18 ޖުލައި 2021 - 08:16
ސްމާޓްފޯނު ވިއްކުމުގައި ތިން ވަނަ މަގާމަށް އެޕަލް ސޮއްސާލައި، ޝޯމީ އަށް ދެވަނަ މަގާމު ލިބިއްޖެ އެވެ.
މިއީ ޗައިނާގެ ޝޯމީ އަށް އެ މަގާމު ލިބުނު ފުރަތަމަ ފަހަރެވެ. ލިސްޓްގައި މިހާރު ރަސްކަން ކުރަނީ ދެކުނު ކޮރެއާގެ ސެމްސަންގެވެ.
މާކެޓް ރިސާޗް ފާމް ކެނަލިސް އިން ބުރާސްފަތި ދުވަހު ބުނި ގޮޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޝޯމީގެ ފޯނު ވިޔަފާރި އަށް 17 ޕަސެންޓްގެ ކުރިއެރުމެއް ލިބުނު އިރު، ސެމްސަންގްގެ ނިސްބަތް އުޅެނީ 19 ޕަސެންޓްގަ އެވެ. އެޕަލް އިން ތިން ވަނާގައި އޮތީ 14 ޕަސެންޓާ އެކީގަ އެވެ.
މީގެ އިތުރުން ޗައިނާގެ ކުންފުނިތައް ކަމަށްވާ އޮޕޯ އާއި ވީވޯގެ ނިސްބަތް އުޅެނީ ކޮންމެ ކުންފުންޏަކަށް ވެސް 10 ޕަސެންޓްގަ އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރާއި މިދިޔަ އަހަރުގެ ހުރިހާ ކުއާޓަރެއްގައި ފޯނު އުފައްދާ ކުންފުނިތަކުގެ ކުރީގައި އުޅުނީ އެޕަލް އާއި ސެމްސަންގެވެ. އެ މަގާމުގައި 2019 ގައި އޮތީ ޗައިނާގެ ވާވޭ އެވެ.
📱Q221 global #smartphone shipments increased 12%.
— Canalys (@Canalys) July 16, 2021
👉#Samsung was the leading vendor
👉#Xiaomi took 2nd place for the 1st time ever
👉#Apple was third, with 14%
👉#Oppo and #Vivo maintained strong growth momentum to complete the tophttps://t.co/AGUagSzlAP pic.twitter.com/NP2n0sp0kg
އެމެރިކާގެ އެޕަލްއާ އަޅާކިޔާ ނަމަ ނިސްބަތުން ކުޑަ ކުންފުންޏެއްގެ ގޮތުގައި ފާހަގަކުރެވޭ ޝޯމީ އަށް ފޯނު އުފެއްދުމުގެ ވިޔަފާރީގައި އެޕަލް ފަހަތަށް ޖައްސައިލުމަކީ "ތާރީހީ މުހިއްމު ކާމިޔާބީއެއް" ކަމަށް ޝޯމީގެ ބާނީ އަދި ސީއީއޯ ލީ ޖުން ހުކުރު ދުވަހު ވިދާޅުވި އެވެ.
According to @Canalys’ latest forecasts, the worldwide smartphone market will grow 12% in 2021, with shipments reaching 1.4 billion units. https://t.co/0XIlBAXV6t pic.twitter.com/eXQiT8rY5R
— Canalys (@Canalys) July 15, 2021
"އެހެންވީމާ ދެން އޮތީ މިކަން ފާހަގަކޮށް، ދެމިގެންދާނެ ގޮތަކަށް މިކާމިޔާބީ ދަމަހައްޓަން މަސައްކަތްކުރުން." އޭނާ ވިދާޅުވި އެވެ.
ސްމާޓްފޯންގެ ވިޔަފާރީގެ ރޭހުގައި ޝޯމީ އަށް ލިބުނު މި ކާމިޔާބިއާ އެކު ހޮންކޮންގެ ހިއްސާގެ ބާޒާރުގައި ކުންފުނީގެ ހިއްސާގެ ވިޔަފާރި ވެސް ފަސް ޕަސެންޓްގެ ކުރިއެރުމެއް އައިސްފައިވެ އެވެ.
As vaccines rolled out around the world, worldwide #smartphone shipments grew 12% in Q2 2021.
— Canalys (@Canalys) July 15, 2021
Read the latest @Canalys analysis to find out more:https://t.co/AGUagSzlAP pic.twitter.com/d3itm1Ntja
ކެނަލިސިސް އިން ބުނި ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޝޯމީގެ ފޯނު ޝިޕްމަންޓްތަކަށް ލެޓިން އެމެރިކާގެ 300 ޕަސެންޓަށް ވުރެ ބޮޑު ކުރިއެރުމެއް، އެފްރިކާގައި 150 ޕަސެންޓް އަދި ހުޅަނގު ޔޫރަޕްގައި 50 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވެ އެވެ.
