ޚަބަރު / ރައީސް އަބްދުﷲ ޔާމީން

މާލޭގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރަން އެމްޑީޕީގެ ސަރުކާރުން ކުރި އެއްވެސް ހޭދައެއް ނެތް: ރައީސް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީއޭ އިން ކުރިމަތިލާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ދަރުބާރުގޭގައި ބޭއްވުނު ޖަލްސާގައި ރައީސް ޔާމީނާއި އެމްޑީއޭގެ ލީޑަރު ސިޔާމް.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އިދިކޮޅު އެމްޑީޕީގެ ތިން އަހަރުގެ ސަރުކާރު ނިމިގެން ދިޔައިރު ވެސް މާލޭގެ އިންޖީނު ކެޕޭސިޓީ އިތުރުކުރަން ކުރި އެއްވެސް ހޭދައެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭގައި ވިދާޅުވެއްޖެ އެވެ.

މާލެ އިން ތިން ގަޑިއެއްހާއިރަށް ކަރަންޓާއި ފެނުގެ ހިދުމަތް އިއްޔެ ކެނޑި މުއާސަލާތީ ހިދުމަތްތަކަށް ބުރުއެރުމާ ގުޅިގެން ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން މިއަދު އުފުލަން ޖެހިގެން އުޅެނީ، އެމްޑީޕީގެ ވެރިކަމުގައި މާލޭގެ އިންޖީނު ކެޕޭސިޓީ އިތުރު ނުކުރުމުން، އެ އުނދަގޫ ކަމަށެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭ އިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ތައާރަފް ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، މީގެ ވިއްސަކަށް އަހަރު ކުރިން ރާއްޖެ އިން ބޭރުގައި ތެލުގެ އަގު ހުރި ގޮތުން ލީޓަރެއް 3ރ. އަށް ރާއްޖޭގައި ވިއްކިޔަސް މިހާރު ތެލުގެ އަގު ބޮޑުވެފައިވާ ކަމަށެވެ. އެންމެ ކުޑަކޮށް، ހޯލްސޭލްކޮށް، ވިއްކާ އަގުން ވެސް ލީޓަރެއް ގަންނަން ލިބެނީ އަށް ރުފިޔާ އަށް ވުރެ ބޮޑުކޮށް ކަމަށް ވިދާޅުވި އެވެ.

