އެމްޑީޕީގެ ރައީސް ނަޝީދު އަދި މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ޒަމީރު---
10 އޮކްޓޯބަރ 2021 - 14:31
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި "އިންޑިއާ މިލިޓަރީ އައުޓް" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ޕެޓިޝަނުގައި މާލޭ ސިޓީގެ މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު އަހުމަދު ޒަމީރު ކުރެއްވި ސޮއި އަނބުރާ ގެންދަވައިފި އެވެ.
އޭނާގެ ނިންމުން ކުއްލި ގޮތަކަށް މި ބަދަލުކުރެއްވީ، ސޮއި އަނބުރާ ގެންދަން ގޮވާލައި އެމްޑީޕީގެ މައްޗަންގޮޅި މެދު ދާއިރާގެ ގޮފިން މިއަދު ބަޔާނެއް ނެރެފައި ވަނިކޮށެވެ. އިދިކޮޅުގެ އެފަދަ ޕެޓިޝަނެއްގައި ސޮއިކުރުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފު އަމަލެއް ކަމަށް ބުނެ ބަޔާނުގައި ވެ އެވެ.
މިކަމާ ގުޅިގެން ޒަމީރު ވިދާޅުވީ، "އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަނުގައި ސޮއިކުރެއްވީ، އެ ޕެޓިޝަނުގައި ފާޅުކޮށްފައި ހުރި ކަންބޮޑުވުންތަކާ މެދު އާންމުކޮށް ވާހަކަ ދެއްކެވިި އެ ކަންތައްތައް ހަގީގަތުގައި އޮތް ގޮތް ރައްޔިތުންނަށް ސާފުވުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.
"އިންޑިއާ އަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް އަވައްޓެރިޔާ. ޕެޓިޝަންގެ ޒަރީއާ އިން ހާސިލުކުރުމަށް އަޅުގަނޑު އުންމީދުކުރި ނަތީޖާ އަކީ ބައެއް ރައްޔިތުންގެ ހިތްތަކުގައި އޮތް ނުތަނަވަސް ކަމަށް ޖަވާބު ހޯދައި ކިލަނބުކަން ފިލުވައިލުން،" ޒަމީރު ވިދާޅުވި އެވެ.
އެކަމަކު އެ ޕެޓިޝަންގައި ސޮއިކުރެއްވުމަކީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރުހިވަޑައިނުގަނަންވާ ކަމަކަށް ވާތީ، ސޮއި އަނބުރާ ގެންދެވީ ކަމަށް ޒަމީރު ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންނާއި ވަސީލަތްތައް ރާއްޖެ އިން ބޭލުމަށް އިންޑިއާގެ ސަރުކާރަށް ގޮވާލައި މިދިޔަ މަހުގެ ފަހުކޮޅު އިދިކޮޅު ކޯލިޝަނުން ފެށި ޕެޓިޝަން ހުށަހަޅާނެ ވަކި ތާރީހެއް އެ ޕާޓީން އަދި ހާމައެއް ނުކުރެ އެވެ.
އެ ޕެޓިޝަނުގައި ބުނެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ސަރުކާރާ އެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއް ގާއިމުކޮށް، ރާއްޖޭގައި އެ ގައުމުގެ އަސްކަރީ ބޭނުންތަކަށް ތަންތަން ދޫކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމާއި މުއައްސަސާތަކުން ރައްޔިތުންގެ ބާރުވެރިކަން ގެއްލި، ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރުކެނޑި އަދި މި ގައުމުގެ މިނިވަން ކަމަށް ބުރޫ އަރާފާނެތީ އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށް އެ ޕެޓިޝަނުގައި އެދިފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާހަ
11 October 2021
އަމިއްލަ މިނިވަންކަން، އަދި ގާނޫނީ މިނިވަންކަންވެސް ހޯދަން މަސައްކަތްކުރުމުގެ ގާބިލުކަން ނެތް އަޅެއް.
