އީރާންގެ މިސައިލްތައް ގަތަރު މަތިން ދާއިރު ވައިގެ ދިފާއީ ނިޒާމުން އެ މިސައިލްތަކަށް ހަމަލާދޭ މަންޒަރު ބަލަން ދޯހާގެ މަގެއްގެ މަތީ މީހުން އެއްވެފައި. -- ފޮޓޯ: އޭއެފްޕީ
24 ޖޫން 2025 - 00:01
ގަތަރުގައި އެމެރިކާއިން ހިންގާ އަސްކަރީ މަރުކަޒަށް އީރާނުން މިރޭ ދިން ހަމަލާ ދިނުން އެއީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެ އަމަލު ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށް ސައޫދީ އަރަބިއްޔާއިން ބުނެފި އެވެ.
"އެކުވެރި ގަތަރާ ދެކޮޅަށް އީރާނުން ހިންގި އުދުވާނު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ސައޫދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
"މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އަވަށްޓެރި ގައުމުތަކުގެ މެދުގައި އޮންނަންޖެހޭ ހަމަތަކާ ވެސް ހިލާފު އަމަލެއް. މިއީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫން،" ބަޔާނުގައިވެ އެވެ.
ސައޫދީން ބުނީ ގަތަރުގެ ދިފާއުގައި ސައޫދީން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
އީރާނުން ގަތަރަށް ހަމަލާ ދިނީއ އީރާނާ ދެކޮޅަށް އިޒްރޭލުން ފަށައިގެން އުޅޭ އުދުވާނުގައި އެމެރިކާ ބައިވެރިވެ އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ބޮން އެޅުމާ އެކުގަ އެވެ. އިޒްރޭލާ ގުޅިގެން އީރާނަށް ހަމަލާ ދީފި ނަމަ މެދުއިރުމަތީގައި އެމެރިކާއިން ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާ ދޭނެ ކަމަށް އީރާނުން ކުރިން ވެސް އިންޒާރު ދީފައިވެ އެވެ.
މިރޭގެ ހަމަލާތަކަށް ފަހު އީރާނުން ބުނީ މިއީ ގަތަރުގައި ހުންނަ، އެމެރިކާގެ އަލް އުދައިދު އަސްކަރީ މަރުކަޒަށް ދިން ހަމަލާއެއް ކަމަށެވެ. މިއީ ވަރުގަދަ ހަމަލާތަކެއް ކަމަށް އީރާނުން ބުނެފައި ވާއިރު ގަަތަރުން ބުނީ މި އަމަލުގެ ރައްދު ސީދާ ގޮތުން ދިނުމުގެ ފުރިހަމަ ހައްގު މިހާރު ގަތަރަށް އެބަ އޮތް ކަމަށެވެ.
އެމެރިކާއިން ބުނީ އީރާނުން ހަމަލާ ދިނީ ކުރު އަދި މެދުރާސްތާ ބެލަސްޓިކް މިސައިލުން ކަމަށެވެ. މިސައިލްތައް އިންޓަސެޕްޓުކޮށް ނާކާމިޔާބުކޮށްލާފައިވާ ކަމަށާއި އަސްކަރީ މަރުކަޒަށް އަދި އެމެރިކާ ސިފައިންގެ މީހަކަށް ވެސް ގެއްލުމެއްވީ ކަމުގެ ރިޕޯޓެއް އަދި ނެތް ކަމަށް ބުންޏެވެ.
އީރާނުން ހަމަލާދޭން ތައްޔާރުވާކަން އެނގުމާ އެކު ގަތަރުން ވަނީ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ. އަދި އޭގެ ފަހުން ޔޫއޭއީން ވެސް ވައިގެ ސަރަހައްދު ބަންދުކުރި އެވެ، ސައޫދީ އާއި ކުވައިތު ވެސް ވަނީ ތައްޔާރީ ހާލަތަށް އައިސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުދުބެއްޔާ
25 June 2025
އިޒްރޭލުންނާ އެމެރިކާއިން އީރާނަށް ދޭ ހަމަލާތައް ސައުދީން ގަބޫލު ކުރުމަކީ ގޯހެއް ނޫންބާ!!!!!! މިހެން މިބުނީ އެކަމަށް ސައުދީން އެއްބަސް ވެއްޖެކަމަށް ގަބޫލުކުރެވޭތީ
ތުނޑިހަސަނު
24 June 2025
ފަލަސްތީނު މިނިވަން ކުރެވޭނީ އެމެރިކާ އަށްވިކިފަތިބި އަރަބިވެރިން ގެ ރަސްކަންތައް ބަދަލުކުރެވިގެން...އެމީހުން ވެރިކަމުގަތިބިހާ ދުވަހަކު ފަލަސްތީން މިނިވަނެއް ނުކުރެވޭނެއެވެ
ގިނި
24 June 2025
ރާފިޟީން ނިއުކިލްއާ ބާރު ހެދިޔަ ނުދީ ކޮންމެހެންވެސް ހުއްޓުވަން ޖެހޭ، އެ މީހުންނަށް އެ ކުޅަދާނަ ކަން ލިބިއްޖެނަމަ މިހާރަށްވުރެ އަނިޔާވެރކިަން ސުންނީ މުސްލިމުންނަށާއި އިސްލާމުންނަށް ފޯރުވައި އެމެރިކާއާ ހުޅަނގަށްވުރެ މާ ބިރު ބޮޑު ވާނެ.
