ވޯލްޑް ކަޕްގައި މިސްރާ ދެކޮޅަށް ކުޅުނު މެޗުގައި، ވަކިކޮޅަކަށް ބުރަވެ ހުރި ކަމަށް ތުހުމަތު ކުރެވިފައިވާ ރެފްރީއަށް ފާޑުކިޔައި އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރަސްމީ އީމެއިލް އެކައުންޓުން، މެއިލްތަކެއް ކުރީ ހެކްކޮށްގެން ކަމަށް އެ އިދާރާއިން ބުނެފި އެވެ.

މިސްރުގެ ލީޑް ފަހު ވަގުތު އަނބުރާލައި، ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ، މެޗުގެ އިންސާފުވެރިކަމާމެދު ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

އެ ބަހުސް އަދިވެސް އޮތީ ވައިގައި ހިފާފައެވެ.  ހާލަތު އެހެން އޮ‘ ދަނޑިވަޅެއްގައި އާޖެންޓީނާ އެފްއޭގެ ރަސްމީ އީމެއިލުން، އެ ގައުމުގެ މީޑިއާތަކަށް ފޮނުވި މެއިލްތަކެއްގެ މައްސަލަ ވަނީ ފެންމަތި ވެފަ އެވެ.

އާޖެންޓީނާގެ މީޑިއާއެއް ކަމަށްވާ "ލަ ކަޔޭ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭއެފްއޭގެ ރަސްމީ އީމެއިލް އެޑްރެސްތަކުން ފޮނުވި މި އީމެއިލްތަކުގައި، މެޗުގެ ފްރާންސް ރެފްރީ ފްރާންސުއާ ލެޓެކްސިއޭގެ ނިންމުންތަކާ މެދު ވަނީ ސުވާލު އުފައްދާފަ އެވެ.

އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަން (އޭއެފްއޭ) އިން ބުނީ، މިސްރުގެ ހެކަރުންތަކެއް އެ އިދާރާގެ ސިސްޓަމް ހެކްކޮށްފައިވާ ކަމަށެވެ.

މި ހެކް ކުރުމުގެ ސަބަބުން، އާޖެންޓީނާގެ އެކްރެޑިޓް ކުރެވިފައިވާ މީޑިއާގެ މެންބަރުންނަށް، އެ އީއީމެއިލް.މެދުވެރިކޮށް ނޯޓިހެއް ފޮނުވައ، އިންސާފު ގާއިމުނުކޮށްފިނަމަ އިތުރު ސައިބާ ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށްވެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި  ހެކަރުން ވަނީ ފެޑެރޭޝަންގެ ޑޭޓާބޭސްއަށް ވަދެ، އީމެއިލް އެޑްރެސްތަކާއި، ޕާސްވޯޑްތަކާއި، އައިޕީ އެޑްރެސްތައް އަތުލައިގެންފަ އެވެ. ނޫސްވެރިންނަށް ގިނަ އަދަދެއްގެ އީމެއިލްތައް ލިބެން ފެށުމުން، އާޖެންޓީނާ އެފްއޭއިން އެކަން ސަމާލުކަމަށް ގެނެ އެވެ.

"އަހަރެމެންގެ އިދާރީ އެކައުންޓްތަކުން، އަހަރެމެންގެ ޓީމުން އުފައްދާފައި ނުވާ އަދި ހުއްދަދީފައި ނުވާ އީމެއިލްތަކެއް ފޮނުވަމުންދާކަން ވަނީ ފާހަގަކުރެވިފަ ،" އޭއެފްއޭން ނެރުނު ބަޔާނުގައި ބުންޏެވެ.

"މި ހާލަތާ ގުޅިގެން، އައިޓީ ޑިޕާޓްމަންޓުން ކަންކަން ބަލަމުންދާއިރު، އަހަރެމެންގެ އެކައުންޓުން ދާދި ފަހުން ލިބިފައިވާ އާދަޔާ ހިލާފު އެއްވެސް މެސެޖަކަށް ސަމާލުކަން ނުދިނުމަށް އެދެން."