ގަމާރުބޭ
11 October 2021
ސިންގާއަކަށް ނޫނީ ތިކަހަލަ ޕެޓިޝަނެއްގަ ސޮއިކޮށްގެން ނުހުރެވޭނެ. ތީ ހިކަންޖެއް
ރައްޔިތު ކަލޯ
11 October 2021
ތިޔަ ނަށީދުގެ ހުރި ޑިމޮކްރަސީގެ ފެންވަރު އެނގިއްޖެ ދެއްތޯ؟ އިންޑިއާ ސިފައިން މިޣައުމަށް ގެނައީ އޭނާގެ ބާރުގައިކަންވެސް މިހާރު އެނގިއްޖެ ނޫންތޯ؟
ކައިކޮ
11 October 2021
ޒަމީރުގެ ޒަމީރު ވިއްކާލައިފޫ
ކަނބިލި
11 October 2021
ނަޝީދަކީ މިހާރު މާޒީ. ކައުންސިލަރު ވަރަށް ވިސްނުލާކުރިކަމެއް ތިޔައީ ސޮއި އަނބުރާނެގުން. ރައްޔިތުން އިންތިޚާބުކުރިޔަސް އޮޕަރޭޓް މިކުރަނީ ވަކި މީހަކު ބުނާ ގޮތަކަށް ދޯ. ދާއިރާގެ ރައްޔިތުންގެ ވިންދު ބަލާލުމެއް ނެތް. ޑިމޮކްރަސީއަށް މަރުހަބާ!
ކައުންސެލަރު
10 October 2021
ޑިމޮކުރަސީ ވިރިކެކެނީ މިހިރަ. ވަކިމީހަކު ބުނީމާ ހުންނަންވީ ރަވައިގަތަސް ފިއްތައިގެން ހނޑދާނތ، ކަލޯގަޔާ މީހަކު ބުނީމާ ބުނާހާ ގޮތަކަށް ނަށަން ތިބި ގުނބޯތަކެކޭ މަށަކުވާ ނުބުނާނަން. މީހަކު ހޭބަލިވެދާނެ ސަހާދެއް މިބުނީ. މީތި ކަޑަ؟؟
ކިން
10 October 2021
އެމްޑީޕީ ސަރުކާރުން ރާއްޖޭގެ ވަކިފަރާތަކަށް ނުޖެހޭ ޚާރިޖީ ޕޮލިސީތައް މުޅިން ވެއްޔާ މޮޑެލައިފި. ހަނގުރާމައަކާ އެންމެ ދުރުގަ އޮންނަންވީ ރާއްޖެ، އިންޑިއާއާ އެހެން ގައުމުތަކާ ދޭތެރޭ އޮތް ހަމަނުޖެހުންތަކުގެ ތެރެއަށް ވައްދައިފި. މިގައުމުގަ އިންޑިއާގެ އަސްކަރިއްޔާ ތިބުމަކީ އިންޑިއާއާ ހަތުރުވެރިކަން އޮންނަ ހުރިހާ ގައުމަކުން އިންޑިއާއަށް ދޭނެ ހަމަލާއެއްގައި މިގައުމު އޭގެ ތެރެއަށް ވައްދާނެ ކަމެއް. އެގައުމުތަކުން އިންޑިއާއަށް އޮންނަ ބިރު މިގައުމާ ގުޅވައިފ
ޒޮމީރު
10 October 2021
އަހަރެން ހީކޮށްގެން ހުރީ ޒަމީރު ނަމަކަށް ކިޔާތީ މީހަކު ބުނާހައިގޮތަކަށް އަމިއްލަ ޒަމީރު ވިއްކައިނުލާނެ ކަމަށް. ތިމާއަށް ފެންނަ ގޮތުގައި ރަނގަޅަށް ހިފަހައްޓާނެ ކަމަށް. އެކަމަކު ޒަމީރު މިފެނުނީ އަމިއްލަ ޒަމީރުގެ މައްޗަށް ބާރު ނުފޯރާ މީހެއްގެ ގޮތުގައި ހުއްޓާ.
ެއެސާފުވީ
11 October 2021
ހަމަ ނަމެއްގަ ޒަމީރު ކިޔަނީ.
ޕެސިފިކް
10 October 2021
ނަޝީދު މިގައުމަށް ނުގެނެވިގެން އުޅޭ ޑިމޮކްރަސީ އަދި ކިރިޔާދޯ ފެންނަން މިފެށީ. ކަލޯ ތިޑިމޮކްރަސީ ކަމުނުދާތީ މައުމޫނު ނުހޮވާ ކަލޯއަށް ވެރިކަން އޭރު ދިނީ ވެސް ... ދެނެއް މިގައުމަކަށް ނަޝީދު ވިޔަސް ޑިކްޓޭޓަރުން ބޭނުމެއް ނޫން.
އަނބި
10 October 2021
މީނަތަ އިންޑިއާ މީހަކާ އިދެގެން އުޅެނީ، ރައީސް ނަސީދު ބޮލައް ކަޑާލާލެއް މޮޅު