މިހާރު ހިންގަމުންދާ މެދުއިރުމަތީގެ ހަނގުރާމަ އެއް މަހަށް ދެމިގެންދިއުމުން 85 މިލިއަން ޑޮލަރާއި 90 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއްގެ ގެއްލުން ރާއްޖެ އަށް ވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލު ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު  އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، ސަރުކާރަށް ލިބޭ އާމްދަނީ ދަށްވި ނަމަވެސް، ބައެއް ހަރަދުތައް ކުޑަނުކުރެވޭނެ ކަމަށެވެ. އޭގެ ތެރޭގައި މެޑިކަލް ކަންކަމަށް ކުރާ ހަރަދު ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ

"އެކަންކަން ކުރުމަށްޓަކައި ފަހަރެއްގައި ޖެހިދާނެ ޕްރޮޖެކްޓެއްގެ ޝެޑިއުލަށް ބަދަލެއް ގެެނެސް ކޭޝްފްލޯ ބަލަން. ރައީސްގެ މިއަދުގެ އެއް އިރުޝާދަކީ ބޯހިޔާވަހިކަމާއި ސިއްހީ ކަންކަމަށް ވަރަށް ބޮޑު ޕްރިއޮރޮޓީއެއް ދޭން ޖެހޭނެއޭ،" ފިނޭންސް މިނިސްޓަރު ވިދާޅުވި އވެެ.

ޒަމީރު ވިދާޅުވި ގޮތުގައި، ހަނގުރާމަ ހަ މަސް ދުވަހަށް ދިގުދެމިގެން ހިނގައްޖެ ނަމަ، އިތުރު ފިޔަވަޅުތައް ވެސް އަޅަން ޖެހޭނެ އެވެ.

ހަނގުރާމައާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލު ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ރައީސް މުއިއްޒު  އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން މިއަދު މީޑިއާއާ ވާހަކަ ދައްކަނީ.
ހަނގުރާމައާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލު ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ރައީސް މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން މިއަދު މީޑިއާއާ ވާހަކަ ދައްކަނީ.

އޭނާ ވިދާޅުވީ، ތެލަށް ކުރާ ހޭދަ ބޮޑުވުމުގެ ސަބަބުން، އިތުރަށް މަލްޓިލެޓްރަލް ޕާޓީތަކުން އިތުރު ފައިނޭންސް ހޯދަން ޖެހިދާނެ ކަމަށާއި އެކަމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށެވެ.

މި ހާލަތުގައި މަސްވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި ކަންކަން ރާވަމުން އަންނަ ކަމަށާއި އެގޮތުން ކަޅުބިލަ މަހާއި ކަންނެލީގެ މަސްވެރިކަން ކުރާ މީހުންނަށް ހެޔޮ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމަށް ސަބްސިޑީއެއްގެ ތެރެއިން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ތިން ހަފުތާގެ ތެރޭގައި ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 21 ޕަސެންޓަށް ދަށްވެފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ތޯރިގް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
ޓޫރިޒަމް މިނިސްޓަރު ތޯރިގް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވީ، ކެންސަލޭޝަން އަންނަ ފަރާތްތަކަށް ކެންސަލޭޝަން ފީއެއް ނުނަގައި، ރީބުކް ކުރެވޭނެ ގޮތްތައް ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ހަމަޖައްސަމުން އަންނަ ކަމަށެވެ. އެހެންވެ، މިވަގުތު ކެންސަލްކުރާ މީހުން ވެސް މި އަހަރުގެ ފަހުކޮޅު ނުވަތަ ހަނގުރާމަ ނިމޭ ހިސާބުން އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް މަސައްކަތް ކުރަމުން އަންނަނީ މި އަންނަ މަހުގެ ތެރޭގައި އިތުރަށް ފެއާތަކުގައާ ޕާސަނަލީ ދަތުރުތައް ކޮށްގެން އެ މަސައްކަތް އިތުރަށް ޓޫރިސްޓުން ގެންނަން ކުރަން،" ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.