"އަދި އެކިއެކި ފަރާތްތައް ނިކުމެ މިކަން ކުރާ ކަމަށް ވަންޏާ 10ރ. އާ ހަމައަށް އެބަދޭ. މި އަގުގައި ތެޔޮ ގަނެގެން ކޮން ގޮތަކުންތޯ، އޭރު ދެ ރުފިޔާ ބަޔަށް ވިއްކި ލިޓަރެއް މިއަދު 2.50ރ. އަށް ވިއްކަނީ؟ އަދި އެކަން ކޮށްފައި އަޅުގަނޑުމެން މި ބުނަނީ އެކަން ކުރާ ބަޔަކަށް ސަބްސިޑީ ވެސް ދޭށޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކަރަންޓު ފަދަ ހިދުމަތްތަކަށް ދައުލަތުގެ ބަޖެޓުން ސަބްސިޑީ ދެވޭކަށެއް ނެތެވެ. ސަބަބަކީ ކަރަންޓަށް ވުރެ، އަސާސީ އެހެން ހިދުމަތްތަކަށް އެ ސަބްސިޑީތަކުން ހޭދަކުރަން ޖެހުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީއޭ އިން ލޯކަލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ތައާރަފު ކުރުމަށް ރޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން، އެ ޕާޓީގެ ނައިބު ލީޑަރު މައުރޫފްއާ ސަލާމް ކުރައްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭގެ ތެރޭގައި ރައީސް ވިދާޅުވި ގޮތުގައި، ސިއްހީ ދާއިރާ ރަނގަޅު ކުރުމާއި އެ ދާއިރާގެ މުވައްޒަފުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކުރުން ފަދަ ކަންކަން ހިމެނެ އެވެ. ތަރައްގީގެ އެތައް މަޝްރޫއަކާއި ރައްޔިތުންނަށް ބޭނުންވާ އެހެން ކަންކަމާ އެކު ކަރަންޓަށް ސަބްސިޑީ ދިނުމަކީ ދަތި ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އެެއްވެސް ކަމެއްގައި ރައްޔިތުންނަށް ދަތި ނުކުރާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ފަސޭހަކަމާއެކު، އެއްވެސް ހިދުމަތެއް ފޯރުކޮށްދެވެން އޮއްވައި ރައްޔިތުންނަށް އުނދަގޫވާނެ ގޮތަކަށް މި ސަރުކާރުން ކަންކަން ނުކުރާނެ ކަމަށެވެ. ފާޑުކިޔާ މީހުންނަށް އެނގެން ޖެހޭ ހަގީގަތަކީ، ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެމަނިކުފާނު ވެރިކަމަށް ވަޑައިގެން، ކަންކަން ފެއްޓެވީ "މައިނަސް" އިން ނެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އެތެރެއިންނާއި ބޭރުން ނަގާފައިވާ ރާއްޖޭގެ ދަރަނި 36،000 މިލިއަނަށް އަރާ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ސަރުކާރަކީ ރައްޔިތުންގެ އިހްސާސްތައް ދަންނަ ސަރުކާރެއް، މި ސަރުކާރަކީ ރައްޔިތުންނަކީ މުހިއްމު ބައެއް ކަން ދަންނަ ސަރުކާރެއް. މި ސަރުކާރުން އެހެންވެގެން ދެއްތޯ ފެނާއި ނަރުދަމާގެ އަގު ބޮޑު މަޝްރޫއުތައް ރާއްޖޭގެ ހުރިހާ ދިމާލެއްގައި އެ ގެންދަނީ،" ރައީސް ވިދާޅުވި އެވެ.

"ލުއިކޮށްދެވޭނެ އެއްވެސް ގޮތެއް އޮތިއްޔާ، ދަތިކުރަން މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެ."

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅަކީ ފާޑުކިޔުން އަމާޒުވިޔަސް، ސަރުކާރުގެ ހުރިހާ މުއައްސަސާތަކަކީ ވެސް އޭގެ ޒާތުގައި ހިނގާ މުއައްސަސާތަކަށް ހެދުން ކަމަށެވެ. ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ މުއައްސަސާތަކަށް ދައުލަތުގެ ބަޖެޓުން ބޮޑު ސަބްސިޑީއެއް ދީގެން ހިންގެން ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރުގައި ދަތިތަކެއް ހުރޭ. ކުންފުންޏަކަށް ސަބްސިޑީ ދީފައި، ދެން އެ ކުންފުނި ފޫބައްދަން ލާރި ނުދެވޭ ކަމަށް ވަންޏާ މާދަމާ ފެންނާނީ އެ ކުންފުނި ބަނގުރޫޓުވެފައި އޮއްވައި،" ރައީސް ވިދާޅުވި އެވެ.

72 ކޮމެންޓް, 128 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 2%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިޞޫ

06 March 2017

މަނިކުފަނުގެ ސަރުކަރުގެ މި ފަިއބެ 40މަސްދުވަސް ތިޔަ ދުއަވާލީ 5ވަނަ ޕަވަރ އަޕްގްރޭޑަށްރާވާފަ އޮތް 50މެގަވަޓަ ޕްރޮޖެކްޓް ޑިލޭ ކޮށްކޮށެއްނޫްނތޯ. މިއަދު މިސަރވައިވް ވަނީ އެމްދީޕީ ސަރުކާރުން ހިންގި 4ވަނަ ޕަވަރ އަޕްގްރޭޑް ޕްރޮޖެކްޓް ގައި ބެހެއްތީ 17މެގަވޯޓުން ނުންތޯ؟ ގޫގުލް ކޮށްލައްވައިފިއްޔާމު އެމްޑީޕީ އިން ޑެނިޝް ކުންފުންޔެއް ލައވާ ހިންގި 40މިލިއަން ޑޮލަރގެ ޕްރޮޖެކްޓް ބޯކޮށް ފެންނާނެ. އަނެއްކާ ގޫގުލް ބްލޮކް ނުކުރައްވައްޗޭ

The name is already taken The name is available. Register?

