ގަތަރުގައި ހުންނަ އެމެރިކާ އަސްކަރީ މަރުކަޒަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ މަހުގެ 15 ގައި ވަޑައިގެން ސިފައިންނާ ބައްދަލުކުރައްވަނީ: އެތަނަށް އީރާނުން ހަމަލާ ދިނުމާ އެކު ޓްރަމްޕު ވަނީ ހަމަލާތައް ހުއްޓާލަންވީ ވަގުތު ޖެހިއްޖެ ކަމަށް ވިދާޅުވެފައި. -- ފޮޓޯ: އޭއެފްޕީ
24 ޖޫން 2025 - 06:25
އިޒްރޭލާއި އީރާނުން އެއްބަޔަކު އަނެއް ބަޔަކަށް ދެމުން ގެންދާ ވަރުގަދަ ހަމަލާތައް ހުއްޓުމަކަށް ގެނެސް ދާއމީ ސުލްހައެއް ގާއިމުވާނެ އެއްބަސްވުމަކަށް ދެ ފަރާތުން ވެސް އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާނުކުރައްވައިފި އެވެ.
"އިޒްރޭލާއި އީރާނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ފުރިހަމަ އެއްބަސްވުމަކަށް ހޯމަ ދުވަހު ވަނީ އާދެވިފައި،" ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވާފައިވެ އެވެ.
އެކަމަކު އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ އަދި "އެއްބަސްވުމެއް ނެތް" ކަމަށެވެ.
"އަދި މި ވަގުތާ ހަމައަށް، ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމެއް ނެތް،" ޓްރަމްޕުގެ ވާހަކައަށް ރައްދު ދެއްވައި އަރަގްޗީ ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ.
ނަމަވެސް އޭނާ ވިދާޅުވީ ޓްރަމްޕް ވިދާޅުވި ވަގުތުގެ ފަހުން "އިޒްރޭލުން ހަމަލާ ނުދޭ ނަމަ އީރާނުން ވެސް ރައްދު ދިނުމުގެ ނިޔަތެއް ނެތް" ކަމަށެވެ.
އިޒްރޭލާއި އީރާނުން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ދެމުން ގެންދާއިރު އީރާނުން ހަފްތާއެއްހާ ދުވަސް ތެރޭ އެތައް ސަތޭކަ ބަޔަކު މަރުވެފައި ވާއިރު އިޒްރޭލުން ވެސް ސައްވީހަކަށް މީހުން މަރުވެފައިވާ ކަމަށް ބެލެވެ އެވެ.
ހަމަލާތައް ހުއްޓުމަކަށް ގެނެވޭނެ އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް ބުނެފައި މި ވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އެމެރިކާ އިން ހަމަލާތައް ދީ، ހަމަނުޖެހުންތަކުގެ ތެރެއަށް ވަނުމާ އެކު، ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން މިސައިލް ހަމަލާދީ އެމެރިކާގެ ކިބައިން ބަދަލު ހިފުމުގެ މަސައްކަތް ފަށާފައި ވަނިކޮށެވެ.
ޓްރަމްޕް ވިދާޅުވީ ހަމަލާތައް ހުއްޓާލުން 24 ގަޑިއިރުގެ މަރުހަލާތަކަކަށް ބަހާލާފައިވާކަމަށެވެ. އަދި މިކަން ފެށޭނީ މި އަންގާރަ ދުވަހު ޖީއެމްޓީ ގަޑިން ފަތިހު 3:00 (ރާއްޖޭ ގަޑިން ހެނދުނު 8:00) ގައި ކަމަށް ވިދާޅުވި އެވެ. އީރާނުން އެ ހިސާބުން ހަމަލާތައް ހުއްޓާލާނެ ކަމަށާއި އޭގެ 12 ގަޑިއިރު ފަހުން އިޒްރޭލުން ވެސް އެއްބަސްވުމަށް އަމަލުކުރަން ފަށައި ހަމަލާތައް ހުއްޓާލާނެ ކަމަށް ޓްރަމްޕު ލިޔުއްވާފައިވެ އެވެ.
