ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ރާއްޖޭން ފުރަތަމަ ފަހަރަށް ޕާކިސްތާން އަތުން ބަލިވެއްޖެ އެވެ.
ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ޑާކާގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މެޗު، ޕާކިސްތާނުން ކާމިޔާބު ކުރީ 3-0 ންނެވެ.
މެޗުގެ ފުރަތަމަ 10 މިނެޓްތެރޭ ޕާކިސްތާނުން ދެ ލަނޑު ޖެހި އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އިންޑިއާ އަތުން ބަލިވި، ޕާކިސްތާން ޓީމުން ވަނީ މެޗު ފެށުނީއްސުރެ ހައި ޕްރެސިން ގޭމެއް ކުޅު ރާއްޖޭގެ ޑިފެންސްލައިންގެ ފަހަތުން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފާފަ އެވެ.
މެޗު ފެށިގެން ޕާކިސްތާނުން އުފެއްދި އަވަސް ކައުންޓާ އެޓޭކެއްގައި ރާއްޖޭގެ ފަހަތަށް ބާރު ބޮޑުވި އެވެ. ލިބުނު ޕެނަލްޓީއަކުން މިކިއާލް އަރޫން އަބްދުالله ވަނީ ލަނޑު ޖަހައި ޕާކިސްތާނު ކޮޅަށް ނަތީޖާ އަނބުރާލާފަ އެވެ.
މެޗުބަދަލުވެގެން ދިޔައީ ޕާކިސްތާނުގެ ނަޖީބުﷲގެ މޮޅު ކުޅުމާ އެކު އެވެ. ރާއްޖޭގެ އޭރިއާ ތެރެއިން ޑިފެންޑަރުންނަށް ސަމާލުނުވެވި ތިއްބައި ފަސޭހަ ބޯޅައެއް ފޮނުވާލައިގެން ނަޖީބު ވަނީ ޕާކިސްތާނުގެ ދެވަނަ ލަނޑު ޖަހާފަ އެވެ. ޢގެ ފަހުން މޫޖީބުﷲ ގެ ލަނޑަކުން ޕާކިސްތާނުން ލީޑް ފުާލާ ކުރި އެވެ.
ދެވަނަ ހާފުގައި ގެނައި ބަދަލުތަކުން ރާއްޖޭން ކުޅުން ރަނގަޅު ކުރި އެވެ. ފުރުސަތުތައް ވެސް ތަނަވަސް ކުރި އެވެ. އެކަމަކު ޕާކިސްތާނުގެ ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ.
މޮޅާ އެކު ޕާކިސްތާނުން ވަނީ ސެމީ ފައިނަލުގެ ޖާގަ ޔަގީން ކޮށްފަ އެވެ. އެ ޓީމަށް ތިން ޕޮއިންޓާއި ފައިދާ ދެ ގޯލް އެބައޮތެވެ. ރާއްޖެއަށް ދެން އޮންނާނީ އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން 4-0 ން މޮޅުވެއްޖެނަމަ، ރާއްޖެ ސެމީއަށް ދާނެ އެވެ.