ރިޕޯޓް / ޕީޕީއެމް ކެމްޕޭން

ޕީޕީއެމް ސަޕޯޓަރުންގެ ތިން ސުވާލު: ކާކު؟ ކިހިނެއް؟ ކޮންއިރަކުން؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިން ފެށުމަށް ބޭއްވި ހަރަކާތުގައި ބައިވެރިވި އެ ޕާޓީގެ މެމްބަރުންތަކެއް.-- ފޮޓޯ: ޕީޕީއެމް

މިއީ މިދިޔަ ހަފްތާގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފެށި ދޮރުން ދޮރަށް ހަރަކާތުގައި އެ ކޯލިޝަންގެ ލީޑަޝިޕްގެ އިސް ބޭފުޅުން އެކި ގޭގެ އަށް ވެދެވަޑައިގަތެވެ. ގޭގެ އަށް ސަލާމް ގޮވާލުމަށް ފަހު، އެ ބޭފުޅުން ވަޑައިގަތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް އަށް ވޯޓު ހޯދަން ކަމަށް ވިދާޅުވި އެވެ. އެއާ އެކު، ސަޕޯޓަރުންގެ ފަރާތުން އަމުނާލަނީ މި ސުވާލުތަކެވެ.

"ކާކަށް ވޯޓު ދޭން ވީ؟"

ޕީޕީއެމްގެ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އޭ ލީޑަޝިޕްގެ ބޭފުޅުން ވިދާޅުވެ އެވެ.

""ކިހިނެއް ސަލާމަތް ވަނީ؟. ކޮން އިރަކުން ސަލާމަތް ވަނީ؟" ސަޕޯޓަރުން އެއާ ވިއްދާފައި ސުވާލު ކުރެ އެވެ.

ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު ޕާޓީގެ ސަޕޯޓަރުންގެ މި ސުވާލުތަކަށް، ލީޑަޝިޕަށް ދެވޭނެ މާ ބޮޑު ޖަވާބެއް ނެތެވެ. ޔާމީން ސަލާމަތްވާނެ ކަމުގެ މަގު އެހާ ބޮޑަށް ހަނިވެފައި އޮތަސް، ނުވަތަ ޔަގީން ކަމެއް ނެތަސް، ލީޑަޝިޕް އަދިވެސް ދަނީ ޔާމީންގެ ނަން ހިފައިގެން މާކެޓް ކުރާށެވެ! އެކަމަކު، އެއީ މާ ބޮޑު އުންމީދެއް ނެތް ކަމެއް ކަމަށް ވިޔަސް ވަރިހަމަ އެވެ.

ޕީޕީއެމް އަކީ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެވެ. އެ ޕާޓީއާ ކޯލިޝަން ހަދާފައިވާ ޕީއެންސީ އެކުގައި މެމްބަރުންގެ އަދަދު 41،000 އަށް އަރަ އެވެ. އެހެންވެ، އެންމެ މީހެއްގެ މަސްލަހަތުގައި މުޅި ޕާޓީ ގުރުބާން ވާން ވީތޯ، މިއީ އާންމު މެމްބަރުންގެ ވެސް ވަރަށް ބޮޑު ސުވާލެކެވެ.

ޕީޕީއެމުން ކަނޑައެޅި ކެންޑިޑޭޓަކީ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް ޔާމީނެވެ. އެމަނިކުފާނުގެ އަތްޕުޅުގައި ރިޔާސީ ޓިކެޓު ވެސް އެބައޮތެވެ. އިދިކޮޅު ލީޑަޝިޕުން ތަކުރާރުކޮށް ބުނަނީ މި ވާހަކަ އެވެ؛ ހައި ކޯޓުގައި މިހާރު ކުރިއަށްދާ އިސްތިއުނާފުގެ މައްސަލަ ކާމިޔާބުވެ، ޖަލު ހުކުމުން ޔާމީން މިނިވަންވެ، އިންތިހާބު ވާދަކުރެއްވޭނެ ކަމީ އެ ބޭފުޅުންނަށް ޔަގީންވާ ކަމެކެވެ.