ޓްރަމްޕު މިކަން އިއުލާނުކުރެއްވީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ކަމަށްވާ ގަތަރުގެ އަލް އުދައިދު އެއާ ބޭސްއަށް އީރާނުން މިސައިލް ހަމަލާދިންތާ ކުޑަ އިރުކޮޅެއް ފަހުންނެވެ. ޓްރަމްޕު ވިދާޅުވީ އެ ހަމަލާ އީރާނުން ދިނީ އެމެރިކާއަށް އެކަން އެންގުމަށް ފަހުގައިކަމަށެވެ. މި ހަމަލާގައި މީހަކަށް އަނިޔާ ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ގަތަރުގެ މަރުކަޒަށް ހަމަލާ ދިނުމާ އެކު ގައުމުތަކުން ވަނީ އީރާން ކުށްވެރިކޮށް، ހަނގުރާމަ މުޅި ސަރަހައްދަށް ފެތުރޭނެ ކަންކަން ނުކުރުމަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައްކަލޯ
24 June 2025
މި ދުރަންޕް މީ ބޯހަމަޖެހޭ މީހެއްތަ؟؟ އީރާނުން އެ ހިސާބުން ހަމަލާތައް ހުއްޓާލާނެ ކަމަށާއި އޭގެ 12 ގަޑިއިރު ފަހުން އިޒްރޭލުން ވެސް އެއްބަސްވުމަށް އަމަލުކުރަން ފަށައި ހަމަލާތައް ހުއްޓާލާނެ ކަމަށް ޓްރަމްޕު ލިޔުއްވާފައިވެ އެވެ. ފުރަތަމަ ތި ޒަޔަނިސްޓް ޓެރަރިސް އިސްރާއިލުން ހަމަލާދޭން ފެށީވެސް މިހާރު ހަމަލާތައް ހުއްޓާލަންވެސް މިބުނަނި އީރާނުން ހުއްޓާލާތާ 12 ގަޑިއިރު ފަހުން އިސްރާއިލުން ހުއްޓާލާތާ 24 ގަޑިއިރު ފަހުން އީރާނުން ހުއްޓާލާނި
ދުނިޔެ
24 June 2025
ދުނިޔޭގެ ކަންކަން މިހާރު ކަޑައޭ. އީރާންގެ މިނިވަން ދުއުލަތަށް އެމެރިކާއަށް ހަމަލާދެވޭ. އަދި އެކަމަށް ގަތަރު ބޭނުން ކުރެވޭ. އެކަމަކު އީރާނުން ރައްދު ދިނީމަ އެކަން ގޯސްވޭ.
ޗޫޤީ
24 June 2025
ޓުރަމްޕު ހީކުރީ އެމެރިކާއިން އީރާނަށް ހަމަލާދިނީމާ އެހެން އަރަބިންހެން އެމެރިކާއާ ދެކޮޅަށް އީރާނަކަށް އެއްކަމެއްވެސް ކުރާކަށް ނުކެރޭނެއޭ. އެކަމަކު ކަންވީ އެހެންނެއްނޫން. އީރާނުން ބިރެއްނެތި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ވަރަށް އާދައިގެ ހަމަލާއެއްދީ އެމެރިކާއަށް މިވަނީ އިންޒާރެއް ދީފައި. ޓުރަމްޕަށް ގަބޫލުކުރެވޭ އީރާނުން އެއްދުވަހު ދޭހަމަލާއަށްވުރެ އަނެއްދުވަހު ދޭހަމަލާ ވަރުގަދަވާނެކަން. ވީމާ ސުލްހައޭކިޔާފައި ޓުރަމްޕު އިސްވެ އަމާންދޭން އެނިންމީ.
ގޮތެއްވެސްވާ ނެތް
24 June 2025
"ގަތަރުގެ މަރުކަޒަށް ހަމަލާ ދިނުމާ އެކު ގައުމުތަކުން ވަނީ އީރާން ކުށްވެރިކޮށް، ހަނގުރާމަ މުޅި ސަރަހައްދަށް ފެތުރޭނެ ކަންކަން ނުކުރުމަށް ގޮވާލައިފަ އެވެ." މި ގައުމުތަކުގެ ވެރިންގެ މުނާފިގުކަމާއި ތަފާތުކުރުމާއި، ނާއިންސާފުގެ ބޮޑުކަމާއޭ ހިތަށް އަރާ! އަދި މި މީސްމީހުންގެ ނަފްސުގެ ބަލިކަށިކަމާއި، އަޅުވެތިކަމާއި، ވެރިކަމަށްޓަކައި އިންސާފާ، ދީނީ އަދި ގައުމީ ވަހުދަތުވެސް ވިއްކާލައިގެން ތިބެ ބަސްބުނަން ލަދުނުގަންނަކަން ދެކިބަލަ!