ކިއްލި
24 June 2025
އީރާނުން ހަމަލާދިނީކީ ގަތަރަކަށްނޫން. އަދި އެއީކީ ގަތަރު ވާންއަރުވަންޖެހޭ ސަބަބެއްވެސްނޫން. އެމެރިކާގެ ތައްޕާހުގާއުޅޭބަޔަކަށް އެހެން ހީވެދާނެ. އެކަމަކު އެއީކީ ހަގީގަތެއްނޫން. އުންމީދަކީ އެމެރިކާއަށް ބޮމުގެ ވާރޭއެއްވެހި ގައުމު ދޮވެލެވޭވަރުވުން. އެއިރުން އެމީހުންވެސް ތިބޭނީ ސައިޒުވެފާ. އެމެރިކާއާ އިޒްރޭލުން ބުނާހާއެއްޗެއް އަޑުއަހާ އެއަށް އަމަލުކުރާން ވެއްޖެނަމަ އެބައެއްގެ އުސޫލެއް ނޯންނާނެ. ފިނޑިންނަކީ އެމީހުން ހަމަލާދިނީމާ ހައްޕުކިޔާމީހުން.
މުނާފިގުން
24 June 2025
ސުދައިސުމެން ނުނެރޭތަ ފަތުވާއެއް މިކަމަށް.
ނަރަކަ ފަރީދާ
24 June 2025
މިތާ ކޮމެންޓު ކުރެވިދާނެ ނޫސްތަކުގަ ޕުރިންސް މުހައްމަދާ އެމީހުން ކަންތައް ކުރާގޮތުގެ ވާހަކަ ލިޔެލާކައް ނުކެރޭނެ ދެތިންފަހަރު އާޓިކަލެއް ލިޔެލިޔަސް އެމީހަކު ގެއްލިދާނެ ރާއްޖޭގަ އުޅޭނެ އެމީހުންގެ އެޖެންޓުން މިހެން ކޮމެންޓު ކޮއްލާގެން ހިތްހަމަޖައްސާލާނީ
އެކޮއި
24 June 2025
ސަޢޫދީގެ ހިތް އަތަށް އައިކަހަލަ. އިރާނުން ޤަޠަރުފަދަ މާތް ދައުލަތަކަށް ހަމަލާއެއް އަމާޒުކުރުމަކީ ބަލައިގަނެވޭނޭކަމެއްނޫން. އެކަން އެންމެފުރަތަމަ ހާމަކުރީ އިސްލާމީ އުންމަތުގެ ''މަންމަ'' ޤައުމުން. އެކަމަކު ފަލަޞްޠީނުގެ މުސްލިމު ރައްޔިތުން ދިރިތިއްބާ ހުޅުޖަހާ އަންދަމުންދާ ކަމެއް ސަޢޫދީއަކަށް ނޭނގެ. ސަބަބަކީ އެއީ ސަޢޫދީގެ ލޯބިވާ ކާފާފުޅު ޓްރަމްޕް ވާގިދީގެން އިޒްރޭލޭކިޔާ ނަޖިހުން ކުރާ ކަމަކަށްވާތީ. ސަޢޫދީއަށް ހެޔޮވެރިޔަކު މިންވަރުކުރައްވާށި. އާމީން
އަހުސަން
24 June 2025
ޓްރަމްޕުގެ މިދައުރުގެ ފުރަަތަމަ ދަތުރަކީ ސައޫދީ· ގަތަރު އަދި ޔޫއޭއީ· އެޖެންޑާގައި ފަލަސްތީނުގެ ނަމެއްވެސްނެތް·
އަފްރާސިޔާބު
25 June 2025
ފަލަސްތީނެއް އޮތްކަމަކަށް އަދި އޮންނަން ޖެހޭނެކަމަށް ގަބޫލުކުރާ އަރަބި ގައުމެއްނެތް. މުޅިންވެސް އަރަބި މުސްލިމުންގެ މައްޗަށް ވެރިކަން ހިންގަނީ ނަމުން މުސްލިމު، ކަމުން ޔަހޫދީން. މިފަހަރު ހިއެއްނުވޭ ޒާކިރު ނައިކަށް ސަލާމަތެއް އޮތްހެނެއް. އޭނާގެ ތަގްރީރެއްގައި އަރަބިގައުމުތަކުން ފަހުގެ ހިސްޓްރީއާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވާތީ.
ޕޫރުބެ
24 June 2025
ލަދުގެ ކުނޑިފުޅެއްވެސް ހުންނަ ބަޔެއްނޫން މިހާރުގެ އަރަބިވެރިންނަކީ، އެހެންނޫންވާނީ ވެރިކަމަށް އަރާތިބީ ގަދަބާރުން، ވެރިކަން ހިމާޔަތްކުރަން ޔަހޫދީ ސިފައިން އަރުވާފަ، ނުވިތާކަށް ފަލަސްތީނު ވިއްކާލައިގެން ކުރިޔަށްދާ އަރަބި ގައުމުތައް ވަށައިގެން.
ސައިލާނު
24 June 2025
ގަތަރަކަށްނޫނޭ ހަމަލާދިނީ ގަތަރުގައި ހުންނަ އެމެރިކާ ބޭސްތަކަށް. ހަހަހަ. އެމެރިކާއިންވެސް ބުނަނީ ތިމަންނަމެން އިރާނާއެކު ހަނގުރާމައެއް ނުކުރަމޭ، އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއޭ ހަނގުރާމަކުރަނީ.