ޔާމީނަށް ޓިކެޓް ހަވާލުކުރަނީ: ސަޕޯޓަރުން ތިބީ މާޔޫސްކަން މަތީގައި، އެހެން ކެނޑިޑޭޓަކު ދެއްކުމުގެ ރޫހެއް ނެތް -- ފައިލް ފޮޓޯ: މިހާރު

އެކަމަކު އެ ޔަގީންކަމެއް އާންމުންގެ ނެތެވެ. ޕީޕީއެމް މެމްބަރުން ނޫނަސް، ޕާޓީއަކަށް ނިސްބަތް ނުވާ އެތައް ބަޔަކު ވެސް ޔާމީން މިނިވަން ވެދާނެ ކަމާ ދޭތެރޭ ސުވާލު އުފައްދަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ބުނި ގޮތުގައި، މި ވެރިކަން ކަމުނުދާ ނަމަ، ދެން އޮތް ޗޮއިސް، ޕީޕީއެމާ ދޭތެރޭ ވިސްނާލާއިރު ފެންނަނީ މާޔޫސް ކަމެވެ.

"އަޅުގަނޑުމެން ގެއަށް އައިމަ ފުރަތަމަ ވެސް އަހާލެވުނީ ޔާމީނަށް ކުރިމަތިލެވޭހޭ؟ ވޯޓު ލައްޗޭ ބުނާއިރު އެންމެ ފުރަތަމަ ކަމަކަށް ވޯޓުލާންވީ ކާކާށް ކަން އެނގެންވާނެތާ،" އާންމު މީހަކު ބުންޏެވެ.

ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ކޮޅެއް މެދެއް ވެސް އަދި ފެންނަން ނެތް އިރު، އިންތިހާބުގައި ވާދަކުރުމުގެ ޖާގަ ބަންދުވާން ބާކީ އޮތީ ބަރާބަރު 26 ދުވަހެވެ. އެކަމަކު އިސްތިއުނާފު މައްސަލަ ނުނިމުނަސް، އިދިކޮޅުގެ ބެކްއަޕް ޔަގީންކަމެއް ވެސް އެބައޮތެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ ވ. އާރަށް މައްސަލާގައި ހައިކޯޓުގައި މިހާރު ކުރިޔަށް ދާ އިސްތިއުނާފްގެ މައްސަލަ ނިމުމާއި ނުނިމުމަކީ އެމަނިކުފާނު އިންތިހާބަށް ކުރިމަތިލާން އޮތް ހުރަހެއް ނޫން ކަމަށެވެ. ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި ޔާމީންގެ މައްޗަށް ސުޕްރީމް ކޯޓުގެ ނިހާއީ ހުކުމެއް ނެތުމެވެ.

"މާސިންގާ ޕާޓީއެއް ވޯޓު ލާން ވަގުތު ހުސްވަމުންދާ އިރު ވެސް ޔަގީން ކަމެއް ނެތް ކަމެއްގައި ވަގުތު ހޭދަކުރުމުގެ ބޭނުމެއް ނެތް. ޕާޓީން މިހާރު ބަލަން ޖެހޭނެ ދެން އޮތް ގޮތަކީ ކޮބައިތޯ، ކެންޑިޑޭޓަކަށް ވާން ބޭނުންވާ ބަޔަކު ތިބިތޯ، އަދި އެ މީހުންނަށް އެކަން ކާމިޔާބު ކޮށްދިނުމަށް ޕާޓީއަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ،" ޕީޕީއެމްގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ވިދާޅުވި އެވެ.

"އެކަމަކު ފުރުސަތު ނުލިބޭނެކަން ޔަގީނާ ގާތްވި އިރު ވެސް އަދިވެސް ދޮލަނގަށް ލައިގެން މި ހިނގަނީ ޔާމީންގެ ނަން ހިފައިގެން. އެންމެ މީހަކަށް ޓަކައި ޕާޓީ މިއޮތީ ހުއްޓިފައި. މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން."

