އަރަބިއްޔާ ހުރި ތަނުގައި އިމާރާތްކުރި ފްލެޓް އިމާރާތް: އެތަނުން ފްލެޓް ލިބުނު ބައެއް މީހުންނަށް ފައިސާ ނުދެއްކުމުން ފްލެޓްތައް ވަނީ އަތުލާފައި. --ފޮޓޯ/މިހާރު
02 ޖެނުއަރީ 2018 - 07:13
ބޯހިޔާވަހިކަމަށް ބޭނުންވެފައި ހުންނަތާ އެތައް އަހަރެއް ފަހުން، ލިބުނު ފްލެޓު ވެސް އަތުން ބީވެ، ސަރުކާރުން އެ އޮތީީ ބީލަމަށް ލާން ނިންމައިފަ އެވެ. ހުރިހާ ހިތްދަތިކަމެއް އޮތީ، އަހްމަދު ރަޝީދު (އަސްލު ނަމެއް ނޫން)ގެ އާއިލާ އަށެވެ. އޭނާ އަށް އަދިވެސް އޮތް ގޮތަކީ، ލިބޭ އާމްދަނީ ކުއްޔަށް ހޭދަކޮށް ދިރިއުޅުމުގެ ނަމުގައި "ގަނަތެޅުމެ"ވެ. ލިބުނު ފްލެޓް، ހަ އަހަރަށް ފަހު އަތުން ބީވީ ސަރުކާރުން ޝަރުތުކުރި އަދަދަށް ފައިސާ ހަމަނުޖެހިގެންނެވެ. އެ ފްލެޓު ވިއްކަން ހުޅުވާލުމާ އެކު ފައިސާ ހުރި މީހުން ގަނެ، ފައިދާ ހޯދަންވީ އެވެ.
ކިހާ ބޮޑު ބޭއިންސާފެއް ހެއްޔެވެ؟
ސަރުކާރުން 2012 ގައި ހުޅުވާލި ޓާޓާ ފްލެޓް ލިބި، އެ ފްލެޓް ދޫކޮށްލަން ޖެހުނު އެތައް ބަޔަކު މި ޝަކުވާ ނުކުރަންވީ ސަބަބެއް ނެތެވެ. އެ ފްލެޓްތައް ލިބުނު ބައެއް މީހުންގެ ހައްގު އޮތީ ނިގުޅައިގެންފަ އެވެ. މައްސަލައަަކަށް ވީ، ފައިސާ ދެއްކޭނެ އެއްވެސް މަގެއް ނުފެނުމެވެ.
"ވަރަށް ގަނަތެޅުނިން، އެ ގޮތް މިގޮތް ހަދައިގެން ވެސް ފައިސާ ހަމަޖައްސަން. ބޭންކުން ލޯނެއް ލިބޭތޯ ބެލިން. އެކަމެއް ވެސް ކާމިޔާބެއް ނުވި، މީހެއްގެ އަތުން ވިއަސް ދަރަންޏަށް ފައިސާ ނަގައިގެން ފްލެޓް އަތުޖެހޭތޯ ކުރެވެން އޮތް މަސައްކަތެއް ކުރިން،" ރަޝީދު ބުންޏެވެ.
ޓާޓާ ފްލެޓްތައް ލިބުނު މީހުން ގުރުއަތު ނަގަނީ: ދެ މިލިއަން ރުފިޔާ ނުދެއްކުނު މީހުންގެ ފްލެޓްތައް ވިއްކާލަން ސަރުކާރުން އޮތީ ނިންމާފައި.
އިންޑިއާގެ ޓާޓާ ކުންފުންޏާ ހަވާލުކޮށްގެން، ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކުރި ޖުމްލަ 264 ފްލެޓުގެ ތެރެއިން 105 ފްލެޓް ސަރުކާރަށް ނެގީ، ފްލެޓުތައް ލިބުނު މީހުންނަށް ފައިސާ ނުދެއްކުމުންނެވެ. ފްލެޓްތައް ހަވާލުކުރީ، ފަަސް އަހަރުގެ ތެރޭގައި ދެ މިލިއަން ރުފިޔާ ދެއްކޭނެ ކަމުގެ ޔަގީންކަން ދިން މީހުންނަށެވެ. އެއީ މަހަކު ގާތްގަނޑަކަށް 33،000ރ. އެވެ.
