ބ. ތުޅާދޫ: ތުޅާދޫން ދޭ 100 ހައުސިން ޔުނިޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އެ ރަށު ކައުންސިލުން ވަނީ އާންމުކޮށްފައި.-- ފޮޓޯ: މިހާދު
05 އޯގަސްޓް 2025 - 12:46
ސަރުކާރުން ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު މިއަދު އާންމުކޮށްފި އެވެ.
ތުޅާދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެ ރަށުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓްގެ ތެރެއިން އެ ރަށު ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 92 ހައުސިން ޔުނިޓާއި އެ ރަށަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ މީހުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 8 ހައުސިން ޔުނިޓަށް ކުރިމަތިލި މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް މިހާރު އާންމުކޮށްފައިވާ ކަމަށެވެ.
އެ ލިސްޓާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ މެންދުރު ފަހު 2:00 އަށް ސިޓީންނާއި އީ-މެއިލް މެދުވެރިކޮށް ކައުންސިލަށް ޝަކުވާ ހުށަހެޅޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އާންމުކޮށްފައިވާ ވަގުތީ ލިސްޓުން އެނގޭ ގޮތުގައި، ތުޅާދޫގެ ރައްޔިތުންގެ ދޭ 92 ހައުސިން ޔުނިޓަށް 600 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވެ އެވެ. އަދި ރަށުން ބޭރު މީހުންނަށް ދޭ 8 ހައުސިން ޔުނިޓަށް ގާތްގަނޑަކަށް 100 މީހުން ކުރިމަތިލާފައިވެ އެވެ.
ސަރުކާރުން ތުޅާދޫގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ޕްރިސިޝަން އިންޖިނިއަރިން ސާވިސަސްއާ ހަވާލުކުރީ ޖުލައި 10، 2019 ގަ އެވެ. އެ މަސައްކަތް ހަވާލުކުރީ 79.6 މިލިއަން ރުފިޔާއަށެވެ.
އެއީ 1،100 އަކަފޫޓުގެ ހައުސިން ޔުނިޓްތަކެވެ. އެއިން ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހަނާ އާއި ސިޓިން ރޫމަކާއި ބަދިގެއަކާއި ސްޓޯރޫމެއްގެ އިތުރުން ލޯންޑްރީއަށް ހާއްސަ ބައެއް ވެސް ހުންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
05 August 2025
ޗައިނާ ސަރުކާރާއި، ޗައިނާގެ އެގްޒިމް ބޭންކުން ބިލިޔަން ޑޮލަރު ނަގައިގެން ހިއްކި ބިން މާލޭސަރުކާރުން ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެ ދަށުން މާލޭ މީހުނަށް ހިލޭ ބަހާފައި، އަދި ހުޅުމާލޭގައި ހެދި ފުލެޓް ތައްވެސް އެރަށު މީހުނަށް ދީފައި އެމީހުން އެތަންތަނަށް ދައްކާންޖެހޭ ފައިސާ ނުދައްކާ އެތަންތަން ކުއްޔަށްދީގެން ލިބޭ ފައިސާ ކަމުން ދާއިރުވެސް ފުލެޓަށް ފައިސާ ހޯދަން ސަރުކާރުން އެއްވެސް ކަމެއް ނުކުރާތީ ޗައިނާއިން މިހާރުވަނީ ލޯނުދިނުންވެސް ހުއްޓާލާފަައި.
އޮނަރަބްލް އަފީފު ދީދީ
05 August 2025
ދައުލަތުގެ ސޯޝަލް ހައުސިންގ ސްކީމް ހިންގުމާއިބެހޭ ޤާނޫނަކުން ބާރުލިބިފައިވާ ހަމަޖެހޭ އެއްވެސް އޮނިގަނޑެއްނެތި ވެރިކަމުގައި ތިބޭމީހުނަށް އެވަގުތު ފެނުނު އަދި އެބަޔަކު ހިތުހުރިގޮތަކަށް ކުރާ ކަމަކަށް މިފަދަ ކަންކަން ދޫކޮށްފައި ބޭއްވުމުގެ ބަދަލުގައި "ދައުލަތުގެ ސޯޝަލް ހައުސިންގ ސްކީމް ތަކާއި ބެހޭ ޤާނޫނު ތަކެއް ވުޖޫދުކޮށް" ގޯތި ގެދޮރާއި ބިމާއި ބެހޭ ޤާނޫނަށް ނުކުތާތަކެއްގެ ގޮތުގައި މިދެންނެވި ޤާނޫނުތައް އިތުރު ކޮށްގެން ކުރިއަށް ދިއުން ވަރަށް މުހިންމު.
