ސްޓެލްކޯ އިން ބުނީ، މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ ހުޅުމާލެ 1 ގައި ހިންގާ 50 މެގަވޮޓްގެ އިންޖީނުގޭގެ ސިސްޓަމް އަޕްގްރޭޑް ކުރުމަށް އިންޖީނުތައް މިއަދު ހެނދުނު ނިއްވާލުމާ ގުޅިގެން ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށް. އާންމު ހާލަތަކަށް ގެންދިއުމަށް ޓީމުތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނި.
ފަހުގެ ޙަބަރު
ބައެއް ސަރަހައްދުތަކަށް ދަނީ ކަރަންޓު ދެމުން: ސްޓެލްކޯ
ސްޓެލްކޯގެ މުވައްޒަފަކު ހުޅުމާލެ 1ގެ 50 މެގަވޮޓްގެ އިންޖީނުގޭގައި-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ކަރަންޓު ކެނޑުނީ 50 މެގަވޮޓުގެ އިންޖީނުގޭގެ ސިސްޓަމްތައް އަޕްގްރޭޑުކުރުމުގެ ތެރެއިން
ސްޓެލްކޯ އިން ދެންމެ ބުނީ މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުތަކަށް މިހާރު ކަރަންޓު ދެމުން އަންނަ ކަމަށް.
މާލެ އާއި ހުޅުމާލެ އިން އެއްކޮށް ދެންމެ ކަރަންޓު ކެނޑިއްޖެ އެވެ.
މެންދުރު 12 ޖަހާކަންހާއިރު މާލެ އާއި ހުޅުމާލެ އިން ކަރަންޓު ކެނޑިފައިވީ ނަމަވެސް ސީދާ ސަބަބެއް ސްޓެލްކޯ އިން އަދި ނުބުނެ އެވެ.
"ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލެއިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މައްސަލަ ދެނަގަނެ، ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން،" ސްޓެލްކޯ އިން ބުންޏެވެ.
މާލެ އާއި ހުޅުމާލެ އިން އެއްކޮށް ކުއްލި ގޮތަކަށް ކަރަންޓު ކެނޑުނުއިރު ހުޅުމާލެ 1 ގައި ހުންނަ 50 މެގަވޮޓްގެ އާ އިންޖީނުގޭގައި މުހިންމު މަސައްކަތެއް ކުރުމަށް އެ ތަނުގެ އިންޖީނުތައް މިއަދު ހެނދުނު ނިއްވައިލި އެވެ.
ނަމަވެސް އެ މަސައްކަތް ހުޅުމާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލައި ރޭގެ މެންދަމު 3:00 އިން މިއަދުގެ ހެނދުނު 8:00 އާ ހަމައަށް ފުރިހަމަ ކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
"މި އަޕްގްރޭޑިން މަސައްކަތުގެ ފުރަތަމަ މަރުހަލާ މިއަދު ނިންމާލެވިފައިވާއިރު، ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ތާރީހެއް ކަނޑައެޅުމަށް ފަހު ދުރާލާ އެކަން ކަސްޓަމަރުންނަށް އެންގިގެންދާނެ،" ހުޅުމާލެ 1 ގެ 50 މެގަވޮޓްގެ އާ އިންޖީނުގޭގެ އަޕްގްރޭޑިންގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސްޓެލްކޯ އިން މިއަދު ހެނދުނު ބުނެފައި ވެ އެވެ.
މާލެ އާއި ހުޅުމާލެ އިން މިދިޔަ އަހަރުގެ ޖޫން އެއްވަނަ ދުވަހު ވެސް އެއްކޮށް ކަރަންޓު ކެނޑުނެވެ. އެ ފަހަރު އަލުން ކަރަންޓު ދެވޭ ވަރުވީ ފަސް ގަޑިއިރު ފަހުންނެވެ.
އުސްއަލިތައް
މި ލިޔުމާ ގުޅޭ
ރިއެކްޝަންސް
18 ކޮމެންޓް
ކިމް
މާލެ ހުޅުމާލެ ގުޅާލުމުގެ ކުރިން މިގޮތަކަށް ކަރަންޓެއް ނުދޭ މިހާރު މިދާ ވަރަކަށް
ށސ11
އަދިވެސް ނުލިބެ. މަތީ ފްލޯތަކަށް ފެންނުފޯރާ.
ފަހުދު.
ދެން ކަރަންޓު ދޭންވެސް މިޖެހުނީ ފިންލޭންޑުން މީހުން ގެންނަން
ގޫކޭލި
ތެޔޮ ހުސްވީތަ؟
ގަނޑިއަ
ލިބޭ ޗުއްޓީދުވަހު އެކިއެކި ބޭފުޅުން ނިދާފައި ތިއްބާ ސްޓެލްކޯއިން ތިވަރު ކޮއްލާނެކަމަށް ހީނުކުރަން. އަނެއްކާ ކޮމިޓީހެއް ހަދަންވީދޯ ތިކަން އިންވެސްޓިގޭޓް ކުރަން.
ނަގިއްޔާ
މަ ބިރުން ގޮތެއްނެތް. މަހީކުރީ ނުބައި ކަލްކިއުލޭޝަނެއް ޖަހައިގެން ތިއްބާ މިއަދު އެންމެ ފަހު ތެޔޮ ޓައްޕު ހުސްވީކަމަށް!
މިހާލި
ކަރަންޓް ކެނޑިދާނެ މައްސަލަައެއްނޫން ބިލްބޮޑުވީމަ މައްސަލައަކީ
ކައްދަ
ފޮނި ކެޑިތާ މާގުނައިރެއްނުވޭ، ކަރަންޓްގޮއްސި މާލެއާޢި ހުޅުމާލެއިން....
ފަޅުމަސް
ޔުޓިލިޓީ ބަޣާވާތެއްތޯ ބަލަން ތަޙުޤީޤު ކުރުމަށް ގޮވާލަން!!!!
އަބްދުﷲ ވަހީދު BH
އިރާދައިގަ ހުރި ގޮތް، މިއަކު މީހަކު ކުރާނެކަމެއް ނެތް.
ޕަކަޗޭ
މީހަކުއައިސް ދެކަށިމަތީ ޖަހާ ވައްޓާލިޔަސް ހަމައިރާދައިގަ ހުރިގޮތްވީމަ ހައްޕުކިޔައިގެން ހުންނާނީދޯ؟.