މީގެ 11 އަހަރު ކުރިން ވުޖޫދަށް އައި ޝޯމީ އަކީ އާންމުކޮށް އަގުހެޔޮ ބަޖެޓް ފޯނު ނެރޭ ކުންފުންޏެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިކިޖެހިރާ
19 July 2021
"Xiaomi" މި ބަސް ތާނަ އަކުރުން ލިޔާނަމަ ލިޔާނީ "ޜިއޯމީ" ނުވަތަ "ޜޯމީ" މިހެން ކަމުގައި ފެނޭ. ސަބަބަކީ މިބަހުގެ އަޑު (Xiao) ނުކުންނައިރު އަންނާނީ ޓެލެވިޜަން ކިޔާއިރު އެލަފުޒުގައިވާ ތިކިޖެހި ރ (ޜ) ގެ އަޑު ނެރޭގޮތަށް ކަމުގައިވާތީ.
ހެހެހެހެހެ
19 July 2021
ބައްތި ފޯނެއް ގަ ދެ ލައިޓު ލާފަވެސް ފޯނެއް އުފެއްދިދާނެ. ފަންވަރު ރަނގަޅލީ އެޕަލް ގެ.
ތަހުޒީބު
19 July 2021
ތަހުޒީބު މުޖުތަމައުގަ ގިނަ މީހުން ބަލަނީ އެއްޗެއްގެ ވެލުއުއައް. 1000 ޑޮލަރައް ގަންނަ އެއްޗަކުން ކުރެވޭ ހުރިހާކަމެއްހެން 300 ޑޮލަރައް ދޭއެއްޗަކުން ކުރެވެންޏާ އެގޮތް ހިޔާރުކުރާނެ. އެކަމަކު އެހާހިސާބައް އަދިކުރިނާރާ ގައުމުތަކުގެ ވަރައްގިނަމީހުން ތިމާގެ ނެއްވަރު އެހެން މީހުންނައް ދައްކަން ބޭނުންވާނެ.
ެ3ެ3
18 July 2021
1000 ރުފިޔާއަށް ވިއްކާ މަދިރި އުމުރު ފޯނު ދެން ގިނައިން ވިކޭނެތާ
ނެކްސްޓް
18 July 2021
ޢެޕަލްގެ ފޯނުތައް އަގުބޮޑު ވެފައި ޗާޖަރ ފެޑްސެޓް ނުލާ ވިއްކާތީ ސޭލް ދައްވާނެ
ދަބަރޭ
18 July 2021
އަޅުގަނޑު އެފަލު 4 ފެށިގެން މިހާމަޔައް ތިފޯނު ގެއްގުޅޭ މީހެއް ދުވަހަކުވެސް ޗާޖަރ ފެޑްސެޓް ނުލާ ނުގަންނަން
ނެކްސްޓް
19 July 2021
ޢަޅުގަޑަކީ އަބަދުވެސް އެޕަލް ފޯނު ގެންގުޅޭ މީހެއް. އަގުބޮޑަސް ކޮލިޓީ ރަނގަޅުވީމަ ގިނަދުވަހު ގެންގުޅެވޭތީ. އެންމެން އެހެން ނުދެކޭނެ 300 ޑަލަރުގެ ފޯނު އަހަރުދުވަހު ނުހުފޭއްޓިއަސް އަގުހެޔޮވީމަ ގަންނަ މީހުން ގިނަވާނެ ވާހަކަ މިބުނީ
މޮޔަ ބުއްދިވެރިޔާ
19 July 2021
ޗާރޖަރ ޕެޑްސެޓް ނޫން. ޗާރޖަރ ހެޑްސެޓް.
ޓިމް ކުކް
18 July 2021
އެކަމު އެޕަލް އިން ޝޯމީ އަށް ވުރެ ގިނައިން ފައިސާ ހޯދި
ވައްޑެ އަބޯ
18 July 2021
އެޕަލް އަކީ ލިމިޓް ކޮއްގެން ވިއްކާ ފޯނެއް
ސޮބުރީ
18 July 2021
އެޕަލް އަކީ ކާ އެއްޗެއް
ބަަކުރުު ގެ ބަކަރި
19 July 2021
ހަމަަ ސޮބުރީ އަށް. ދިވެހިން ކިޔާނީި އާފަލު. ޔަންގްސްޓާރސް އެކަނި އަލިފުން އެޕަލް ކިޔާނީ.
ެުއުލިގަމް އިސްޓައިލް
18 July 2021
ޝޯމީ ފޯނު އަގުހެޔޮ ވެފަ ސްމާރޓް ފޯނެއްގެ ބޭނުންތަކަށް ވަރަށް ފުދޭ ޝޯމީ ކުންފުނިން ނުހަދަނީ ކޯޗެއް، ކަރަންޓު ސުވިޗު ވެސް ހަދާ، އަދި އެތަކެތި ފޯނުން ކޮންޓްރޯލް ކުރެވެން ހުރޭ. މުޅިން އެހެން ލެވަލެއްގަ އުޅޭ ކުންފުންޏެއް...