ރައުދު މީގެކުރިން ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫއަށް ގެންދަނީ: އޭނާ ވަނީ ބަންދުން ދޫކޮށްލާފައި
22 މެއި 2025 - 14:37
މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްގެ ބަންދުން ދޫކޮށްލައިފި އެވެ.
އޭނާ މިއަދު ހެނދުނު ބަންދުން ދޫކޮށްލާފައި މިވަނީ އޭނާގެ ބަންދަށް އެންމެ ފަހުން ކްރިމިނަލް ކޯޓުން ޖަހާފައިވާ 20 ދުވަސް ހަމަނުވަނީހެވެ. ރައުދު ބަންދުން ދޫކޮށްލި ސަބަބެއް ފުލުހުން އަދި ނުބުނެ އެވެ.
ރައުދު ބަންދުކުރަން ނެރުނު އަމުރެއްގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް މިއަދު މެންދުރުފަހަށް ހައި ކޯޓުގައި ތާވަލުކޮށްފައި އޮތެވެ. ނަމަވެސް، އެ މައްސަލަ ބާތިލްކޮށް ހައި ކޯޓުން މިއަދު ނިންމާފައިވާ ނިންމުމުގައި ބުނެފައިވަނީ ރައުދު ބަންދުން ދޫކޮށްލާފައިވާތީ އިސްތިއުނާފު މައްސަލަ ބާތިލް ކުރަން ރައުދުގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.
ގ. އެރިޔަދޫ، ރައުދު، 21 އަށް ބަންދުގެ މުއްދަތު ހަ ފަހަރަށް އިތުރުކޮށްފައިވެ އެވެ. އެންމެ ފުރަތަމަ ފަހަރު ފަސް ދުވަހަށް އަދި ދެވަނަ ފަހަރު 10 ދުވަހަށް ބަންދުކުރި އިރު އޭގެ ފަހުން ފަސް ދުވަސް ބަންދަށް ޖެހި އެވެ. އަދި އެންމެ ފަހުން ރައުދުގެ ބަންދަށް ދީފައި އޮތީ 20 ދުވަހެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ. ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.
ރައުދުއަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހުން އޭނާއާ އެކު އުޅުނު ކަމަށް ބުނާ މީހާ އެވެ. ޔުމްނު އާއި ރައުދު ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން މއ. މާންދޫގެ ދެކުނުގެ އަށް އެ ރޭ ދަންވަރު ގޮސް އުޅުނެވެ. އޭގެ ފަހުން ފެންޓެނޯއީގެ އަށް ދިއުމުގެ ކުރިން ހ. ކަށިވެއްޔަށް ވެސް ވަދެ އެވެ.
އެ ރޭ ޔުމްނު އާއި ރައުދުއާ އެއްކޮށް އުޅުނު ކަމަށް ފުލުހުން ބުނާ މީހުންނަކީ އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް އާއި އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ އާއި ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ، އާއި ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު، އާއި އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު، އާއި ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި، އާއި އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް އެވެ.
ނަމަވެސް، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރައުދު އެކަންޏެވެ. ރައުދު ފިޔަވައި ދެން ތިބި އެންމެން ވަނީ ފުލުހުންނަށް ކުޑަކަމުދާތަކެތީގެ ސާމްޕަލް ދިނުމަށް ދެކޮޅު ހަދައިފަ އެވެ. އެމީހުންނާ ގުޅޭ ގޮތުން ފުލުހުން ކުރާ ތަހުގީގުގެ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނުވާއިރު، އެމީހުންގެ ތެރޭގައި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ވެސް ހިމެނެ އެވެ.