އޮނަރަބްލް އަފީފު ދީދީ
05 August 2025
ތިޔަ ޕްރޮޖެކްޓްގައި "ރަށުންބޭރުމީހުންނަށް ޚާއްސަ ކެޓަގަރީ ނުވަތަ ތުޅާދުއަށް ދިރިއުޅުންބަދަލުކުރަން ނޫންނަމަ ތުޅާދޫގައި ރަށްވެހިވުމަށް ބޭނުންމީހުނަށް ހުޅުވާލާފައިވާ ފުރުސަތު" ނާޖާއިޒުގޮތުގައި ބޭނުންކުރަން ޖާގަނުދިނުމަށް، ފުލެޓް އެއްބަސްވުމާއިއެކު އޭނާހުށަހެޅި ފޯމްގައިވާ "އަނބި، ފިރި އަދި 18 އަހަރުނުވާ ދަރިން" ތުޅާދޫގެ ރަށްވެހިންނަށް ބަދަލުކޮށް ކޯޓްގައި ރެޖިސްޓްރީކޮށް ވަގުތުން ނޭޝަނަލް ރެޖިސްޓްރޭޝަނަށް މިދެންނެވި ބަދަލު ގެނައުމަށް ނިންމާފައިވޭތޯ؟
އޮނަރަބްލް އަފީފު ދީދީ
05 August 2025
ބިލިޔަން ޑޮލަރުގެ ލޯނުނަގައިގެން ދައުލަތުން ހުޅުމާލޭގައި ހެދި ސޯޝަލް ހައުސިންގ ސްކީމް ފުލެޓްހޯދަން، މަކަރާއި ޙީލަތްހަދައި ދޮގުމައުލޫމާތުދީގެން މާލޭގައި ބޮޑެތި ބިންތަކާއި ދިހަބާރަ ބުރިއަށް ހަދާފައިހުރި އުސްއިމާރާތްހުރި މީސްމީހުންވެސް "ވަންނާނެތަނެއް ނެތްކަމަށް ބުނެ" ހުވާކޮށްގެން ފުލެޓްނަގައި އެއްބަސްވުމާއިއެއްގޮތަށް އަގުއަދާކުރަން މަހުންމަހަށް ދައްކާންޖެހޭ އިންސްޓޯލްމަންޓް ފައިސާނުދީ އެތަންތަން ބޮޑުއަގުގައި އެހެން ފަރާތްތަކަށްވަނީ ކުއްޔަށްދީފައި.
ފްލެޓް ދޮންބެ
05 August 2025
ދޮޅު އަހަރު ތެރޭ ހައުންސިން ޔުނިޓް ނިންމާ ހަވާލުކުރުމަކީ ސްޕީޑް އަވަސްކަމުގެ އަލިގަދަ ދަލީލެއް! އުފާވެރިކަން ހުރި
ބުލް
05 August 2025
ލިބޭމީހުން ރަށުގަ އުޅެނެތަ؟
މަބުނީ
05 August 2025
ތުޅާދޫ ފަޅުހިއްކާ ބ. އަތޮޅުގައި މީހުންދިރިއޅޭ ކުދިރަށްރަށުގެ މީހުން ތުޅާދޫއަށް ބަދަލުކުރަންވީ. ތުޅާދޫއާ ގޮއިދުއަތޮޅާ އޭދަފުއްޓާ ދަރަވަންދުއާ 4 ރަށުން ފުއްދެންއޮއްވާ 13 ރަށުގަ ބަނދަރުހަދާފަ ހުރިހާ ހިދުމަތެއް ދިނުމަކީ ޓެކްސްފައިސާ އިސްރާފުކުރުން.