28 މެއި

May 28, 2019 3
10 ސްކޫލެއްގައި ރިޕޯޓު ފޮތް ޑިޖިޓަލް ކޮށްދެނީ

މި އަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތް، 10 ސްކޫލެއްގައި ޑިޖިޓަލް ކޮށްދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

22 މެއި

May 22, 2019 47
ގްރޭޑު 7،8ގެ ޕޭޕަރަށް މާކްސް ދިނުމުގައި ބަދަލުތަކެއް

ޓެސްޓުތައް ވެސް ފެށިފަހުން ކީސްޓޭޖް ތިނެއްގެ ޕޭޕަރުތައް މާކްކުރުމުގެ އުސޫލު ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

09 މެއި

May 09, 2019 42
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ނާސްތާ ދޭނެ ބަޔަކު ހޯދަނީ

މި އަހަރުގެ ދެވަނަ ޓާމުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކުދިންނަށް ނާސްތާ ދޭނެ ފަރާތްތައް ހޯދަން ސަރުކާރުން މިއަދު އިއުލާނުކޮށްފި އެވެ.

16 އެޕްރީލް

April 16, 2019 45
މަޖީދިއްޔާގެ "ޓައިމް ކެޕްސޫލް" ހޯދަން ކޮންނަނީ!

ގިނަ ބައެއްގެ ހަނދާންތަކާ ގުޅިފައިވާ، މަޖީދިއްޔާ ސްކޫލަށް 65 އަހަރު ފުރުމާ ދިމާކޮށް އެ ސްކޫލްގެ ގޯތި ތެރޭގައި ވަޅުލި "ޓައިމް ކެޕްސޫލް" މިހާރު އޮތްކަމާ މެދު ސުވާލު އުފެދި އެ ހޯދަން މާދަމާ ސްކޫލު ގޯތިތެރެ ކޮންނާނެ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

15 އެޕްރީލް

April 15, 2019 14
ގައުމީ ހެދުންތަކާ އެކު ބަހުގެ ދުވަސް ފާހަގަކޮށްފި

ގައުމީ އެކި ވައްތަރުގެ ހެދުމުގައި ނަލަ ހެދިލައިގެން ތިބިއިރު ވަރަށް ލޯތްބެވެ. ރާއްޖޭގެ ބައެއް ސްކޫލުތަކުގައި، އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ބަހުގެ ދުވަސް ފާހަގަކުރުމަށް ދަރިވަރުން ދިޔައީ ގައުމީ އެކި ހެދުންތަކުގަ އެވެ. އަންހެން ކުދިން ދިގުހެދުމާއި ކުރު ހެދުމާއި ކަނޑިކިއާ އަދި ވެސް އެކި ވައްތަރުގެ ހެދުން ލައިގެން ތިބިއިރު...

25 މާޗް

March 25, 2019 57
ކުދިންގެ އަހުލާގު ގޯހުން ގޯހަށް، ހައްލެއް ބޭނުން

ބޮޑެތި މާރާމާރީތަކާއި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެކަންކަމުގެ ތެރެއިން ނުރައްކަލުގެ ވަރުގަދަ ރަނގަޅަބީލު ޖެހެމުން އަންނަތާ ކިތައްމެ ދުވަހެކެވެ. ކުށްކުރާ ކުދިންގެ ތެރޭގައި ސްކޫލްތަކުގެ ދަރިވަރުންގެ އަދަދު ވަނީ އިތުރުވަމުންނެވެ. ބައެއް މީހުންގެ ނަޒަރުގައި ދަރިވަރުންގެ އަހުލާގު ވަރަށް...

18 މާޗް

March 18, 2019 7
ޝައުގުވެރިކަމެއް ނެތް! ހައްލަކީ ކޮބާ؟

ސްކޫލު ނިންމުމަށް ފަހު މަތީ ތައުލީމް ހާސިލްކުރަން ގުޅުނީ ޔުނިވާސިޓީއަކާ އެވެ. އެތަނުން އިލެކްޓްރިސިޓީއާ ގުޅޭ ކޯހެއް ފުރިހަމަކުރަނިކޮށް ފޫހިވީ އެވެ. އެހެންވެ ދެން ހެދީ މުޅިން އެހެން ދާއިރާއަކާ ގުޅޭ ކޯހެކެވެ. އެ ކޯހުގެ ވަކި ހިސާބަކުން ވަކިވެ، އެހެން ދާއިރާއެއްގައި ކިޔަވަން ފެށި އެވެ.