އިބޫ

06 March 2017

ފޯތް ޕަވަރ ޕްރޮޖެކްޓް ޕްލޭން ހިންގަންފެށީ 2009 ގައި ރައީށް ނަޝީދުގެ ސަރުކާރުގެ ކޮންޓްރެކްޓް އެއއގެ ދަށުން، ޑެންމާކުގެ ކުންފުންޏަކާ އެކު އުފައްދާފައިވާ ކުންފުންޏަކުން ފެށީ 2009 ވަނަ އަހަރު އެވެ. އޭރު ސްޓެލްކޯ އިން ބުނެފައި ވަނީ 18 މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ... https://sun.mv/19478

The name is already taken The name is available. Register?

އިބޫ

06 March 2017

"އަދި އެކިއެކި ފަރާތްތައް ނިކުމެ މިކަން ކުރާ ކަމަށް ވަންޏާ 10ރ. އާ ހަމައަށް އެބަދޭ. މި އަގުގައި ތެޔޮ ގަނެގެން ކޮން ގޮތަކުންތޯ، ރައީސް ވިދާޅުވަނީ ޕޭޕަރ ކުންފިނު ހަދައިގެން އުޅޭ އެމްޕީ އިން އަތުން ތެޔޮ ގަތީމަ އަގުބޮޑުވާ ވަހަކަ ތޯ

The name is already taken The name is available. Register?

ޕިންކީ

06 March 2017

ރައީސަކަށް ހޮވާފަ ހުރި މުއްދަތުގަ ހުރިހާކަމެއް ރަނގަޅު ކުރުމަށް ފުރުސަތު ލިބި އޮވެ ނުބައިން ނުބަޔަށް މިދަނީ ކުރީގެ މީހުންގެ ވާހަކަ ކިޔައިދިނުމެއްނޫން އޮންނަންވީކީ

The name is already taken The name is available. Register?

ބޯގޯސް

06 March 2017

މީގެ ސުރީ ނުބައި ކުރިއެއްކަމެއް ފެންނަން ނެތީތަ. އައްޑުގައި ހުރި އިންޖީނު ވަގުތީ ގޮތުންނޭ ކިޔާފަ ގެނެސް މިލްކު ކުރި. އެވެސް އިތުރު ކުރަން ކުރެވުނު މަސައްކަތެއް.

The name is already taken The name is available. Register?

ހަތިފުށި / އަހަންމަދު

06 March 2017

ސްޓެލްކޯގެ ބޯޑުގައި ކިހާ ދުވަހެއް ވަންދެން މަނިކުފާނު ހުންނެވިންތޯ؟ ހަނދުމަފުޅު އެބަ ހުންނެވިތޯ؟ އެބަޖެހޭ ހޭ ޖެހޭތޯ ކިޔާ ޓެސްޓެއް ހައްދަވަން.

The name is already taken The name is available. Register?

މަނިއްޕުޅު

06 March 2017

ޜައީސް ޔާމިނަށް ވެދުން ސަލާމަށް ފަހު ދަންނަވަމެވެ. ޢެމް ޑީ ޕީ ވެރިކަމުހައި 1000 މެގައ ވޯޓުގެ ދެ ޖަނަރޭޓަރ ބަހައްޓައި ދެ ދުންހޮޅި މައްޗަށް ނަގައި ކަރައްޓު ދޭންފެށި، މިހާރުވެސް އެ ދެ ޖަނަރޭޠަރުން މި ހިފާންޓަނީ ދޮއްތޯތޯތޯތޯ.

