ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކެއް: މި ފްލެޓްތަކަށް ޝަރުތު ހަމަވި މީހުންނަށް މިތަންތަނަށް ވަދެވޭނެ ގޮތެއް ނެތް. --ފޮޓޯ: ނިޝާން އަލީ/މިހާރު
05 ފެބުރުއަރީ 2017 - 21:41
ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެ އިން ފްލެޓް ލިބުނު މީހުންނަށް އެތަންތަނުގައި ދިރިއުޅެވޭނެ ފަދަ ލުއި އިންތިޒާމްތަކެއް ހަމަޖައްސައިދޭން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހައުސިން މިނިސްޓްރީގައި މިއަދު އެދިވަޑައިގެންފި އެވެ.
ކުރީގެ އަރަބިއްޔާ އާއި ގާކޮށި ހުރި ތަނުގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް، ގުރުއަތުން ހޮވުނު މީހުންގެ ތެރެއިން ލޯނު ލިބުނީ އެންމެ 26 ވުމުން، މީހުންނަށެވެ. އެހެންކަމުން ބާކީ ތިބި މީހުންނަށް ފްލެޓް ނުލިބުމުގެ ބިރު ވނީ ބޮޑުވެފަ އެވެ.
އެ ފްލެޓްތަކުގެ އަގު އުޅެނީ ދެ މިލިއަން ރުފިޔާ އަށެވެ.
މި މައްސަލާގައި ކަންބޮޑުވުންފާޅުކޮށް މައުމޫންގެ އޮފީހުން، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ފޮނުވި ސިޓީގައި މައުމޫން ވިދާޅުވީ މި ފިޔަވަހީގައި ފްލެޓް ލިބިފައިވާ ކަމުގެ ލިއުން ދީފައި ވަނީ، ޝަރުތު ހަމަވާ މީހުންނަށް ކަމަށް ދެކޭ ކަމަށެވެ. މި ފިޔަވަހިން ޝަރުތު ހަމަވެފައި ވަނީ، މާލީ ހާލަތާއި ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ފަހު ހޮވާފައިވާ މީހުންނަށް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ސިޓީގައިވެ އެވެ.
އެކަމަކު ފަހުން، ޝަރުތު ބަދަލުކޮށް، ފްލެޓް ދޭން ހަމަޖެހިފައި ވަނީ އެއްފަހަރާ ދެ މިލިއަން ރުފިޔާ ދެއްކޭނެ މީހުންނަށް ކަމަށް ވާއިރު، އެހާ ބޮޑު އަދަދެއް ދައްކަން އެންގުމަކީ އެ މީހުންނަށް ބޮޑު މާޔޫސްކަމެއް ލިބޭނެ ކަމެއް ކަމަށް ސިޓީގައިވެ އެވެ.
މައުމޫންގެ ފެކްޝަނުން ބުނިގޮތުގައި، ޕީޕީއެމްގެ ސަރުކާރު އައީ ރައްޔިތުންނަށް ގެދޮރު ނެތުމުގެ ދަތިކަން ފިލުވައިދީ، ގެދޮރުގެ ތަނަވަސްކަން އިތުރުކުރުމަށް މަސައްކަތް ކޮށްދޭނެ ކަމުގެ ވައުދުތަކަކާ އެކުގަ އެވެ. އެގޮތުން، ގެދޮރު ނެތުމުގެ ނިކަމެތިކަން އެންމެ ބޮޑަށް ތަޖުރިބާކުރާ އާއިލާތަކަށް ގެދޮރު ހޯދއިދިނުމާއި ދައުލަތުގެ ބަޖެޓުން ފައިސާ ޖަމާކޮށްދޭ ހައުސިން ފައިނޭންސް ފަންޑެއް ގާއިމްކުރުން ހިމެނެ އެވެ. އަދި 2007 ވަނަ އަހަރު ތައާރަފް ކުރި ލުއި ލޯނު ދޫކުރުމުގެ ނިޒާމް ހަރުދަނާކޮށް، ދަށް އިންޓްރެސްޓް ރޭޓެއްގައި ހައުސިން ލޯނު ލިބޭނެ ގޮތް ހަދައި، އެ ލޯނު ލިބޭނެ ގޮތް ފުޅާކޮށް، ހައުސިން ސަބްސިޑީޒް ނިޒާމެއް ގާއިމްކުރުން ފަދަ ގިނަ ވައުދުތަކެއް އެ ޕާޓީގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫން ފެކްޝަނުގެ ނައިބު ރައީސް އައިމިނަތު ނާދިރާ ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ވިދާޅުވީ ފްލެޓަށް ނުވަދެވި ދަތި ހާލު ޖެހިފައިވާ ފަރާތްތަކަށް ފައިސާ ދެއްކޭނެ ފަސޭހަ ގޮތެއް ހޯދައިދޭން ޖެހޭ ކަމަށް މައުމޫން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ފްލެޓްތަކުގައި ދިރިއުޅޭވޭނެ އިންތިޒާމެއް ވެސް ހަމަޖައްސަން އެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.