14 މާޗް

March 14, 2019 4
މަތީ ތައުލީމުގެ ލޯނު އަންނަ ހަފުތާގައި ދޫކުރަން ފަށާނެ

މަތީ ތައުލީމް ހާސިލްކުރުމަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުޅުވައިލި ސްކީމުގައި ލޯނު ލިބުނު ދަރިވަރުންނަށް އަންނަ ހަފުތާގައި ލޯނު ދޫކުރަން ފަށާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

11 މާޗް

March 11, 2019 29
ފޮތް ދަބަސް ހަމަ ބަރު، ހައްލެއް ނެތީތަ؟

ސްކޫލުތައް ޑިޖިޓައިޒްކޮށް ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށަން ނިންމުމުން ގިނަ ބަޔަކަށް ހީކުރެވުނީ ދަރިވަރުންގެ ފޮތް ދަބަސް ބަރުވުމުގެ މައްސަލަ އަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އެކަމަކު އެއިން އެއްވެސް ކަމަށް ހައްލެއް ނުލިބި، އެ ކަންބޮޑުވުންތައް ހަމަ އޮތްތާނގައި އޮތީ އެވެ. ސްކޫލަށް ގެންދަންޖެހޭ އެއްޗެހި ދިޔައީ...

04 މާޗް

March 04, 2019 5
ތާޖުއްދީން ސްކޫލު: ތަފާތު ދައްކަމުން ބަދަލަކަށް

ތާޖުއްދީން ސްކޫލަށް މުހިއްމީ ދަރިވަރުންގެ ނަތީޖާ އެކަންޏެއް ނޫނެވެ. ކިޔެވުމާ އެއްގޮތަށް ދަރިވަރުންގެ ކިބައިގައި ހުރި ހުނަރާއި ގާބިލްކަން އިތުރުކޮށް ތަރައްގީކުރުމަކީ ވެސް، މީގެ 30 އަހަރު ކުރިން ހުޅުވި ސްކޫލުން ސަމާލުކަން ދޭ ކަމެކެވެ. އިންޓަ ސްކޫލުގެ މުބާރާތްތަކުގައި ދަރިވަރުން ހޯދާ ކާމިޔާބީ އަކީ އެކަމުގެ ހެއްކެކެވެ.

27 ފެބުރުއަރީ

February 27, 2019 11
ތާރީޚަކީ ކިޔަވާ ހިތްވާ މާއްދާއަކަށް ހަދަން ޖެހޭ:ޔުމްނާ

ދިވެހިންގެ ތާރީޚަކީ ދަރިވަރުން ކިޔަވާ ހިތްވާ ފަދަ މާއްދާއަކަށް ހަދައި، ތާރީޚު ދިރާސާކުރަން ޒުވާނުންގެ ވެސް ޝައުގުވެރިކަން އިތުރުކުރަން ޖެހިފައިވާ ކަމަށް އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.

12 ފެބުރުއަރީ

February 12, 2019 30
އިތުރު 10 ސްކޫލް އަޅާނެކަމަކަށް ނުބުނަން: މިނިސްޓަރު

މާލެ ސަރަހައްދުގައި އިތުރު 10 ސްކޫލު އަޅަން ނިންމާފައިވާ ކަމަށް ވިދާޅުނުވާ ކަމަށާއި ވިދާޅުވީ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމާ ގުޅޭގޮތުން ހެދި އޮޑިޓުން، އެވަރަށް ސްކޫލް އިތުރުކުރަންޖެހޭކަން ފާހަގަވި ވާހަކަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

11 ފެބުރުއަރީ

February 11, 2019 7
އަދަބިއްޔާތު މާއްދާ އިން ޝައުގުވެރިކަން ބޮޑުކުރާނެ

ދިވެހި މާއްދާ ކިޔަވަން ދަރިވަރުން ފޫހިވާކަމުގެ ވާހަކަތައް އަބަދު ވެސް އިވެ އެވެ. މާދަރީ ބަސް ކަމަށް ވިއަސް، އެހެން ބަސްތަކަށް ވުރެ ދިވެހި ބަހަށް ބައެއް ދަރިވަރުން ދޭ ސަމާލުކަމާއި ޝައުގުވެރިކަން ކުޑަކަމަށް ބުނެ ޝަކުވާކުރާ މީހުން ވެސް މަދެއް ނޫނެވެ. ދިވެހި މާއްދާގެ ހާލަތު ނާޒުކު ފައްތަރެއްގައި އޮއްވައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް...

