އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އޭނާގެ ރިޔާސީ މަތިންދާބޯޓަށް އަރައިގަންނަވަނީ: އިސްލާމީ ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވައި ޣައްޒާއާ ގުޅޭ ޕްލޭންތައް ހާމަކުރައްވާނެ ކަމަށް ވަނީ ބެލެވިފައި. -- ފޮޓޯ: އޭއެފްޕީ
22 ސެޕްޓެމްބަރ 2025 - 23:08
އދ.ގެ އާންމު މަޖިލީހުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު، ނުފޫޒު ގަދަ އިސްލާމީ ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާނެ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.
އެމެރިކާގެ އެކުވެރި އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ ކާރިސާއެއް ކުރިމަތިކޮށްފައި ވާތީ އެ މައްސަލައަށް ބޮޑު ސަމާލުކަމެއް ދޭނެ ކަމަށް ބެލެވޭ އާންމު މަޖިލިސް ކުރިއަށްދާއިރު ގަތަރު، ސައޫދީ އަރަބިއްޔާ، އިންޑޮނީޝިއާ، ތުރުކީ، ޕާކިސްތާން، މިސްރު، ޔުނައިޓެޑް އަރަބި އެމިރޭޓްސް، އަދި އުރުދުންގެ ވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވިދާޅުވި އެވެ.
މި ގައުމުތަކާ ބައްދަލުކުރައްވާނީ ހުރިހާ ލީޑަރުން އެކީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕްރެސް ސެކްރެޓަރީ ވިދާޅުވި ގޮތުގައި އިޒްރޭލުން ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ނިމުމަކަށް ގެނައުމަށް ފަހު ދެން ޣައްޒާ ހިންގާނެ ގޮތަކާ މެދު އެމެރިކާއިން ގެންގުޅޭ ޕްލޭން އިސްލާމީ ގައުމުތަކުގެ ވެރިންނަށް ޓްރަމްޕު ހާމަކުރައްވާނެ ކަމަށް ބެލެވެ އެވެ.
ޓްރަމްޕު ކުރިން ވަނީ ޣައްޒާއިން މީހުން ހުސްކޮށް އެތަނުގައި މަތީ ފެންވަރުގެ ރިސޯޓެއް ހަދައި އަދި ޒަމާނީ އެޕާޓްމަންޓް ބިލްޑިންގުތައް އަޅައި ތަރައްގީކުރުން ކަމަށް ވަނީ ބުނެފަ އެވެ. މި ޕްލޭނަށް އިސްލާމީ ގައުމުތަކުން ދެކޮޅުހަދައި، ޣައްޒާއިން މީހުން ނެރުމާ ވަނީ ދެކޮޅު ހަދައިފަ އެވެ.
މި ބައްދަލުވުން ބޭއްވުމުގެ އދ.ގެ އާންމު މަޖިލީހުގައި ޓްރަމްޕު މާދަމާ ތަގުރީރު ކުރައްވާނެ އެވެ. މި ތަގުރީރުގައި އެމެރިކާގެ ބާރާއި ނުފޫޒު ދުނިޔޭގެ ކަންކޮޅުތަކުގައި އަލުން ވަރުގަދަކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ސަތޭކައަށްވުރެ ގިނަ ލީޑަރުންނަށް ޓްރަމްޕު އަންގާރަ ދުވަހު ފަރިއްކޮޅެއް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިފަހަރުގެ އާންމު މަޖިލީހުގައި އެތައް ގައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެތީ އެމެރިކާ އާއި އިޒްރޭލުން ގެންދަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކައި އަދި އެކަން ކާމިޔާބުވިޔަ ނުދިނުމަށް މަސައްކަތްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
23 September 2025
ބުއްދިވެރިބައެއްކަމުގާވާނަމަ އިސްލާމީގައުމުތަކުގެވެރިން ޓުރަންޕާ ބައްދަލެއްނުކުރާނެ، ކޮބާބޭނުމަކީ؟ ބޭކާރުކަމެއް، ސުލްހަކުރަންކަމަށްހެދިގެން ހުރިހާނުބައެއްހެދުމުގެ އަޑީގާއަބަދުވެސްއޮންނަނީ އެމެރިކާ، މިހާރުވެސް އިޒުރޭލުންހިންގާ ޖަރީމާތަކަށް ސަޕޯޓުކޮށް ހަތިޔާރުފޯރުކޮށްދީހަދަނީ އެމެރިކާ، އެހެންވީމާ ޓުރަންޕާބައްދަރުކުރުމަކީ ކޮށްގެންވާނެކަމެއްނޫން، އޭނަކިޔާއެއްޗެއް އަޑުއަހަންޖެހޭ ސަބަބެއްނެތް
މާކޮސް
23 September 2025
ދުނިޔޭގެ ނުފޫޒުގަދަ ގައުމުތަކުން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރާތީ ގަލްފުގެ މުނާފިގު ވެރިންތައް އެކަމާއި ބިރުގަނެ ހާސްވާތި ބަޅެއްގެ ފައިބުޑަށް ވެއްޓި އަމިއްލަ އަށް ޗިސްވަނީ
އިހްސާސް
23 September 2025
ބޮއިކޯޓް ޓުރަމްޕު... މިފަހަރު އެނގޭނެ އިސްލާމީ ވެރިންގެ އިޚްލާސްތެރިކަމެއް ހުރިކަން.