"އިންތިހާބަށް ކުރިމަތިލާން އިއުލާން ކުރުމާއެކީގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ރައީސް ޔާމީންގެ ކެންޑިޑެސީ އެންމެ ފުރަތަމަ ގެންގޮސް އީސީގައި ފައިލް ކުރާނަން. އެކަމަކަށް ސުވާލެއް ނެތް،" އަދުރޭ އެ ދުވަހު ވިދާޅުވި އެވެ.

އެ ޔަގީންކަމުގެ މަތީގައި "ދިވެހީންގެ ރާއްޖެ - ރައީސް ޔާމީން 2023" ސްލޯގަންގެ ދަށުން ރިޔާސީ ކެމްޕޭނު ވެސް ވަނީ ލޯންޗުކޮށްފަ އެވެ. އަދި ޕީޕީއެމްގެ ރިޔާސީ ކެމްޕޭނު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށިއްޖެ ކަމަށް ޕީޕީއެމްގެ ގުރޫޕުތަކަށް މީގެ ދެ ދުވަސް ކުރިން ފޮނުވި މެސެޖެއްގައި ބުނެފައި ވެ އެވެ.

އެކަމަކު ޕީޕީއެމްގެ ބައެއް ސަޕޯޓަރުން ވެސް ތިބީ ސުވާލު މާކެއްގެ ތެރޭގަ އެވެ. ވާންވީ ގޮތެއް، ހަދަންވީ ގޮތެއް ވެސް ނޭނގެ އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާނެ ކަމުގެ "އިންޑިއާ އައުޓް" ފިޔަވައި، ޕީޕީއެމްގެ ވައުދެއް ވެސް، ސިޔާސަތެއް ވެސް އަދި ހާމައެއް ނުކުރެ އެވެ.

"ޖޯކު ޖަހަމުން މި އަހަނީ ކާކުހޭ ކަލޭމެންގެ ކެންޑިޑޭޓަކީ؟ ރައީސް ޔާމީނަށް ކުރިމަތި ނުލެވެންޏާ ކިހިނެއްހޭ ހަދާނީ؟ އެކަމަށް ދެން ކީކޭ ބުނާނީ. ވޯޓު ހޯދަން ކެމްޕޭނު ހަރަކާތެއް ވެސް ހިންގާނީ ކިހިނެއް ދެން،" ޕީޕީއެމްގެ ކެމްޕޭނުތަކުގައި މީގެކުރިން ވެސް އުޅެފައިވާ މީހަކު ބުންޏެވެ.

ޕީޕީއެމްގެ ގިނަ ސަޕޯޓަރުން ޔާމީން ދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. އެ މީހުންނަށް ޔާމީނަކީ ތަރައްގީ އެވެ. ޔާމީން ނޫން ލީޑަރަކު ސިކުނޑި އަށް ގެންނަން ވެސް އުނދަގުލެވެ.

އެކަމަކު ޔާމީން ނޫން ގޮތެއް މި ފަހަރު ހޯދައިގެން، ވެރިކަން ލިބިގެން މެނުވީ އެމަނިކުފާނަށް "ބޭއިންސާފުން" އިއްވާފައިވާ ޖަލު ހުކުމުން ސަލާމަތް ނުކުރެވޭނެ ކަން ގަބޫލުކުރާ މީހުން މަދެއް ނޫނެވެ.

"ގޮތް ދޫކޮށް ތިބެގެން ބޮޑު ލަނޑެއް ލިބޭނީ. ސަރުކާރުން ހުރިހާ ކަމަކަށް އަތް ބާނައިގެން ނުފޫޒު ފޯރުވާއިރު، މިކަމުގައި [ޔާމީންގެ އިސްތިއުނާފު] ތަފާތު ވާނެ ކަމަށް ބުނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން،" ޕީޕިއެމަށް ތާއީދުކުރާ އެހެން މީހަކު ބުންޏެވެ.

