ހުޅުމާލެ ފޭސް ދޭއްގައި ހިންގި މާރާމާރީ މައްސަލާގައި ހައްޔަރުކުރި މީހާ--
21 މެއި 2025 - 14:48
މިދިޔަ ހޯމަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2ގައި ހިންގި މާރާމާރީއާ ގުޅިގެން 18 އަހަރުގެ ޒުވާނަކު ހައްޔަރު ކޮށްފި އެވެ.
ހިޔާގެ 11 ވަނަ ޓަވަރު ކައިރީގައި އެ ރޭ 12 ޖަހަން އުޅެނިކޮށް ހިންގި މާރާމާރީގައި އެ ތަނުން އެކެއްގެ ބޯ ފަޅައިގެން ގޮސް އަނެއް މީހާގެ ބުރަކަށީގެ އެކި ތަންތަނުން ދުޅަވެ، ދެ އަތުގެ އުޅަނބޮށި ވަނީ މަށައިގެން ގޮސްފަ އެވެ.
އެ މީހުންނަށް އެރޭ ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން މއ. ޝެލްޓާ، މުހައްމަދު ރައިހާން ހުސެއިން ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އަދި އޭނާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އެ ރޭ ބުނެފައި ވަނީ މާރާމާރީ ހިންގި މީހުން ދެ ފޯނު ފޭރިގަތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
21 May 2025
ސްކޫލުން ނިކުމެ ކާޅުތުނބުން އަރާއިރު ތިބެނީ މާރާމާރީ އަށް ފައްކާވެ އެދުރުވެފަ. ޒިންމާވާނެ ބެލެނިވެރިއަކު ނުހުންނާނެ. ތިކަންވެސް ސަރުކާރުގެ ބޮލުގަ އެޅުވީމަ ނިމުނީ. ގައުމެއްވާނެތް.
ޖޯކް
21 May 2025
ތިކަހަލަ މީހުންގެ މައިންބަފައިން ކައިރީގަ އަހާބަލަ ކީއްތޯތިކުރަނީ. ގައިމު ދަރިންބެލުމުގަ ކޮންމެސް ކަމެއްގޯސްކޮށް ކޮށްފަ އޮތީމަ މިވައްތަަރަށް އުޅޭނީ
ނުވާނުވާނުވާ
21 May 2025
އެޖެހީ ވާނުވާއަށް
އުއްތަމަ އުސްތާޛް
21 May 2025
އަނަސްގެ މަރުގެ ދައުވާ ބަންދުނުކުރަން ހައި ކޯޓުން އަނެއްކާވެސް ނިންމައިފި... އަދުލު އިންސާފު ސަދޫމްގެ ލެވަލްގައި
އެކޮއި
21 May 2025
18 އަހަރު ފުރިއްޖެކަން ޖަޤީންތަ؟ 18 އަހަރު ހަމަވާން 3 ސިކުންތު އޮތަސް ވާނީ ތުއްތު ކުއްޖަކަށް. އެހިސާބުން އެއީ "މަޢުޞޫމުން" މީހަކު މެރިއަސް ސާބިތެއްނުވާނެ. ބޭނުންހާ ގޮތަކަށް އުޅެންވީ.
ހަރުކަށި އަދަބު ދޭންވީ
21 May 2025
މީ މަގުފޭރޭ މީހެއް . ޒުވާން ކަންނިވާފަތް ގަޑަކަށް ހަދައިގެން ބޭނުންހާ ގޮތަކަށް އުޅެން ފުރުސަތު ދީގެން ނުވާނެ
އަބަދަށް ދިވެހި ފިލްމް
21 May 2025
އައި ސޯ ހިމް ފްރޮމް މައި ފްރެންޑްސް ހައުސް އައި ގެސް. ވޯންޓެޑް ސޮރެއް