މާލޭގެ ގެއަކަށް ވަދެ، ފޭރުނު މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ މާލެ، ގަލޮޅުގައި ހުންނަ ގެއަކަށް ރޭގެ ވަގުތެއްގައި ބަޔަކު ވަދެ ފޭރުނު މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ދީފައިނުވިޔަސް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ގަލޮޅުގައި ހުންނަ އެ ގެއަށް ވަދެ، އެ ގޭގައި ތިބި މީހުންނަށް ބިރު ދެއްކުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ނަމަވެސް، އެ ހާދިސާގައި އެ ގޭގައި ތިބި މީހުންނަށް ޖިސްމާނީ އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމެއް އަދި ސާފެއް ނޫނެވެ.