ލައިފްސްޓައިލް / ޓެކްނޮލޮޖީ

5ޖީ: އިންސާނުންގެ ސިއްހަތަށް ނުރައްކަލެއްތަ؟

އިންޓަނެޓްގެ އާ މިސްރާބަކީ 5ޖީ.

އިންޓަނެޓާ ނުލައި އުޅުމަކީ މިހާރު ވާނެ ކަމެއް ނޫނެވެ. އެހެންވެ މި ހިދުމަތުގެ ފެންވަރު މަތިކުރުމަށް ގައުމުތަކުން ދޭ ސަމާލުކަން ވެސް ބޮޑެވެ. އޭގެ ހެއްކަކީ އިންޓަނެޓްގެ ސްޕީޑް އަވަސްކުރަން ގިނަ ގައުމުތަކުން މިހާރު 5ޖީ ނެޓްވޯކަށް ހިޖުރަ ކުރަމުން ދިއުމެވެ.

އެކަމަކު ބައެއް ގައުމުތަކުން ދަނީ މި ނެޓްވޯކުން ދިމާވެދާނެ ނުރައްކާތަކުގެ ވާހަކަ ވެސް ދައްކަމުންނެވެ. އެގޮތުން އެމެރިކާ އިން ދާދި ފަހުން ބުނި ގޮތުގައި 5ޖީ ނެޓްވޯކް އާންމުވުމަކީ މޫސުން ލަފާކުރުމަށް ދިމާވެދާނެ ހުރަހެކެވެ. އަދި ހަމައެއާ އެކު ސައިންޓިސްޓުންނާއި ޑޮކްޓަރުންގެ ޓީމަކުން ވަނީ 5ޖީ ނެޓްވޯކް ގާއިމުކުރުން މަޑުޖައްސައިލަ ދޭން އީޔޫ އަށް ވެސް ގޮވާލައިފަ އެވެ.

އެހެންވެ މިއީ 5ޖީ އަށް ހިޖުރަކުރާއިރު ރިއާޔަތް ކުރުން މުހިއްމު ކަމެއް ކަމަށް ބުންޏެވެ.

ދެން އޮތީ މި ނެޓްވޯކްގެ ސަބަބުން އިންސާނުގެ ސިއްހަތަށް ގެއްލުމެއް ވެދާނެތޯ އެވެ؟ އެ ފުރުސަތު އޮތީ ކިހާ ވަރަކަށްތޯ އެވެ؟ ތަޖުރިބާކާރުން މިހާރު ދޭ ބައެއް ސިގްނަލްތަށް ބަލާ އިރު، 5ޖީ އަކީ އިންސާނުގެ ސިއްހަތަށް ނުރައްކާ ވެދާނެ ކަމެކެވެ.

މުއާސަލާތީ ހިދުމަތް ދޭން ގާއިމުކުރާ ވިއުގަތަކާ އެކު، މިހާރު ވެސް އުޅެން ޖެހިފައި ވަނީ އިލެކްޓްރޯމެގްނެޓިކް ރޭޑިއޭޝަން ނުވަތަ ރޭޑިއޯ ވޭވްތަކެއްގެ ތެރޭގަ އެވެ. ޓެކްނޮލޮޖީ އަށް އަންނަ ކުރިއެރުންތަކާ އެކު މިކަން އިތުރަށް ދާނީ ފުޅާވަމުންނެވެ. ދާދި ފަހުން ރިލީޒް ކުރި، އިންޑިއާގެ ސައިންސް ފިކްޝަން ފިލްމު "2.0" ގައި ވެސް ވަނީ މި މައްސަލަ އަށް އަލިއަޅުވާލައިފަ އެވެ.

ރަޖްނީކާންތާއި އަކްޝޭ ކުމާރު ލީޑް ރޯލް ކުޅުނު ފިލްމުގެ މައިގަނޑު ޕްލޮޓަކީ މުއާސަލާތީ ހިދުމަތް ދޭން ބަހައްޓާ ބޮޑެތި ބިޔަ އެންޓަނާތަކާއި އެތަކެއްޗާ ގުޅުން ހުރި ވަސީލަތްތަކުން ވެއްޓާއި ވެށީގެ ދިރުންތަކާއި އިންސާނުންގެ ދިރިއުޅުމަށް ކުރިމަތިވާ ތުރާތަކުގެ ވާހަކަ އެވެ. ކަންކަން މިހާރު ހިނގަމުންދާ ގޮތަށް ބަލާއިރު، "2.0" ގައި ދައްކުވައިދޭ ކަހަލަ ހާޖާނުގަނޑެއްގެ ތެރެއަށް ދުނިޔެ ހިނގައި ދާނެ އެވެ.

ބަޔަކު މޮބައިލް ފޯނު ބޭނުން ކުރަނީ.

ތަޖުރިބާކާރުން ބުނާ ގޮތުގައި މުއާސަލާތީ ވިއުގަތަކުން މިހާރު ދޫކުރާ ރޭޑިއޯ ވޭވްތަކަށް ވުރެ 5ޖީ ނެޓްވޯކްގެ ތެރެއިން އުފެދޭ ރޭޑިއޯ ވޭވްތައް ގަދަފަދަ ވާނެ އެވެ. އަދި އެފަދަ ވަސީލަތްތައް ހުންނާނީ ކުރިއާ ހިލާފަށް އިންސާނުންނާ މާ ކައިރީގަ އެވެ.

މީގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ނުރައްކާވުމުގެ ފުރުސަތު ބޮޑެވެ. އޭގެ ނަތީޖާ އަކީ ކެންސަރު ކަހަލަ ނުރައްކާތެރި ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވުމެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން 2014 ގައި ބުނެފައިވާ ގޮތުގައި މޮބައިލް ފޯން އާންމު ވިޔަސް އެކަމަކީ އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރެއް ކުރާނެ ކަމެއް ނޫނެވެ. އެކަމަކު އިންޓަނޭޝަނަލް އެޖެންސީ ފޮ ރިސާޗް އޮން ކެންސާ (އައިއޭއާރްސީ) އިން ފާހަގަކޮށްފައިވާ ގޮތުގައި މުއާސަލާތީ ހިދުމަތް ދޭން ބޭނުންކުރާ ވިއުގަތަކުން ދޫކުރާ ހުރިހާ ބާވަތެއްގެ ރޭޑިއޯ ފްރިކްއެކްސީ ރޭޑިއޭޝަންތަކަކީ ކެންސަރަށް މަގުފަހި ކުރުވާނެ ކަމެކެވެ.

އެމެރިކާގެ ހެލްތު ޑިޕާޓްމަންޓުން މިދިޔަ އަހަރު ނެރުނު ޓޮކްސިކޮލޮޖީ ރިޕޯޓްގައި ވެސް ވަނީ ރޭޑިއޭޝަނުގެ އަސަރުކޮށްގެން ފިރިހެން މީދާތަކަށް ކެންސަރު ޖެހިފައިވާކަން ފާހަގަކޮށްފަ އެވެ. އަދި މިކަމުން ނުރައްކާ އިންސާނުންނަށް ވެސް އޮތްކަން ހާމަކޮށްދޭ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން މުވާސަލާތީ ހިދުމަތުގެ ރައްކާތެރިކަމާ ބެހޭ ގޮތުން ގައުމުތަކަށް ލަފާ ދެއްވާ ޑރ. ފްރޭންކް ޑި ވޯޝް ވިދާޅުވި ގޮތުގައި މޮބައިލް ފޯނު ބޭނުންކުރާ މީހުންނަށް ކެންސަރުގެ ބިރު އޮތް ކަމެއް ބައެއް ދިރާސާތަކުން ދައްކާފައި ހުއްޓަސް، އެކަމުގެ ނުރައްކާ ކަންބޮޑުވާން ޖެހޭ ވަރަކަށް ހުރިކަމެއް މިހާތަނަށް ފާހަގަކުރެވިފައެއް ނެތެވެ.

"އެކަމަކު މީގެ މާނައެއް ނޫން ރައްކާތެރި ކަމުގެ ފިޔަވަޅުތައް ނާޅައި ތިބުމަކީ،" އޭނާ ވިދާޅުވި އެވެ.

ކެންސަރުގެ ތަޖުރިބާކާރެއް ކަމަށްވާ ޑޭވިޑް ރޮބަޓް ގްރައިމްސް ވިދާޅުވި ގޮތުގައި މޮބައިލް ފޯނު ވިއުގަތަކުގައި ބޭނުން ކުރާ ރޭޑިއޯ ވޭވަކީ "ނަން-އަޔަނައިޒިން" އެއްޗަކަށްވާތީ އެއީ އިންސާނުންގެ ސިއްހަތަށް އެހާ ނުރައްކާ އެއްޗެއް ނޫނެވެ.

"އެހެންވީމާ އެއީ ހަށިގަނޑުގެ ސެލްތަކަށް ބޫރު އަރުވާ އަދި ޑީއޭއެންއޭ އަށް ވެސް ގުޑުން އަރުވާ ކަމެއް ކަމަކަށް ފާހަގައެއް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ. "އެކަމަކު އެއަށް ވުރެ ނުރައްކާ މިސާލަކަށް އަޔަނައިޒިން ރޭޝިއޭޝަންތައް. އޭގެ ތެރޭގައި އެކްސްރޭ، ވިޒިބަލް ލައިޓްސް، ގަމާ ރޭޒް އަދި އަލްޓްރާ ވައިލެޓް."

5ޖީއާ މެދު ކަންބޮޑުވުން ފާޅު ކުރާ ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި މި ވިއުގައިގެ ސަބަބުން ދުނިޔޭގެ ހޫނުމިން މަތިވުމުގެ ފުރުސަތު ބޮޑެވެ.

Moosun lafaakuran dhathivaa sababakah 5G vedhaane

Moosun lafaakuran dhathivaa sababakah 5G vedhaane

The most trusted news source in the Maldives

Mihaaru

5ޖީން މޫސުން ލަފާކުރަން ބުރޫ އަރާނެ ކަމަށް ބުނެފައިވޭ.

އެކަމަކު މިއަށް ރައްދު ދެމުން އިންޓަނޭޝަނަލް ކަމިޝަން އޮން ނަން-އަޔަނައިޒިން ރޭޑިއޭޝަން ޕްރޮޓެކްޝަން (އައިސީއެންއައިއާރްޕީ) އަށް ލަފާ ދެއްވާ ޕްރޮފެސަރު ރޮޑްނީ ކްރޮފްޓް ވިދާޅުވި ގޮތުގައި 5ޖީ ނެޓްވޯކަކީ ފިނިހޫނުމިނަށް އެއްވެސް އަސަރެއް ކުރުވާނެ ކަމެއް ކަމަކަށް މިހާތަނަށް ފާހަގަ ކުރެވިފައެއް ނެތެވެ.

"އޭގެ މާނަ އަކީ 5ޖީ ނެޓްވޯކްގެ ހީޓިން އިފެކްޓަކީ ނުރައްކަލެއް ނޫނޭ. އަދި އެއީ ޓެމްޕެރޭޗާ މަތިވާނެ ސަބަބެއް ވެސް ނޫން." އޭނާ ވިދާޅުވި އެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 60%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮލެޖު ބޯއި

16 July 2019

ތިކަން ހުއްޓުވުމުގެ ފަހަތުގައި އޮންނާނީ އެމެރިކާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454