ޔާމީނަކީ ކެންޑިޑޭޓު ކަމާ މެދު ޝައްކެއް ނުކުރާނެ

އެކަމަކު މިކަމުގައި ޕީޕީއެމް/ޕީއެންސީން ދެކޭ ގޮތް ވަރަށް ތަފާތެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ކޯލިޝަނުގެ ކެންޑިޑޭޓާ މެދު ސުވާލެއް އޮވެގެން ކެމްޕޭނު ކުރަން އުނދަގޫވާ ކަމުގެ ޝަކުވާއެއް ވެސް ކަންބޮޑުވުމެއް ވެސް ލިބިފައެއް ނެތެވެ.

އިދިކޮޅު ކޯލިޝަނުގެ އިތުރުން ސަރުކާރު ނޫން އެހެން ޕާޓީތަކުގެ ސަޕޯޓަރުންނަށް ވެސް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ކޮން ބޭފުޅެއްކަން އޮޅިފައި ނޯންނާނެ ކަމަށް ހީނާ ވިދާޅުވި އެވެ. އެއީ، ޔާމީން ޖަލުގައި އޮންނެވީ ރައްޔިތުންގެ ހައްގުގައި ކަން ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް ވިދާޅުވި އެވެ.

"މިވަގުތު ޖަލުގައި ބަންދުކޮށްފައި އޮތް ނަމަވެސް، މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔަމީން ކަމީ އެއްވެސް ބޭފުޅަކަށް އޮޅިވަޑައިގެންފައި އޮންނާނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ ޔާމީން އަމަލީ ގޮތުން ބައިވެރިވެވަޑައި ނުގެންނެވުނު ނަމަވެސް، އަތޮޅު ތެރޭގައި އިންތިހާބު ކޮށްފައިވާ އެ ޕާޓީގެ ދާއިރާތަކުގެ ރައީސުންނާއި ސްޓިއަރިން ކޮމިޓީން ކެމްޕޭނުގެ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.

އަދި ކެމްޕޭނަށް ބޭނުންވާ ފައިސާ އާއި އެހެނިހެން އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ޕާޓީގެ ފަރާތުން ކުރަމުންދާ ކަމަށާއި، ޕާޓީގެ އިސް ބޭފުޅުން ވެސް ކެމްޕޭނަށް އަތޮޅު ތެރެއަށް ވަރަށް އަވަހަށް ދަތުރުތައް ފައްޓަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސީދާ ދުވަހެއް ދަންނަވަން އަދި ނޭނގުނަސް، ބަހާލައިގެން ލީޑަޝިޕްގެ ބޭފުޅުން ރަށްރަށަށް ވަޑައިގަންނަވާނެ،" ހީނާ ވިދާޅުވި އެވެ.

އެކަމަކު ޔާމީނަށް ކުރިމަތިލެވޭނެ ކަމުގެ ދުވަހެއް ދުވަހަކަށް ފަނޑުވަމުންދާ އުއްމީދުގެ މަތީގައި ލީޑަޝިޕުން ތިއްބަވައިގެން، ރާއްޖޭގައި ދެވަނަ އަށް އެންމެ ގިނަ މެމްބަރުން ތިބި ޕީޕީއެމަށް މި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިދާނެ ކަމީ ގިނަ ސަޕޯޓަރުން ހިއްސާކުރާ ކަންބޮޑުވުމެކެވެ.

އެއާ އެކު، އެއްވެސް ވަރަކަށް ފިކުރު ދިމާނުވާ ބަޔެއްގެ ފަހަތަށް އަރައި، ބޮއްކުރާ ދޮށަށް އޮޑި ދާންޖެހޭނެ ފަދަ ހާލަތެއް މެދުވެރިވުމަކީ ޔާމީނަށް އިންތިހާބުގައި ވާދަކުރުމަށްވުރެ، ހަގީގަތާ ކައިރި ފުރުސަތަކަށް މިހާރު ވަނީ ވެފަ އެވެ.

19 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 11%
icon angry icon angry 56%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަންސުރު

13 July 2023

ޔާމީންގެ އަމިއްލަ އެދުމަށް މުޅި ޕާޓީ އޮތީ ތަޅުއަޅުވާފަ. އިސްމީހުން ތިބީ ނަގޫފިތިފަ. ވަގުތު ފާއިތުވަނީ. އާންމު މެންބަރުން ނުކުމެ ދެކޮޅުހަދަން ވެއްޖެ.

