ވާވޭ ސްމާޓްފޯންތަކުގައި އެންޑްރޮއިޑް އަދި ލެޕްޓޮޕްތަކުގައި ވިންޑޯޒް ބޭނުންކުރުން ހުއްޓާލަން ޖެހިދާނެ

އެމެރިކާ އިސްވެ އޮވެ، ވާވޭ އަށް ދަތިކުރަންކުރާތީ، ވާވޭ އަށް ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމަށް ލަފާކުރެވިއްޖެ ހާލަތެއްގައި، އެންޑްރޮއިޑް އަދި ވިންޑޯޒް ދޫކޮށްލަން ތައްޔާރު ކަމަށް އެ ކުންފުނިން ބުނެފި އެވެ.


ވާވޭ އިން ބުނި ގޮތުގައި މި ފަދަ ހާލަތެއް މެދުވެރިނުވޭތޯ މަސައްކަތްކުރާނެ އެވެ. ނަމަވެސް، ވާވޭ ބައްދާލަން ބާރުގަދަ ގައުމުތަކުން ކުރާ މަސައްކަތްތައް އެ މީހުން ކާމިޔާބުކޮށްފި ނަމަ، ވާވޭ ފޯނުތަކުގައި ބޭނުންކުރުމަށް އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފައްދައި، ތައްޔާރަށް ތިބި ކަމަށް ވަނީ ބުނެފަ އެވެ.

ދުނިޔޭގެ ވިޔަފާރީގައި ޗައިނާ ކުރިއަރައިގެންދާ ދުވެއްޔަކީ އެމެރިކާ އަށް ހިތާމައަކަށް ވެދާނެ ކަމަށް ބެލެވުނު ހިސާބުން، އެމެރިކާ ވަނީ ހަސަދަވެރިވާން ފަށާފައި ކަމަށް ވާވޭ ބުނެ އެވެ. އެހެންވެ، އެ ހިސާބުން ފެށިގެން ވާވޭ އައީ ތައްޔާރުވަމުން ކަމަށް ވަނީ ބުނެފަ އެވެ.

ވާވޭ ފޯނުތަކުގައި، އެންޑްރޮއިޑްގެ ބަދަލުގައި ބޭނުންކުރާ އޮޕަރޭޓިން ސިސްޓަމާ ބެހޭ ގޮތުން އިތުރު އެއްޗެއް އެ ކުންފުނިން ނުބުނެ އެވެ. ނަމަވެސް، އަމިއް ފޯނުތަކުގައި އަމިއްލަ ޗިޕްތައް ބޭނުންކުރާ ކުންފުންޏަކަށް މިއީ ނުވާނެ ވަރުގެ ކަމެއް ނޫނެވެ.

ނޯތު ކޮރެޔާ އަށް ދަތިކުރަން ޒަމާން ފެށުނީއްސުރެ އެމެރިކާ ކުރަމުން އަންނަ މަސައްކަތަށް ފަހު، ނޯތު ކޮރެޔާ އަށް ދިއަ އެމެރިކާ މީހަކަށް ވަނީ އެ ގައުމުގައި ބޭނުންކުރާ ކޮމްޕިއުޓަރު އޮޕަރޭޓިން ސިސްޓަމެއް ފެނިފަ އެވެ. ސްކްރީނަށް އަރާ އަކުރުތައް ކޮރެއާ ބަހުރުވައިން ހުރުން ފިޔަވައި، އެޕަލްގެ "މެކްއޯއެސް"އާ މާ ބޮޑު ތަފާތެއް ނެތް ކަމަށް ވެ އެވެ. އެހެންކަމުން، މި ރޭހުގައި ޗައިނާ އޮތުން ގާތީ މާ ބޮޑަށް ވެސް ކުރީގަ އެވެ.

ވާވޭ ދެކޭ ގޮތުގައި އެންޑްރޮއިޑް ދޫކޮށްލައިގެން ވާނެ ވަކި މޮޅެ ނެތެވެ. އެހެން ނަމަވެސް، ގޮތް ދޫނުކޮށް އެމެރިކާ ކުޅިވަރު ކުޅޭ ނަމަ، "ޕްލޭން ބީ" އަކަށް އޮތް ކަމަކީ އެއީ އެވެ.