އަރަބިއްޔާ އާއި ގާކޮށި ފްލެޓުގެ އަގު ދެ މިލިއަން ރުފިޔާގައި ހުރިއިރު، ރާއްޖޭގެ ބޭންކްތަކާއި ގެދޮރަށް ލޯނު ދޫކުރާ އެހެން ފަރާތްތަކުން ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓް ނަގަ އެވެ. އެހެންކަމުން ދެ އިމާރާތުން ފްލެޓް ލިބުނު މީހުން ޑައުންޕޭމަންޓްގެ ގޮތުގައި 400،000ރ. ދައްކަން ޖެހެ އެވެ. އަދި ޑައުންޕޭމަންޓް ކުޑަކޮށްދިނުމަށް އެކި މީސްމީހުން އަންނަނީ އެދެމުންނެވެ.
ކުރިން އަރަބިއްޔާ ހުރި ބިމުގައި 90 ފްލެޓް އަދި ގާކޮށީގައި 190 ފްލެޓް ތަރައްގީކޮށްފައިވެ އެވެ. އޭގެ އަގުގެ ގޮތުގައި ސަރުކާރުން ވަނީ، އިންޑިއާގެ ޓާޓާ ކުންފުނީގެ ހިއްސާ އޮންނަ އެޕެކްސް ރިއަލިޓީ އަށް 277 މިލިއަން ރުފިޔާ އެއްފަހަރާ ދައްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާނު
06 February 2017
ބޭފުޅާ އަގަނުތަޅާ ހުންނަވާ. މިހާރު ތި އުޅުއްވަނީ މާކަ ރަގަޅަކަށް ނޫން. 30 އަހަރު ތެރޭ 20 ފްލެޓް އަޅާފަ ޢަބްދުﷲ ޝާހިދުމަެނަށް ލޯނުދީފަ ދެން ކޮނ ވާހަކައެއް،
ބޭޝަރަމް
06 February 2017
ދައުލަތުން އެ ފްލެޓްތަކަށް ދެއްކީ 227 މިލިއަން! އެއީ، ނިސްބަތުން ފްލެޓަކަށް ގާތްގަނޑަކަށް 9 ލައްކަ، އެހެންވީމާ، 2 މިލިއަން ރުފިޔާ ދައްކަން ޖެހެނީ ކީއްވެގެންކަންވެސް މުއީޒު ބުނެދޭންވާނެ!
ތަކުރު
06 February 2017
ރާއްޖެތެރޭ މީހުންމާލެގެނެސް އަޅުވެތިކުރުމުގެ ސިޔާސަތުގެ މޭސްތިރި މައުމޫން ލުއިގޮތެކޭ ބުނީމަ އަންނަނީ ހަމަ ހިނި!
ޙަކީމް
06 February 2017
ގޭޓް ހުޅުވާފަ ހުންނަ ގަޑީގައި ވަންނަން ދިމާކޮށްފި ނަމަ ވަރަށް ފަސޭހައިން ވަދެވިދާނެހެން ހީވޭ ދޯ މަޢްމޫން
އަބްދުއްލާ އަލީ
06 February 2017
އެމްޑީޕީ ގެ 3 އަހަރުވީ ސަރުކާރުން ދިޔައީ ސަލާޖެހުމުގެ ސިޔާސަތު ނައްތަމުންނެއްނޫން ؟ ސަޕޯޓް ހޯދުމަށްޓަކާ ދަރަނި ނަގާ މީހުނަށް ބަހަމުން ދިޔައީ3 އަހަރތެރޭ 25 ބިލިއނަށް ދަރަނި މަތިކުރީ ފެބްރުއަރީ 7 އައިސްގެން ނަމަވެސް ގައުމު ސަލާމަތް ވިކަން ނަސީބެއް. އެހެން ނޫންނަމަ ތިބޭނީ ސަލާންޖަހަން އޮސްޓްރޭލިޔާގެ އަލިފާން ރޯވާ ޖަންގލީގަ ރެފިއުޖީންގެ ގޮތުގާ ބައިތިއްބާފަ . މިގައުމު އަޑިޔަށްދަނީ އޭ ކިޔަމުން ކަޑުއަޑީ ގަ ޖަލްސާއޮތީއޭ ކިޔާ މޫދަށްފީނާފަ ނިންމީ މިގައުމުގެ ހުރިހާ ރައްޔިތުނަ މިގައުމުން ބޭރުކުރަން.