The name is already taken The name is available. Register?

ޕީ.ޕީ.އެމް ސެނެޓް މެންބަރ

13 July 2023

ޔާމީނަކީ ހުރިހާ ކަމެއް ކޯޓުން ކުރަން އުޅުއްވާ ބޭފުޅެއް .. ޒަމާނުއްސުރެ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މަގާމުގެ ހުވާ ކުރާ ދުވަސް ބަދަލު ކުރަންޖެހުނީ ޔާމީން އާއި ހެދި. ރާއްޖޭގެ ހަޔާތުގައިވެސް ސްޕްރީމް ކޯޓެއްގެ ހުރުމަތް ކަނޑައި ، އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރީ ޔާމިން ސަރުކާރުގައި. މިފަހަރުވެސް ކޯޓުން ކެންޑިޑެންސީ ކަށަވަރު ކުރަން މަސައްކަތް ކުރައްވަނީ.. ކީއްތޯ ވާނީ ޕާރޓީގައި ތިބި ގާބިލް ބޭފުޅުންނަށް ފުރުސަތު ދެއްވިއްޔާ..

The name is already taken The name is available. Register?

ފ‫ަޅޯ

13 July 2023

ޔ‫ާމީނަށް ކުރިމަތި ނުލެވޭ ހާލަތެއް މިއޮއްތޫ ފެންނަން ދެން އަހުންގެ ކެންޑިޑޭޓައްކޫ އަންނި މިފަހަރު އިބޫ ޗޮކުހުން ދުއްވައިލާނަން

The name is already taken The name is available. Register?

ކޮބަ

13 July 2023

ޕީޕީއެމް ޑިމޮކްރެޓްސް ކޯލިޝަން. މިއީ މިފަހަރު އޮތް ގޮތް. އިބޫ އެމްޑީޕީއަށް ހެދިހެން ޕީޕީއެމްއަށް ހަދަން ރައީސް ޔާމީން ބޭނުމެއް ނުވާނެ.

The name is already taken The name is available. Register?

މަގޭބަސް

13 July 2023

ޕީޕީއެމް ހަލާކުކޮށްލީ ރައީސް ޔާމީން. ޔާމީނަށް ވެރިކަން ހޯދައިދޭން ފުރަތަމަ ދައުރުގަ މަސައްކަތްކޮށްދިން ހުރިހާ ލީޑަރުން ދައުރު ނިމުނުއިރު ތިބީ ކުޑަގޮޅީގަ. އެއީ ޔާމީންގެ އޯގާތެރިކަމުންތޯ؟ ދެވަނަ ދައުރުގައި ޔާމީނާ ބައިއަތު ހިފާނެ އެކަކުވެސް ނުވީމަ ނާކާމިޔާބުވީ. މިހާރުވެސް އެކުވެރިވާނެ މިތުރަނު ނެތް. ވަށައިގެން އެނބުރެނީ ހަތުރުން. ކާމިޔާބު އުދަރެހުގައިވެސް ނެތް. ޔާމީން ނޫން މީހަކު ތިޕާޓީން ކެންޑިޑޭޓަކަށް ނެރުން ނޫންގޮތެއް ނެތް.

The name is already taken The name is available. Register?

ކައުންސެލަރު

13 July 2023

ކަލެއަށް ކީއްތަ؟ ތިޔައީ ތަހުގީގީ އިދާރާއެއްތަ؟ މިނޫނީ ކަންބޮޑުވާ އެއްވެސް ކަމެއް ގައުމުގައި ނުހިނގަނީތަ؟