ކަނާތުފިޔަ
23 September 2025
އަޅެ ފަހެ މިވަގުތު މިތިބަ ޢަރަބި ވެރިން އަަކީ ޓުރަމްޕެ ގެންގުޅޭ ޖާރިޔާއިން ތަކެއްތަ.
ރަދީފްއޮފިޝަލް /
23 September 2025
ޓްރަމްޕް އެއުޅެނީ އިސްލާމީ ދުނިޔޭގެ ލީޑަރުން ގަނެލަން.ބަލަން ތިބޭތި.ދެން ނުކެރޭނެ އޯއައިސީ އަދި މުސްލިމް ވޯލްޑް ލީގް ކަހަލަ ތަނަކުން ބަޔާން ގަނޑެއް ވެސް ނެރެން.މުސްލިމުން އެބަޖެހޭ ވަރަށް ސާބިތުވެ ތިބެ އެމެރިކާގެ ނިންމުންތަކާއި ދެކޮޅުހަދަން.
ޖަލީލީ
23 September 2025
މޯދީ ހުރި ވިޔަފާރިކަންތަށްތަކުގައި ހިތްހަމަ ނުޖެހިގެން ހަފްތާއެއް ވަންދެން ޓްރަމްޕްގެ ފޯން ނުނަގާ. މި އަރަބި ވެރިން މީ ޓްރަމްޕް ކުޅެން ގެންގުޅޭ ބުދުތަކެއްތަ. އަރަބި ބިމަށް ޓްރަމްޕް އަޑީގައި އޮވެގެން ބޮން އެޅީމަވެސް ހޭ ނޭރި.
ވެންގަބޯ
23 September 2025
ޓްރަމްޕް ދައްކާ ވާހަކަތައް އެއްވެސް އިސްލާމީ ގައުމަކުން ގަބޫލު ކަލޭ ދައްކާ ވާހަކަތައް ކަލޭގެ ޕުލޭނަކީ ފަލަސްޠީނުގެ ރައްޔިތުން މަރާ ހުސްކުރަން ޔަހޫދީން އާބާދު ކުރުމުގައި ދެމިހުންނަން ކަލޭ ދައްކާ ވާހަކަތައް ގަބޫލުކުރާނީ ނަތަންޔާހޫ އާއި މަދު ގައުމަކުން ފަލަސްތީން ރައްޔިތުންނާ އިސްލާމް ދީނުގެ ހިމާޔަތުގައި ބުނަން ޖެހޭ އެއްޗެއް ބުނާނަން ޖަލަށް ލިޔަސް އުލުބޭންދިޔަސް ބުނާނަން އިންސާ ﷲ
ޑަބަލް ޓޭޕް
23 September 2025
"ނުފޫޒުގަދަ" އިސްލާމީ ގައުމުތަކުގެ ވެރިިންނެއް ނޫން. ތީގައިި ގިނައީ ވެެރިކަމުގެ ދަހިވެތިކަމުގައި އެމެރިކާއާއި ހުޅަނގަށް ވިކިފައިތިބި، ދީނާއި އަމިއްލަ ނަފްސު ވިއްކާލައިގެން ތިބި ފިނޑިން. އެމެރިކާއާއި އިޒްރޭލޭ ކިޔައިގެން އުޅޭ ބައިގަނޑުގެ ޕަޕެޓްން. އިސްލާމީ އުއްމަތަށް މިއަދު ދިމާވެފައި ހާލަތުގެ ޒިންމާ އެންމެ ބޮޑަށް ނަގަންޖެހޭ މީހުން. މުސްލިމު މެޖޯރިޓީ ތިޔަ މީސްމީހުންްނަށް އިތުބާރެއް ނުކުރެ. ތިކަހަލަ ފިިނޑި ވެރިން ނެތުނު ދުވަހަކުން ނޫނީ ހައްލެއް ނެތް
ސާރ
23 September 2025
ވަރަށް ރަނގަޅު 100 ގެ ވާހކަ އެއް މީ
ވެންގަބޯ
23 September 2025
ޓްރަމްޕް ދައްކާ ވާހަކަތައް އެއްވެސް އިސްލާމީ ގައުމަކުން ގަބޫލު ކަލޭ ދައްކާ ވާހަކަތައް ކަލޭގެ ޕުލޭނަކީ ފަލަސްޠީނުގެ ރައްޔިތުން މަރާ ހުސްކުރަން ޔަހޫދީން އާބާދު ކުރުމުގައި ދެމިހުންނަން ކަލޭ ދައްކާ ވާހަކަތައް ގަބޫލުކުރާނީ ނަތަންޔާހޫ އާއި މަދު ގައުމަކުން ފަލަސްތީން ރައްޔިތުންނާ އިސްލާމް ދީނުގެ ހިމާޔަތުގައި ބުނަން ޖެހޭ އެއްޗެއް ބުނާނަން ޖަލަށް ލިޔަސް އުލުބޭންދިޔަސް ބުނާނަން އިންސާ ﷲ