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

06 March 2017

ތިޔާވާނީ ހުވަފެނެއްގައި ބެހެއްޓެވި އެއްޗަކަށް. އެހެނީ މާލޭ އިންޖީނުގޭގައި ހުރި ހުރިހާ ޖަނެރޭޓަރުތަކުގެ ޖުމުލަ އަދި 50 މެގަވޮޓަށްވެސް އެރިކަމެއްނޭގޭ. ޢަނެއްކާ 1،000 ވޮޓުގެ 2 ޖަނަރޭޓަރުގެ ވާހަކަތޯ؟

The name is already taken The name is available. Register?

ޙަސަން އަޙްމަދު

06 March 2017

އެހެންވީމަ ރައްޔިތުންގެ ހުރިހާ ކަމަކާ ގުޅިފަ ހުރި ކަންކަން އަގުހެޔޮ ކުރާނެ ފޯމިއުލާ އެއް ނޭނގޭ މީހަކަށް މި ކިޔަނީ އިޤްތިޞާދީ މާހިރެކޭ؟

The name is already taken The name is available. Register?

ލުގުމާން

06 March 2017

ރައްޔިތުންނަށް އެއްވެސް ކަމެއްގައި ދަތި ނުކުރާނެކަމަށް މަނިކުފާނު ވިދާޅުވިނަމަވެސް. މިގައުމުގައި އަލަށް ވިޔަފާރީގެ ތެރެއަށް މީހަކުވަންނަންޔާ އެމީހަކު ހޭކެނޑެއެވެ. ކިތައްމެ ކުޑަނަމަވެސް ވިޔަފާރިއެއް ފަށަންޔާ ޖީއެސްޓީ، ބީޕީޓީ ،އޮޑިޓަރު، ލޭބަރުންގެ އެކައުންޓު ،ޕެނށަން ރެޖިސްޓްރީކުރުން ،އަމިއްލަ ފަރުދުންގެ ވިޔަފާރި ،ބޭންކުއެކައުނޓް، ވޯކް ވިސާ، ކޯޓާ. ކިޔާނެކަމެއްނެތް އޭފޯ ސައިޒުގެ އެއްރީމްވަރުގެ ޑޮކިއުމަޓް ފުރިހަމަ ކުރަންޖެހޭ. ދެން ވިޔަފާރި ފަށައިގެން މިއިން އެއްކަމެއްވެސް ހަނދާނުން ކައްސާލައިފިއްޔާ ދެން ވަﷲ އައުލަމް. އެމީހަކު ހަފުސްވީ. ބެންކު އެކައުންޓް ފްރިޒްވާނެ ޕަސްޕޯޓް ހިފަހައްޓާނެ، މައްސަލަ ޝަރީއަތަށް ދާނެ، ވަކީލަކު ހޯދަންޖެހޭނެ. އެއްމެ ފަހުން ނިމޭއިރު 1 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފަ 1 އަހަރަށް ޖަލަށް، ދެން އެއްމިލިއަން ރުފިޔާ ނުދައްކާ ހަާ ހިންދަކު އެއަށް ދާނީ އިންޓަރެސްޓު އަރަމުން.... އެއްމެ ފަހުން އެމީހަކު ނިމޭނީ ދުނިޔޭއިންމޮޔަމީހެއްގެ ގޮތުގައި ގުރާދޫއިން.... ވަރަސް ސަލާން

The name is already taken The name is available. Register?

ކަރަންޓް

06 March 2017

މިމީހުންނަށް ބޭނުންތާކު ޖަލްސާބޭއްވޭ. އެކަމަކު އިދިކޮޅު މީހުންނަށް ނުބޭޢްވޭ. ތިޔައީ ކޮންފަދަ ބޮޑު ބޭއިންސާފެއް. ތިޔައީ ރައްޔިތު އެންމެންގެ މުދާ. ތިޔަބައިމީހުންނާ ތިޔަ މުދާ ޙަވާލުކުރެވިފައިވަނީ އަމާނާތެއްގެ ގޮތުގައި. ތިޔަދަނީ އަމާނާތަށް ޚިޔާނާތްތެރިވަމުން. ދެރަކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454