މިއީ، މި މަޝްރޫއު ހުޅުވާލިއިރު ފްލެޓެއް ވިއްކަން ކަނޑައަޅާފައި އޮތް މިންވަރަށް ވުރެ އެތައް ގުނަ ބޮޑު އަދަދެކެވެ. ސަރުކާރުން 2012 ގައި ބުނެފައި އޮތީ އެ ފްލެޓްތައް ލިބޭ މީހުން، މަހަކު ދައްކަން ޖެހޭ ވަރު އުޅޭނީ 9،725ރ. ގައި ކަމަށެވެ. ޑައުންޕޭމަންޓްގެ ގޮތުގައި ހަތަރު މަހުގެ ކުލި ދެއްކުމަށް ފަހު ބާކީ ބައި 25 އަހަރަށް ބަހާލައިގެން ދައްކާ ގޮތަށް ވެސް އޭރު އޮތީ ހަމަޖައްސައިފަ އެވެ. އެކަމަކު އެ ފްލެޓް އިމާރާތްކުރުމުގެ އެއްބަސްވުމުން، ދައުލަތަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށް ބުނެ، މި ސަރުކާރުން ފްލެޓްތަކުގެ އަގު ބޮޑުކުރީ އެވެ.
މި ސަރުކާރުން ވަނީ ޓާޓާއަށް އެއް ފަހަރާ 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކައިފަ އެވެ. ފްލެޓްތައް އަގުބޮޑުވީ، އެ ދެ ބިން ހަވާލުކުރުމުގައި އެމްޑީޕީ ސަރުކާރުން ގެންގުޅުނު ސިޔާސަތުގެ ސަބަބުން ކަމަށް މިހާރުގެ ސަރުކާރުން ބުނެ އެވެ.
ފްލެޓަަށް ދެ މިލިއަން ނުދެއްކުނު މީހުންގެ އަތުން، ފްލެޓް އަތުލުމަށް ފަހު މިދިޔަ މަހުގެ ތެރޭގައި ވިއްކަން ހުޅުވާލި އެވެ. އެކަމަކު އެ ފްލެޓުތައް ގަންނަން ހަދާލި ކިޔޫއާ އެކު ސަރުކާރުން ވަނީ ފްލެޓް ވިއްކުން މަޑުޖައްސާލައިފަ އެވެ.
"އަޅުގަނޑުމެންނަށް ލިބުނު ފްލެޓްތަކެއް ހަގީގަތުގައި މި ގޮތަކަށް ނުވިއްކޭނެ. ޓާޓާ ފްލެޓެއް ލިބިފައި އޮތީމައޭ ކިޔާފައި، މިވީހާ ދުވަހު ދޫކުރި އެއްވެސް މަޝްރޫއަކުން ކުރިމަތިލުމުގެ ފުރުސަތެއް ވެސް ނުލިބުނު،" ފްލެޓަށް ފައިސާ ނުދެއްކުނު އެހެން މީހަކު ބުންޏެވެ.
"އެއީ ފިރިމީހާ ވިއަސް ދަރިއަކަށް ވިއަސް ފްލެޓަކަށް ކުރިމަތި ނުލެވި މިއޮއްހާ ދުވަސް މިދިޔައީ. ފްލެޓް ލިބިފައި އޮތީތީއޭ ކިޔައި އެ ހައްގު ވެސް އަޅުގަނޑުމެންނަށް އޮތީ ގެއްލިފައި."
ގާކޮށީގައި ހަދާފައިވާ ފްލެޓް އިމާރާތުގެ އެތެރޭގެ ކޮރިޑޯއެއް: މި ތަނުން ފްލެޓް ލިބުނު ބައެއް މީހުންނަށް ފައިސާ ނުދެއްކި މާޔޫސްކަމާ ވަނީ ކުރިމަތިލާން ޖެހިފައި.
ފްލެޓް ބީވި މީހުން ބުނާ ގޮތުގައި، އެ މީހުން ވެއިޓިން ލިސްޓަށް އަރުވާނެ ކަމަށް ނުރަސްމީކޮށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޮފިޝަލުން މައުލޫމާތު ދެ އެވެ. އެކަމަކު އެ މީހުންނަށް ދެންވާނެ ގޮތެއް، އަދި އެހެން ފްލެޓެއް ލިބޭނެ ދުވަހެއް ރަސްމީކޮށް ސަރުކާރުން ނުބުނުމަކީ ކަންބޮޑުވުމެކެވެ.
"އަޅުގަނޑުމެންނަށް ދެން އޮތީ ކޮން ގޮތެއްހޭ އެހީމަ ބުނަނީ، ވެއިޓިން ލިސްޓުގައޭ ނަން އޮންނާނީ. އެކަމަކު އެގޮތަށް ނަން ޖަހައިގެން ފްލެޓް ދޭނެ ދުވަހެއް ނޭނގި ތިއްބާ މަރުވެއްޖިޔާ، ދެން ހަދާނެ ގޮތެއް ވެސް ނޭނގެ. އަޅުގަނޑުމެންނަށް ސާފުކޮށް އެއްވެސް ވާހަކައެއް ކިޔައެއް ނުދޭ،" އޭނާ ބުންޏެވެ.
އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ޓާޓާ ފްލެޓުތަކެއް ވިއްކާލަން ނިންމީ، އެ ފްލެޓްތައް ލިބުނު މީހުން ފައިސާ ދައްކަން ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ފަހު ކަމަށެވެ. މުހުލަތުތަކެއް ދިނުމަށް ފަހު، ފައިސާ ނުދެއްކުނު ފަރާތްތަކުގެ ފްލެޓް ވިއްކާލިއަސް ސަރުކާރުން އެ މީހުންނަށް ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަަށް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް މުޅިން ފައިނަލް ނުވާތީ އޭގެ ތަފްސީލްތަކެއް ނުދެއްވަ އެވެ.
ފްލެޓެއް ލިބި އަތުން ބީވުމަކީ، އަހްމަދު ރަޝީދު ބުނާގޮތުގައި، ވަރަށް ހިތްދަތި އިހްސާސެކެވެ. އޭނާ ސިފަކުރާ ގޮތުގައި، އެއީ އޭނާގެ ހައްގެއް އެހެން މީހަކު ނިގުޅައިގަތުމެވެ. އެހެންވެ މިއީ ސަރުކާރުން އަވަސް ހައްލެއް ހޯދައިދޭން ޖެހޭ މައްސަލައެއް ކަމަށް އޭނާ ދެކެ އެވެ.
ބޯހިޔާވަހިކަމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދަން ބިޔަ މަޝްރޫއެއް ފަށާފައިވީ ނަމަވެސް އެ މަޝްރޫއުން އެ މީހުންނަށް ބަދަލު ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ. އެހެންވެ، އެ މަޝްރޫއު ފެށުމުން ލިބޭ ހިތްހަމަޖެހުމަށް ވުރެ ފްލެޓް ބީވި މީހުންގެ މާޔޫސްކަން މާ ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަބީބު
27 July 2020
އެއީ ހައްގެއް ލިބިފައި އޮއްވާ އަތުލުމެއް ނޫން. އެހެން ވިއްޔާ ފިހާރައަކަށް ގޮސް ވެސް އެއްޗެއް ނެގާފައި ފައިސާ އެއް ނެތޭ ބުންޏަސް އެއީ ތިމާ ހައްގެއްތާދޯ؟
އަލިހަންދްރޯ
27 July 2020
އެއްވެސް ގައުމެއްގައި ސޯޝަލް ހައުސިން ފްލެޓަކީ ހިލޭ ލިބޭ އެއްޗެއް ނޫން.
ހައްގު ހޯދުމަކީ ޝަރުމީލާހޯފުން
26 June 2020
ރައްޔިތުންނާއި ދޭތެރޭގަ މިހާ އިހާނާތްކޮށް ކަންތައް ކޮށްފައިވާބައެއް މިއަދު ފުލެޓް ބުނާއިރަށް ކޮޅައްޖެހެނީ،
އަބްދުއްލާ
17 January 2018
ފްލެޓް އިމާރާތް ކުރުމށް ޓާޓާ އިންދިން އެތައް މިލއަންޑޮލަރުން މަސައްކަތށް ހަރަދު ކުރީ މިލިއަން ޑޮލަރު ބާކީވާ މިލިއަންޑޮލަރު ހަރަދު ކުރިގޮތް ބުނިނަމަ އެކުރިހަރަދަކުން އެފައިސާ ހޯދާ ފްލެޓް އަގުހެޔޮ ކުރެވުނީސް މަސައްކަތް ފެށުމުގެ ކުރިނަ ނުވަހާސް ރުފިޔާއަށްދެވޭނެ ކަމަށް ބުނިނަމަވެސް ސަރުކާރުގެ ބަޖެޓުން އެތައް މިލިއަނެއް ހަރަދު ކުރަންޖެހުމުން އަގުހެޔޮ ކުރެވޭނީ ކިހިނެތް ؟އޭރު އެމީހުން ނިންމީ ސަބްސިޑީ ހިމަނައިގެން އެމީހުންގެ ރައްޓެހިންނަށް ސަރުކާރަށް ގެއްލުންވާގޮތަށް ފްލެޓް ދިނުމަށް. އެހެން އެކަން ކުރެވޭނީ ކިހިނެތް