04 ފެބުރުއަރީ

February 04, 2019 9
ޣިޔާސުއްދީންގައި ދަރިވަރުންނަށް މުހިންމު ހުނަރުތަކެއް

ގޭގެ ފާރުގައި މޮހޮރެއް ޖަހާލަން އެނގެނީ ކިތައް ކުދިންނަށް ހެއްޔެވެ؟ ނޫނީ އެހެން މީހަކާ ހަވާލުނުކޮށް އަމިއްލައަށް ލާނެ ހެދުން ފަހަން އެނގޭ ހެއްޔެވެ؟ ކަރަންޓު ނަރެއް ގުޅާލުން ފަދަ ކުދިކުދި ކަންތައްތައް ވެސް ގިނަ މީހުންނަކަށް ނޭނގެ އެވެ. އެހެންވެ ޣިޔާސުއްދީން އިިންޓަނޭޝަނަލް ސްކޫލު އެ ފެށީ އެކަން ބަދަލުކުރުމުގެ މަސައްކަތެވެ.

03 ފެބުރުއަރީ

February 03, 2019 7
މަލްޓިގްރޭޑުކޮށް ކިޔަވައިދިނުމުގެ އުސޫލަށް ބަދަލުތަކެއް

އާބާދީ މަދު ސްކޫލުތަކުގައި ކިޔަވައިދެމުން އަންނަ މަލްޓިގްރޭޑް ޓީޗިންގެ އުސޫލުތަށް ބަދަލުތަކެއް ގެނެސްފި އެވެ.

29 ޖެނުއަރީ

January 29, 2019
އިނގިރޭސިން ވާހަކަ ދައްކަން އެންގުމުން ވަޒީފާ ގެއްލިއްޖެ

ވާހަކަ ދައްކަން ޖެހޭނީ އިނގިރޭސިން ބަހުން ކަމަށް ބުނެ އެމެރިކާގެ ޔުނިވަސިޓީއެއްގެ ޕްރޮފެސަރަކު ޗައިނާގެ ދަރިވަރުންތަކަކަށް ފޮނުވި އީމެއިލްއަކާ ގުޅިގެން މައްސަލަ ހޫނުވެ އޭނާ މަގާމުން ވަކިކޮށްފި އެވެ.

27 ޖެނުއަރީ

January 27, 2019
ކްލާހުގައި ދަރިފުޅަށް އަދަބު ލިބުމުން ހަދާނީ ކިހިނެއް؟

ބައެއް ކުދިންނަށް ކްލާސްތެރޭ އުޅޭވޭ ގޮތަކުން ޓީޗަރުގެ ފަރާތުން އިންޒާރެއް ނުވަތަ ކޮންމެވެސް އަދަބެއް ލިބިދާނެ އެވެ. އެހެން ކުއްޖަކަށް އުނދަގޫ ކުރުން، އަޑުގަދަކުރުން ނުވަތަ ފިލާވަޅަށް ސަމާލުކަން ނުދީ މާ ގިނައިން ވާހަކަ ދެއްކުމުން ވެސް ކޮންމެވެސް ސިފައެއްގައި އަދަބެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

22 ޖެނުއަރީ

January 22, 2019 8
އޯ ލެވެލްގެ ނަތީޖާއިން ކުރިއެރުންތަކެއް ވަނީ ހޯދާފައި

މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި ދަރިވަރުން ރަނގަޅު ނަތީޖާއެއް ހޯދާފައިވާ ކަމަށާއި އަދި ވަކިވަކި މާއްދާތަކުން ކުރިއެރުންތަކެއް ވެސް ލިބިފައިވާ ކަމަށް އެޑިއުކޭޝަން...

January 22, 2019 31
ބެލެނިވެރިއަކު ދަރިވަރެއްގެ ގައިގައި ޖެހުމުން ފުލުހަށް

ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގެ ތެރޭގައި، ބެލެނިވެރިއަކު އެ ސްކޫލުގެ ފިރިހެން ދަރިވަރެއްގެ ގައިގައި މިދިޔަ އާދިއްތަ ދުވަހު ޖެހި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

20 ޖެނުއަރީ

January 20, 2019 16
ފުރަތަމަ ހަފުތާގައި 8500 ދަރިވަރުންނަށް ނާސްތާ ދިން

ފުރަތަމަ ހަފުތާ ނިމުނުއިރު 8،500 އަށް ވުރެ ގިނަ ދަރިވަރުންނަށް ނާސްތާ ދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

16 ޖެނުއަރީ

January 16, 2019
ދަރިވަރުން އަގުބޮޑު ތޮފި ނާޅަން އިލްތިމާސެއް

އެެމެރިކާގެ ސްކޫލެއްގައި ކިޔަވާ ދަރިވަރުންތަކެއް މާ އަގުބޮޑު މޮންކްލާ ބްރޭންގެ ބީނީ ތޮފިތަކެއް އަޅައިގެން ސްކޫލަށް ގޮސް، އެ އެއްޗެހި ގެއްލޭތީ، ވަކި އުމުރުފަރައެއްގެ ދަރިވަރުން އެ ތޮފި އަޅައިގެން ސްކޫލަށް ނުދިއުމަށް އިލްތިމާސްކޮށްފި އެވެ.