މިފަހަރު އައިފޯނުގެ ނަމަށް ބަދަލެއް އަތުވެދާނެ

އައިފޯން 8 އާ ބެހޭ ގޮތުން ދެކެވޭ ވާހަކައެއް އަޑުއަހާލަމާ ހިނގާށެވެ. އެ ވާހަކަތައް ފަހުން ކޮންމެ ގޮތަކަށް ބަދަލުވެގެން ދިޔަ ނަމަވެސް މައްސަލައެއް ނެތެވެ. އައިފޯނު 8 މާކެޓަށް ނެރުމުން އޭގެ ހަގީގަތް އެނގި، މުޅިން ސާފުވާނެ އެވެ.


އައިފޯނަށް މި އަހަރު 10 އަހަރު ފުރޭނެ އެވެ. އެ މުނާސަބަތުގައި އަދި ކާމިޔާބު 10 އަހަރަށް ފަހު، އައިފޯނުގެ ނަން ބަދަލުކުރަނީ އެވެ. މި ކަމާ ބެހޭ ގޮތުން ދެކެވޭ ވާހަތަކުން ދޭހަވަނީ، މި އަހަރަށް ފަހު އައިފޯނުގެ ފަހަތުގައި ހިސާބު އަދަދެއް ނުއިންނާނެ ކަމެވެ. މާނަ އަކީ އައިފޯނު 9 އަދި އައިފޯނު 10 ތަރުތީބު އެޕަލުން ހުއްޓާލާނެ ކަމެވެ.

މި އަހަރު އައިފޯނު 8 ނެރެފާނެ އެވެ. އެކަމަކު އެއާ ވިދިގެން އެހެން އައިފޯނެއް ވެސް ނެރޭނެ އެވެ. އެއީ "އައިފޯނު އެކްސް" އެވެ. އައިފޯނުގެ ފަހަތަށް ހިސާބު އަދަދެއްގެ ބަދަލުގައި ކޮންމެވެސް އެހެން ނަމެކެވެ. މިސާލަކަށް އެޕަލްގެ ކޮމްޕިއުޓަރުތައް ހިންގާ އޮޕަރޭޓިން ސިސްޓަމް "އޯއެސްއެކްސް"ގެ އަދަދުތަކަށް ނަން ކިޔާ ގޮތަށެވެ؛ "އޯއެސްއެކްސް: މައުންޓަން ލަޔަން" އަދި "އޯއެސްއެކްސް: އެލް ކެޕިޓަން" ފަދައިންނެވެ.

ދިހަ އަހަރަށް ފަހު އައިފޯނު މުޅިން ބަދަލުވާން ޖެހެ އެވެ. އަންނަ ޖީލަށް ސްމާޓްފޯނަކަށް ވުމަށެވެ. ކުރިން ނެތް ބަދަލުތައް ވެސް ގެންނަން ޖެހެ އެވެ. ހޯމް ބަޓަން އުވާލައި، ފިންގާޕްރިންޓް ސްކޭންކުރެވޭ ނަމަ އެއީ ސްކްރީންގައި އިނގިލި ޖެއްސުމުން ހިނގައިދާ މުއާމަލާތަކަށް ހަދަން ޖެހެ އެވެ. އައިފޯނުގެ ސްކްރީން އެމޯލެޑަށް ބަދަލުވާން ވެސް ޖެހެ އެވެ.

އައިފޯނުގެ ނަން އައިފޯން "އެކްސް" އަށް ބަދަލުކުރުމަކީ ކޮށްފާނެ ކަމަށް ބުނާ މީހުން ބުނާ ގޮތުގައި، އައިފޯނަށް 10 އަހަރު ފުރުން ފާހަގަކޮށް "އައިފޯން އެކްސް" ކިޔުން މުނާސަބު ކަމަށެވެ. އެ ނޫން ގޮތެއްގައި ނަމަ ހަމައެކަނި އައިފޯން ކިޔުން ވެސް ރަނގަޅެވެ. މިސްރާބު ބަދަލުކޮށް ގަދަފަދަ އަޒުމާ އެކު ކުރި އަށް ދިއުމަށް "އައިފޯން އެކްސް: ގޯ" ވެސް ރަނގަޅެވެ. ސްޓީވް ޖޮބްސް އައިފޯނަށް ކިޔަނީ "ބޭބީ އެވެ. އެހެންވެ "އައިފޯން އެކްސް: ބޭބީ" އެވެ.

އައިފޯން އެކްސް: ކޮންސެޕްޓް ވީޑިއޯއެއް