ކުޑަބެ
03 January 2018
ރައީސް ޔާމީނުގެ ސިޔާސީ މަގާމުތަކުގަ ތިބި ގިނަމީހުން ފުލެޓްލިބުމުން ވަނީ މަހުރޫމްވެފަ.ހިތުގެ އުދާސްތަށް ހުރީ ހިފެހެއްޓިފަ.މިފަހަރު ހަމަހަގީގަތުގަވެސް ހިތުގަ ޖެހިއްޖެ.ވޯޓްލާން ޖެހޭދުވަހެއްގެ އިންތިޒާރުގަ މިތިބެނީ. "އަތޮޅުވެރިންނަށް ހިއްޕޭނީ ވަލުގަ ބާރުލެވޭނީ ތިމާ އަމިއްލައަށް ލީބާރެއް" މިކަން މެޑަމް ދަންނަން އެބަޖެހޭ
ކޮކްޓެއިލްރައީސް
02 January 2018
ފްލެޓް ބީވެ މާޔޫސްވެފައި، ދެން އޮތީ ކޮން ގޮތެއް؟ 2018ގަ ޔާމީނަށް ވޯޓު ދިނުން، އެނޫން ހަމަ އެއްވެސް ގޮތެއް ނެތް، ޚާއްސަކޮށް ރާއްޖެތެރޭ މީހުންނަށް މިނޫން އިތުރު އެހެން އޮޕްޝަނެއް ނެތް، ވަރަށް ސަލާމް.
މަބާޕޭ
02 January 2018
"އެކަމަކު އެގޮތަށް ނަން ޖަހައިގެން ފްލެޓް ދޭނެ ދުވަހެއް ނޭނގި ތިއްބާ މަރުވެއްޖިޔާ، ދެން ހަދާނެ ގޮތެއް ވެސް ނޭނގެ.".... މަރުވީމަ ނުޖެހޭނެ އޭ ފްލެޓް ގަ އުޅޭކަށް
ޒިޔާ
03 January 2018
އާއިލާ އެއްވެސް އޮވެއޭ
ބެއްޔާ އައްޑޫ
02 January 2018
ހަޤީޤތަކީ މިރާއްޖޭގެ ސޯޝަލް ހައުސިންގ ސިސްޓަމް ބަދަލުކުރީ ރައީސް ނަޝީދުގެ ކުރު 3 އަހަރުގައި ކަން. ބޯހިޔާވަހިކަން އަތްފޯރާފަށަށް ތިރި ކުރަން މަސައްކަތް ފެއްޓެވި އަދި މިއަދު ސަރުކާރުން ބަހަމުން އެގެންދަވަނީ މުޅިންވެސް ނަޝީދު ސަރުކާރުގެ ހައުސިންގ ޕްރޮޖެކްޓް ތަކުގެ މޭވާކަން. ނަޝީދުގެ ސަރުކާރުގައި ބެއްލެވީ ރައްޔިތުމީހާ އަށް ލުއިފަސޭހަވާނެ ހުރިހާ ގޮތެއް. މިސަރުކާރުން ބަލަނީ ރައްޔިތުން ފެލާލައިގެންވެސް ދައުލަތަށް ފައިސާ އިތުރު ކުރުމާއި ވެރިން އުފަލުގައި ބޭތިއްބުމަށް ކަމީ ކަންކަން ތަރުތީބުވަމުންދާގޮތް ފެންނަ މީހަކަށް ދެބަސްވެވޭނެ ކަމެއްނޫން. ފޮނި ހުވަފެން ދެއްކުމާއި ބޮޑެތި ހަފުލާ ބޭއްވުން ނޫން އެހެން ކަމެއް ހަގީގަތުގައި މިސަރުކާރަށް ކުރެވިފައެއް ނެތް.
ހެޔޮފުޅުތަ
02 January 2018
އަތްފޯރާފަށަށް ބޯހިޔާވަހިކަން ގެނައުމަށް މަސައްކަތްކުރި އެމްޑީޕީން ކީއްވެތަ ބުނީ ފްލެޓްތައް ދޭނީ ތިމަންނަ މެންގެ ޕާޓީ މީހުންނަށް ބަހާފަ ބާކީވިއްޔާއޭ؟ އެއީ ހެޔޮވެރިކަން ކުރާ ރައްޔިތުންނަށް ހަމަހަމަކޮށް ކަންކުރާނެ ސަރުކާރަކުން ބުނާ ކަހަލަ ވާހަކަތަ؟ ވެރިކަމުގަ ހުރެވިގެން ފްލެޓްތައް ބެހިނަމަ ފެންނާނެ މަންޒަރު ވަކި ރީތިވީސްބާ؟ މިކަހަލަ އެތައް އެތައް ނޭއްގާނި ކަމަކާ ހެދި ވެރިކަން ވެއްޓުނީ. ދެންވެސް އެކަންކަމުން އިބްރަތް ލިބި ހަމަމަގަށް ނޭޅޭހާ ހިނދަކު ވެރިކަން ހައްގެއްނޫން އެމްޑީޕީއަކަށްވެސް.