އިގްނޯ
06 February 2017
ކަލޭ މޮޅުވާނެ ހިޔާލީ ވާހަކަ ލިޔަން!
ހަސަން
05 February 2017
މައުމޫން ކިއްތަމިކުރީ ތިރީސްއަހަރު.
ޢަލީ
05 February 2017
އެމްޑީޕީ ސަރުކާރުން ދިޔައީ ރައްޔިތުންގެ ކިބައިން ސަލާންޖެހުމުގެ ސިޔާސަތު ނައްތާލަދެމުން ދެން އަތުނުވާނެހެން ހީވާތީ ބަގާވާތުން ވެރިކަން ވައްޓާލީ ދީނާ ގައުމައްޓަކާ މިއަދު ބުރުގާ އަޅާމީހުންނައް އެދަނީ ވަޒީފާގެ ބިރުހީވަމުން ކޯޓައް މައްސަލަ ހިފައިގެން ވީމާ ވޯޓުލައިގެން ދެންވެސް މިނޫން ދުވަހެއް ގެނެސްބަލަ
އިންތިގާލީ
05 February 2017
ޒިންމާދާރު އިދިކޮޅު ފެކްޝަން
ނަތަންޔާހޫ
05 February 2017
ލުއިގޮތްވެސް މައުމޫނު ވިދާޅުވިނަމަ!
ދޫކޮށްނުލާތި
05 February 2017
ފްލެޓަށް ވަދެވޭނެ ލުއި ގޮތް ތަކެއް މަމެން ޕިންކީންގެ ސަރުކާރުން ހަމަޖައްސާދޭނަމެވެ. އެކަމުގައި ހުރިހާ ކުދިން ވެސް ސަރުކާރާއި އެކު ސާބިތު ކަން މަތީ ތިބެންވީ އެވެ. މަމެން ޕިންކީން ނަކީ ފްލެޓްސް ލިބުނު ކުދިންގެ ކަންކަން އެންމެ ގާތުން ބަލަމުން ދާ މީހުންނެވެ. މަމެން ތިކުދިންނަށް ދޮގެއް ނަހަދާނަމެވެ. މަމެންނަށް އިނގޭ ރަންރީނދުލޭ މެންނަކީ އެއީ ތިކުދިންނަށް އެހާ ހެޔޮ ބަޔެއް ނޫން ކަން. ތިކުދިންގެ ވަގުތު ތައް ވޭސްޓް ނުކުރައްޗޭ މިނުބައި ސިޗުއޭޝަން ގައި ނުބައި މަގުން. މަމެން މިސްވޭ ތިކުދިންނަށް ފްލެޓްސް ތައް ނުދެވޭ ކަމަށްވާނަމަ ބޭބީ މަމެން ޕިންކީން ނަކީ ތިކުދިންނާއި އެންމެ ބޮޑަށް އަޅާލާނެ ސަރުކާރޭ ތިކުދިން މަމެން ދޫކޮށް ނުދައްޗޭ, ނުދައްޗޭ، ނުދައްޗޭ، ނުދައްޗޭ.. ފްލެޓްސް ދޭނަމޭ ތިކުދިން ނަށް ފްލެޓްސް ތައް ތިކުދިންނަށް ދޭނަމޭ، ދޭނަމޭ، ދޭނަމޭ.. އައި ނޯ ވީ ކޭން ޓްރީޓް ޔޫ ބެޓަރ..
ކޯޑިނޭޓަރު
06 February 2017
ކާންދީގެން ތިބެންވީއެވެ