އެ އެންމެންގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން މިނިސްޓަރު އަމީން އާއި އޭނާގެ އެއްބަނޑުއެއްބަފާ ދެބެއިންގެ ގެ، މއ. މާންދޫގެދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފްލޯ ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. ނަމަވެސް، އެ ތަންތަނުން އެ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މާންދޫގެދެކުނުގޭގެ ސީސީޓީވީ ފުޓޭޖު ވެސް ފުލުހުންނަށް ނުލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
22 May 2025
ރައުދު އަމިއްލައަށް އެދިގެން އަމިއްލައަށް މައްސަލަ ބަލާފަ ލިޔަންވީގޮތް ކިޔައިދޭން ބޮޑު މީހަކަށް ގުޅީބާ؟
ޢެޑްމުންޑޯ
22 May 2025
ރައުދު ބަންދުގައި ބެހެއްޓުމުގެ އެއްވެސް ބޭނުނެއްނެތް ، އެނަންޖެގެ އާއިލާއިން ދޮގުވާހަކަ ފރތުރުމައްފަހު އިދިކޮޅުފަރާތްތަކާއި ގުޅިގެން ޑްރާމާ ކުޅެނީ ،
ކޮސް
22 May 2025
މިއީ ރައީސް މައުމޫނުގެ ދައިތާފުޅު މަރުޙޫމް ސަކީނާ އަބުދުލް ޤައްޔޫމަށް މާމަކިޔާ ކުއްޖެއް.
ޒިންދު
22 May 2025
މީހުންގެ އެސްފީނާ ތަކުން މިކަހަލަ ރީތި ކުދިން ސަލާމަތް ކުރައްވާންދޭވެ.
ޞަލަމަ
22 May 2025
ކެމަރާމަތީ ކުރިކަންތައްވެސް ސާބިތުނުވޭދޯ
ޖޯލިފަތި
22 May 2025
ލަދު ހަޔާތުގެ ކަންފުޅެއް ނެތީމަ އެންމެން ކުރިމަތީ ފަލީހަތް ވީއިރުވެސް އަތުގަ ބިޑި އަޅުވާފަ ހުންނަ އިރު ވެސް ދަތްދިލުވާފަ ހުންނަން ކެރޭނީ.. އިސްލާހުވުމުގެ ފުރަތަމަ ފިޔަވައްސަކީ ކުށެއް ކުރެވުނު ކަން ގަބޫލުކޮށް އެކަމާ ލަދުގަނެ ހިތާމަ ކުރުން. ދެން އެހިސާބުން މީހާ ސާފުވާން މަސައްކަތް ކުރެވޭނީ. ޅަ ޅަ ކުއްޖެއް ކޮބާ އަގެއް މިއަދު؟ މުޅި މުޖުތަމައު ފެއިލްވެފަ އޮތްކަމުގެ ނިޝާނެއް މިހާ ޅައުމުރުގަ މިހެން ކުދިން އުޅެން ދިމާކުރުމަކީ. ހިތާމައިގެ ކޮޅެއްވެސް ނެތް
ޙަނަން
22 May 2025
ހަގީގަތުގަ ރައުދުގެ އަތެއް ނެތް ކަމުގަ ވާނަމަ އަސްލި ވާނުވާގަ ބެހެއްޓުމުގެ ބޭނުމެއް ނެތް. ކުރިކަމެއް ކުރީ ދެމީހުން. ރައުދު އެކޭ އެއްވަރަށް ޔުމްނުގެ ބައިވެރިވުން ވެސް ފެނޭ. ރައުދުއާއި އެކު ޔުމްނު ވެސް ގޮޅިއަށް ލާން ޖެހޭ. ޔުމްނުއަށް މުޅި ދައުލަތް ހުސްކޮށްގެން މެލޭޝިޔާއުން ފަރުވާދެވިފަ މާ ޕިއޯ މީހަކަށް ހަދަން އުޅޭނެ ކަމެއް ނެތް. ޔުމްނުގެ އާއިލާއިން ވެސް އުޅެނީ ފިލުމުކުޅެން
ޙަސަނުބެގެ
22 May 2025
ދެން ޔުމްނު އޮތްތަނުގަ އޭނަނެތީކީއްވެބާ. ދެމީހުންއެކީގަ ބައިވެރިވެގެން ކުރިކަމެއްކުރިނަމަ ދެމީހުންވެސް އޮނާނީ ފުރާލާުމަތީގަ.
ގިެންޒީ
22 May 2025
ٱلْحَمْدُ لِلَّٰهِ
ގަރީބު
22 May 2025
ބަލައްޗޭ ތިމައްސަލަ ނިމޭގޮތް ތިސޮރު އެރޭ ތިޔަތަނަށްދިޔަކަމަކަށްވެސް ނުވާނެ،
ފަރީލީ
22 May 2025
ހަމަ ޖަމަލު ފޮޑިއަށްތިވީ، ނިކަން އަޑުބާރުވާނެ ވަހެއްނުހުންނާނެ،