ކަނޑުހުޅުދޫ އިސް މެޖިސްޓްރޭޓް
21 ޖެނުއަރީ 2020 - 17:52
ގއ. ކަނޑުހުޅުދޫ އިސް މެޖިސްޓްރޭޓް ހަސަން ދީދީ، އެ ކޯޓުގެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މިހާތަނަށް ނުވަ މީހަކާ ސުވާލު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ ސްޕޯކްސްޕާސަން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހުށަހެޅި އެ މައްސަލައިގައި ނުވަ މީހަކާ ސުވާލުކޮށް، ފާހަގަކުރެވިފައިވާ ކަންކަމާ ގުޅިގެން އިތުރު މީހުންނާ ވެސް ސުވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަސަން ދީދީއާ ގުޅޭ ހަތް މައްސަލައެއް ޖޭއެސްސީން މިހާރު ވެސް ތަހުގީގު ކުރަމުން ދާއިރު އެ މައްސަލަތަކުގެ ތަހުގީގު މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް ޖޭއެސްސީން ބުނެ އެވެ.
1- މުވައްޒަފުންނަށް ޖިންސީ ގޯނާކުރުން.
2- މާލިއްޔަތު ގަވާއިދާ ޚިލާފަށް އަމަލުކުރަން މަޖުބޫރު ކުރުވުން.
3- ހަޑިހުތުރު ބަހުން އެއްޗެއް ގޮވުން.
4- މުވައްޒަފުންނަށް ބަރަހަނާ ވީޑިއޯ ދެއްކުން.
5- ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުން.
6- ހެކިންގެ ބަޔާން ނެގުމަށް ހުރަސް އެޅުން.
7- މާރާމާރީ ހިންގުމަށް ހިތްވަރު ދިނުން.
އެ މައްސަލަތައް ބަލަމުންދާތީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ހަސަން ދީދީ ހުރީ ސަސްޕެންޝަނުގަ އެވެ.
ކަނޑުހުޅުދޫ މެޖިސްޓްރޭޓްގެ މައްސަލަތަކެއް ޖޭއެސްސީން ބަލަމުންދާއިރު، އެ ރަށުގެ ދެ އަހަރު ނުފުރޭ ކުއްޖަކަށް އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. ގިނަ ބައެއް ފާޑުކިޔުންތަކެއް އަމާޒުވަމުން އަންނަނިކޮށް، ފުލުހުން މިހާރު ވަނީ އެ ދެ މީހުންނާއި އެ ކުއްޖާގެ ބައްޕަ ވެސް ހައްޔަރުކޮށް ތަހުގީގު ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު..
22 January 2020
ކަންވެ ނިމި އާންމުން ބޮލަށް އަރަން ފެށީމަ ދެން މައްސަލަ ބަލާނެ ކަމެއްނެތް، ބައެއް ގާޒީންގެ މައްސަލަ 24 ގަޑިއިރުތެރޭގައި ނިމޭ، މިހާ ބޮޑެތި ތުހުމަތުތައް ކޮށްފައިހުރި އިރުވެސް ޖޭއެސްސީ އޮތީ ސިޔާސީކަމެއް ނޫންވީމަ ނިދާފަ.
ނާނާާނާނާ
22 January 2020
އިސް މެޖިސްޓްރޭޓް ހަސަން ދީދީ އަށް ކުރާ ތުހުމަތު: 1- މުވައްޒަފުންނަށް ޖިންސީ ގޯނާކުރުން. 2- މާލިއްޔަތު ގަވާއިދާ ޚިލާފަށް އަމަލުކުރަން މަޖުބޫރު ކުރުވުން. 3- ހަޑިހުތުރު ބަހުން އެއްޗެއް ގޮވުން. 4- މުވައްޒަފުންނަށް ބަރަހަނާ ވީޑިއޯ ދެއްކުން. 5- ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުން. 6- ހެކިންގެ ބަޔާން ނެގުމަށް ހުރަސް އެޅުން. 7- މާރާމާރީ ހިންގުމަށް ހިތްވަރު ދިނުން. ހަސްންދީ އަށް ކޯނޗެއްމަދުވެގެން ބާ މިޢަމަލު ހިންގީ؟
ސޭކުބެ
21 January 2020
މީ ކަނޑުހުޅުދޫގެ މޫސުންދޯ؟
މާޓިން ބަޝީރު
21 January 2020
އާދައިގެ މީހާ ވަޒީފާ ހޯދަންޏާ އެކޯޓް މިކޯޓުން ޕޮލިހުން ނުދުވާތަނެއް ނުހުރޭ ކުށުގެ ރެކޯޑް ސާފުކުރަން. މިކަހަލަ ބޮޑެތި މުހިއްމު މަގާމުތަކަށް އައްޔަން ކުރާމީހުންނަށް ވަޒީފާ ދިނުމުގެ ކުރިން އުޅެފަ ހުރިގޮތެއް ބަލާހެނެއް ހީއެއްނުވޭ. މިމީހާގެ ކުށްގިނަ. އެކަމަކު ހީއެއްނުވޭ ގާޒީގެ މަގާމު ދިނީމަ ހަމަ ކުއްލިއަކަށް ގޯސްވެ އަނެއްކޮޅަށް ޖަހާލީކަމެއް. މިގައުމުގެ ނިޒާމަށް މިނޫންގޮތެއް ނެތީތަ. ދިވެހިންގެ ދިރިއުޅުން މިއަށްވިރެ ތާހިރުވާނީ ކޮންއިރަކުންބާ!