ހަސަނާފ
02 January 2018
ތިތަންތަން ފުރަތަމަ ދިނީވެސް އޭރުގެ އެންޑިޕީ ސަރުކާރުން ވަރަށް ބޭއިންސާފުން. އެއަށް ކުރިމަތިލިން މަވެސް. ޕޮއިންޓް ހަމަނުވިޔޭކިޔާ ނުދިނީ. އެތަންތަން އޭރު ދިން ހަމަ ގޮތްހުރި މުއްސަނދިންނަށްވެސް. އެހެންވީމަ ތިމީހުން ނުކިޔާ މިހާރު ބޭއިންސާފޭ. އޭރު ތިމާމެނަށް ލިބުނީމަ އިންސާފް. މިހާރު ނުލިބުނީމަ ބޭއިންސާފް. އެކަމު މަމިއުޅެނީ މިފަހަރު ހަމަ ގަނެވޭތޯ. ކުރިން މަނުދިޔަ ލިސްޓާހަމަެަށްވެސް.އެހެންވީމަ މަނުދެކެން މުޅިއަކުން މިކަން ބޭއިންސާފް ކަމަކަށް.
ބޭ އިންސާފް
03 January 2018
ޚާއްސަ އެހީއަަށް ބޭނުންވާ ކުއްޖެއްވެސް ހުރި ޢާއިލާ އަކަށް 101 ޕޮއިންޓް ލިބިގެން ފޮލެޓް ލިބޭނެ ކަމުގެ އުއްމީދުގަ ތިއްބާ ކުޑަމިނުން އުޅޭތަން ބަލަންވެސް ނާދެ.
ޢަލީބެ
02 January 2018
އަހަންނަކީވެސް ފްލެޓް ބީވެގެންދިޔަ މީހެއް، މިލިޔުމުގައިހުރި އިހުސާސްތަކަކީ ހަމަ އަހަރެންވެސް ކުރާ އިހްސާސްތައް، މި ވާހަކަތައް ދައުލަތުގެ އެންމެ މަތީ ވެރިއާ ހިސާބުން ފެށިގެން ބައެއްވެރިންނަށް ސިޓީފޮނުވައިގެންވެސް ދެންނެވިން. އެއްވެސް ބޭފުޅަކަށް ސިޓީ ލިބުނުކަމެއްވެސް ނޭނގެ. މާނައަކީ ޚަބަރެއް ނުލިބުނުތާ ހައްލެއްވެސް ނުލިބުން. މި ލިޔުމުގައި ހުރި ބައެއް މަޢުލޫމާތު ރަނގަޅު ކޮށްލުމަށްޓަކައި ދަންނަވަން. ޓާޓާއިން ދެ ކޮށީގައި އެޅީ 288 ފްލެޓް ގުރުއަތުލީ 264 ފްލެޓް، ޓާޓާއަށް ދެއްކި 347 މިލިއަން.
ޢަބްދުﷲނާފިޒު
02 January 2018
އަލިބޭ، އެހެންވީމަ ވާނުވާ ނޭގޭ 24 ފްލެޓް އެބަވޭތާ، އަނެއްކާ ހުދުކާފޫރަށް ވާންހެން ވީބާ! ރަނގަޅަށް ވިއްޔާ ތިޔަ 24 ފްލެޓް އޮންނާނީ މޭޒުދަށުން ކުޅެފަ ތޯއްޗެ، މިވެރިކަން ނިމުނު ދުވަހަކުން ތިޔަ 24 ފްލެޓަށް ވީގޮތެއް ކޮންމެހެންވެސް ބަލަން ވާނެ.
ހަމަ ތެދުމީ
03 January 2018
ހދ ވައިކަރަދޫން 2016ގަ މާލެ ބަދަލުވި އާއިލާ އަކަށާ، ރަށުގައި ދިރިއުޅެމުން ދިޔަ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖަކު ގެންގުޅޭ ސިންގަލް ބައްޕަ އަކަށްވެސް ރަށުން ގޯތިވެސް އޮއްވާ ފްލެޓް ލިބުނު ކަމަށްވޭ. ދަރުބާރުގެ މަހާސިންތާ ގަ ވަރަށް އަޑުގަދަ އަރިސް ބައެކޯ