މާލްދީފް
24 June 2025
އިރާނު އޮތީ ހަމަލާތަށް ހުއްޓާލާނެ ގޮތެއް ނުފެނިފަ، އިޒްރޭލް ނޫނީ އެމެރިކާ މިކަމާލޮލުގެ ކުޑަކަޅިން އިށާރާތެއް ކޮއްލިޔަސް އޯކޭދޭނެ، އިރާން ހަމަލާދިނީ ރައްޔިތުންގެ ޕްރެޝަރު ބޮޑުވެގެން
ފޫހި
24 June 2025
އީރާނޭ ކިޔައިގެން އަނގަތަޅާމީހުން މިއުޅެނީ އަމިއްލައަށް ބޯލާ ކޮފީތަށިހަދާނުލެވިގެން. ތިމާމެންގެ ނިކަމެތިކަމާ މުނާފިޤުކަން މާބޮޑުދޯ؟
އަބުދުލް ޤާދިރު
24 June 2025
އެކަން އެންމެ ރަނގަޅަށް އެނގޭނީ ކަލެއަށް. ތީ މައަލް ދީފެއްނޫން ތީ މައަލް އިސްރާއީލް އެމެރިކާ
މޮޔަ ދޯ
24 June 2025
އަޅެ ފަހެ ނޭނގުނަސް އަނގަ ކޮއްޕަން ޖެހޭ ދޯ. މާ އިނގޭ ހެދިގެން
ޚާމޯޝް
24 June 2025
މި ކަލޭގެ ރޮދިކެނޑިގެން ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ، ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭނގޭ. ދުނިޔެއަށް ކުރިމަތިވެފަ އޮތް މުޞީބާތެއް
2025
24 June 2025
ޓްރަމްޕް ސައިޒްވީތަ..... ބޮއިހަލަކި
އަލިިި
24 June 2025
އީރާނުންތަ ފޮނިކެނޑީ. އީރާނުގެ ހަމަލާޔާގުޅިގެން މުޅި މެދުއިރުމަތި ހުއްޓުމަކަށް އައުމުން އެމެރިކާ އަމާންދިނީ. ވާނުވާ ބާލާބާލާ.
ފުރޭތަ1
24 June 2025
މީހަމަ ޗަރުކޭސް. އެތައް ހަފްތާއެއް ކުރިން އެމެރިކާއިން ހުސްކޮށްފަ އޮތް ތަނަކަށް ބޮން އަަަޅާފަ އީރާނުން ފޮނިކަނޑާފަ ނިންމާލީ.
އަބުދުލް ޤާދިރު
24 June 2025
އެމެރިކާއިން ހަމަލާ ދިނީ ވެސް ހުސްކޮށްފައި އޮތް 3 ތޮށިގަނޑަށް. ހަނގުރާމަ ހުއްޓާލަން އީރާނުން އެއްބަހެއް ވެސް ނުވޭ. އެކަމަކު ބޮޑު ބާރު އެމެރިކާއިން ޓުރަންޕު ބުނެފި ބަދަލު ހިފުމުގެ ހަމަލާއެއް ނުދޭނަމެ. އެނގޭ ދީފިނަމަ އެއަށް ވުރެ ވަރުގަދަ ރައްދެއް އީރާނުން ދޭނެކަން. އީރަން އޮތީ 2 އަހަރުދުވަހުގެ ހަނގުރާމައަކަށް ފިސާރި ރަނގަޅަށް ތައްޔާރުވެގެން.
ޗ×ޒޒ×ސ
24 June 2025
ތިދެން ޤަބޫލު ކުރަން އުނދަގޫ ވާހަކައެއް.
ކޮތަރޭ
24 June 2025
ކުރިންވެސް ހަމަ ޗަރުކޭސް. ފޯޑޯ ނިއުކްލިއާ މަރުކަޒު ހުސްކޮށްފައި އޮއްވާ އެތަނަށް ވެސް ހަމަލަދިނީ. ހައިރާން ވާން ޖެހޭ ކަމަކީ މިހުރިހާ ޗަރުކޭހެއްގެ ފަހަތުގައި ވަނީ ކޮންކަމެއްތޯ؟ އީރާން އިޒްރޭލް ހަނގުރާމަ ފެށުނުފަހުން ޣައްޒާގައި ހިނގާ ކަންތަކުގެ އަޑު މީޑިއާގައި މަޑުވެގެން ދިޔަ އިރު އިޒްރޭލް އެތަކެއް ބަޔަކު ޝަހީދުކޮށް އެތައް އުދުވާނެއް ހިންގައިފި. މިހުރިހާ ކަމެއްގެ ފަހަތުގައި އޮތީ ޣައްޒާ ގައި އިޒްރޭލުން ހިންގާ އުދުވާން ވަރުގަދަކުރަން މީޑިއާ އަނބުރާލުނ
ބުރޭތަ
24 June 2025
50 އަހަރު ވަންދެން އެޅޭނެ އެންމެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތް ގައުމަކަށް ފޮނިކަނޑާލަންވެސް އެމެރިކާގެ ތަނަކަށް ހަމަލާ ދެވޭނީ ވަރަށް ވަރުގަދަވީމަ. ތިބުނާ މޮޅު އެމެރިކާގެ ހަތިޔާރުގައި އިސްރާއީލް މީހުން އެއުޅެނީ ދެއަހަރުވެގެން ދާއިރުވެސް ފައިވާން ކިބައެއްވެސް ނެތް ބަޔަކާ ހަނގުރާމަކޮށް މޮޅުނުވެގެން. އިރާނޭ ކިޔާފައި އަނގަ ހުޅުވަން ލަދުނުގަންނަކަން