންނަވާ އޮނަރަބްލް އަފީފް ދީދީ އެތަނަށް ދެން ވަޑައިގެންނެވިނަމަ..
ހަސަނުު
08 October 2021
ކަހާލީ ބާރަށް ދުއްވައިގެން ނޫންކަމަށް ހީކުރަން.. ތިމަގަކީ 60 ހުން މަތީގައި ދުއްވަން ޑިޒައިން ކޮށްފައި ހުރި މަގެއް ނޫން. މަގުގެ ފުޅާ މިނާއި އަރިމަތީގައި ހުރި ޖާގައާއި ބެރިކޭޑް ޖަހާފައި ހުރިގޮތާއި މަގުގެ ކާވް ޑިޒައިން ކުރީ 60 ހުން ތިރީގައި ދުއްވަން. 70-80 ގައި ދުއްވާފައި އެބަދޭ ދެ ސައިކަލު ދޭތެރޭގައި 3 ފޫޓުވެސް ނުހުންނަވަރަށް. އެތަނުން އެކަކަށް މިސްޓޭކެއް ހެދުނަސް އެތައްބައެއްގެ މުޅި ދިރިއުޅުން ހަލާކުވުން އޮތީކައިރީގައި.