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

12 July 2023

މޑޕއަށް ދެންކާކު ކިހިނެތް.ޕޕމއާ މެދު ކަންބޮޑުވާ ނޫސްވެރިން ކަންބޮޑެނުވޭ ރޔާމީނަށް އަނިޔާދެމުންދާ ސަރުކާރުގެ ނުބައިކަމެއް...ގާނޫނުގެ ބާރުކެޑި އިސްލާމީ ޝަރީއަތުގެ މަފްހޫމުފޮހެވި ނިމުނީ..ކޮބާ ނޫސްވެރިން ރާއްޖޭގެ ކޯޓުތަކުގެ ހާލަތު ޖަންގަލީގެ އުސޫލަށްބަދަލުވެއްޖެ.އެއްކުށެއްގަ ހިމެނޭ ދިމީހުންނަ ދެގާނޫނުން ދައުވާއުފުލާ ދައުވާލިބޭ އެކަކު މިނިވަންވެ ކުއްކުރިކަމަށް އަމިއްލަ އިއުތިރާފު ކޯޓުގަވީ ދެމީހުންމިނިވަންވެ މިއީ ނޫސްވެރިން ކަންބޮޑުވާކަމެނޫން ޕޕމއާހެދި

The name is already taken The name is available. Register?

ބުއްދި ޕުރޯ

12 July 2023

ތަފާސް ހިސާބުތަކުން ދައްކަނީ ޔާމީނު މިވަގުތު ނެރެފިއްޔާބޮޑެތި ހަމަނުޖެހުން ހިނގާނެ ކަމައް. ވީމަ މަގ3 ދީނާ ގައުމާ ރައްޔިޔުންގެ މަސްލަހަތު ހިފަހައްޓަން އިހައް ޔާމީނު އިންތިހާބު ނިމެންދެން ޖަލުގަ ބާއްވަން

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

12 July 2023

ތިއީ ވަރަށް ފައްކާ ޖޯކެ...ބޮޑެތި ގާތިލުންނާ މުޖުރިމުން މާލެތެރޭ އެބުރެނީ މުޅި ގައުމުގަ ބިދޭސީން އެތެރެވީ ގޮތެއް ކުރަނީކީއްކަން ސަރުކާރަކަށް ނޭގޭ މުޅި ރާއްޖޭގަ ރައްތަކުގަ އިންޑިޔާސިފައިން ދިވެހި ދިފާއީބާރުގެ ހެޑްކުއާޓާއަށް އިންޑިޔާމީހުން ރާސްލާފަ ވަދެގެންއެދަނީ ރާއްޖޭގެ ދާޙިލީ ޙާރިޖީ ކޮއްމެކަމެއްގެ ނިންމުން ނިންމަނީ އިންޑިޔާ މިވަރުވާއިރު ބިރެނެތް.. ބިރު ތިގަންނަނީ ރޔާމީންއަށް ވެރިކަމަށް ކުރިމަތިލެދާނެތީ.ގުރުއާން ކިޔެވީމަ ޝައިތާނުން ބިރުގަންނަގޮތަ

The name is already taken The name is available. Register?

ބޭބެ.

12 July 2023

ތީ ހަމަ ބޮނޑިބަތް ޖަމީލުމެން ކައިރިވެގެން ޔާނަޓޭއަށް ދޭންއުޅޭ އެތިފަހަރު!

The name is already taken The name is available. Register?

ބޮޑުޖޯކް

12 July 2023

"ޔާމީން ޖަލުގައި އޮންނެވީ ރައްޔިތުންގެ ހައްގުގައި ކަން ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް ވިދާޅުވި އެވެ." އަޖައިބެއް ރައްޔިތުންގެ ހައްޤުގައިދޯ ތިބުނާ ޔާމީން ވައްކަންކުރީ، ތީ ހާދަބޮޑު ޖޯކެކޭދޯދެން، ދައުލަތުގެ ޚަޒާނާއިން ވައްކަންކޮށް އޭނަގެ އަމިއްލަ އެކައުންޓްތަކަށް ލާ އޭނާއެވަނީ ހުސްކޮށްލާފަ،

The name is already taken The name is available. Register?

ަސދފ

12 July 2023

އިންތިހާބު ނިމެންދެން ޖަލުގަ ރައްޔިތުންނަށްޓަކާ އޮންނަންވީނު؟

The name is already taken The name is available. Register?

ޖަންބޯ

12 July 2023

ތިންކާފުގެ ޖަވާބުގެ އިންތިޒާރުގާ ހުރީމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454